އަދުގެ ޚާއްސަ

Print

މިނިވަންކަންކަމަކީ..... އެ ކަމަކަށް ފަރާތެއްގެ ނުފޫޒެއް، މަނައެއް، ސަޒާއެއް، ނެތް ކަންކަމެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

ޢަބްދުﷲ ރަޝީދު، މ.ލިނެޓް

 

ރާގު: ގައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ.....

 

މިނިވަންކަމީ އަދަބެއް އެއަށް ނެތް ކަންކަމޭ

                        މިނިވަންކަމީ މަނައެއް ވެފައި ނެތް ކަންކަމޭ

ޝަރުޢީގޮތުން ކަނޑައެޅި މަނާ ޙުކުމެއް ނުވާ

          ފަރުޢީ ނުވަތަ ވަޟްޢީ ގޮތުން މަނައެއް ނުވާ

                    އަރުޟުގެ  ޖަމާޢަތަކުން  މަނާ ކުރުމެއް ނުވާ

                             ދަރުބާރަކުން  މަނައެއް  ވެފައި ނެތް ކަންކަމޭ

ޖިސްމާ ފުރާނަ ހަލާކަކަށް  ހުށަހޮޅި ނުދާ

          އިޞްލާޙަކުން  އިފްސާދަކަށްމެ  ފުރޮޅި ނުދާ

                     މިޞްރާބަކުން ބެހިގެން މަގުން ގެންއޮޅި ނުދާ

                             އިސްކުރި ޢަމަލަކަށް ރޯން ފަހުން ނެތް ކަންކަމޭ

ވަގުތެއް ހުހަށް ދޫވުން ސަފުން ނެތް ކަންކަމާ

         ނަގުދެއް  ނަފާނެތި  ހޭދަވުން  ނެތް ކަންކަމާ

                    މަގުތައް އެކަމަކުން  ބަންދުވުން ނެތް ކަންކަމާ

                              ތަޤުވާގެ   ފޭރާން  ވީދުމެއް   ނެތް  ކަންކަމޭ

                 _________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ