އަދުގެ ޚާއްސަ

Print

ކެތި ލައިގަތުމާއި ވިއްސާރަ މޫސުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

ހުޅަނގު  ވިއްސާރައިގެ މޫސުން ފެއްޓެނީ "ކެތި"އިން ކަމުން 

               އުޅަނދު  ފަހަރާ  ދަތުރުފަތުރަށް  އަސަރުތައް  ފޯރާކަމުން

ރާއްޖެއަށް  މޫސުން  ހިމެނިފައި   އޮންނަނީ  ދޭކުންކަމުން

              ރާއްޖެ ދެކެމުންއަންނަ މޫސުމަކީ "ހުޅަނގު" "އިރުވައި"ކަމުން

ހުޅަނގު ވިއްސާރައިގެ މޫސުމަކީ "ކެތި" ން "ހެއި" ނިޔަލަށޭ 

              ހުޅަނގު މޫސުމުގައި "އަށާރަ"  ނަކަތް  ހިމެނިގެން  ވާކަމުން

"މުލަ" ނަކަތް ލައިގަނެ ފެށޭ،  އިރުވައިގެ ނުވަ  ނަކަތޭވަނީ

              މުލަނަކަތް ލައިގަންނަހިނދު "ވައި" އިރުދަށަށް  އެނބުރޭކަމުން

ކޮންމެ އަހަރަކުވެސް  މިރާއްޖޭގައި   މިހެންދޭ  ކަންހިނގައި

              އޮންނަނީ  "ޖުޣުރާފިޔާ" ގައި ވެސް  މިކަން  މިގޮތަށް ކަމުން

ދިޔަވަރާ  އަދި   މޫސުމާ  އަދި  ފޮއިތަކާވެސް  ސާފުކޮށް

              ކިޔަަވަމުންދާ   ދަރިވަރުންނަށް  ނޭނގެނީ  ބުނެ  ނުދިނުމުން

               

------------------------

  • ހުޅަނގުގެ ނަކަތްތައް: އައްސިދަ، ބުރުނު، ކެތި، ރޯނު، މިއަހެލި، އަަދަ، ފުނޯސް، ފުސް، އަހުލިހަ، މާ، ފުރަ، އުތުރަ، އަތަ، ހިތަ، ހެއި، ވިހާ، ނޮރަ، ދޮށަ.
  • އިރުވައިގެ ނަކަތްތައް: މުލަ، ފުރަހަޅަ، އުތުރުހަޅަ، ހުވަން، ދިނަށަ، ހިޔަވިހާ، ފުރަބަދުރުވަ، ފަސްބަދުރުވަ، ރޭވަ.

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ