Print

ނޮކިއާ 6208C ސްލައިޑް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން





Nokia 6208C  

ޢަބްދުﷲ ފިރާޤް

* ނޮކިއާގެ މިފޯނަނީ 2009 އޭޕްރިލް މަހު ބާޒާރަށް ނެރެފައިވާ ފެންވަރު ރަނގަޅު ފޯނެކެވެ. ނޮކިއާ ގެ މިފޯނަކީ ހަމައެކަނި 2ޖީ ނެޓްވޯރކްގައި މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ.

 

    * ނެޓްވޯރކް:-

          o 2 ޖީ ނެޓްވޯރކް: GSM 900 / 1800 / 1900

          o

    * މިފޯނުގެ ބަރުދަނަކީ 120.1 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 109.8 މިލިމީޓަރެވެ. ފުޅާމިނަކީ 49.3 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 14.7-13.3 މިލިމީޓަރެވެ.

 

    * މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ، ރެސިސްޓިވް ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2.4 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 3200 × 240 ޕިކްސެލްސް އެވެ.

 

    * ނޮކިއާ 6208 ސްލައިޑް ފޯނުގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

 

    * މިފޯނުގައި 1000 ފޯނު ނަމްބަރު ފޮޓޯއާއިއެކު ރައްކާކުރެވޭނެއެވެ. އެންމެފަހުގެ 20 ފޯން ކޯލުގެ ހިސްޓްރީ ރައްކާ ކުރުމުގެ ޤާބިލްކަންވެސް މި ފޯނުގައިވެއެވެ.

 

    * މިފޯނުގެ އިންޓާރނަލް މެމޮރީގެ މިންވަރަކީ 13 މެގަބައިޓެވެ. މިފޯނަކީ އެކްސްޓާރނަލް މެމޮރީ ކާރޑްވެސް ބޭނުންކުރެވޭ ފޯނެކެވެ. މިގޮތުން ބޭނުންކުރެވޭނީ މައިކްރޯ އެސް.ޑީ ކާޑެވެ. 8 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާޑް ސަޕޯޓް ކުރާނެއެވެ. އަދި މިފޯނާއިއެކު 1 ގިގަބައިޓްގެ ކާޑެއް ލިބޭނެއެވެ.

 

    * ނޮކިއާ 6208 ފޯނުގައި ގައި ވައި-ފައި ގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް ބްލޫޓޫތްގެ ޚިދުމަތާއި، މައިކްރޯ ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ.

 

    * މިފޯނުގައިވަނީ 3.15 މެގަރ ޕިކްސެލް ކެމެރާއެކެވެ. މިކެމެރާގެ ރިޒަލޫޝަނަކީ 1536 ×  2048 ޕިކްސެލެވެ. މި ކެމެރާއިން ވީ.ޖީ.އޭ ކޮށް ވީޑިއޯ ކުރެވޭއިރު ލެޑް ފްލެޝްގެ ޚިދުމަތްވެސް ވާނެއެވެ.

 

    * މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް އަދި އީ-މެއިލް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ލިބޭނެއެވެ.

 

    * ނޮކިއާ ގެ މިފޯނުގައި ސްޓީރިއޯ އެފް.އެމް ރޭޑިއޯގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި އެމް.ޕީ3 ލަވަ އަދި ގިނަ އޯޑިއޯ ފޯމެޓް ގެ ލަވަޖަހާލެވޭ ޕްލޭޔަރެއް ހިމެނެއެވެ. އަދި ވީޑިއޯވެސް ބަލާލެވޭނެއެވެ.

 

    * މި ފޯނުގައި ވަނީ 860 މިލިއެމްޕެއަރ ބެޓެރިއެކެވެ. މިފޯނުން ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 3 ގަޑި 30 މިނެޓް އިރެވެ. ސްޓޭންޑްބައިގެ ގޮތުގައި  ބޭނުންކުރެވެނީ 300 ގަޑިއިރެވެ. އަދި މިއުޒިކް ޖަހާނަމަ 11 ގަޑިއިރު ބޭނުން ކުރެވޭނެއެވެ.

 

    * މިފޯނުގެ އަގު މިވަގުތުހުރީ 380 ޔޫރޯގައެވެ. މީ ގާތްގަނޑަކަށް 6440 ރުފިޔާއެވެ.

 

    * މިފޯނުގެ ކުލައަކީ ޓައިޓޭނިއަމް ގްރޭ ކުލަ އެވެ.

 

    * ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ