www.fanvai.info

Print

މަޙަލްދީބާއި ބޭދާޅީ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް

 

 

1- މަޙަލްދީބާއި  ބޭދާޅީ  ގުޅޭ ކަންކަން ބަޔާންކުރަނީ

                      ފަހަށް އޮތް ޖީލުތައް ކިޔުމަށް އެކަންކަން ޅެންބަހުން ލިޔަނީ

2- އެރަށް ޚާއްޞަވި ސަބަބު ދިވެހީން ޖެހޭނޭ ސާފުކޮށް ދަންނާން

                      އެރަށަކީ  ބޮޑުތަކުރުފާނުން  ވިދަރިވަރު ރަށް ކަމަށް މިވަނީ

3- މި ދޭހަށް  ދޭހަވާ  ނަމަކީ،  އިހުގެ  ނަމަކަށްވި   ބޭދާޅީ

                      ބިދޭސީން ކީނަމީ "ބޭޕޫރު" ކަން ރަނގަޅަށް އެނގޭންޖެހެނީ

4- ހުޅަނގު  ދެކުނުން ބަނދަރު ރަށެކޭ އެއީ މަލަބާރު އައްސޭރީ

                    އުޅަނދުތައް ގިނަ އައިސްގޮސްވާ ރަށެއްކަން ސާފުކޮށް އެނގެނީ

5- އެއީ، ޢަރުޟުން އެގާރަ ދަރަޖަ ޕޮއިންޓް އެކެއް އަށެއް އުތުރުން

                    އެއީ، ހަތްދިހަ ފަހެއް "ތިކި" އަދި އަށެއް ދޭއް ޠޫލު އިރަށަވަނީ

6- ދުރެއްގައި  ނޫނެ  ކާލީކޯޓު  ވީ  މަޝްހޫރު   ވެވިފައިވާ

                   ބުރެއް ޖެހުމުން އިތުރު ކަންކަން ރަށުން ރަނގަޅަށް އޮޅުންފިލަނީ 

7- ކަމަށް ހެވި މޮޅު ބައެއް  ބޭހާ ފިލާވެލި  މާވަޑާން  ކުރުމާ

                    ނަމަށް ނިސްބަތްވަނީ ފަހެ "މާފިލާ  މުސްލިމް" ކަމޭ އެނގެނީ

8- މި ރާއްޖޭން  މާފިލާފުއްޓާ   އެމީހުންނާ   ގުޅޭ  ނަމުގައި

                    ގިރާކޮށް ގޮސް ސަބަބު ހޯދެން ނެތަސް ގުޅުމެއްވިކަން އެނގެނީ

9- ޔަމަނުގެ އެތައްނަވެއް ބަނދަރަށް ޙަޟުރަމައުތުން އައިސްވާތީ

                   ހަމައިން ޢަރަބީންގެ ސާފު ބަހުން އެމީހުން ނަށް ޢަރަބި އެނގުނީ

10- "ކަލަރި" ހެވިކަން އުތީމު ރަދުން މޮޅަށް ދަސްފުޅު ކުރެއްވި ރަށޭ 

                     ބަލައިފިއްޔާ  އެނގޭނޭ  ގޮތް  ލިޔެވި ތާރީޚުގައި  އެ ވަނީ 

11- ފިލާވެލި ބޭސް، ނަކަތް  ތެރިކަން، ނިޔަމިކަން، ފަންޑިތައިގެ ބަޔާ

                   ފިލާފައި  ރޯވެޔޭ  ރަނގަޅަށް  ޢަމަލު  ފުޅުގައި  އެނގޭށަ ވަނީ 

12- ޢަރަބި  ބަސް، ތަމަޅަޔާ، މަލަޔާޅަމާ  ދަސްފުޅު  ކުރައްވައިގެން

                   އަރައި ހުންނެވި ކަމުގެ ހެކިތައް އޮޅުންނެތި ސާފުކޮށް  އެނގެނީ

13- ފަހުން ވިޔަޒޯރު ކިބައިން  ޕޯޗުގީޒުގެ ބަސް  ކުރައްވައި ދަސް

                   ބަހުން ޢިލްމީ  ގޮތުން   މޮޅު  ބޭފުޅެއް ކަމުގައި ވެގެންނެވަނީ

14- ޖިހާދުން ފަތަޙަ ހޯއްދެވުމަށް  ނަފާ  ޢިލްމިއްޔަ  ހިއްޕެވި ގޮތް

                    ކިހައި ރަނގަޅަށް އޮޅުން ފިލުވައި ބުރާރަ ދުުލުން ކިޔައި އެދެނީ

15- ފުރައިގެން ބަނދަރު ބޭދާޅީން ކުރޭ ދިވެހީން ދަތުރު މަލިކަށް

                    ބުރައިގައި ރާއްޖެ  އައުމަށް  ދެން މަލިކު ސާލުން ނުކުންނާނީ

16- ވަނގާރުން ނުކުމެފައި ސީދާ ގަހާޔަށް  ދުއްވަނީ  މަލިކަށް

                    ހަނގާކުރުމެއް ދެމެދު  ނުވެޔޭ  ފަރާ ގިރި މުސްކުޅީން ބުނަނީ  

17- ދެޔޭ ބޭދާޅިޔަށް މަލިކުން ފުރައިގެން ދިގު ދަތުރު ކޮށްފައި

                    އެޔޭ މިދެމެދު  ދަތުރުކޮށް އިހު އުޅުނު އެއްމަގު ކަމަށް ބުނަނީ

18- ޒަމާން ދިގުލައި ދިޔައި ތޯއްޗެއް މިކަންކަން ގޮސްފި އުވި ނެތިގެން

                   ކަމާ ގުޅިފައިވި  ބަޠަލަށް މޮޅު ގަދަރު ދޭން ލިޔެ ބަޔާން ކުރަނީ

19- މި ކަންކަން ފެންނަހެން ލިޔެފައި ބެލޭނެ ގޮތެއް ހަދައި ދިނުމަށް

                    ނިކަން  ލުއިކޮށް  ޢިބާރާތްކޮށް ޅެމެއްްގައި  ހާމަކޮށް މި ލަނީ

         ____________________________________

www.fanvai.info