Print

ތެތް ކަރުދާސް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާ ޅެން:


ޢަބްދުﷲ ނަޢީމު އިބްރާހީމް

ދުނިޔޭގެ ކޮންމެ ކުލަޔަކާ އެކު، އަހަރެންގެ ލޯބިވެރިޔާ ބަދަލުވެ އެވެ.
ތަހުޒީބުގެ ކޮންމެ ކުލަވަރެއް އޭނާގެ ކިބައިން ފެނެ އެވެ.
ތަރައްޤީގެ ދުވެލި އަންގާ މީޓަރެކޭ އެއްގޮތެވެ.

އަހަރެން މި އުޅެނީ ލޯބިވެރިންގެ ސަފުގައި ފައި ހަމަ ނުކުރެވި ގެންނެވެ.
މުހިންމު އެތައް ޝަރުޠެއް ފުރިހަމަ ނުވެ އޮތީމަ އެވެ.
އެންމެ މުހިންމު ޝަރުޠަކީ، ތަހުޒީބަށް ހޭނުމެވެ.
ވަޔާއި އޮޔަށް ބެހެން އަމިއްލަ ނަފުސު ދޫކޮށް ލުމެވެ.

މިއިން އެއްވެސް ކަމެއް ކުރާހިތެއް ނުވި އެވެ.
އަމިއްލަ ގޮތް ދޫކުރުމަކީ، ކުރެވޭ ވަރުގެ ކަމަކަށް ނުވި އެވެ.
އެހެން މީހުންގެ ޚިޔާލާ އެއްގޮތަށް އަމިއްލަ ދިރިއުޅުން ބަދަލު ކުރާހިތެއް ނުވި އެވެ.
ލޯބީގެ ބަގީޗާގައި އުފާކުރަން ބޭނުން ނުވެގެންނެއް ނޫނެވެ.

ނަތީޖާ އަކީ ކޮބައިހެއްޔެވެ؟

ބާކީވީ އެވެ.
މުޖުތަމަޢުން ބޭރުވީ އެވެ.
ލޯބީގެ ދަރުބާރުން ބޭރަށް ނެރެ އެއްލައިލެވުނީ އެވެ.
ތެތް ކަރުދާސް ކަނޑަކަށް ވީ އެވެ.
ހުޅެއް ވެސް ނުހިފި އެވެ.
ނުވެސް ލިޔެވުނެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ