އަދުގެ ޚާއްސަ

Print

އިހުގެ ބާ ފަހާފޮށީގެ އަގު މައްޗަށް ދަނީ، އެއިން ޖިންނި ގެނެވޭތީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ފޮނުވީ: އެމް


ސަޢޫދީ ޢަރަބިއްޔާގެ މީހުން، މާ ބޮޑު އަގުގައި، ބާ ފަހާފޮށި ގަންނަ ވާހަކަ، ފެތުރުމާ ގުޅިގެން ފުލުހުން އެމައްސަލަ ތަޙުޤީޤުކުރެއްވިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ދިހާހާސް ސްޓާލިންގ ޕައުންޑަށް ފަހާ ފޮށްޓެއްމަގުން، ބައެއް މީހުން އެ ގަނެފައިވާ ކަމަށް އަޑުއަރާފައި ވެއެވެ. އަދި އޭގެ އަގު މައްޗަށް ގޮސް، އެ ލިބުން ދަތިވުމުން، ބައެއް މީހުން، ފަހާ ތަންތަނަށް ސިއްރިޔާތުގައި ވަދެ، އެ، ވަގަށް ނަގާފައިވާ ކަމަށް ވެސް ބުނެވުނެވެ.


 

ބާ ފަހާފޮށީގެ އަގު މިހާ މައްޗަށް ދިއުމުގެ ސަބަބެއް ކަމަށް ބުނެވެނީ، ޖިންނި ގެނައުމާއި ސިޙުރު ހެދުމަށް ބޭނުންވާ މާއްދާއެއް އޭގައި އެކުލެވޭތީޔޯއެވެ. ޖިންނި ގެނައުމާއި ސިޙުރު ހެދުމަކީ، ހަމައެކަނި މެދުއިރުމަތީގެ މީހުން ކުރާ ކަމެއް ނޫނެވެ. ޔޫރަޕާއި އެމެރިކާގައި ވެސް އެކަންތައް މާގިނައިން ކޮށް އުޅޭ ކަމަށް ބުނެވެއެވެ.


ތިރީގައި އެވަނީ، މި މައުޟޫޢު ބީބީސީން ގެނެސް ދިނުމުން، ބައެއް މީހުން ހުށަހަޅާފައިވާ ޚިޔާލުތަކެވެ.


މުޙައްމަދު ޙަސަން، އީރާން

ޔޫރަޕުގެ ގައުމުތަކާއި ޚާއްޞަކޮށް އިރުމަތީ ޔޫރަޕުގެ ޤައުމުތަކާ، އިސްލާމީ ޤައުމުތަކާ އަޅާ ބަލައިފިނަމަ، ސިޙުރުހާހޫރަ، ގަބޫލުކުރުން މުސްލިމުންގެ ތެރޭގައި އޮތްވަރަށްވުރެ މާބޮޑަށް ޔޫރަޕުގައި އެކަން އެބައޮތްކަން އެނގޭނެއެވެ. ނަމަވެސް، ނާތަހުޒީބާއި ޖާހިލުކަމާ ގުޅިފައިވާ މިފަދަ ހުރިހާ ކަމެއް މީޑިއާއިން އަބަދުވެސް ނިސްބަތްކުރަނީ މުސްލިމުންނަށެވެ.


އަބޫ މުޞްޠަފާ، ސިޑްނީ

ޢިރާޤުގައި މިލިޔަން މުސްލިމުން ޝަހީދުކުރުމަށްފަހު، އަދި އަފުޣާނިސްތާނާއި ފަލަސްޠީނުގައި އެތައް ހާސް މުސްލިމުންނެއް ޝަހީދުކުރުމަށްފަހު، އެކަންތައްތަކުގެ މަތިން މީހުން ހަނދާން ނައްތުވާލަން ތިޔައީ ވަރަށް ރަނގަޅު ވާހަކައެކެވެ. ޙަޤީޤީ ދުނިޔޭގައިވާ ބޮޑެތި މައްސަލަތައް ދޫކޮށްލާފައި ތިޔަ ގޮވާލަނީ، ޚިޔާލީ ދުނިޔޭގައިވާ ޔޯލަ ކަންތައްތަކަށެވެ. އިސްލާމީ އުންމަތުގެ ވެރިންގެ ތެރޭގައި ތިއްބެވި އަނިޔާވެރި ވެރިންނާއި، އިސްލާމީ ޤައުމުތަކުގެ ޢަދާޥާތްތެރިންގެ ކިބައިން ޖިންނީން ލައްވާ، މި އުންމަތް ސަލާމަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟ މި އުންމަތަށް ބިކަޙާލު ޖައްސަން އުޅޭ ދުޝްމިނުންނާ ދިމާއަށް ކަލޭމެން ޙަސަދަވެރިކަމުގެ ނަޒަރަކުން ބަލައި، އެސްފީނާ ނުޖައްސަނީ ކީއްވެގެންހެއްޔެވެ؟

ކީރިތި ޤުރުއާނުގައި ޖިންނިއާއި ސިޙުރުގެ ވާހަކަ ނަންގަނެވިފައިވާތީ އެވާހަކަ ދައްކަން އުޅޭހެން ވެސް އެބަހީވެއެވެ. ދުޝްމިނުންނާއި ޢަދާޥާތްތެރިންގެ ކުރިމަތީގައި ސާބިތުވެތިބެ ދީން ޙިމާޔަތްކުރުމަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ އާޔަތްތަކުގެ ވާހަކަ ނުދައްކަނީ ކީއްވެގެންހެއްޔެވެ؟ ބިރުގަންނަންވީ ޖިންނި ޝައިޠާނުން ދެކެއެއް ނޫނެވެ. ބިރުވެތިވާންވީ މާތްﷲ ސުބްޙާނަހޫ ޥަތަޢާލާ ދެކެއެވެ.




މުޙައްމަދުއްޝާޢިރު، ޝަރުޤިއްޔާ، މިޞްރު

ޢަރަބީންނަކީ، ބާ ފަހާފޮށްޓެއްގެ ތެރެއިން މާއްދާއެއް ހޯދައިގެން އެއިން ޖިންނި ގެނެވޭތޯ މަސައްކަތްކުރާވަރުގެ ޖާހިލުބަޔެއްނޫނެވެ. ވެގެން ތިއުޅެނީ އެހެންކަމެކެވެ. ބާ ފަހާފޮށި ގަންނަ އަގުވެސް ބުނެދީފައި އެއޮތީ ސްޓާލިންގ ޕައުންޑުން ނޫންހެއްޔެވެ؟ ޔޫރޯއިން ނުވަތަ ޔޫއެސް ޑޮލަރުން އެ އަގު ނުބުނީ ކީއްވެގެން ހެއްޔެވެ؟

ބާ ފަހާފޮށްޓެއްގެ ތެރެއިން މާއްދާއެއް ހޯދުމަށްވުރެ، ޢަރަބީންގެ ބިންތަކުން ނަގާ ތެލުގެ ތެރެއިން މާއްދާއެއް ހޯދަން މާފަސޭހަވާނެއެވެ. އެ ހޯދަން އުޅޭ މާއްދާގެ ހުރިހާ ބާވަތެއް، އެ ތެލުގައި ވެއެވެ. ޢިރާޤަށާއި އަފުޣާނިސްތާނަށާއި ފަލަޞްޠީނަށާއި ސޫދާނަށާއި އަދި ޞޯމާލިޔާއަށް، ޖިންނީން އަރައި ކުރި ކަންތައްތައް އަހަރެމެން އެންމެނަށް ވެސް އެބައެނގެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ