އަދުގެ ޚާއްސަ

Print

ހަނދުބެލުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް

ހަނދުބެލުމަކީ، ޝަރުޢީ އިޞްޠިލާޙުން ނަމަ ހަނދުމަހެއްގެ ފެށުން ކަށަވަރު ކުރުމަށް ޙިސާބު ޢިލްމުން ބެލެން ނެތް ޒަމާންތަކުގައި ޢަމަލު ކުރިގޮތަށް ކިޔާނަމެވެ. އެހެނަސް އިސްލާމީ ޙަޟާރަތު ކުރިއަރައި ޢިލްމާއި ސައިންސުގެ ރޮނގުން އިސްލާމުން ވެސް ކުރިއެރުން ހޯދައި ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ފަލަކީ ޙަޤީޤަތްތުގެ ޢިލްމާއި ސިއްރުތައް ހާމަވެ ފަލަކީ ޢިލްމުގެ ކަށަވަރުކަން ދެނެގަނެވުނުފަހުން، ހަނދުބެލުން ވެފައިވަނީ އިސްލާމީ އާދައިކާދައިގެ ކަމެއް ފަދައިންނެވެ. 

 އެހެނީ، ފަކަލީ ޙިސާބު އެ ފޮތެއްގެ މައްޗަށް ބަރޯސާވެގެންވާ "ނޯޓިކަލް އަލްމަނެކް"ގެ އަލީގައި ފަލަކީ ޙިސާބުގެ މައްޗަށް ވަޤުތާއި ތަނާއި ދުވަހާއި އިރާއި ތަރިތަކާއި ހިނގާ ގޮތުގެ އަޞްލުތައް ސުންސިކުންތަށް ދެނެގަނެވޭން ފެށުމުން އިސްލާމީ ޤައުމުތަކުން ވެސް ރަސްމީކޮށް ބުރަވެ މިއަދު ޢަމަލު ކުރަނީ ފަލަކީ ޙިސާބުގެ މައްޗަށްކަމަށް ވާތީއެވެ. ހަނދު ބެލުމުގައި ބަލަނީ އެތަނަކަށް ހަނދު އޮއްސެނީ އިރު އޮއްސުމުގެ ފަހުންތޯ ނުވަތަ ކުރިންތޯއެވެ. ހަނދު އިރަށްވުރެ ކުރިން އޮއްސޭ ނަމަ ކުރިޔަށް އޮންނަ ދުވަހަކީ ހިނގަމުންދާ މަހުގެ 30 ވަނަ ދުވަސްކަމަށް، ފަހުން އޮއްސޭ ނަމަ ކުރިޔަށް އޮންނަ ދުވަހަކީ އާ މަހުގެ 1 ވަނަ ދުވަސްކަމަށް ކަނޑައަޅައި ބަލައި ޢަމަލު ކުރާ އުޞޫލުގެ މަތީން ގޮތް ކަނޑައެޅުމަށެވެ. 

އެގޮތުން ފެށޭ ރޯދަމަސް ފަލަކީ ގޮތުން ދެނެގަތުމަށް ފަލަކީ ގޮތުން ބަލާއިރު މިއަދު އިރު އޮއްސޭ ވަގުުތާއި ހަނދު އޮއްސޭ ވަޤުތުގެ ތަފާތު ފަލަކީ ޙިސާބުން ބެލި އިރު، މާލެއަށް މިއަދު (11 އޭޕްރީލް ގައި) ހަނދު އޮއްސޭނީ 17 ގަޑި 51 މިނެޓުގައިކަން އެއްވެސް ޝައްކެއެއް ނެތި އެނގެއެވެ. އެފަދައިން ތުރާކުނަށް 17:53 ގައިކަމާއި މަކުނުދޫއަށް 17:55 ގައިކަމާއި އައްޑޫ ހިތަދޫއަށް 17:52 ގައިކަން އެނގޭން އޮވެއެވެ.

އިސްލާމީ ބައްރަށް ބަލާއިރު އިރުމަތިން އިންޑޮނޭސިއާ އާއި މެދުން ސަޢޫދީ ޢަރަބިއްޔާއާއި ހުޅަނގުން އެފްރިކާ ބައްރުގެ ސެނަގޯލަށާއި ހުޅަނގު އިތުރުން މޮރޮކޯއަށް ވެސް މިއަދު އިރަށްވުރެ ކުރިން ހަނދު އޮއްސޭކަން ކަށަވަރުވެ އެނގޭން އޮވެއެވެ. 

އެހެންކަމުން، މާދަމާއަކީ، ރާއްޖެއަށާއި އިސްލާމީ ދުނިޔޭގެ ހުރިހައި ޤައުމަކަށްވެސް ހިނގަމުންދާ ޝަޢުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައިވެ 13 އޭޕްރީލް 2021 ވަނަ އަންގާރަ ދުވަހަކީ މިއަހަރު ރޯދަމަހުގެ މުލަރޯދަ ދުވަހަށް ވުމީ އެންމެ އެކަށީގެންވާ ގޮތްކަމުގައި ފެނެއެވެ. 

________________________________________

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ