އަދުގެ ޚާއްސަ

Print

ތަޢުލީމުގައްޔާއި މުޖުތަމަޢުގައި ގިނަބައްސަކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (21.2.21) 

މީ މާދަރީ  ދުވަހޭ ބަހުގެ  ދުވަހަށް  ނަޒަރުދީ  ވިސްނަމާ!

        މީ މާ ފަޚުރުވެރި  ރީތި ބަހެކޭ އަދި މިކަން ވެސް ދަންނަމާ

                އީމާނުގައި ދިވެހީން  މިތިބަ، ކެރިގެން މިއަދު  ކުރިއަށް  ދަމާ!

ތަޢުލީމުގައި ގިނަބައްސަކަން މުޖުތަމަޢުގައި  ކޮށްގެން އިތުރު

        އައުދާނަ ޤައުމީ ދިވެހިބަސް ދެކެގެން ކަމަށް  ޤައުމީ ފަޚުރު

                ޤައުމީބަހުގެ މާތް ހައިބަތަށް އިސްކަން  މިއަދު އެންމެން  ދެމާ! 

ހަށިލުއިކަމާއެކު  ދޫތަކުން  ބަހުރުވަތަކަށް  އިސްކަންދެމުން

       ރަށިބަސް އެއީ  ރަށުބަހަކަމާ، ރަޓުބަހަ އެއީ  ރަށިބަހަކަމާ-

                ހަށިހެއުކަމާއެކު ދަނެ މިކަން،  ޚިދުމަތްތަކެއް  އެބަހަށް  ދެމާ!

އެބަޔަކު މޮށޭ ބަހަކުން ނިކަން ކަންކަން އޮޅުންފިލުވައިދެމުން

        ހިބަކޮށްދެމުން،  ޢިލްމާހުނަރު،  މުޖުތަމަޢުގައިފަތުރައިލަމުން

                ދެބަހެއް ނުވަތަ ތިންބަސް ވިޔަސް  ގިނަބައްސަކަން  ދަންނަމާ!

ޤައުމިއްޔަތުގެ ރުކުނެއް އެއީ ޤައުމީ ބަހީ އެންމެން ދަނޭ!

        ދައުލަތް ބަދަހިވާނީ އެއިން  ބޭނުން  ކުރީމާކަން ދަނޭ!

                ތަޢުލީމުގައި ވެސް ބަސްބަހަށް  ދޭ އިސްކަމާ  މެދު ވިސްނަމާ!

ބަސްވާރުނާއި  އަދީބުނާ  ބަހަވީން  ކުރާ  ޚިދުމަތް ތަކުން

        ދަސްކޮށް ބަލައި ހޯދައި އެއިން ޢިބްރަތްތަކެއް ލިބިގަންނަމުން

                ބަސް، ބައްސަކަން ވަކިކޮށް ބަހަށް ދިރުމެއް އަލުން ހޯދައިދެމާ!

ތާރީޚެކޭ މިއަހަރު މިއީ މާ ރީތިކޮށް ފެންނާން އޮތީ

        ޖާރީވެދާ ފަދަ އާކަމެއް ކޮށްލުން އެއީ މޮޅުވެސް ގޮތީ

                ތާރީޚު  ދޭކާ އަދި   އެކެއް،  ދޭކާ،  އެކާވީސް   ލިޔެލަމާ!

           _____________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ