www.fanvai.info

Print

ދިހަ ދުވަހުގެ އެކުވެރިކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

 

ސާދުނާ ޢަބްދުލްކަރީމް

 

 

 

ޢިލްމީ ގޮތުން ފެނިފައި އަޅަށް ނުވެޔޭ އެފަދަ ޝަޚުޞިއްޔަތެއް

              ޢިލްމުން ލިބޭތޯ ކޯވަރެއް  ހުއްޓައި  ނުއެދި   ދެއްވެވި  ހަދެއް

ހަދުގައި ހިފައި ފެންފޮދު ނަގައި އަނގަޔާ ދިމާ ނުވެ އުޅެނިކޮށް

              އަދު ދެން ނެތޭ އިތުރަށް ލިބެން ޒައްރެއްގެ ހައި ވެސް މިންވަރެއް

އެކުވެރިކަމާ ހިތްތިރިކަމާ   ދެއްވާ  އިޖާބަ  އަވަސް ވުމުން

              އެކުވެރިކަމެއް ދިޔަ އުފެދިގެން މީހާގެ  ނުމެ  އެނގި  އެއްކަމެއް

ބަފަޔެއްގެ އޯގާތެރިކަމާ  ރަޙްމާ  ކުލުނު ފެނިފައި  އަޅަށް

              ލަފަޔެއް ކުރީމޭ އައްޑިހައިން  މައްޗަށް  ޢުމުރު  ހުރި  ބޭފުޅެއް

ކުޑަ ތުއްތު ކުއްޖަކު ބައްޕަޔާ ކުރިމަތި ކުރާނޭ ހައި ސުވާލު

              ކުޑަ ފިކުރަކާ ނުމެލައި އަމާން ކަމުގައި  ކުރީ  ނެތުމުން  ބިރެއް

މާ ގާތް ވެވޭއިރު ކާކުކަން ވެސް ނޭނގެޔޭ ދެންނެވި ހިނދުން

              މާ ބޮޑު ތަނުން  ވެސް ފަރަޤުވީ  ދެއްކެވި  އެ ޗާލު  ފޮޓޯފުޅެއް

އެހިނދުންމެ ދިޔައީ ގަނޑުވެގެން މީހާ  އެކީގައި  ފިނިވެގެން 

              ޖެހިލުންވެ ހުރެ  ވެސް ދެންނެވިން ނެއްތައިލުމަށް  އެ ފޮޓޯފުޅެއް

ޙައިރާންކަމާ އެކުގައި އަޚާ އެކުރެއްވި ހައި ގިނަގުނަ ސުވާލު

              ފައިދާ ނެތަސް އެރުވިން ޖަވާބު ކަންހުރި ގޮތަށް ނެތި  ފޮރުވުމެއް

ޖެހިލުންވަމޭ ނަމަ ފިރިހެނެއް ޒާތީ ގޮތުން ކުރިމަތި  ލުމަށް

              މެހިގެން އުޅޭއިރު  ކަންކަމާ  ފަރުދާ  ވިޔަސް   އެ  ޠަބީޢަތެއް

ހަމައެކަނި ފިރިޔާ ކުރިމަތީ ތުރުތުރު ލުމެއް ނެތި ހުރެވެނީ

              ނަމަ އައި ގެޔަށް މެހުމާނަކީ ދުވެ ގޮސް ފިލަން  ބޮޑު ފިރިހެނެއް

މިގޮތުން  މިޒާޖު  ޠަބީޢަތާ   ޙިއްސާ  ކުރީމާ  އުފެދުނީ

              ނިގުޅައި ގަތީމާ  ބުއްދި ފަސް،  މީހާގެ  ވާ ފަދަ  ގާތް ކަމެއް

ގާތްކަން މިނަށްވުރެ ބޮޑުވެ ގޮސް ބޭކާރު ވާހަކަ ގިނަވެ ގޮސް

              މާތްކޮށް ހިތާގޮތް ފަނޑުވެ ގޮސް ޙިއްސާ ކުރިން  އުއްބައްތިއެއް

ވިހަވީ ސަމާސާ އެހިނދުގައި ނިވުނީއެ ހުޅުކޮޅު  ވަގުތުގައި

              ދިހަ ދުވަހު ވައިބަރ ކުރިތަނާ ކެނޑުނީ  ސުމޭކުގެ  ގާތްކަމެއް

             ________________________

www.fanvai.info