އަދުގެ ޚާއްސަ

Print

ޕްލާސްމާއާއި އެލް.ސީ.ޑީގެ ތަފާތު

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޝަމްސުލް ފަލާޙް

ޕްލާސްމާ އާއި އެލް.ސީ.ޑީ (ލިކުއިޑް ކްރިސްޓަލް ޑިސްޕްލޭ) އަށް ބަލާއިރު، މާބޮޑު ތަފާތެއް ހުންނަކަމަށް ފާޅުނުވިޔަސް، އަސްލު އެދޭތީގައި އެކުލެވިގެންވަނީ ތަފާތު ދެ ޓެކްނޮލޮޖީއެކެވެ. ހަނިވެފައި، ސްކްރީން ފްލެޓްކޮށް ހުރިނަމަވެސް، އެއީ ތަފާތު ދޭއްޗެކެވެ. ޕްލާސްމާ އާއި އެލް.ސީ.ޑީ މޮނީޓަރުތަކާއި ޓީވީތަކާހުރި އެންމެ ބޮޑު ތަފާތަކީ، އެ އެއްޗެހިތަކުގައިހުންނަ ޕިކްސެލްސް އަލިކުރުމުގައި ހުންނަ ތަފާތެވެ.

ޕްލާސްމާ ޓީވީ
ޕްލާސްމާ ޓީވީ ޓެކްނޮލޮޖީ ބިނާވެގެންވަނީ، ފްލޮރިސެންޓް ލައިޓް ބަލްބް އެއްގެ މައްޗަށެވެ. ޑިސްޕްލޭގައި ސެލްތަކެއް ހުންނާނެއެވެ. ކޮންމެ ސެލްއެއްގައި، ބިއްލޫރި ޕެނަލްތައް ވަކިކުރެވިފައިވާނީ ކުޑަ ޖާގައަކުންނެވެ. އެ ޖާގަ ފުރާލެވިފައިވާނީ، ނިއޮން-ޒެނޮން (neon-xenon) ގޭހުންނެވެ. ޕްލާސްމާ ބޭނުންކުރަމުންދާ ގަޑީގައި، ދޭތެރެދޭތެރޭން ގޭސްތައް ޗާރޖުވާނެއެވެ. މިގޮތަށް ގޭސްތައް ޗާރޖުވުމުން، އޭގެން، ރަތާއި ފެއްސާއި ނޫ ފޮސްފޯރސް (phosphors) އުފައްދާނެއެވެ. މަންޒަރު އުފައްދައިދެނީ މީގެންނެވެ. މީގެ، ރަތާއި ފެއްސާއި ނުލުގެ ފޮސްފޯރސްގެ ކޮންމެ ގްރޫޕަކަށް ކިޔާނީ، ޕިކްސެލް (ޕިކްޗަރ އެލިމެންޓް) އެވެ.

އެލް.ސީ.ޑީ ޓީވީ
އެލް.ސީ.ޑީ ޕެނަލް ހެދިފައިވަނީ، ޕޮލަރައިޒްކޮއްފައިވާ ޓްރާންސްޕޭރަންޓް ދެ ލޭޔަރ (ތަތް ކުރެވިފައިވާ) އިންނެވެ. މީގެތެރޭން، އެއް ލޭޔަރގައި، ލެވިފައިވަނީ، ވަކިވަކި ލިކުއިޑް ކްރިސްޓަލްތައް ހިފަހައްޓައިދޭ ޚާއްޞަ ޕޮލިމަރ (ކެމިކަލް ކޮމްޕައުންޑެއް) އެކެވެ. މި ލިކުއިޑް ކްރިސްޓަލްތަކަށް ކަރަންޓް ފޮނުވައިލުމުން، އަލި ހިފަހައްޓައި، އަލި ދައުރުކޮއްދެއެވެ. މަންޒަރު އުފައްދައިދެނީ މީގެންނެވެ.



އެލް.ސީ.ޑީއަކީ، ޕްލާސްމާއަށްވުރެ ލުއި، އެއަށް މަދު ހަކަތައެއް ބޭނުންވާވައްތަރެކެވެ. ޕްލާސްމާ ޓީވީތަކުގައި، ފަހަތުގައި ދިއްލިފައިވާ ލައިޓެއް ނުއިންނާތީ، ސްކްރީނުން ކުލަތައް ފެންނައިރު، ވަރަށް ރީތިވާނެއެވެ. އެލް.ސީ.ޑީއަށްވުރެ، ޕްލާސްމާ ތަކުގައި، މަންޒަރުގެ ފެންވަރު މާ މޮޅުވާނެއެވެ. ކުލައާއި، ސާފުކަން މާ ރީތިވެފައި، އަސްލުގޮތް ހުންނާނެއެވެ. ނަމަވެސް، އުސްއިމާރާތްތަކުގައި ޕްލާސްމާ ބޭނުންކުރާއިރު، އޭގައިވާ ގޭސް މަސައްކަތް ކުރާގޮތަކުން، މަންޒަރު އެހާ ސާފުނުވެ ހިނގައިދާނެއެވެ. އެހެންކަމުން، ވަރަށް އުސް އިމާރާތެއްގައިނަމަ، ޕްލާސްމާ ބޭނުންކުރުމުން، އޭގެ އެންމެ ފުރިހަމަގޮތުގައި ނުވަތަ ފެންވަރުގައި މަންޒަރުތައް ނުފެނި ހިނގައިދާނެއެވެ.

އެލް.ސީ.ޑީ ސްކްރީންތަކުގައިވާ ކޮންމެ ޕިކްސެލްއެއްގައި ތިން ކުލަ ވެއެވެ. އެއީ، ރަތާއި ފެއްސާއި ނޫ ކުލައެވެ. އެލް.ސީ.ޑީ ޓެލެވިޜަންތަކުގައި ފަހަތުލައިޓެއް ބޭނުންވާނެއެވެ. އޭގައިވާ ލިކުއިޑް ކްރިސްޓަލްތަކަށް ހަކަތަ ލިބުމުން، ޕިކްސެލްތަކުން ބޭނުންވާ ކުލަތައް އުފައްދައެވެ. އެލް.ސީ.ޑީ ޓެލެވިޜަންތަކުގައިވާ އެންމެ ބޮޑު ތަފާތުކަމަކީ، އޭގައިވާ ބެކްލައިޓް އިންނާނީ އަބަދުވެސް ދިއްލިފައެވެ. އެލް.ސީ.ޑީތަކުގައި، ޕްލާސްމާއަށްވުރެ ރިފްރެޝް ރޭޓް ދައްވާނެއެވެ. އެލް.ސީ.ޑީތަކުގައި ފާސްޓްމޫވިންގ އިމޭޖުތައް ފެންނައިރު، ރިފްރެޝް ރޭޓް އަވަސްނުވުމުގެ ސަބަބުން، ބައެއްފަހަރު، ވަރަށް މަންޒަރު ހުތުރުވާނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ