Print

ބިދޭސީންނޭތޯއެވެ؟!!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

އާދަމް ޢަބްދުއްރަޙުމާން (އުތީމު)

 

 

ނޭނގި  ތިއްބައިތޯ އައިސް  ގިނަވީ ބަޔަކު  ތިންދުހުތެރޭ

              ގޭގެއާ   ހޮޓަލާ  ކެފޭ   ވިޔަފާރިއާ   މުޅި  ރަށު ތެރޭ

ސިއްރުސިއްރުންތޯ އައީ ކަނޑުގައި ފަތައިފައި  ތޮށިމަތީން

              ހިތް ރުހޭ  އުފަލާއެކީ  ކުޅިވަރު ކުޅެން  މަޖަލުގެ  ތެރޭ

ފޯމުތައް މަދުތޯ ފުރުން ދިހަ ސޮއި އަޅައި ތައްގަނޑު ޖަހައި

               ހޯދުމަށް އޮތް ހުއްދައެއް ލިބިދާނެ އޮތް މިންގަނޑު ތެރޭ

އަޅުގަނޑޭ  މަސްއޫލުވާނީ  ބުނި  ކޮބައިތޯ   ސާހިބާ؟

               އަޅެފަހޭ  ހުރިހާކަމެއް  ބޮލުއެޅި  މި މީހާ  މުށުތެރޭ

ކާކުތޯ  ހަދަނީ  ގަވާއިދު  އަދި އެކަން  ބަލަހައްޓަނީ

               އައިބަޔަކުތޯ އުފުލަނީ  ޒިންމާ ނުވެސް އެނގުމުގެތެރޭ

ބޭނުމެއް  ނެތިތޯ  ބެހެއްޓި  ޑިޕޮޒިޓެއް  ހަށިހެޔޮ  އެހާ

               އޭގެ  ދައުރު  އަދާކުރާނީ  ކާކުތޯ  ސިސްޓަމު  ތެރޭ

ބާރު ހުރި ބާރެއްގެ ދަށުގައި ޗިސްވަނީތޯ ނިކަމެތީން

                   ހާރުވާނެކަމެއް ނެތޭ ދެން ބަދުބަހުން މިކަމުގެ ތެރޭ

               __________________________

އިދާރާ

އެނގޭތަ؟

ވާހަކަ