Print

ޙަޔާތާމެދު

ޝާޢިއުކުރީ މުސްލިމް މުޚްލިޞް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



މުޞްލިޙު މުޙައްމަދު އިސްމާޢީލް

އިސްފަސް ނުވެ ތަރުތީބު މަގުން    ލަސްފަސް ނުވެ ކުރިޔަށް ހިނގަމުން   
    ވިސްނުންތެރި ގޮތުގައި ފިޔަވަޅު އަޅަމުން     އިސްލާމީ ރިވެތި އުސޫލަށް ބޯލަނބަމުން

އިސްރާފު މަގުން ދުރުވެ ތިބެގެން    މިޞްރާބު ޙަޔާތުގެ ސީދާ ކުރަމުން   
    ޖިސްމާއި ނަފްސުގެ ޙިމާޔަތް ކުރަމުން    އިސްލާމީ ރިވެތި އުސޫލަށް ބޯލަނބަމުން

އަޞްލަށް އަބަދުމެ ދާށޭ ރުޖޫޢަ ވަމުން    މަޞްދަރު ޙަޔާތުގެ ދާނޭ މޭރުންވަމުން   
    ވަސްވާސް ޝައިޠާނުގެ ދުރުކުރަމުން    އިސްލާމީ ރިވެތި އުސޫލަށް ބޯލަނބަމުން

މަޞްލަޙަތު މުޖުތަމަޢުގެ އިސްކުރަމުން    މަސްތީ ދުނިޔޭގެ އުފަލަށް ގޮންޖަހަމުން   
    ފަސްފަހަަތަށް ނުބަލައި ކުރިމަގު ހޯދަން    އިސްލާމީ ރިވެތި އުސޫލަށް ބޯލަނބަމުން

ފަސްނުޖެހި ދީނަށް ދާށޭ ހިތްވަރުލަމުން    ފަސްރުކުން ދީނުގެ ބަރާބަރަށް ވަޤުތުން   
    އިސްކަންދޭށޭ ގެންދިއުމަށް ޢަދާކުރަމުން    އިސްލާމީ ރިވެތި އުސޫލަށް ބޯލަނބަމުން
....................................................................................
2
ކަރުތާ ފެނުގައި އަހުރެން ވާއިރުވެސް     މަރު ކުޑަތާ ނެތަމަ ހަނދާނުގައިވެސް   
    ފަރުވާލެއް ނެތި ވޭތުވެދަނީ މިދުވަސް    ކަރު ބުޑުން މަރުގެ ހިތިރަހަ ލާއިރުވެސް

ކަރުމަރު ހިފައިފައި އަދު އުޅުނަކަސް     ވަރު ހަށީގައި ކިތަންމެ ހުރިނަމައީވެސް   
    ޑަރު ނެތި މިހެން އުޅެވޭނީ ކިހާދުވަސް    މަރުވާ ވަޤުތު އެނގިފައި ނުވާ އިރުވެސް

ވަރުނެތި ހަށީގައި ބޭކާރުވެ ދާއިރުވެސް    ފަރުޟު ނެތޭ ޢަމަލެއް ކުރެވިފައިވެސް   
    މަރު ކުޑަތަންވުމުން ބަންދުވާ އިރުވެސް    ދޮރު ތައުބާގެ ނުކުރެވޭމެއޭ ބޭނުންވެސް
.........................................................................................................
3
ޢުމުރުން ދުވަސްތައް ބޭކާރުވެ ފާއިތުވެދަނީ    އަމުދުން މަރާއި މެދުގައި ވިސްނާލުން ނުވަނީ   
    ނަމުންނޭ ހަމައެކަނި އިސްލާމްކަން ވަނީ    ދަމުން ދުނިޔެ އަޅައިފައި ހަމަ ތިޔަހަރަ ދަނީ

ފަހުން ނަމާދާއި ކުރަން އަޅުކަން މަބުރަވަނީ    މަހުން ހަތަރުދުވަހު ކޮށްލާ ހުކުރުން ފުއްދަނީ   
    ޝަހުވަތާއި ފާފައިގެ ޢަމަލަތަކަށް ފީނަނީ    ވަހުމްތަކަށް ނުބައި ޝައިޠާނުގެ ހެއްލިފައިވަނީ

މަހު މުސާރަ އަދި މުދަލާއި ޖާހަށް ވިސްނަނީ    ފަހުދުވަހު އެއިން ނުވިޔަސް ފައިދާ ބަރާކުރަނީ   
    ހަހުރަވެތިކަންނެތި ބޮޑާކަން ހިތުގައިލަނީ    ރަހުމުނެތި އިންސާނީވަންތަކަން ގެއްލިފައިވަނީ

އަޚުން އުޚްތުން ވަކިވުން ގާތްވަމުން އަންނަނީ    ސިހުން ހިތްތަކަށް ގެނުވާ ދުވަހޭ ގާތުގައިވަނީ   
    ފަޚްރުވެރިވި ފައިސާތައް އަދު ހަތުރުވަނީ    ފިހުން ނަރަކައިގެ އިތުރުވާ ދަރަށޭ އެވެފައިވަނީ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ