www.fanvai.info

Print

އާޅެން: ލޯބި

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

އިސްމާޢީލްޢަލީ، ކަނދޮޅުދޫ

 

ދެހިތެއްގެ ގުޅުން ރަމްޒު ކޮށްދެނީ ލޯތްބެވެ.

ލޯބިވެތި ދެހިތުގައި ޖަހާ ވިންދު އެއްގޮތެވެ.

ލަވައާއި މިޔުޒިކު ގުޅެއެވެ.

އަބަދު ދުށުމަށް އެދި ހިތް އާދޭސް ކުރެއެވެ.

ނުފެނި ހިނދުކޮޅެއް ވިޔަސް ހިތް ތެޅެއެވެ.

ބައްދަލު ކުރެވޭނެ ގޮތެއް އޮތްތޯ ބަލައެވެ.

އެކަކީ ހޫރުޕަރީއޭ އަނެކަކީ ރަސްގެފާނެވެ.

އުޑުން ބޭލި ތަރިތަކުގެ އަދަދެއް ނޭގެއެވެ.

ނުވާ ހުވައެއް ޢަހުދެއް ނެތެވެ.

ކައިވެންޏަށް ފަހު ދެފުރާނަ އެކުވެއެވެ.

އިޙްސާސްތައް އެކައްޗަކަށްވެ ނިމިދެއެވެ.

އެއީ މަތިވެރި ގުޅުމެކެވެ. 

ދިރިއުޅުމުގެ މަޤްސަދު ޙާސިލުކުރާން ބާރު އަޅައެވެ.

މާތައް ފޮޅި މޭވާ އަޅަނީ ޤުރުބާންތަކަކަށް ފަހުއެވެ.

މޭވާގެ މީރު ރަހަ އަބަދުމެ ލިބުމަށް އެދެވެއެވެ.

ދެފުރާނަ އެކުއެކީގައި ގެންދެވުމީ ހިތުގެ ދުޢާއެވެ.

* * *

ލޯތްބަކީ ސަމާސާއެއް ނޫނެވެ. ލޯބީގެ ގުޅުމަކީ މަތިވެރި ގުޅުމެކެވެ. ލޯބި ވެވެނީ އެވެ. އެއަކަށް ބާރެއް ނުފޯރު ވެއެވެ. އަހަރެންނަށް ޒުވާން ރީތި ކުއްޖަކު ދެކެ ލޯބި ވެވުނެވެ. އެ ޒުވާނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް އަރަނީ ﷲގެ ކުޅަދުންވަންތަ ކަމެވެ. އެކަލާނގެ އެ އިންސާނާއަށް ރީތިކަން ދެއްވިއެވެ. އަހަރެން އެ ޒުވާނާގެ ލޯބި ހޯދުމަށް ވަރަށް މަސައްކަތް ކުރީމެވެ. އެންމެ ގިނައިން ކުރިކަމަކީ ﷲގެ ހަޒްރަތުގައި ދުޢާ ކުރުމެވެ.

އަހަރެންގެ ހާލަކީ އަބަދު ވެސް އަލީގެ މަތީން ހަނދާންކުރުމެވެ. އެ ރީތި ފިރިހެންވަންތަ ސޫރަ އަހަރެންގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. 

އަޙްސަނގެ ރީތިކަމަށް ޓަކައި ފިދާވާން ތައްޔާރަށް އެތައް ކުދީންނެއް މި ރަށުގައި ތިއްބެވެ. ރީތި ކުދިންނާއި ޒުވާން މުއްސަނދި ކުދީންނެވެ. ވީއިރު އަހަރެމެން ކަހަލަ ސިފަ ހުތުރު ފަޤީރު ނިކަމެތިން އަޙްސަނާއި ހެދި އުޅުމަކީ ބިންމަތީގައި ހުރެ ހަނދުގައި އަތްލާން އުޅުން ފަދަ ކަމަކަސް ނޫނީ ނުވާނެއެވެ. 

އަޙްސަން ލޯބިވަނީ ރަށުގައި ފަތްމިނި ދެކެއެވެ. އެއީ މުއްސަނދި ޢާއިލާއެއްގައި ފޮޅިފައިވާ ހަމައެކަނި މަލެވެ. 

________________________________

www.fanvai.info