މޮޅު ބުއްދިއެއް ( ފަތްތޫރައިން ނަގާފައި)
ފޮނުވީ: އަޙުމަދު ނާސިރު
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ، ޖަޕާނުގައި ހަނގުރާމަކުރަމުން ދިޔަ އެމެރިކާ ސިފައިން ގެ މީހަކު ގެއްލުނެވެ. އޭނާގެ ޚަބަރެއް ނުވާތާ އެތައް ދުވަހެއް ފަހުން އޭނާގެ މަންމައަށް ސިޓީއެއް ލިބިއްޖެއެވެ. އެދައިތަ އުފަލުން ފޮޅުނެވެ. އަދި އަވަސް އަވަހަށް އެސިޓީ ކަނޑާ ކިޔާލިއިރު އޭގައި ލިޔެފައި އޮތެވެ. " ޖަޕާނުގެ ސިފައިންގެ ފަރާތުން އަޅުގަނޑުމެންނާ ދޭތެރޭ ބަހައްޓަވާ އޯގާތެރިކަމާއި ހެޔޮކަން ސިފަކޮށްދޭންވެސް ނޭގޭހާ ރަނގަޅެވެ. މަންމާއެވެ. އަޅުގަނޑު ސްޓޭމްޕް އެއްކުރާ ކަން މަންމަ ހަނދާން އެބަހުއްޓެއްނޫންތޯއެވެ. އެހެންވީމާ
މިސިޓީގެ ބޭރުގައިވާ ސްޓޭމްޕްވެސް ނަންގަވާ ރައްކާކުރައްވާށެވެ. މިއީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.
އެދައިތަ ފަރުވާތެރިކަމާއެކު ސްޓޭމްޕް ނެއްޓިއިރު އޭގެ ދަށުގައި ލިޔެފައި އޮތެވެ. " ޓޯކިޔޯގެ އިރުދެކުނުން ވިހިކޯމީޓަރު ހައިތާ ހުރި ޖަލެއްގައި ވަރަށް ދަތި ނިކަމެތި ޙާލެއްގައި އެބަތިބީމެވެ. " ދައިތަ މިޚަބަރު އެމެރިކާ ސަރުކާރަށް އެންގުމުން އެމެރިކާގެ އެތައް ހާސް ބަޔަކު އެޖަލުން ސަލާމަތްވެ ރަށަށް ދެވޭނެގޮތް މެދުވެރިވިއެވެ.