އަދުގެ ޚާއްސަ

Print

ޗައިނާ ބަސް

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އިބްރާހީމް އަޙްމަދު

ދުނިޔޭގެ އެހެނިހެން މީސްމީހުންނާ ޗައިނާގެ މީހުންނާ ތަފާތުވެފައިވާ ފަދައިން މުޅިދުނިޔޭގެ އެންމެން ބޭނުންކޮށް އުޅޭ ބަސްތަކާއި ޗައިނާބަހާއިވެސް ޚިލާފެވެ. ސަބަބަކީ ޗައިނާ ބަހުގައި ޤަވާޢިދާއި އަކުރެއް ފިއްޔެއް ނުއޮންނާތީއެވެ. އަދި ހަމަ އެފަދައިން ނަމާއި ކަމާއި އަކުރުވެސް ނުހުންނާތީއެވެ. ޗައިނާ ބަހުގައި އެކުލެވޭ ކަލިމަތައް  ތިންސަތޭކަ ނުވަތަ ހަތަރުސަތޭކަ އަޑުގެ ލަފުޒު ނުވަތަ އެއަށްވުރެ ގިނަ ލަފުޒު ހިމެނެއެވެ. މިއީ އެއް މަޤްޠަޢަކުން ނުވަތަ އެކައްޗަކުން ނެގިފައިވާ އަޑުގެ ލަފުޒަށް ވާން ވާނެއެވެ.  މިމުޤާޠަޢުތައް ޗައިނާ ބަހުގައި ބޭނުންކުރެވެނީ އެބަސް ލިޔުމުގައި އެ ބޭނުންކުރާ 40000 އަކުރުގެ ލަފުޒު  ތަޢުބީރު ކުރުމަށް ބޭނުން ކުރުމަށްޓަކައެވެ.  މިލަފުޒުތަކުން އަޑުގެ އެއްލަފުޒަށްކިޔަނީ ނަޣަމާތު (ރާގު) އެވެ. މީގައި ހަތަރަކުން ނުވަޔަކާއި ދެމެދުގައި ތަފާތު މާނަތަކެއް ވެއެވެ. އެއީ މީގެ އަޑު ހުންނަގޮތުގެ މައްޗަށެވެ.

މިފަދަ ނަޣަމާތު ( ރާގު) ތަކުގައި އެކުލެވޭ ވާހަކައިގެ ގޮތްގަޑާއި ހަށިގަނޑުގެ ޙަރަކާތުގެ ސަބަބުން ހާމަވާ ކަންތައްތަކެއް ވެއެވެ. އަދި މީގައި އެކުލެވޭ ކޮންމެ އަޑަކުން ތަފާތު އެތައް ބޭނުންތަކެއް ހިފެއެވެ.  މިސާލަކަށް ބާ އެކަނި ބެލިކަމުގައި ވިޔަސް ބައެއްފަހަރަށް އެއިން 69 އަށްވުރެ ގިނަ މާނަ ދޭހަވެއެވެ. އަދި ލަފްޟު "ޝީ" އެކަނިވެސް އޭގައި 59 މާނަ ދޭހަވެއެވެ. އަދި ލަފްޒު "ކޫ " ގައި 29 މާނަ ދޭހަވެއެވެ.  ދުނިޔޭގެ އެއްވެސް ބަހަކަށް ލިބިފައި ނުވާފަދަ ފުރިހަމަކަމަކާއިއި ކުރުކަމެއް ޗައިނާ ބަހަށް ލިބިގެންވެއެވެ.

ދުނިޔޭގައި ބޭނުންކުރަމުންދާ ހުރިހާ ބަހަކާއި ޚިލާފު އުޞޫލަކަށް ވާހަކަދައްކާ ބަހާއި ޚިލާފަށް ލިޔެއުޅޭ ބަހުގައި އެންމެ އިޚްތިލާފުތައް ބޮޑު ބަހަކީ ޗައިނާ ބަހެވެ. މިކަމަށް ދަލީލުކުރާ ހެކިތައް ލިބިފައިވަނީ ހޫނާނު ޕްރޮވިންސުން ފެނުނު ސާމާނު ތަކަކުންނެވެ. މިއެއްޗިއްސަކީ ޗޭންގ ޑައިނާސްޓީގެ ޒަމާނަށް ރައްދުވާ ތަކެތި ކަމަށް މުއައްރިޚުން ވިދާޅުވަނީ ފުރިހަމަ ޔަޤީންކަމެއް އޭގައި މައްޗަށް ދިނުމެއް ނެތިއެވެ. މިސާމާނުތަކުން ލިޔެފައިވާ ރަމްޒީ ފާހަގަތައް މިޖީލުގައި ބޭނުންކުރެވިފައިވާ ރަމްޒުތަކާއި މާބޮޑު ތަފާތުކަމެއް ނެތެވެ.

ދުނިޔޭގައި މީހުން ވާހަކަދައްކާ އުޅޭ ބަސްތަކަށް ބަލާއިރު ޗައިނާ ބަހަކީ އެންމެ ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ އެންމެ ޤަދީމީ ބަސްކަމުގައި  ވެއެވެ. ޗައިނާގެ މީހުން އެންމެ ފުރަތަމަ ރޮދީގައި ގޮށްޖަހައިގެން ސިޓި ފޮނުވައި އުޅެއެވެ. އަދި އެންމެ ބޮޑަށް ހީކުރެވެނީ ކާހިނުންގެ އެކިއެކި ބޭނުންތަކަށް ހަދާ އުޅޭ ސިޙުރުތަކާއި ކިޔާ އުޅޭ ޠަލާސިމުތައް ފާހަގަކޮށް އެކަތި އަނެކައްޗާއި ފާހަގަ ކުރެވެނީ ރަމްޒީ ކުރެހުން ތަކުންނެވެ.  އެންމެ ފުރަތަމަ މިފަދަ ކުރެހުމުގައި 600 ޢަލާމާތް ވެއެވެ. މިދެންނެވި ހަސަތޭކަ ޢަލާމާތަކީ ޗައިނާ ބަސް ލިޔެ އުޅުމުގައި ބޭނުންކުރާ އަސާސީ ރަމްޒުތަކެވެ. މީގެ ތެރެއިން 214 ރަމްޒަށް ކިޔާ އުޅެނީ އުޞޫލެވެ. ސަބަބަކީ މިއީ އަސާސީ ޢުންޞުރުތައް ކަމަށް ވާތީއެވެ. މިހާރު ބޭނުންކުރެވޭ އަކުރުތަކާއި އޭގައި ހިމެނޭ ދަށުދަރަޖައިގެ ބަސްތައް ހިމެނޭ އަކުރުތަކާއި މިއީ ވަރަށް އުދަގޫ ބުރަ އަކުރުތަކެކެވެ. މިފަދަ ޙާލަތުގައި ބައެއް ބައިތައް ގިނަކޮށްގެން ނޫނީ ސާފު މާނަ ކަނޑައަޅާ ދިނުން އުދަގުލެވެ. ޗައިނާގެ މީހުން ކޮންމެ ކަލިމައެއް ކިޔުމަށް ޢަލާމާތެއް ހިމަނާފައި ވާފަދައިން ކޮންމެ ފިކުރަކަށްވެސް ޚާއްޞަ ޢަލާމާތެއް އެކަށައެޅިއެވެ. މިސާލަކަށް ޢަލާމާތެއް ރަމްޒު ކުރަނީ އަހެކެވެ. އެހެން ޢަލާމާތަކުން ރަމްޒުކޮށް ދެނީ ރަތް ނުވަތަ ކަޅު ނުވަތަ ބަޑުދަށް ހުދު އަހެކެވެ. އަދި އެހެން ރަމްޒަކުން ރަމްޒުކޮށް ދައްކާދެނީ އަހެއްގެ ނިތްކުރި ހުދުކޮށް ވަނިކޮށެވެ. އަދި މިހާރުވެސް މިފަދަ ބައެއް ރަމްޒުތައް ވަރަށް އާދައިގެ ގޮތަށް ނިސްބަތްކޮށް އުޅެއެވެ. މިސާލަކަށް ސީދާ ރޮގެއްގެ މަތީގައި ބުރެކެޓެއް ( އިރު އަރާފައި ) މިދެބަސް މާނަކުރެވެނީ ހެދުނު ކަމުގައެވެ. އިރާއި ހަދު އެކުވެފައިވާނަމަ ތަމްސީލުކުރަނީ އަލިކަމެވެ. އަގަޔާއި ދޫންޏާއި އެކުގައި ވާނަމަ މާނައަކީ ލަވައެވެ. އަންހެނަކު ފުރާޅެއްގެ ދަށުގައި ހުންނަނަމަ މާނައަކީ ސަލާމަތްކަމާއި އަމާން ކަމެވެ. އަދި އަންހެނަކާއި އަގައެއް ކުރަހާނަމަ އެއިން މާނަކުރެވެނީ ނުރައްކަލެވެ. އަންހެނަކާއި ފިރިހެނަކު އެކުގައި ވާނަމަ އޭގެ މާނައަކީ ނުރައްކަލެވެ. ހަޅޭފަޅޭ ލެވުމާއި ހަމަނުޖެހުން ރަމްޒުކޮށްދެނީ އަންހެނެއްގެ ދެއަގައިންނެވެ. އަނބި މީހާ ސިފަކޮށްދީފައިވަނީ އަންހެނަކު ކުނިކަހާ ފިހިގަޑެއް ހިފައިގެން ހުރުމުންނެވެ.

މިއީ ޤަދީމީ ޒަމާނުގެ ޗައިނާ ބަހުގެ ބައެއް ޙާލަތްތަކެވެ. ޗައިނާގެ އަހުލުވެރިން ޤަދީމީ ޒަމާނުގައި ބޭނުންކުރި މިފަދަ ބައެއް ޙާލަތްތައް މިއަދާއި ހަމައަށްވެސް ވަނީ ރައްކާކުރެވިފައެވެ. މިބަހުގައި ހިމެނޭ އުދަގޫކަންތައް ވަނީ މީގެ ޚާއްޞަ ކަމާއި ގުޅިފައެވެ. ޗައިނާ މީހަކަށްނަމަ 10 އަހަރާއި 50 އަހަރާއި ދެމެދުގައި ޗައިނާ ބަސް އެކުލެވިފައިވާ 40 ހާސް ރަމްޒު ދަސްކުރަން ޖެހެއެވެ. މިރަމްޒުތަކަކީ ހަމައެކަނި އަކުރުތަކެއް ނޫނެވެ. ފިކުރުތަކެއްވެސް މެއެވެ. މިދެންނެވި 40 ހާސް ފިކުރު  ނުވަތަ 40 ހާސް ކަލިމަ ދަސްކުރުމަށް ވަރަށްގިނަ ވަގުތު ބޭނުންވެއެވެ. އެހެންކަމަށްވާނަމަ ޗައިނާ މީހަކަށް މި40 ހާސް ފިކުރު ދަސްކުރުމަށް 50 އަހަރު ބޭނުން ވެއެވެ. އަޞްލުގައި ޗައިނާގެ އާދައިގެ މީހަކަށް ތިންހާސް ޢަލާމާތް ނުވަތަ ހަތަރު ހާސްކަލިމަ އުގެނުމުން ފުދެއެވެ. ކުރިން މިދެންނެވި އުޞޫލުތަކުން މިޢަދަދުތައް ދަސްކުރުމަކީ ވަރަށްފަސޭހަ ކަމެކެވެ. މިބަހަށް ލިބިފައިވާ ސާފުކަން ބޮޑު ފާޅުކަން ބޮޑު ޚާއްޞަ ކަމަކީ މިދެންނެވި މިންވަރުން ފުދުމެވެ. ހަމަ އެފަދައިން ކޮރެޔާ މީހުންނާ ޖަޕާނު މީހުންނަށް ޗައިނާ މީހުންނެކޭ އެއްފަދައިން ބަސް ދަސްކުރަން ފަސޭހަވެފައި ވެއެވެ. މިއީ ދުރުއިރުމަތީ މީހުން ބޭނުންކުރާ ބައިނަލްއަޤްވާމީ ބަހެކެވެ. އަދި މިބައިމީހުންގެ މިލިޔުމުގެ ނިޒާމު  މުޅި ޗައިނާ މީހުންގެ ތެރޭގައި ބޭނުން ކުރެވެމުން ދެއެވެ.  އެބައިމީހުންގެ ބަހުރުވަ އިޚްތިލާފުވެފައިވުމުން މިބަސް  ބައެއް ފަހަރަށް ދެނެގަތުމުގެ އުދަގޫ ކަމެއް ވެއެވެ.  އެގޮތުން އެއްރަމްޒެއް ތަފާތު އަޑުން ކިޔާ އުޅެވެއެވެ. އެއީ ވެށި ތަފާތު ވުމުން އުފެދޭ ތަފާތުންނެވެ. މިޚާއްޞަކަން ގުޅިފައިވަނީ ތަފާތު ޒަމާންތަކާ ތަފާތު   ސަރަޙައްދުތަކަށެވެ.  އެގޮތުން ދެމިއޮތީ އެއް ޖައުހަރެއްގެ މައްޗަށް ކަމަށްވިޔަސް ބަހުގެ ވާހަކަ ދެއްކުމުގެ ބައި ބެހިގެން ގޮފިވެގެން ގޮސްފައިވަނީ ސަތޭކަ އެތަކެއް ބަހުރުވައަށެވެ.
       
މިހެންވެ ޗައިނާ މީހުންގެ ތެރެއިން ލިޔަންކިޔަން ނޭގޭ މީހުންނޫން މީހުންނަށް ފުޅާ ދާއިރާއެއްގައި ޗައިނާ ބަހުގެ އަދަބިއްޔާތު ކިޔައި އުޅެވެއެވެ. އެއީ މިދެންނެވި އަކުރުތަކުން ދެހާހަށްވުރެ ގިނަ އަހަރުތަކުގައި ލިޔެވިފައިވާ ބަހެވެ. އެކަމަކު އެބަސްތައް ޤަދީމީ ޒަމާނުގައި ކިޔާ އުޅުނު ގޮތެއް ނުވަތަ ޢިބާރާތް ކޮށްފައިވާ ފިކުރުތަކާއި ރަމްޒުތަކުން އެކުލެވިފައިވާ ޢަލާމާތް ލިޔެފައިވާ ގޮތުން ކިޔާ އުޅުނު ގޮތެއް ދަންނަވާކަށް އަޅުގަނޑުމެންނަށް ނޭގެއެވެ. އެކަމަކު މިކަންކަމުން އަންގާދެނީ ޗައިނާ މީހުން އެބައިމީހުންގެ ފިކުރުތަކާއި ޘަޤާފަތާއި ރައްކާތެރިކުރުމަށް ހިފަހައްޓާ ބަލާފައިވާ މިންވަރެވެ. އަދި އެބައިމީހުންގެ ޤަދީމީ އާދަކާދައާއި އުޞޫލުތަކަށް އިޙްތިރާމު ކުރާ މިންވަރެވެ. އަދި ޗައިނާގެ ޙަޟާރަތުގެ އެންމެ ޚާއްޞަ އެއްކަމަކީ  ތަފާތު ބަހުރުވަތައް އެއްބަހުރުވައަކަށް ހެދުމާއި އޭގައި ހިފަހައްޓާ ރައްކާތެރިކޮށް ތަރައްޤީ ކުރުމެވެ.  އަޅުގަނޑުމެން ޤަބޫލުކުރާ އެއްޙަޤީޤަތަކީ ޤަދީމީ ޒަމާނުގެ މިގޮތަށްވުރެ މާތަރައްޤީ ގޮތަކަށް ބަހުގެ ލިޔެކިޔުމުގެ ކަންތައް މިއަދު ކުރެވޭ ކަމަށް މުޅިން ޤަބޫލު ނުކުރުމެވެ.  ސާފުވި އަނެއްކަމަކީ ބަސްމޮށެ އުޅޭ އުޞޫލުތަކާއި ޚިލާފަށް މިބަސް  މިނިވަންކަމާއެކު ލިޔެކިޔުމުގެ ރަމްޒުތައް ގެނެސްދީފައިވާ ކަމެވެ. މީގައި ޤައުމިއްޔަތު ޝާމިލުވެފައެއް ނުވެއެވެ. އަދި ޒަމާނާއި ތަނުގެ ތަފާތުތަކުންވެސް  މިބަސް ވަނީ އެއްކިބާ ވެގެންކަމެވެ. އެހެންކަމުން އެންމެހާ ރައްޔިތުންގެ ޝުޢޫރުތައް  އެއްގޮތަކަށް ސާފުކޮށް ދޭހަވާނެހެން ތަޢުބީރުކޮށް އެކުލަވާލުމުގެ ޤާބިލުކަން މިބަހުގައި އެކުލެވިފައި ވެއެވެ. ދުނިޔޭގެ ހަތަރުބައިކުޅަ އެއްބައިމީހުން އެއްގަލަކަށް އަރުވާ އެތައް ސަތޭކަ ޖީލު އެއްބައިކުރުވީ މިދެންނެވި ރަމްޒީ ބަހެވެ.  މިއިން އަންގައިދެނީ ޗައިނާ ބަހާ އެބަހުގެ ލިޔެކިޔުން ދުނިޔޭގެ އެންމެންވެސް ކޮންމެހެން ދަންނަން ޖެހޭނެ ކަމަށެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ