އަދުގެ ޚާއްސަ

Print

ބޭނުމޭ އެއްޗެއް ބުނުން

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ޢަބްދުއްރަޙުމާނު/ ހއ. އުތީމު

ދުނިޔެއަށް ބޮޑު އަންނަ ބަދަލަށް ބޭނުމޭ އެއްޗެއް ބުނުން
    ސަބަބަކީ، މީހުން އެދޭތީ އަޑު އެހުން މި ބުނާ ބުނުން

ދުނިޔެ ދީވާނާ ވަނީއޭ    އެކުވެގެން    ހައިރާންކަމާ
    ސަބަބަކީ، މީހުން ވަރަށްވުރެ މޮޔަވަމުން  ދާތީ ފެނުން

ދުނިޔެވެއްޖޭ ފޫހި ލޯމެރި އާފުރޭ ފަދަ ހާލުގައި
    ސަބަބަކީ، މީހުން ނުހޯދާތީ    ދަރެސް އެކި ކަންކަމުން

ދުނިޔެ ލަދުވެތި ވެއްޖެޔޭ އިސްޖެހި ދެލޯ ހުޅުވާނުލާ،
    ސަބަބަކީ މީހުންގެ  ލަދުވެތިކަން  ނެތީމާ   އަމުދަކުން

ދުނިޔެ މަންމަން ވެއްޖެޔޭ ބަސްހުއްޓިގޮސް ހާލުގެ ދުލުން
    ސަބަބަކީ މީހުން ބަހެއް  ހެޔޮ  ނޭހުމޭ   ބުނެވޭ ދުލުން

ދުނިޔެ ނަފުރަތު ކޮށްފިޔޭ ތަންތަން ބަލައިހޯދާއުޅުން
    ސަބަބަކީ، މީހުން ކުރާ ހަޑި ޢަމަލު   ބެލުމަށް ނުކުޅެދުން

ދުނިޔެ ކަންފަތުގައި ދެއަތް އަޅަމުންދަނީ އަޑު ނޭހުމަށް،
    ސަބަބަކީ، މީހުންގެ    ކިބައިން ހެޔޮ  އަޑެއް ނީވޭކަމުން

ދުނިޔެ ރޮއިރޮއިފާ ކަރުނަ އަޅަމުންދަނީ ގޮތް ހުސްވެގެން
    ސަބަބަކީ   މީހުންގެ    އުޅުމާ    ބަދަލުވާތީއޭ ގުޅުން

ދުނިޔެ ވެއްޖޭ ބަދަލު އޮޅި ގޮސް ރީތި ހުތުރާ ހެޔޮ ނުބައި
    ސަބަބަކީ   މީހުން ގެނައި   ބޮޑު ބަދަލެކޭ ޢަމަލާ ބަހުން

ދުނިޔެއަށް އެނގުނަސް ދުނިޔެ، ކަންބޮޑުވަމުން އެބަ ދުނިޔެދޭ
    ސަބަބަކީ   މީހުން    ނުދަންނާތީ ދުނިޔެ ދާ ފުރޮޅެމުން

އިދާރާ

އެނގޭތަ؟

ވާހަކަ