Print

މަޢާފް ކުރުން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


މަޢާފު ކުރުމަކީ ނިކަމެތި ކަމެއް ނޫނެވެ.

 މަޢުރޫފު

މަޢާފު ކުރުމަކީ ބަލި ޤަބޫލުކޮށް ތިމާގެ ނިކަމެތިކަން ހާމަ ކުރުވާ ފިނޑިކަމެއް ކަމުގައި ބައެއް މީހުންނަށް ހީވެފައިވާ ވުމަކީ ވަރަށް ބޮޑު ކުށް ހީއެކެވެ.  މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މުރާދަށް ވިސްނާލުމުން މިކަން އެނގިގެން ދެއެވެ.

{والذين إذا أصابهم البغي هم ينتصرون} [الشورى:39].

އަދި އެއުރެންނީ އެއުރެންނަށް އަނިޔާވެރިކަމެއް އަންނަ ހިނދު ނަޞްރު ލިބިގަންނަ މީހުންނެވެ.

ތަފްސީރި ޢިލްމުވެރިން މި އާޔަތް ތަފްސީރުކުރައްވަމުން ވިދާޅުވަނީ، ނަސްރު ލިބިގެންވާ މީހުންނީ އަނިޔާވެރިކަމެއް ލިބިއްނަމަ ކެއްތެރިކަމާއި އެކު އެ އަނިޔާއެއް ދޭފަރާތަކަށް އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އަނިޔާވެރި ވުމެއް ނެތި  މާޢާފް ކުރާ މީހުންނެވެ.  އެހެންނަމަވެސްއޭނާ މަޢާފް ނުކޮށް ބަދަލު ހިފުމަށް ތެދުވެއްޖެ ނަމަ ބަލިވެ ނިކަމެތިވެފައިވާ މީހުންގެތެރޭގައި އޭނާ ވާނެއެވެ.

 وَلَمَنِ انتَصَرَ بَعْدَ ظُلْمِهِ فَأُوْلَئِكَ مَا عَلَيْهِم مِّن سَبِيلٍ [الشورى:41]،


އަނިޔާ ލިބުމަށް ފަހު ނަޞްރުލިބިގެންފި މީހާ (  ދަންނާށެވެ.) ފަހެ އެއުރެންގެ މައްޗަށް  ކުށްވެރި ކުރުމުގެ އެއްވެސް މަގެއް ނެތެވެ.


މަޢާފްކުރުމުން މީސްތަކުންގެ ތެރޭގައި ތިމާ ޢިއްޒަތްތެރިވެއެވެ.


މަޢާފްކުރުމަކީ މީހާ ޢިއްޒަތްތެރިވެ ޤަދަރުވެރިވާ އަދި މީހުންގެ ލޯތްބާއި އިހްތިރާމް ލިބިގެންދާ ސިފައެކެވެ.އަދި އެއީ އިންސާނިއްޔަތު ކަމުގެ މަތިވެރި ސިފައެކެވެ.  ކީރިތި ރަސޫލާ ޙާދީސް ކުރެއްވިކަމަށް އަބޫ ހުރައިރާ ރިވާ ކުރައްވާފައިވާ ބަސްފުޅުން މިކަން އެނގިގެންދެއެވެ.

عن أبي هريرة أن رسول الله قال: ما نقصت صدقة من مال، وما زاد الله عبدا بعفو إلا عزا وما تواضع أحد لله إلا رفعه الله عز وجل. رواه مسلم والترمذي.

ޞަދަޤާތް ކުރުމުންމުން މުދާ އުންޏެއް ނުވެއެވެ. .ޢަފޫކުރުމުން އަޅާއަށް، ޢިއްޒަތްތެރިކަން މާތް ﷲ އިތުރު ކުރުވާކަމުގައި މެނުވީ  ނުވެއެވެ.އަދި ތަވާޟަޢު ވެރި ވެއްޖެމީހާ ﷲ ޢައްޒަ ވަޖައްލާ އޭނާ މަތިވެރި ކުރައްވާކަމުގެއި މެނުވީ ނުވެއެވެ.


މަޢާފް ކުރުމުން މާތްﷲ ލޯބިވެ ވޮޑިގަންނަވައެވެ.


ކިތަންމެ ބޮޑު ކުށެއް ކުރި މީހަކަށް ވެސް މަޢާފުކުރުމުގެ އިޚްތިޔާރު ލިބިފައިވާއިރު ، މަޢާފް ކުރުމަކީ އިޙްސާންތެރިންނަށް ނޫނީ ނުވާނެ ކަމެކެވެ. އަދި އިޙްސާންތެރިންނަކީ މާތްﷲ އެބައި މީހުންދެކެ ލޯބިވެ ވޮޑިގަންނަވާ ބައެވެ. މާތް ﷲ ވަޙީ ކުރައްވަފައިވެއެވެ.

* الَّذِينَ يُنْفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ وَاللَّهُ يُحِبُّ الْمُحْسِنِينَ} [آل عمران: 133 134،
މާނަ: އެ އުރެންނީ  ތަނަވަސް ކަމުގައިޔާއި ދަތި ޙާލުގައި ( މުދާ ) ހޭދަކޮށް އުޅޭ މީހުންނެވެ. އަދި ރުޅި މަޑުކޮށް ހިފަހައްޓާ މީހުންނެވެ. އަދި މީސްތަކުންނަށް މަޢާފް ކުރާ މީހުންނެވެ. ހަމަކަށަވަރުން އިޙްސާންތެރިން ދެކެ ﷲ ލޯބިވެ ވޮޑިގަންނަވައެވެ.


މާޢާފް ކުރުމުން މާތް ﷲ އަޅުންކުރާ ކުށްތައް ޢަފޫ ކުރައްވައެވެ.


އަނެކުންގެ ފަރާތުން ވެވޭ ކުށްތަކަށް މަޢާފް ކުރުމުގައި ، އަޅުގަނޑުމެންގެ ތެރެއިން  ކޮންމެ މީހަކީ ވެސް ކުށެއް ކުރެވިދާނެ މީހެެއްކަން ޤަބޫލު ކުރުން ބުއްދިވެރިއެވެ. މިކަމުގައި ތިމާ ގެ އަމިއްލަ ނަފްސާމެދު ވިސްނާލުމުންވެސް ފުދެއެވެ.

ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެ ފާނަށް ތުހުމަތު ކޮށް މުނާފިޤުން ފަތުރަމުން ދިޔަ ދޮގު ވާހަކައެއް  އަބޫބަކުރުގެ ފާނަށް  އިވި ވަޑައިގެން އެ ވަހަކަ ފެތުރުމުގައި ބައިވެރިވި  مِسْطَح އޭ ކިޔުނު މީހަކަށް ހޭދަ ނުކުރައްވުމަށް ވަޢުދުވެ ވަޑައިގަތެވެ.  މި ކަމާއި ގުޅިގެން މި ދަންނަވާ އާޔަތް ބާއްވާ ލެވުނެވެ.

{وَلا يَأْتَلِ أُولُو الْفَضْلِ مِنْكُمْ وَالسَّعَةِ أَنْ يُؤْتُوا أُولِي الْقُرْبَى وَالْمَسَاكِينَ


وَالْمُهَاجِرِينَ فِي سَبِيلِ اللَّهِ وَلْيَعْفُوا وَلْيَصْفَحُوا أَلا تُحِبُّونَ أَنْ يَغْفِرَ اللَّهُ لَكُمْ وَاللَّهُ

 

غَفُورٌ رَحِيمٌ} [النور:22].


މާނަ: ތިޔަ ބައި މީހުންގެ ތެރެއިން  ދީލަތިކަމާއި ތަނަވަސްކަމުގެ އަހްލުވެރިން ގާތް ތިމާގެ މީހުންނަށާއި މިސްކީނުންނަށާއި ﷲ ގެ މަގުގައި ހިޖުރަ ކުރި މީހުންނަށް ނު ދިނުމަށް ހުވާ ނުކުރާށެވެ. އަދި އެއުރެން ޢަފޫކޮށް މަޢާފް ކުރާހުށިކަމެވެ. ﷲ ތިބައި މިހުންގެ ފާފަފުއްސެވުމަކަށް ނޭދެމުހެއްހެއްޔެވެ. ﷲ އީ ގިނަ ގިނައިން ފާފަ ފުއްސަވާ ރަޙީމް ވަންތަ ރަސްކަލާންގެއެވެ.

ކުށް ކުރާ މީހުން ކުރާ ކުށަށް މަޢާފް ކުރާ މީހުންގެ ކުށްފާފަ މާތް ﷲ އަފޫ ކުރައްވާކަން މިއާޔަތުން އެނގިގެންދެއެވެ.

وقد ورد عن الصديق رضي الله عنه أنه قال: "بلغنا أن الله تعالى يأمر مناديًا يوم القيامة فينادي: مَن كان له عند الله شيء فليقم، فيقوم أهل العفو، فيكافئهم الله بما كان من عفوهم عن الناس".

އަބުބަކުރުގެފާނު ވިދާޅުުވިއެވެ.  ރަސޫލާ  ހަދީސްކުރެއްވިއެވެ. މާތް ﷲ ޤިޔާމަތް ދުވަހުން ގޮވާލާ އަމުރު ކުރައްވާނެއެވެ. މާތް ﷲ ގެ ޙަޟްތަރުން އެމީހަކަށް ވާ އެއްޗެއްވާ މީހަކު ( ހުރިނަމަ ) ފަހެ ތެދުވާށެވެ. ފަހެ ( އެއިރުން ދުނިޔޭގައި މީސްތަކުންނަށް މާފް ކުރިމީހުން ތެދުވުމުން ) އެބައި މިހުން މީސްތަކުންނަށް  މަޢާފް ކުރުމުން ދެއްވާ ދަރުމަ  މާތް ﷲ ދެއްވާނެއެވެ.


މަޢާފް ކުރުމަކީ ހަމައެކަނި މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ކުރުމަށް އޮތް ކަމެއް



ނޫނެވެ.


މާތް ﷲ ވަޙީ ކުރައްވާފައެވެ.

{قُلْ لِلَّذِينَ آمَنُوا يَغْفِرُوا لِلَّذِينَ لا يَرْجُونَ أَيَّامَ اللَّهِ لِيَجْزِيَ قَوْماً بِمَا كَانُوا


يَكْسِبُونَ} [الجاثـية:14].



މާނަ: އީމާންވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ގެ ދުވަސްތަކަށް ( ޔަޢުނީ  އެރކަލާނގެ ޢުޤޫބާތަށް ) ބިރު ނުގަންނަ މީހުންނަށް ، މާފު ( އެއުރެންގެ އުނދަގޫތަކަށް ކެއް ) ކުރާހުށިކަމެވެ. (އެއީ) އެ އުރެން  ހޯދައި އުޅުނު ޢަމަލުތަކުގެ ސަބަބުން އެކަލާނގެ އެއުރެންނަށް  ޖަޒާދެއްވުމަށްޓަކައެވެ.

 މާތް ﷲއަށް އީމާން ނުވި މީހުންގެ ފަރާތުން،ނަބިއްޔުންނާއި ރަސޫލުންނަށް އިންތިހާއަށް އަނިޔާ އާއި ދުއްތުރާ ކުރިމަތިވިއެވެ. އެހެންނަމަވެސް އެބައި މީހުންގެ ފަރާތުން ކުރިމަތިވި އަނިޔާގެ މައްޗަށް އެބޭކަލުން އިސްކުރައްވާފައިވަނީ ދީލަތި މަޢާފެވެ.
 
ޤައުމުގެ މީހުން އެކަލޭގެފާނުގެ (ހަށިކޮޅު)ގައި ޖަހާ ލޭފޮދު އޮހުރުވާލުމުން މޫނުފުޅުން (އޮހޮރެމުންދިޔަ ލޭފޮދު  ފޮއްސަވަމުން: (رب اغفر لقومي فإنهم لا يعلمون) "ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ އެބައި މީހުންގެ ފާފަ ފުއްސަވާށިއޭ ފަހެ އެމީހުން (ހަމަ) ނޭނގެނީއޭ ވިދާޅުވި ނަބިއްޔެއްގެ ވާހަކަ ނަބިއްޔާ މުޙައްމަދު ކިޔާދެއްވިތަން ދުށީމޭ، ޢަބްދު ﷲ ބުން މަސްޢޫދު ވިދާޅުވިއެވެ.

ކީރިތި ރަސޫލާއަށް ދެނެނެވުނެވެ. ކަލޭގެފާނު މުޝްރިކުންނަށް ދުޢާ ކުރައްވަނީ ތޯއެވެ. ރަސޫލާ ޙަދީސްކުރެއްވިއެވެ.  ތިމަން ކަލޭގެ ފާނު ލަޢުނަތް ދޭ މީހެއް ގޮތުގައި ނުފޮނުއްވައެވެ. އެހެންނަމަވެސް ފޮނުއްވެވުނީ ރަޙްމަތެއް ގެ ގޮތުގައެވެ.[مسلم].

ކީރިތި ރަސޫލާ ގަހެއްގެ ދަށުގައި އަވަހާރަފުޅު ލައްޕަވަން އޮންނަވަނިކޮށް، ކީރތި ރަސޫލާއަށް ޙަމަލާ ދިނުމަށް ކާފަރަކު ކަނޑިއެއް މަޅައިގެން ހުއްޓާ، ހޭފުޅުލެވުނެވެ.  ( އެމީހާ ރަސޫލާއަށް ) ދެންނެވިއެވެ.  އޭ މުޙައްމަދު އެވެ!   ތިމަންގެ އަތުން ކަލޭގެފާނު ސަލާމަތް ކުރާނީ ކާކުތޯއެވެ؟ ސާބިތުކަމާއި މަޑުމައިތިރިކަމާއި އެކު ރަސޫލާ އެމީހާއަށް ޙަދީސް ކުރެއްވިއެވެ. ﷲ އެވެ.  އެ މީހާ ސިހި ތުރުތުރު އަޅާ އޭނާގެ އަތުގައި އޮތް ކަނޑިވެއްޓިއްޖެއެވެ. ( އެހިނދު) ރަސޫލާ އެ ކަނޑި ނަންގަވާ އެ މީހާއަށް ޙަދީސް ކުރެއްވިއެވެ. ތިމަންކަލޭގެފާނު އަތްޕުޅުން ކަލޭގެ ސަލާމަތް ކުރާނީ ކާކު ހެއްޔެވެ؟   އެމީހާ ބުންޏެވެ. ކަލޭގެފާނަށް ހެޔޮ ގޮތެއް ކަމުގައި ފެނިވަޑައިގެންނެވި ގޮތަކަށް ކަންތައް ކުރައްވާށެވެ.  ކީރިތި ރަސޫލާ އޭނާއަށް މަޢާފުކުރައްވާ ފޮނުވާ ލެއްވިއެވެ.

ކީރިތި ރަސޫލާއެކޭ އެއްގޮތަށް އެކަލޭގެފާނުންގެ ސަޙާބީންގެ ޢަމަލުފުޅުތައްވެސް ހުރީ މަޢާފްކުރުމުގައި ފުރިހަމަ މިސާލުތަކެއްގެ ގޮތުގައެވެ.   މި ގޮތުން  އިބްނު މަސްޢޫދު ބާޒާރުގައި ކާތެކެތި ބައްލަވައިގަތުމަށް ހުންނަވާ އަގު އަދާކުރެއްވުމަށް ޖީބު ބެއްލެވިއިރު ، ޖީބަށް ލެއްވެވި ދިރުހަމްތައް ނެތްކަން އެނގިވަޑައިގަތެވެ. ބާޒާރުގައ ތިބި މީހުން އެ ދިރުހަމްތައް ނެގި މީހަކު ހޯދުން ފެށިއެވެ. އިބްނު މަސްޢޫދު މާތް ﷲއަށް ދުޢާދަންވަން ފެއްޓެވިއެވެ. " އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެއެވެ! އެ ނެގި މީހާ އެ ނެގީ ޙާއްޖަތެއް (ބޭނުމެއް) ޖެހިގެންނަމަ  އެއިން އެމީހާއަށް ބަރަކާތް ލައްވާށިއެވެ! އެ ނެގި މީހާ އެނެގީ ކުށުއްކުރުމަށް ކަމުގައިވަނީ ނަމަ ނަމަ އެއީ އޭނާގެ އެންމެ ފަހުގެ ކުށް ކަމުގައި ލައްވާށިއެވެ!

ތިމާގެ މީހުންނަށް މަޢާފް ކުރުން 


އިންސާނާ ، ރަޙްމާއި ލޯބިދީ އިހްސާންތެރިވުމުގައި އެންމެ އިސްކަން ދެނީ އޭނާގެ އަނބިމީހާ އާއި ދަރިންނަށް އަދި އެފަދަ ގާތް މީހުންނަށެވެ. އެހެންނަމަވެސް އެބައި މީހުންނަކީ އަޅުގަނޑުމެންނަށްވާ ފިތުނައެއް ކަމުގައި ( އިމްތިޙާނެއް ކަމުގައި ) މާތް ﷲ ލައްވަވަައެވެ. ބައެއް މީހުންނަށް ، އެބައި މީހުން އެންމެ ލޯބިވާ އަދި އެންމެ އަޅާލުން ދިން މީހުންގެ ފަރާތުން ހިތްދަތިކަމެއް ގެއްލުމެއްް ލިބިއްޖެނަމަ އެކަމަކީ ހިތުން ފިލުވާލުން ދަތި އަދި މަޢާފް ކުރުން އުނދަގޫ ކަމަކަށް ވެއެވެ. އަދި އިހު އެންމެ ލޯބިވީ އަނބިމީހާ ނުވަތަ ދަރިންނަކީ މިއަދު ތިމާގެ އެންމެ ބޮޑު ހަތުރުކަމުގައި ވެފައިވާ މީހުންވެސް އަޅުގަނޑުމެންގެ ތެރެއިން ފެނެއެވެ.

 މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

{ يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلادِكُمْ عَدُوّاً لَكُمْ فَاحْذَرُوهُمْ وَإِنْ تَعْفُوا


وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ} [التغابن:14].


އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ހަމަކަށަވަރުން ތިޔަބައި މިހުންގެ އަނބިންނާއި  ތިޔަބައި މިހުންގެ ދަރިންގެ ތެރެއިން، ތިޔަބައި މީހުންނަށް ޢަދާވަތްތެރިންވެއެވެ. ފަހެ އެއުރެންނަށް ތިޔަބައިމިހުން ރައްކާތެރިވެ ތިބޭށެވެ. ތިޔަބައި މީހުން ޢަފޫކޮށް މާފުކޮށް ،އަދި ކުށަކަށް އަރައިގެން ފިނަމަ ( ދަންނާށެވެ ) ފަހެ ހަމަކަށަވަރުން ﷲ އީ ގިނަގުނައިން ފާފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.

ޔޫސުފްޢަލައިހިއްސަލާމް އެކަލޭގެ ފާނުންގެ ބޭބޭންނާއި ދެއްވި މަޢާފަކީ  މި ދެންނެވި ފަދަ މަޢާފެއްގެ ރީތި މިސާލެކެވެ. އެކަލޭގެފާނުގެ ބޭބެއިން ، އެކަލޭގެ ފާނު ހަނަފަސްހަރާ ގައި ހުރި ފުން ވަޅަކަށް ވައްޓަވާ ލައްވާ ނުހަނު ތުއްޕުޅުއިރު  ބައްޕާފުޅާއި މަންމާފުޅުގެ ލޯބިން މަޙްރޫމް ކުރިއެވެ.  އެއަށް ފަހު  އެތައް ޒަމާނެއް ފަހުން އެކަލޭގެ ފާނަށް އެކަލޭގެފާނުން ގެ ބޭބެއިންނާ  ބައްދަލުވީ  އެކަލޭފާނު މިސްރުގެ ޢަޒީޒުގެ މަޤާމުގައި އިންނަވަނިކޮށެވެ. ބާރާއި ނުފޫޒު ލިބިގެންވާ މަޤާމެއްގައެވެ. އެކަލޭގެފާނުގެ ބޭބެއިންނަށް އެއީ ޔޫސުފްކަން އެނގުމުން އެބައި މީހުންނަށް ކުރެވުނު މަޢާފަށް އެދެމެން އެބައި މީހުންނަށް ކުރެވުނު ކުށަށް މަޢާފަށް  އެދެމުން ދެންވިކަމަށް މާތް ﷲ ވަޙީ ކުރައްވަނީ  :


 قالوا تالله لقد آثرك الله علينا وإن كنا لخاطئين ﴿91﴾


މާނަ : " އެއުރެން ދެންނެވޫއެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ﷲ ތިމަންމެންގެ މައްޗަށް  ކަލޭގެފާނު މަތިވެރި ކުރައްވާ މާތް ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންމެން ވަނީ ކުށްވެރިން ކަމުގައެވެ. "

ޔޫސުފްގެ ފާނު މާތް ﷲ ދެއްވި  ނިޢުމަތުގައި ވެ ވަޑައިގަތީ ހިތްތިރި މަޢާފް ކުރައްވާ ދީލަތި ބޭފުޅަކަށެވެ.  އެކަލޭގެ ފާނު ވިދާޅުވިކަމަށް މާތް ﷲ ވަޙީ ކުރައްވަނީ :

قال لا تثريب عليكم اليوم يغفر الله لكم وهو أرحم الراحمين ﴿92﴾


މާނަ : އެކަލޭގެފާނު ވިދާޅުވިއެވެ. މި އަދު ތިޔަބައި މީހުންނަށް  މަލާމާތެއް ދެރަބަހެއް  ނެތެވެ. ތިޔަބައި މީހުންނަށް ﷲ ފާފަ ފުއްސަވާށިއެވެ. އަދި އެކަލާނގެއީ އެންމެ ރަޙްމާން ވަންތަ އެންމެ ރަޙީމް ވަންތަ  ރަސްކަލާނގެއެވެ.

މާތް ﷲ ގެ ރިސާލަތު ފެތުރުއްވުމުގައި ކީރިތި ރަސޫލާ ކުރެއްވި މަޢާފް


 މާތް ﷲ  ގެ ރިސާލު ފެތުރުއްވުމުގައި  ގެންގުޅުއްވާނޭ އަދަބުތައް  މާތްﷲރަސޫލާއަށް ބަޔާން ކޮށް ދެއްވާ މާތް ﷲ ކުރެއްވި ވަޙީ ބަސް ފުޅަކީ ބަޔަކު އިސްލާޙު ކުރުމަށް ތެދުވާ ކޮންމެ މީހެއްގެ ކިބައިގައި ހުރުން ލާޒިމްވާ ރިވެތި  އަދަބު ތަކެކެވެ.

 فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًا غَلِيظَ القَلْبِ لانفَضُّوا مِنْ حَوْلِكَ


فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الأَمْرِ [آل عمران:159].


އެއުރެންނަށް ކަލޭގެފާނު އޯގާތެރިވެ ވަޑައިގަތީ މާތﷲ ގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި ޚުލްޤުފުޅު  ނުބައި  ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައިގެންނަމަ  ކަލޭގެފާނު އަރިހުން އެއުރެން ހިނގައްޖައޫހެވެ. ފަހެ އެއުރެންނަށް ކަލޭގެފާނު އަފޫ ކުރައްވާށެވެ. އަދި ކަންކަމުގައި ކަލޭގެފާނު އެއުރެންނާ މަޝްވަރާ ކުރައްވާށެވެ.


މާތް ﷲ އެކަލާނގެ ރަސޫލާ މުޙައްމަދު (ޞ) ގެފާނަށް މަޢާފް ކުރެއްވުމަށް އަމުރު



ކުރެއްވިއެވެ.



أمرَ الله نبيَّه   في قولِه:  خُذِ العَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الجَاهِلِينَ


[الأعراف:199


މާނަ :ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ. އަދި ހެޔޮކަންތަކަށް އަމުރު ކުރައްވާށެވެ. އަދި ޖާހިލުންނާއި އެއްކިބާވެ ވަޑައިގަންނަވާށެވެ.
ކީރިތި ރަސޫލާ ޠާއިފްގެ އަހްލުވެރިންނަށް ދީނަށް ގޮވާލެއްވުމަށް ވަޑައިގަތުމުން ، އެ ރަށުގެ އަހްލުވެރިން އެބައި މީހުންގެ ކުޑަކުދިންނާއި  އަޅުންނާއި އަދި މޮޔައިން ކީރިތި ރަސޫލާގެ ފަހަތްޕުޅުން ދުއްވާ ހިލައުކާ ، ކީރިތި ރަސޫލާގެ މާތް ހަށިކޮޅުން ލޭ އޮހޮރުވާލިއެވެ. އެ ހިންދު ކީރިތި ރަސޫލާގެ އަރިހަށް  ޖިބްރީލުޢަލައިހިއްސަލާމް ފަރުބަދަތަކުގެ މަލާއިކަތާ އާއި އެކު ވަޑައިގެންނެވިއެވެ އަދި  ، ދެ ފަރުބަދަ ދެމެދުލާ މި ރަށުގެ މީހުން ނެތިކުރުމަށް އިޒްނަ ދެއްވުމަށް ދެންނެވިއެވެ. އެހެންނަމަވެސް އެ އެދުން ރައްދު ކުރައްވާ ކީރިތި ރަސޫލާ އެ ހިތްހަރު ރަށުގެ އަހްލުވެރިންނަށް މަޢާފް ކުރައްވާ އެބައި މީހުންނަށް ހެޔޮ ދުޢާ ކުރެއްވިއެވެ.:  ހަދީސް ކުރެއްވިއެވެ. (لا بل أرجو أن يُخْرِجُ الله من أصلابهم من يعبد الله وحده، ولا يشرك به شيئًا-  متفق عليه ) ނޫނެކެވެ. އެހެންނަމަވެސް ތިމަން ކަލޭގެފާނު އެދިވަޑައިގަންނަވަނީ އެމީހުންގެ ބުރަކަށިތަކުން  މާތް ﷲ އާއި އެހެން ފަރާތެއް ޝަރީކު ނުކުރާ ހަމައެކެނި އެކަލާނގެއަށް އަޅުކަން ކުރާ ބަޔަކު  ނިކުތުމަށެވެ.
މައްކާ ފަތަޙަ ކުރެއްވުމުގެ ޙާދިޘާ އަކީ ތާރީޚުގެ އައު ޞަފްހާއެއް ފެށިގެން ދިޔަ ދުވަހެކެވެ. އިންޤިލާބެއްގެ ނަޞްރު ލިބިގެން ދިޔަ ދުވަހެކެވެ. ގެފުޅުގެ އެކި ދިމާދިމާ ގައި ހުރި  ބުދުތައް ބިމަށް ވެއްޓި ޝިރުކު ވެރިކަން ނިމި ވަޙްދާނިއްޔަތުގެ ވެރިކަން މައްކާގެ ބިމުގައި ޤާއިމްވީ ދުވަހެވެ.  އެ ދުވަހު ކީރިތި ރަސޫލާ އާއި އެކަލޭގެފާނަށް ތަބާވި މީހުންނަށް މައްކާގެ މުޝްރިކުން ދެމުން ދިޔަ އަނިޔާ ތަކުގެ ބަދަލު ހިފާނެ ކަމުގައި މައްކާގެ މުޝްރިކުން ހީކޮށް ބިރުން ތިއްބެވެ. އެމީހުންނާ މުޚާޠަބުކޮށް ރަސޫލާ ޙަދީޘް ކުރެއްވިއެވެ.(يا معشر قريش، ما تظنون أني فاعل بكم؟). މާނަ: އޭ ޤުރައިޝުންގެ މީހުންނޭވެ، ތިޔަބައި މީހުންނާއި މެދު މި އަދި ތިމަންކަލޭގެފާނު ކަންތައް ކުރައްވާނީ ކިހިނަކުންތޯއޭ ހީފުޅުވަނީ ؟ އެބައި މީހުން  ދެންނެވިއެވެ. قالوا: خيرًا، أخ كريم، وابن أخ كريم.. މާނަ: ހެޔޮ ކޮށެވެ. ( ކަލޭގެފާނަކީ ) މާތް އަޚެކެވެ. އަދި މާތް އަޚެއްގެ ދަރިކަލެކެވެ.  ޙަދީޘް ކުރެއްވިއެވެ  (اذهبوا فأنتم الطلقاء)  މާނަ : ދާށެވެ. ތިޔަބއި މީހުންނީ މިނިވަނުންނެވެ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ