Print

ހަމަ މިތާ ގެއްލިއްޖެކަން އެނގުނީމަހޭ ތި އޮތީ ބަލަން؟

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

 

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

 

 

 

ދުނިޔެ ވެސް ލަދުގަންނަނީ  ހެޔޮ ބަސް ބުނާތީ އަޑުއަހަން

          ކުނިގަނޑެއް ކަމުގައި ތިމާ ވާތީ، ކަމެއް ރަނގަޅަށް ކުރަން

ދިރިއުޅޭ މީހުން މިތާ  ޣާފިލުވެގެން  މޮޔަވެސް  ވުމުން 

          ހިރިނުލައި  ހަމަ  އޮންނަނީހޭ  ވާ ގޮތެއް ތިޔަހެން ބަލަން؟ 

ކަޝްފު ވެސް ވީމާ މިތާ  ލަދުވެތިކަމުގެ  ފަރުދާ  މުޅީން

           އަސްލުގައި ލަދުގަންނަ  ގޮތް ވީހޭ  ދެލޯ ހުޅުވައި ބަލަން؟

ލޯ ތަގުޑިކޮށްގެން މަރައިގެން އަބަދު ތިޔަހެން އޮންނަނީ

            ލޯތަކަށް  ކުޅަދާނަ ނުވަނީހޭ  ހުތުރު  ޢަމަލަށް  ބަލަން؟

ކަންފަތަށް ކަފަވެސް ޖަހައިގެން ބޯދަށަށްލައިގެން އޮތީ

            ހަންއަ  ކަމުދާ  އެއް ބަހެއް ވެސް ނީވެނީހޭ  އަޑުއަހަން؟

ޢަމަލަކުން އަދި ބަސްތަކުން މީހުން ގެނައި ބޮޑު ބަދަލަކުން

            ހަމަ މިތާ  ގެއްލިއްޖެކަން  އެނގުނީމަހޭ ތި އޮތީ ބަލަން؟

މަންމަނެއް ހެން ބަސްނުބުނެ ތިޔަހެން އޮތީމާ ހީވަނީ

            ކަންފަތެއް   ނެތުނީހެނޭ  އިއްވާ  ނަސޭހަތްތައް  އަހަން

ގިސްލަގިސްލައިފައި ތިހެން ރޮއިރޮއި  އޮތީމާ  ހީވަނީ

            ވިސްނުމާއެކުގައި  އުޅެން  ދަތިވީއްޔެ އަދި ކަންތައްކުރަން

އަޖަލު ދުނިޔޭގައި ދަނީ  ކުޑަތަންވަމުންކަން ނޭނގިގެން

            މަޖަލުގައި  މީހުން  އުޅޭތީ ހަމަ  މަ ވެސް  އާޝޯޚުވަން

        ________________________________

 

އިދާރާ

އެނގޭތަ؟

ވާހަކަ