އަދުގެ ޚާއްސަ

Print

މުސްލިމް ސައިންސް ދާނުން - 14

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް


جَابِرُ بْنِ سِنَانُ حَرَّانِي


273/901


އަޙުމަދު ފަހުމީ

ތަޢާރުފު


ޖާބިރު ބިން ސިނާނަކީ، ފަލަކީ ޢިލްމުގެ އޮބްޒަވޭޝަންއަށް ވަރަށް ޝައުޤުވެރިވެ ވަޑައިގަތް ބޭފުޅެކެވެ. އަދި އޭނާއަކީ، މޮޅު  މެކޭނިކެއް ވެސް މެ އެވެ. އޭނާއަކީ، spherical astrolabe އީޖާދު ކުރެއްވި ޢިލްމު ވެރިޔާ އެވެ.




ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު

ޖާބިރު ބިން ސިނާނަކީ ވެސް ޙައްރާނުގެ އަހުލުވެރިއެކެވެ. މީނާ ވެސް ތަޢުލީމު ޙާޞިލުކުރެއްވީ ޙައްރާންގަ އެވެ. އެއަށްފަހު އޭނާ މަޝްޣޫލުވެ ވަޑައިގަތީ، މުޠާލަޢާ ކުރެއްވުމުގަ އެވެ. ދެން އެއަށްފަހު އޭނާގެ މުޅި ޙަޔާތް ވޭތު ކުރެއްވީ ބަޣުދާދުގަ އެވެ. އޭނާގެ ޢާއިލާ ވަރަށް ގިނަ ޢިލްމީ ޚިދުމަތް ކޮށްދީފައި ވެ އެވެ.



ޢިލްމީ ޚިދުމަތްތައް

ޖާބިރު ބިން ސިނާނަކީ، ހުޝިޔާރު މެކޭނިކެކެވެ. އޭނާއަކީ، ފަލަކީ ޢިލްމުގައި ބޭނުން ކުރެވޭ ތަކެތި ތައްޔާރު ކުރެއްވުމުގައި ވަރަށް ކަޅަދާނަ މާހިރެކެވެ. މީނާ އާ ވައްތަރެއްގެ އަސްތުރަލާބެއް ތައްޔާރު ކުރެއްވި އެވެ. އެއީ spherical astrolabe  އެވެ. މި އަސްތުރަލާބުން ވަރަށް ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި އެންގަލްގެ މިން ނެގެ އެވެ. ފަލަކީ މުޝާހަދާތަކުގައި ތަކުގައި ދުރުމިން ހޯދައިގަތުމަށް މި އަސްތުރަލާބުން ވަރަށް ފަސޭހަ ވި އެވެ.



أَبُوعَبْدُاللهِ مُحَمَّدُبْنِ جَابِرُ اَلْبَتَا نِي

305/929


ތަޢާރުފު


أَبُوعَبْدُاللهِ مُحَمَّدُبْنِ جَابِرُ اَلْبَتَا نِي އަކީ، އިރާއި ދުނިޔެ އާއި ހަނދާއި ތަރިތަކުގެ މައްޗަށް ވަރަށް ފުންކޮށް ޢިލްމީ ފެންވަރެއްގައި ތަޖުރިބާ ކުރައްވައި، އައު ހޯދުންތައް ހޯއްދެވި ފަލަކީ ޢިލްމު ވެރިއެކެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު

މީނާ އަކީ ވެސް، ޙައްރާންގެ އަހުލުވެރިއެކެވެ. އުފަންވެވަޑައިގަތީ ޙައްރާނުގެ ބަތާން ނަމަކަށް ކިޔާ ރަށެއްގަ އެވެ. ފަށާ ތަޢުލީމު ޙާޞިލު ކުރެއްވީ އޭނާގެ ބައްޕާފުޅުގެ އަރިހުންނެވެ. ދެން ޢިލްމީ އަދި ފަންނީ ފޮތްފޮތް މުޠާލަޢާ ކުރައްވަމުން، ފަލަކީ ޢިލްމުގައި މުޝާހަދާ ކުރައްވަން ފެށްޓެވީ އެވެ. އޭނާގެ ޢުމުރުގެ ފަހުކޮޅުގައި ޙައްރާން ދޫކޮށްލައްވައި ބަޣުދާދާ ކައިރި ހިސާބެއްގައި ވަޒަންވެރިވެ ވަޑައިގަތެވެ.

أَبُوعَبْدُاللهِ مُحَمَّدُبْنِ جَابِرُ اَلْبَتَا نِي އަކީ، ވަރަށް ހިތްއަލި، ސިކުނޑީގެ ބާރުގަދަ ހިތްވަރުގަދަ ހަރުދަނާ މިޒާޖެއްގެ ވެރިއެކެވެ. ސައިންސުގެ ރޮނގުގައި ޖާބިރު މަސައްކަތް ކުރައްވާފައި ވަނީ، ވަރަށް ހިއްމަތާއި އެކުގަ އެވެ. އެހެންކަމުން އޭނާގެ ނަން ބަޣުދާދުގައި ވަރަށް އަވަހަށް މަޝްހޫރު ވެއްޖެ އެވެ. އޭނާ މަޝްހޫރުވެ ވަޑައިގަތީ، މޮޅު ހިސާބު ޢިލްމު ވެރިއެއް ކަމަށާއި ބޮޑު ސައިންސުދާނެއްގެ ގޮތުގަ އެވެ.  

ޢިލްމީ ޚިދުމަތްތައް
 
ޖާބިރު ބިމުގެ ދައުރު ކުރުމާއި އިރުގެ ހިނގުމުގެ މައްޗަށް ވަރަށް ފުންކޮށް ތަޙްޤީޤު ކުރެއްވި އެވެ. އޭނާ inclination of ecliptic ގެ ކުށެއްނެތް މިންތައް ނެންގެވި އެވެ. އޭނާ ބަޔާން ކުރެއްވި ގޮތުގައި inclination of ecliptic އަކީ 23 1/2 ދަރަޖައެއް ނޫނެވެ. އެކަމަކު އޭގައި ހުންނަ ކަތިމިނަކީ، 23 ދަރަޖަ 35 މިނިޓެވެ.


Inclination of ecliptic


ޖާބިރު ޘާބިތު ކޮށްދެއްވި ދެވަނަ ކަމަކީ، trepidation of equinoxes  އަކީ، ކުށް ނަޒަރިއްޔާއެއް ކަމެވެ. އެ ތަނުގައި އެއްވެސް ތުރުތުރެއް ނުހުރެ އެވެ. 1543 މ. ގައި ހުޅަނގުގެ ފަލަކީ ޢިލްމު ވެރިޔަކު ކަމުގައިވާ، ކޮޕަރ ނިކަސް އަލް ބަންނާނީގެ ނަޒަރިއްޔާ ތަކަށް ތާއީދު ކުރައްވާފައި ވެ އެވެ.
 

ޖާބިރު ޡާބިތު ކޮށްދެއްވި ގޮތުގައި، އިރުގެ ވަށައިގެން ބިން 

(ދުނިޔެ) އެނބުރޭ މަދާރު (އޯބިޓު) އަކީ، ވަށް އެއްޗެއް ނޫނެވެ. އެކަމަކު އެ ދާއިރާ އޮންނަނީ، ކުކުޅުބިސް ބުރަށް ކަން އޭނާ ޘާބިތު ކޮށްދެއްވި އެވެ. އޭގެ ދެ މަރްކަޒެއް ވާކަމަށް ވެސް އޭނާ ބުނުއްވި އެވެ. އިރު ހުންނަނީ އެ ތަނުން އެއް މަރުކަޒުގައި ހިމޭނުން ނެވެ. އެހެންކަމުން އިރުގެ ވަށައިގެން ބިން އެނބުރޭ އިރު، އިރާ ބިމާ މާ ދުރު ހިސާބަކަށް ދުރަށް ދާންޖެހެނީ އެވެ.

ޖާބިރު ފަލަކީ ޢިލްމާ ބެހޭ ތާވަލްތަކެއް ވެސް އެކުލަވާ ލެއްވި އެވެ. އަދި އެ ތާވަލްތަކާ އެއްގޮތްވާ ގޮތަށް ޒީޖު (އެސްޓުރޮނޮމިކަލް ޓޭބަލްސު) ތައްޔާރު ކުރެއްވި އެވެ. އެއަށް ޒީޖުލް ބަތާނީ އެވެ ކިޔުނެވެ.

ޖާބިރަކީ، ހިސާބު ޢިލްމުގެ ވެސް މާހިރެކެވެ. ހިސާބު ޢިލްމުގެ ތެރެއިން ޓުރިގުނޯމެޓްރީގައި އޭނާގެ ހޯއްދެވުން ތަކަކީ، ކުށެއްނެތް ހޯއްދެވުން ތަކެކެވެ.

ޖާބިރު ޒާވިޔާގެ ޖީބު sine ގެ ޞައްޙަ ޗާޓު ތައްޔާރު ކުރެއްވި އެވެ. އަދި އެހެން ނިސްބަތްތަކާ އެއާ ގުޅުވުމާ ބެހޭގޮތުން ތަފާތު ދުރުމިން ތަކެއް ހޯއްދެވި އެވެ. އޭނާ އެންގަލްތަކުގެ ظِلُّ التَّمَامُ - contingents ގެ ޗާޓު ތައްޔާރު ކުރެއްވި އެވެ. އަދި އެ ޢާއްމު ކުރެއްވި އެވެ. މުޅި ދުނިޔޭގައި އެންމެ މަޝްހޫރު ތިން ހިސާބު ޢިލްމުވެރިންގެ ތެރޭގައި އަލްޚުވާރިޒަމީ އާއި އަލްބަތާނީ ހިމެނިވަޑައި ގަނެ އެވެ.

ޖާބިރު އޭނާގެ އަމިއްލަ އޮބްޒަރވޭޝަނާ ތަޖްރިބާގެ މައްޗަށް ތައްޔާރު ކުރެއްވި އެސްޓްރޮނޮމިކަލް ޓޭބަލްސު އެންމެ ފުރަތަމަ ތަރުޖަމާ ކުރެވުނީ ލެޓިން ބަހަށެވެ. އަދި އެ ޗާޕު ކުރެވިފައިވަނީ، މީލާދީން 1113 ގަ އެވެ.

Inclination of ecliptic



ހަމަމިގަލަމުން

އިދާރާ

ވާހަކަ