މާތްނަބިއްޔާ
ޢަބްދުﷲ ރަޝީދު މ. ލިނެޓް
فَإِنَّهُ شَمْسُ فَضْلٍ هُمْ كَوَاكِبِهَا
يُظَهِرُنَ أَنْوَارَهَا لِلنَّاسِ فِي الظُّلَمِ
ފަހެ، ކަށަވަރުން މާތްވީ އިރެކޭ ނަބިއްޔާ އީ
صُحُبُ ން، ގުރަހަ ފަދަވީ އެ އިރުގެ ވަށައިވި އެއީ
އަނދިރީ ތެރޭން އަލިކަން ފައުޅުވެ ދެޔޭ ކަތުނަށް
އަނދިރީގެ ކަޅުކަން ފަނޑު ކޮށް ލެއްވި ނޫރު އެއީ
(މި ދެ ބައިތަކީ ޢަރަބި ބައިތުގެ ތަރުޖަމާ)
---------------------------------
ދުނިޔޭގެ ބައްރު މުޅީން ވަނިކޮށް ޖަހާލަތުގައި
އުނިކަން އެއިން ލިބިދިން ރަންވޮށުގެ ނޫރު އެއީ
ކައުނުގެ ތެރޭގައިވީ ޢަދަދެއް ނުވާ ތަރިތައް
ފައުނުގެވި ރަން ކުލައިން ދިލިގެންވި ނޫރު އެއީ
ފަރުބަދަ ތަކުގެ ދެމެދުން ޖަންޖަލި ތަކުގެ ތެރެއިން
ވަރުގަދަ صِرَاطُ ގެ މަގު ހުޅުދާންވި ނޫރު އެއީ
ދުނިޔޭގެ ދިރިއުޅުމަށް ފަހުގައި ސަލާމަތްވީ
މުނިޔާ ގުރާ ދާން އޮތް ޖަންނަތުގެ ނޫރު އެއީ
_________________________