އަދުގެ ޚާއްސަ

Print

ކީރިތވަންތަﷲ އެވެ. އިޢުތިރާޟެއްނެތެވެ!

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: ޝިފްޒާން އަޙްމަދު (ޒާން)

ޒުވާންކަމުގެ އެންމެ ފޮނި ދުވަސްތައް ގުނަމުންދާ ޒުވާނެކެވެ. ކުރަނީ ކިޔަވައި ދިނުމުގެ މަސައްކަތެވެ. ވަރަށް ޅަޢުމުރުގައި އޭނާގެ ހުވަފެންތަކުގެ ބައިވެރިޔާއާ ކާވެނިކޮށްފިއެވެ. އެކުއްޖަކީވެސް އޭނާފަދަ މުދައްރިސެކެވެ.

ކާވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް އެދެމަފިރިންނަށް ކުއްޖަކު ލިބިއްޖެއެވެ. އެދެމަފިރިން އެކަމާ ވަރަށް އުފާކުރިއެވެ. އެހެންނަމަވެސް ދުވަސްކޮޅެއް ފާއިތުވުމުން އެދެމަފިރިންނަށް އިޙްސާސްކުރެވުނީ އަނބިމީހާ ވަޒީފައިގައި އުޅެމުން ދަރިފުޅު ބެލެމަކީ ދަތިކަމެއްކަމެވެ. އުނދަގޫކަމެއްކަމެވެ. ދަރިފުޅު ބަލިވެއްޖަނަމަ މަންމަ ނުވަތަ ބައްޕަ މަސައްކަތް ދޫކޮށްލައި ގޭގައި ހުންނަން ޖެހެ އެވެ. ނުވަތަ ދަރިފުޅުގެ ޢާއިލާ މީހުން ކައިރީގައި ނުވަތަ ރަޙުމަތްތެރިން ކައިރީގައި ބަހައްޓަން ޖެހެއެވެ. އެހެންކަމުން ބައްޕަ ވިސްނީ މަންމަ ވަޒީފާއަށް ނުފޮނުވުމަށެވެ. އެހެންނަމަވެސް ދެމަފިރީންގެ މާލީ ޙާލަތު އެކަމަކަށް ވެސް ތަނެއް ނުދިނެވެ.



ދުވަސްކޮޅެއް ފަހުން އެނގުނީ ދެވަނަ ކުއްޖަކު ލިބެން އުޅޭކަމެވެ. އެހިނދު އެދެމީހުންނަށް އެކަންވީ ވަރަށް ބޮޑު ކަމަކަށެވެ. އެހެނީ އެންމެ ކުއްޖަކާ އެކީ އެމީހުންގެ ފަގީރު ހާލު އެހާ ބޮޑެވެ. އެހެންކަމުން އިތުރު ކުއްޖެއް ލިބިއްޖެނަމަ ކަންތައްވާނީ ކިހިނަކުންހެއްޔެވެ؟ އެހެންކަމުން އަވަސްއަވަހަށް ޑަކްޓަރަކާ ހަމަޔަށް ހިނގައްޖެއެވެ. ބަޑުގައިވާ ދަރިފުޅުގެ ކިބައިން ''ސަލާމަތްވުމަށެވެ''. ނަމަވެސް ދަރިފުޅު ވައްޓާލުމަށް ޑަކުޓަރު އިންކާރު ކުރިއެވެ. އެދެމީހުން އާދޭސް ކުރަންފެށިއެވެ. ޑަކްޓަރު ކުރުޖަވާބެއް ދިނެވެ. ބުރަ އުފުލުމެއްގެ ތެރޭން ބަނޑު ހުސްކޮށްލަންވީ ނޫންހެއްޔެވެ؟ އެހެންކަމުން ގެޔަށް ދިޔަ މަގުމަތީގައިވެސް، އަނބިމީހާ އުސްޢިމާރާތްތަކުގެ ސިޑިން ދުވެއަރައި ފައިބައި ހެދިއެވެ. ދުރުގައި ތަނަވަސް ހުސް ބިމަކަށް ގޮސް ހަށިގަނޑު ލޮޑުވަންދެން ދުވެހެދިއެވެ. މިހުރިހާކަމަކަށްފަހު އެދެމީހުން ގެއަށް ދާން މިސްރާބުޖަހައިފިއެވެ.
ދެމީހުންގެއަށް އައިސް އޮޅި ގިރާކޮށްލަން ގޭތެރެއަށް ބޯދިންތަނާ ލިބުނީ ކުއްލި ސިހުމެކެވެ. ހައިރާންކަމެކެވެ. ކުރިމަތިން ފެނުނު މަންޒަރުގެ ސަބަބުންނެވެ. ގޭގެ ސިޑިން ވެއްޓީ އެދެމަފިރިންގެ އަލަތު ދަރިފުޅު އެ އޮތީ މަރުވެފައެވެ. އެދަރިފުޅުގެ މަޢުޞޫމު މޫނުމަތިން ފުރާނަ ނެތްކަން ހަމަ ރަނގަޅަށް އެބައެގެއެވެ. އެދަމަފިރިންގެ ލޮލުން ކަރުނަ ހިލިގެންދިޔައެވެ. ކުރި އަސަރެއްގެ ބޮޑުކަމުން ދުނިޔޭން މޮޔަނުވީ ކިރިޔާ އެވެ.

އެންމެފަހުން ޑަކްޓަރުކައިރިއަށް ގޮސް އަންހެނުންގެ ބަޑުގައިވާ ދަރިފުޅު ސަލާމަތްކުރުމަށް އަލުން އެދެމަފިރިން ނިންމި އެވެ. އެކަމަށް ޑަކްޓަރުގެ ކިބައިން އެދުނެވެ. އެމީހުންގެ ޢަމަލުތައް އޮޅުން ފިލުވުމަށް ފަހު ޑަކްޓަރަށް ބުނަން މަޖުބޫރުވީ ތިޔަ ކަން މާތްﷲއާ ވަކީލު ކުރާށެވެ. ތިމަންނަގެ އިތުރު ބަހެއް ނެތެވެ.

އެދެމަފިރިން މާތްﷲއަށް އިޚްލާޞްތެރިކަމާއެކު ދުޢާދަންނަވަން ފެށިއެވެ. ﷲސުބުޙާނަހޫ ވަތަޢާލާއަކީ އަޑުއައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއަކީ އޯގާވަންތަ ރަޙުމާންވަންތަ ،އެންމެ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެއެވެ.

އާޚިރުގައި ކީރިތި ﷲ އެދެމަފިރިންގެ ދުޢާ އިޖާބަކުރައްވައި އެދަރިފުޅު ސަލާމަތްކުރެއްވިއެވެ. އެދަރިފުޅަކީ މިހާރު އެދެމަފިރިންގެ އެންމެ ބޮޑު އުފަލެވެ. ހިނދުކޮޅެއްގެ ކުރިން އެދަރިފުޅަކީ އެދެމަފިރިން ކުރިމަތީގައި އެންމެ ބޮޑު މުޞީބާތެވެ.

ތެދެކެވެ. ހެޔޮ މިންވާއި ނުބައި މިންވަރަށް އީމާންވުމަކީ މުއުމިނުންގެ މައްޗަށްވާ ވާޖިބެއްކަމެވެ. އަދި އެކަލާނގެ ހަޒުރަތުން އަންނަ ކޮންމެ ކަމެއްވެސް ހެޔޮހިތުން އީމާންތެރިކަމާއެކު ބަލައިގަންނަން ޖެހޭނެކަމެވެ. އަދި ތިބާއަށްޓަކައި އެކަލާނގެ ލިޔުއްވައި ކަނޑައަޅުއްވާކަމަކީ ތިބާގެ ހިތްއެދޭކަމެއްކަމުގައި ނުވިނަމަވެސް އެކަމަކީ ތިބާއަށް ހެޔޮކަމެއްކަމުގައިވާނެއެވެ. އެހެނި ﷲއަށް އެނގި ވޮޑިގަތުން މާ ތަނަވަހެވެ. ޢިލްމުފުޅު މާ މަތިވެރި އެވެ. ތިބާޔަށް އެނގޭ އެއްޗެއް ވަރަށް މަދެވެ. އެގޭމިންވަރު ވަރަށް ކުޑައެވެ. ހުރިހައިކަމެއް ހިންމެވުމާއި ނިންމެވުންވަނީ މާތްﷲއަށެވެ. އަހަރުމެންގެ ކަންކަމުގައި ވަކީލުންކުރަންޖެހޭނީ ﷲ އަށެވެ. އެކަލާނގެ ނިންމެވުމާއި އަހަރުމެން ރުހެން ޖެހެއެވެ. އެނިންމެވުމަށް ކިޔަމަންވާން ޖެހޭނެއެވެ. ބަލަހައްޓަވާ ފަރާތެއްކަމުގައި އަދި ނަޞްރުދެއްވާ ފަރާތެއްކަމުގައި އެކަލާނގެ ފުދެއެވެ.

"وَعَسَى أَن تَكْرَهُواْ شَيْئًا وَهُوَ خَيْرٌ لَّكُمْ وَعَسَى أَن تُحِبُّواْ شَيْئًا وَهُوَ شَرٌّ لَّكُمْ وَاللّهُ يَعْلَمُ وَأَنتُمْ لاَ تَعْلَمُونَ" البقرة: 216

މާނައީ: އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަ ބައިމީހުން ރުހޭކަމެއް އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހައިކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނެގެއެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ