އަދުގެ ޚާއްސަ

Print

ގޫގްލް އެންޑްރޮއިޑް ވައިޓް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

ޓީ މޯބައިލްގެ "ނިއު ގޫގްލް އެންޑްރޮއިޑް އިން ވައިޓް" ފޯނަކީ ތަފާތު އާ ފަސޭހަތަކަކާއި އެކު އުފައްދާފައިވާ މޯބައިލް ފޯނެކެވެ. ހާއްސަކޮށް މި ފޯނަކީ މޯބައިލް ވެބް ބްރައުޒިންގ ގެ އާފަސޭހަތަކެއް ގެނުވައިދިން ފޯނެކެވެ.

މި ފޯނުގެ ދިގުމިނުގައި ހުންނަނީ 118 މިލިމީޓަރެވެ. ފުޅާމިނުގައި 56 މިލިމީޓަރ ހުންނައިރު ބޯމިނުގައި ހުންނަނީ 17 މިލިމީޓަރެވެ.

ފޯނުގެ ބަރުދަނަކީ 158 ގްރާމެވެ.

ފޮޓޯ ނެގުމަށްޓަކައި، މި ފޯނުގައި 3.2 މެގަޕިކްސެލްގެ ކެމެރާއެއްވެއެވެ.

މީ ތްރީޖީ ފޯނެކެވެ.

ބްލޫޓޫތް މެދުވެރިކޮށް ބްލޫޓޫތް އެހެން ޑިވައިސްތަކާ ޕެއަރ ކުރެވޭނެއެވެ. އަދި ބްލޫޓޫތް މެދުވެރިކޮށް ހެޑްސެޓްވެސް ގުޅާލެވޭނެއެވެ.

ފޯންގައިހިމެނޭ ސްޕީކަރގެ އެހީގައި އިންކަމިންގ، އަދި އައުޓްގޮއިންގ ކޯލްތަކުގެ އަޑުއެހޭނެއެވެ. އަދި މިއުޒިކް އަޑުއެހުމަށްވެސް މި ބިލްޓް-އިން ސްޕީކަރ ބޭނުން ކުރެވޭނެއެވެ.

ފޯނުގައި ހިމެނޭ ޑޮކިއުމެންޓް ވިޔުގެ އެހީގައި ހުރިހާ ޑޮކިއުމެންޓް ތަކެއްވެސް ބަލާލެވޭނެއެވެ.

މި ފޯނުގައި ހައިސްޕީޑް ޑާޓާ އެކްސެސް ކުރެވޭނެއެވެ.

އީމެއިލް ފޮނުވުމާއި، ރިސީވްކުރުމުގެ ޤާބިލްކަންވެސް މި ފޯނުގައިވެއެވެ.

އާންމުކޮށް ޕީސީ ތަކުގައި ހުންނަކަހަލަ ޓައިޕްރައިޓަރ ކީބޯޑެއްވެސް މި ފޯނުގައި ހިމެނެއެވެ.

ޖީ.ޕީ.އާރ.އެސް ފަންކްޝަނަކީވެސް މި ފޯނުގައި ހިމެނޭ ފަންކްޝަން އެކެވެ.

މި ފޯނުގައި ހިމިނޭ ޖީ.ޕީ.އެސް ސޮފްޓްވެއަރ ގެ އެހީގައި ސެޓެލައިޓް މެދުވެރިކޮށް ޕޮޒިޝަން އިންޑިކޭޓް ކުރުމުގެ ފުރިހަމަ ޤާބިލްކަންވެސް މިފޯނަށް ލިބިގެންވެއެވެ.

މި ފޯނުގައި 2 ޖީ.ބީ އާ ހިސާބަށް މައިކްރޯ އެސް.ޑީ ކާރޑް ބޭނުންކުރެވޭނެއެވެ.

ލަވަޖެހުމަށާއި އެކިކަހަލަ މިއުޒިކް އަޑުއެހުމަށްޓައި އެމް.ޕީ3 ޕްލޭޔަރ އެއްވެސް ހިމެނެއެވެ. އަދި މި ޕްލޭޔަރގައި ހިމެނޭ ލަވަތައް ރިންގްޓޯން ގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ.

ޓެކްސްޓް މެސެޖް އަދި އެމް.އެމް.އެސް ވެސް ބޭނުންކުރެވޭނެއެވެ.

ކޮމްޕިއުޓަރ އާއި ސިންކް ކުރުމަށްޓަކައި ޔޫ.އެސް.ބީ ޕޯރޓްވެސް ހިމެނެއެވެ.

ވައިފައި މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމުގެ ޤާބިލްކަންވެސް މި ފޯނުގައިވެއެވެ.

މީގެ ފޯނެއް ބޭރުން ގަންނަނަމަ ގާތްގަނޑަކަށް 400 ނުވަތަ 450 އެމެރިކާ ޑޮލަރަށް ލިބޭނެއެވެ. މިއަށްވުރެވެސް ހެޔޮއަގުގައި އޮންލައިން ޝޮޕްތަކުންވެސް ލިބެންހުންނާނެއެވެ.


ފޯނު ބައްލަވައިގަންނައިރު، ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރ އިންތޯބައްލަވަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރ ހޯއްދަވާ ރައްކާކުރައްވަންންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެއްވޭގޮތްހެދުމަށް މި ނަމްބަރ ބޭނުންވާނެއެވެ. #06#* (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމަށްފަހު ސެންޑް ކޮށްލެއްވުމުން ފޯނުގެ ސީރިއަލް ނަމްބަރ ފޯނުގެ ސްކްރީނަށް އަރާނެއެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ