އަދުގެ ޚާއްސަ

Print

ހުވަނީގެ ވަބާ

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

ގޮވާމުން  މަތިވަރެއް  ނުލިބޭ،  ސަލާމަތަކުން   ހުވަނި  ކާތީ

                        ގޮވާންކުޅަ ދަނޑުދަނޑަށް މިވަބާ، ހަލުވިކޮށް ފެތުރެމުންދާތީ

ދެއިރު ފެންދީ ގަހަށް ކާނާ، އަޅައިގެން  ހެއްދިޔަސް  ގަސްގަސް

                       އެއިން ދަނޑަކުން ސަފުން މަންފާ، ލިބޭނެ ގޮތެއް ނުފެންނާތީ 

ކަހާއިރު 'ގައި' ހުވަނި ޖެހިގެން، ދިޔަސް ނޭނގޭ ގައިން ހަންނޮޅި

                      ޖަހާ ބޭހުން އެއިން  ސޮރަކަށް،  ކަމެއް  އަމުދުން ނުވެސްވާތީ

މިރާއްޖޭގައިި ރަނގަޅު މަތިވަރު، އިހަށް ލިބުނަސް  ހުވަނި  ނާޅާ

                      ދިރާސާކޮށް   ބަލަން   ވެއްޖޭ،  އަޅާ   މަތިވަރު  ފަނާވާތީ

މަޖާކޮށްލަން ހިނގާލަން ގޮސް، ވަލަށް ވަދެ ކުދިވެރިން  އުޅުމަށް

                     ނަޖާ ހުވަނިން  ނުކޮށް  އޮތްނަމަ، ހުވަނިޖެހި ފިތް ނަގާނެޔަތީ

ކުރިން އެޅިޔަސް ގަހެއްގައި މަދު، ވަބާއެއް  ހެން ފެތުރި ނުގަނޭ

                      ކުރިން  ފެށިގެން  ބުޑާ ހަމަޔަށް، މިއަދު ގަސްގަސް ކަމުންދާތީ

ސަލާމަތަކުން ދަނޑެއް އެއްވެސް، ނެތޭ  ދަނޑުވެރިޔަކަށް ހެއްދޭ

                      ހަލާކުވެގެން ދަނީ   ދަނޑުތައް،  ސަމާލު  އެއަށް  ނުވެވިވާތީ

ސަމާސާއެކެ  މިއީ   ހީކޮށް،  ނުވިސްނާ   ތިބި  ކަމަށްވަންޏާ

                      ޒަމާން އެންމެންގެ  ހަމަ  ދާނޭ،  ވަބާޔަށް   ބޭސް  ނުހޯދޭތީ

___________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ