ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (11)
މުޙަންމަދު ޝާހިދު ޙަލީމު
(13 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)
21- ފެހިވިދުވަރު 1
މިއީ ގަލޮޅުން 1988 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތަކުގެ ތެރެއިން މިހައިތަނަށް އެނގުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.
1. ބުރާސްފަތިތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު
2. ޢަލިފުޅުގެ މޮޅު އުކުޅުތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު
މި ޝޯ ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދެވެ.
22- ފެހިވިދުވަރު 2
މިއީ ގަލޮޅުން 1989 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގައި ހިމެނުނު ތަމްސީލުތަކުގެ ތެރެއިން އެއްވެސް ތަމްސީލެއްގެ ނަމެއް، އެ ތަމްސީލުތައް ލިއުނު ލިއުންތެރީންގެ ނަމެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.
މި ޝޯ ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދެވެ.
23- ކުޅިފަސް
މިއީ މާލޭ އިންގްލިޝް އިސްކޫލުން 1991 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގެ ތަމްސީލުތައް ކުޅުނީ އެ އިސްކޫލުގެ ދަރިވަރުންނެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތަކުގެ ތެރެއިން މިހައިތަނަށް އެނގުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.
1. ލޯބީގެ ކުޅިފަސްތަމްސީލު ލިއުއްވީ: އާދަމް ޒާހިރު
2. ބަނބުކެޔޮ ފުރޭތަތަމްސީލު ލިއުއްވީ: އާދަމް ޒާހިރު
3. އުނަގަނޑު ތަވީދުތަމްސީލު ލިއުއްވީ: އާދަމް ޒާހިރު
މި ޝޯ ޑައިރެކްޓުކުރެއްވީ އާދަމް ޒާހިރެވެ.
24- ހަވާސް
މިއީ އިންސްޓިޓިއުޓް އޮފް ޓީޗަރ އެޑިއުކޭޝަނުން 1991 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގައި ހިމެނުނު ތަމްސީލުތަކުގެ ތެރެއިން މިހައިތަނަށް އެނގުނު ތަމްސީލު ތިރީގައި މި ވަނީއެވެ.
1. ގުއިދަރިތަމްސީލު ލިއުއްވީ: އާދަމް ޒާހިރު
މި ޝޯ ޑައިރެކްޓުކުރެއްވީ ޢަބްދުﷲ ޞާދިޤެވެ.
25- ކާޅިވައް
މިއީ ދިވެހި ނާދީން 1992 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު 3 ތަމްސީލެކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.
1. އެއްދޮނުގައި ދެ ބުޅިތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު
3. ދޮން ޙަސަން މަނިކުފާނުގެ ޤައުމީ ޖިހާދު ތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު
4. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު
މިޝޯ ޑައިރެކްޓުކުރެއްވީ ކަށިމާ އަޙްމަދު ޝާކިރެވެ.
26- އޮއިދުނި
މިއީ މޯލްޑިވްސް އެކަޑަމީ ފޯ ޕާފޯމިންގް އާޓްސް (މާޕާ) އިން 1983 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު ތަމްސީލުތަކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތަކުގެ ތެރެއިން މިހައިތަނަށް އެނގުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.
1. ބިރުވެރި ބިލެތްދަޅިތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު
2. ތެޅި ލޯބިތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު
3. ހިމަފޮދުވާރޭތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު
4. ފަތިފުށް ތަމްސީލު ލިއުއްވީ: އަޝްރަފް ޢަބްދުއްރަޙީމް
މި ޝޯ ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދާއި ޙުސައިން ރަމީޒެވެ.
27- ބިއޯންޑް ޓޫ ތައުޒަންޑް
މިއީ އަޙްމަދިއްޔާ އިސްކޫލުން 1994 ވަނަ އަހަރު ބޭއްވި ޝޯ "އިސްޓެޕްސް 94"ގައި ކުޅުނު ދިވެހި ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ އަޝްރަފް ޢަބްދުއްރަޙީމް
28- ހޭލަމޭލަ
މިއީ ސޮސައިޓީ ފޯ ކޮލަމާފުށީ ޔޫތު (އެސް.ކޭ.ވައި.) އިން 1994 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު ތަމްސީލުތަކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތަކުގެ ތެރެއިން މިހައިތަނަށް އެނގުނު ތަމްސީލު ތިރީގައި މި ވަނީއެވެ.
1. ސަނދަރަބޮލި. މިއީ އަޝްރަފް ޢަބްދުއްރަޙީމް އުރުދޫ ބަހުން ތަރުޖަމާ ކުރެއްވި ތަމްސީލެކެވެ.
މި ޝޯ ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދެވެ.
29- ހޭލަމޭލަ 95
މިއީ ސޮސައިޓީ ފޯ ކޮލަމާފުށީ ޔޫތު (އެސް.ކޭ.ވައި.) އިން 1995 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު 3 ތަމްސީލެކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.
1. ގެއްލުނު ޙަޔާތްތަމްސީލު ލިއުއްވީ: ތަސްނީމް ސަޢީދު
2. އެކަންޏެވެ.ތަމްސީލު ލިއުއްވީ: އަޝްރަފް ޢަބްދުއްރަޙީމް
3. ދެބޯގެރިތަމްސީލު ލިއުއްވީ: އަޝްރަފް ޢަބްދުއްރަޙީމް
މި ޝޯ ޑައިރެކްޓުކުރެއްވީ އަޝްރަފް ޢަބްދުއްރަޙީމާއި އަޙްމަދު ޝިމާޢާއި އާދަމް ޒާހިރެވެ.
30- ޑަޔާނާގެ މަރު
މިއީ ޖަމާލުއްދީން އިސްކޫލުގެ ބެލެނިވެރީން 1998 ވަނަ އަހަރު ބޭއްވި ޝޯއެއްގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ އަޝްރަފް ޢަބްދުއްރަޙީމެވެ.
31- ފޫޅުދިގު ހަންޑި ވާހަކަ ވަނަވަރު
މިއީ މިރާޖް އިސްޓޫޑިއޯއިން 2000 ވަނަ އަހަރު ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު މުންތަޞިރެވެ.
ފ- ބ. އޭދަފުށީގައި ކުޅުނު ތަމްސީލުތައް
1- ؟
ބ. އަތޮޅު ކޮމިއުނިޓީ އިސްކޫލު ހުޅުވުމުގެ މުނާސަބަތުގައި 1978 ފެބްރުވަރީ 23ގައްޔާއި 25ގައި ތަމްސީލެއް ކުޅުނެވެ. މި ތަމްސީލު ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދެވެ. މި ތަމްސީލުގެ އިތުރު މަޢުލޫމާތެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.
2- އިސްޕޯޓްސް ލައިވް (1985-1996)
މިއީ އޭދަފުށީ ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން 1985 އިން 1996 އަށް ކޮންމެ އަހަރަކު އަޟްޙާ ޢީދުގައި ބ. އަތޮޅު އޭދަފުށީ ތަޢުލީމީ މަރުކަޒުގައި ބޭއްވި ޝޯތަކެކެވެ. މި ޝޯތަކުގައި ކުޅުނު ތަމްސީލުތަކުގެ މަޢުލޫމާތެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.
ދ- އިސްކަންދަރު އިސްކޫލުގައި ކުޅުނު ތަމްސީލުތައް
1- ކުއްލި ދިއްލުމެއް
މިއީ މާލޭ އިސްޕޯޓްސް ކްލަބުގެ ފަރާތުން 1978 ޖުލައި 31 އިން އޯގަސްޓު 6 އަށް ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު 5 ތަމްސީލެކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.
1. ހިތި ޑޮލަރުތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު
2. ޕެންޓޯ ދަ ގްރޭޓްތަމްސީލު ލިއުއްވީ: ޗިޅިޔާ މޫސާ މަނިކު
3. ސާހިބުގެ ބުމަރު ތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު
4. ހަންޑި ގަނޑުވަރު ދޮން ކަމަނަތަމްސީލު ލިއުއްވީ: ޢަބްދުﷲ ޞާދިޤު
5. މިހާރު މަރުދީ ދަށެ ޤައުމާއިގެން ދީނާތަމްސީލު ލިއުއްވީ: މުޙަންމަދު ޖަމީލު
މިޝޯ ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދާއި ކަށިމާ އަޙްމަދު ޝާކިރެވެ.
2- ފަސް އިނގިލި
މިއީ "ކުއްލި ދިއްލުމެއްގެ" ޕުރޮޑިއުސަރުން 1980 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު ތަމްސީލުތަކެކެވެ. މި ޝޯގައި ކުޅުނު ތަމްސީލުތަކުގެ މަޢުލޫމާތެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ. މިޝޯގައި ކުޅުނު ތަމްސީލުތައް ލިއުއްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރަހީމް ނަޢީމެވެ.
3- މިނިވަން ޖިހާދު
މިއީ ދިވެހި ރާއްޖޭގެ 37 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި (1401ހ. ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި) 1981 ޖަނަވަރީ 11 ދުވަހުގެ ރޭ (5 ރަބީޢުލް އައްވަލް 1401) ދިވެހި ނާދީން ކުޅުވި ތަމްސީލެކެވެ. ތަމްސީލުގެ މުމައްސިލުންނާއި މުމައްސިލާއިންނަކީ މަޖީދިއްޔާ އިސްކޫލާއި އަމީނިއްޔާ އިސްކޫލުގެ ދަރިވަރުންނެވެ. މިއީ ޅެމުން އޮތް ތަމްސީލެކެވެ. ތަމްސީލު ލިއުއްވީ ޔޫސުފް މުޙަންމަދު ފުޅެވެ. މި ތަމްސީލު ޑައިރެކްޓުކުރެއްވީ ޙުސައިން ޝިހާބާއި ޔޫސުފް މުޙަންމަދު ފުޅާއި މުޙަންމަދު ޝާހިދު ޙަލީމެވެ.
4- އޮއިވާލި
މިއީ ކަލްޗަރަލް އެންޑް ޑްރަމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް.)އިން 1981 އެޕްރީލް 7 އިން 11 އަށް ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު 4 ތަމްސީލެކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.
1. އަސަރުތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު
2. ހަޔާތުގެ އުމަގުތަމްސީލު ލިއުއްވީ: ކަށިމާ އަޙްމަދު ޝާކިރު
3. ލަގަން ނެތް އަސް ތަމްސީލު ލިއުއްވީ: ޗިޅިޔާ މޫސާ މަނިކު
4. ވިގަނިތަމްސީލު ލިއުއްވީ: ޗިޅިޔާ މޫސާ މަނިކު
މިޝޯ ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދާއި ކަށިމާ އަޙްމަދު ޝާކިރެވެ.
ތ- ހަކުރާ ފެއަރުގައި ކުޅުނު ތަމްސީލުތައް
1- ފައިދޮށު ފުރޭތަ
2- ރަޙްމަތްތެރި ވަގުކަލޭގެ
މިއީ 1978 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ ރޭ ހަކުރާ ފެއަރުގެ އިސްޓޭޖުގައި އޮތް "މޫންލައިޓް ނައިޓް"ގައި ކުޅުނު ދެ ތަމްސީލެވެ. މި ދެ ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ.
ލ- ޖަމާލުއްދީނު އިސްކޫލުގައި ކުޅުނު ތަމްސީލުތައް
1- ހަންޑަވާޅި
މިއީ ޖަމާލުއްދީނު އިސްކޫލުން 1990 ވަނަ އަހަރު ބޭއްވި "ބްލޮސަމް 90" ޝޯގައި އެ އިސްކޫލުގެ ދަރިވަރުން ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ އަޝްރަފް ޢަބްދުއްރަޙީމެވެ.
2- މާ ފަނި ބިރު
މިއީ ޖަމާލުއްދީނު އިސްކޫލުގެ ދަރިވަރުން 1993 ވަނަ އަހަރު ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. މި ތަމްސީލު ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.
3- ކުޅަނދުރާއި ޖުޕިޓަރު
މިއީ ޖަމާލުއްދީނު އިސްކޫލުގެ ދަރިވަރުން 2003 ވަނަ އަހަރު ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. މި ތަމްސީލު ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.
(ނުނިމޭ)