އަދުގެ ޚާއްސަ

Print

ނޫސްވެރީންނެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

އަންވަރު އިބްރާހީމް

 

ނަސްލުގައި ޖަހަމުން މިދާ ވިންދުގެ ދެލީން ލިޔަމުންދަނީ 

        ވިސްނުމާ ފިކުރާ ޚިޔާލުގެ ދޯދި ރަން އަލި ފަތުރަނީ 

ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު ކޮންމެ ހާލެއްގައި ވެގެން            

    ކުންނުތައް އެކި ކަންކަމުން  ފެންނާނެހެން ކުރަހައިލަނީ 

ދެންމެ ހިނގި، ހިނގަމުން އެ ދާހާ ހާދިސާތައް ކަންކޮޅުން

       އެންމެ ތާޒާކަންމަތީ ނެރެ ހާމަކޮށް، ތިލަކޮށްލަނީ

 

އެންމެ ނާޒުކު ހާލުގައިމެ ފުރާނަ އަތްމައްޗަށް ލަމުން

        ކަންހިނގާ ގޮތް ހޯދުމަށް ޖާނާ ދަލުން ގުރުބާންވަނީ

ހައްލުތައް އެކި ކަންކަމަށް ހެއްކާ ގަރީނާ ދައްކަމުން

          ހައްގު މަގު ދާންވީ ރަނގަޅު ބުނެދީ އެ މަގު  ހުޅުވައިދެނީ

ގޯސްތަކާއި ކޮރަޕްޝަނާ ހިންގާ ޖަރީމާތައް ވަގަށް

        ހޯސްލަމުން ބޭޒާރުކޮށްލައި މުޖުތަމަޢު ހޭލައްވަނީ 

ވަކި އަތެއް ވަކި ފިކުރަކަށް ޖެހި ބޯލަނބާން މަޖުބޫރުކޮށް

         ވަކި  މިނެއް ނެތްހައި ނުފޫޒުން ތާށިކޮށް ފިއްތައިލަނީ

އެންމެ ފިއްޔެއް ގޯސްވެ ތިއްކެއް ނުޖެހި އޮތަތީ އަކުރުގައި

         ހިންގަމުން ގަން އަދު ޒަމާނީ ހިތި  ފަޟީހަތް  ކޮށްލަނީ

އެންމެ މީހަކު ކޮށް ހަދާ ގޯސްހާ ކަމެއް ބޮލުގައި އަޅައި            

   ހިންމަތާ  ޢަޒުމާއެކީ  ސާބިތުކަމާއެކު ތެދުވަނީ 

ކޮންމެ އެއްޗެއް ކޮންމެ މީހަކު ގޮވިޔަކަސް ނުރުހުންވެގެން

          ކަން މިއަދު ހިނގިހައި  ގޮތެއް  މުސްތަގުބަލަށް ގެންގޮސްދެނީ

           _____________________

އިދާރާ

ވާހަކަ