އަދުގެ ޚާއްސަ

Print

މޯބައިލް ޤުރުއާނުގައި ކުށެއް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އެނގޭތަ


ޔާސީން ނަސީމު އަބޫބަކުރު

ފާހަގަ ކުރެވިފައި އެވާ  އައިކަންގައި މޯބައިލްފޯންތަކުގައި ބޭނުން ކުރެވެމުންދާ ޑިޖިޓަލް ޤުރުއާނުގެ ބައެއް ޕުރޮގުރާމުތަކުގައި ކުށެއް އެކުލެވިގެންވާކަމަށް އަޅުގަނޑަށް ލިބުނު މެއިލްއެއްގައި ވެއެވެ. ވީމާ އެންމެހާ ބޭފުޅުންގެ ސަމާލުކަމަށް މިކަން ގެންނެވުން އެދެމެވެ.


މިދެންނެވި ޤުރުއާން ޕުރޮގުރާމުގައި ސޫރަތުއް ނިސާގެ 90ވަނައާޔަތުގެ "يقاتلوكم " މިހެން އޮންނަންވީ ކަލިމަ ލިޔެވިފައިވަނީ " يقاتلونكم " މިފަދައިންނެވެ.


ވީމާ ކޮންމެބޭފުޅަކުވެސް އެބޭފުޅެއްގެ އަތްޕުޅުގައި މިޕުރޮގުރާމް އޮންނަމަ ބައްލަވާލައްވާ ޗެކް ކޮއްލުމަށް ދަންނަވާލަމެވެ. އަދި މިކަން ވީހާ ގިނަބަޔަކަށް އަންގަވައި ދެއްވުމަކީ ވަރަށް ބޮޑު އެދުމެކެވެ. އަދި އަޅުގަނޑަށް ފެންނަ ގޮތުގައި ޕުރޮގްރާމްގައި ކުށް އެކުލެވިގެންވާ ނަމަ އެންމެރަނގަޅު ގޮތަކީ މި ޕުރޮގްރާމް ފުހެލާ ޞައްޙަ ޑިޖިޓަލް ޤުރުއާނެއް ހޯއްދެވުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ފޮތް ރައްކާތެރި ކުރައްވާނެ ކަމާއި މެދު ޝައްކެއް ނުކުރަމެވެ. އަދި އަޅުގަނޑުމެންނަށް ވީވަރަކުން އެކަމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއްކަމުގައި އަޅުގަނޑު ދެކެމެވެ.

އިދާރާ

ވާހަކަ