އަދުގެ ޚާއްސަ

Print

ފަލަކީ ޙަރަކާތުން މިއަދު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ. ލިނެޓް

ފަލަކީ ޙަރަކާތްތަކަކީ، ހުއްޓުމެއްނެތި ޤިޔާމަތާ ހަމަޔަށް ހިނގަހިނގައިހުންނަ، މިންވަރު ކުރައްވާފައިވާ ކަމެކެވެ. ސޫރަތުއް ޒުމަރުގެ 5 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވާފައިވާ ފަދައިންނެވެ. ”خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى أَلَا هُوَ الْعَزِيزُ الْغَفَّارُ“. ("އެކަލާނގެ އުޑުތަކާއި، ބިން حقގޮތުގައި ހެއްދެވިއެވެ. އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު خدمةތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ. ދަންނާށެވެ! އެކަލާނގެއީ، عزيزވަންތަ ރަސްކަލާނގެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.") (سورة الزّمر:5)

 

މި ގޮތުގެ މަތީން ދުނިޔެ ދައުރުކުރަމުން އައިސް މިއަދަކީ، ރަބީޢުލް އާޚިރު މަހުގައި ހަނދު ދުނިޔެ ވަށައިގެންޖަހާ ބުރުނިންމާ ދުވަހެވެ. މިއަދު މާލޭ ގަޑިން 21 ގަޑި 15 މިނެޓްގައި "ދަނަ" (ޤައުސު / ސެޖިޓޭރިއަސް) ރާހީ (ބުރުޖު) ގެ 23 ދަރަޖަ 08 ދަގީގުގައި "މުލަ" ނަކަތުގައި އިރާއި ހަނދު ބައްދަވެ ދުނިޔެއާއި އެއްއުއި (އިޤްތިރާނު) ވާނެއެވެ.

އެއީ، ހަނދުގެ މައްސަރެއް ނިމި ހަނދުގެ އާ މައްސަރެއް ފެށުމުގެ ފިޠްރީ ޢަލާމާތެވެ. ފާހަގައެވެ. އެކަން ހިނގަނީ ޖީއެމްޓީން 14:59 ގެ ފަހުންކަމުގައިވުމާއި، އެ ބަޔަކަށް އިރު އޮއްސުމުގެ ފަހުގައިކަމަށް ވެއްޖެނަމަ، ހަނދުގެ އާ މައްސަރު ހިމަނަން ފަށަނީ، ޖެހިގެން އަންނަ ދުވަހަކީ ހިނގަމުންދާ މަހުގެ 30 ވަނަ ދުވަސްކަމުގައި ބެލުމަށްފަހު، ދެން ޖެހިގެން އަންނަ ދުވަސް އާ މައްސަރުގެ ފުރަތަމަ ދުވަސްކަމުގައި ބަލައި އުޅޭ ހަމައިން ކަމަށްވަތީ، 16 ޑިސެމްބަރ 2020 ވަނަ ދުވަހަކީ، 1442 ވަނަ އަހަރުގެ ޖުމާދުލް އައްވަލު މަހުގެ ފުރަތަމަ ދުވަސްކަމުގައި ވެއެވެ. 

ހަމަ އެފަދައިން މިއަދަކީ، ފުރިހަމަ އިރުކޭތައެއްވެސް ހިފާ ދުވަހެކެވެ. އިރު ހުރި ފަލަކީ ޕޮޒިޝަނަށް ހަނދު ކުރާ ދަތުރުގައި އިރަވީ ނިޒާމުގެ ގުރަހައެއް ކަމުގައިވާ ޢަޠާރިދު މަތީން ހުރަސްކޮށް، މި މަހު އިރާއި ބައްދަލު ކުރަންދާ ދިއުމުގައި، މިއަދު މާލޭ ގަޑިން 18:33:55 އިން ފެށިގެން 23:53:03 އަށް ފުރިހަމަ އިރުކޭތައެއް ހިފާނެއެވެ. މި ކޭތަ ރާއްޖެއަށް ނުފެނުނަސް، ދެކުނު އެމެރިކާގެ ދެ ގައުމު ކަމުގައިވާ ޗިލީ އާއި އާޖެންޓީނާ އާއި ދެ ގައުމަށް ރީތިކޮށް ފެންނާނެއެވެ. ޕެސިފިކުން ފެށިގެން ދެކުނު އެމެރިކާ ބައްރުމަތީން ހުރަސްކޮށް އެޓްލާންޓިކު ކަނޑުން އެފްރިކާ ބައްރުގެ ހުޅަނގު އައްސޭރިފަށާއި ހަމަޔަށް މި ކޭތައިން ބިމުގައި ދެމޭ ހިޔަނި ދެމިގެން ދާނެއެވެ. 5 ގަޑި އިރާއި 20 މިނެޓް އިރަށް މި ކޭތަ ދެމިގެން ދާނެއެވެ. 

_______________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ