އަދުގެ ޚާއްސަ

Print

މިއީ އަހަރެންގެ ނަސީބެވެ.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


ނާޒިމާ ސަމީރު / މާފޮޅޭގެ މ. މުލި

އިރާޝާ ރިޝްމީގެ މެއިލް ތަރުޖަމާކޮށްގެން ހިފައިގެން އައިސް ސިޓިންގްރޫމުގައި އިށީނދެ ކިޔަންފެށިއެވެ.
އިރާޝާއެވެ.  އަހަރެންގެ މި  މެއިލް ޢާއިލާއަށް ތަރުޖަމާކޮށްދޭށެވެ.

އަހަރެން ވިޝާލާއެކު ހަނީމޫނަށް ދާން ފުރީ ވަރަށް އުފަލުންނެވެ. އަހަރެން އެންމެ ދާހިތްވާ ޤައުމަށް ދިއުމަށް މަންމަ ހުއްދަދިނީތީ ވަރަށް އުފާވިއެވެ. އެހެންނަމަވެސް މަންމަ ހުރީ ހިތްހަމަޖެފައިނޫންކަން އަހަންނަށް އެނގެއެވެ. އެހެނަސް ވިޝާލުވެސް ބޭނުންވީ އަހަރެން ބޭނުން ތަނަކަށް ދިއުމަށް ކަމަށްވާތީ މަންމަ ފުރަތަމަ އިންކާރު ކުރިޔަސް ފަހުން  ޤަބޫލުވިއެވެ.

ގިރާވަރު ބީޗް ރިޒޯޓްގެ ފާލަމުން ފައިބައިގެންދިޔައިރު އަހަރެން ހައިރާންކުރުވީ އަހަރެން ހީކުރި ވަރަށްވުރެވެސް މި ރަށް ރީތި ވީމައެވެ. ޤުދުރަތީ ރީތި ކަން ފެނިފައި އަހަރެމެން ދެމީހުންވެސް ތިބީ ހައިރާންވެފައެވެ. ވިޝާލް އަހަރެންގެ އަތުގައި ހިފާ ފިތާލަމުން ބުންޏެވެ. ރިޝްމީ ހާދަމޮޅެވެ. މިހާރީތި ތަނެއް އަހަރެންގެ ހުވަފެނުންވެސް ނުދެކެމެވެ. އަދި އެހާ ހިތްގައިމެވެ. އަހަރެންބުނީމެވެ. އަހަރެންނަށް މި ރަށްތައް ފެނުނީ އިންޓަރނެޓުންނެވެ. އިންޓަނެޓުން މިރަށްތައް ފެނުނުދުވަހުންފެށިގެން އަހަރެންގެ ދެކެމުން އައި ހުވަފެނަކީ ކޮންމެވެސް ދުވަހަކުން މިތަން ބަލާލަން އައުމެވެ.
އަހަރެންގެ ހުވަފެން ޙަޤީގަތަކަށް ހަދައިދިނީ ވިޝާލެވެ.

ވާހަކަދައްކަމުން ގޮސް ރިޒޯޓްގެ ރިސެޕްޝަނާ އަރާ ހަމަވެވިއްޖެއެވެ. އަހަރެންނަށް ކުއްލި ހައިރާންކަމެއް ލިބުނީ ކުރިމަތީގައި ހުރި ރިސެޕްޝަނިސްޓް ފެނުމުންނެވެ. ވިޝާލު ވެސް އޭނަގެމޫނަށް ބަލައިލައިފައި ހައިރާން ވެފައިހުރެ އަހަރެންގެ މޫނަށް ބަލައިލިޔެވެ. އެ ރިސެޕްޝަނިސްޓްވެސް ކަޅި ޖަހާނުލާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެމެން ގޮވައިގެން ރިޒޯޓަށް އައި ގައިޑާއި ދެންވެސް އަހަރެމެންނަށް ޚިދުމަށް ދިނުމަށް ތިބި އެންމެހާ މުވައްޒަފުންވެސް ހައިރާންކަމާއެކު އެއްފަހަރު އަހަރެންގެމޫނަށް އަނެއްފަހަރު ރިސެޕްޝަނިސްޓްގެ މޫނަށް ބަލަމުން ގެންދެއެވެ. އެވަގުތު ވިޝާލު އެސްކިއުޒުމީ އޭ ބުނުމުން އެންމެންވެސް އޭނައާ ދިމާއަށް ބަލައިލިއެވެ. އަދި ރިސެޕޝަނިސްޓް އަވަސް އަވަހަށް ތަޅުދަނޑިއެއް ނަގާ ވިޝާލު އަތަށް ދިނެވެ. ތަޅުދަނޑި ހިފައިގެން އަހަރެމެން ދިޔައިރު ކޮޓަރިދެއްކުމަށްޓަކައި ރިޒޯޓްގެ މުވައްޒަފަކު އަހަރެމެނާއެކު ދިޔައެވެ. މި ދިޔަ މަގުމަތީގައި އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އަހަރެންގޮސް ކޮޓަރިއަށްވަދެ ވިޝާލުގެ މޫނަށް ބަލައިލީމެވެ. އަދި ބުނީމެވެ. ހިންދީފިލްމުތަކުން އެއްވައްތަރުމީހުން ފެނުނަސް އެއީ ޙަޤީޤަތަކަށް ވެދާނެކަމަކަށް އަހަރެން ހިއެއްވެސް ނުކުރަމެވެ. އެކަމަކު........

ވިޝާލުވެސް އަހަންނާ އެއްބަސްވިއެވެ. އެކަމަކު އޭނާބުންޏެވެ. އޭނާ ސްކޫލުގައި ކިޔެވިދުވަސްވަރު އޭނާޔާއެކު ވަކިކުރަންނޭގޭހާވެސް އެއްވައްތަރު ދެކުދިން އުޅުނެވެ. އެއީ އެންމާބަނޑު ދެކުދިންނެވެ. އެކަމަކު ދެޤައުމެއްގެ ދެމީހަކު މިހާ އެއްވައްތަރުވާންވީ ކީއްވެހެއްޔެވެ؟ އަހަރެން ހިތާހިތާ ސުވާލުކޮށްލީމެވެ.

ފާޚާނާއަށްވަދެ ރީތިވެލައިގެން އަހަރެމެން ދެމީހުން ނުކުތީ ރަށް ބަލައިލުމަށްޓަކައެވެ. މި ރީތި ޤުދުރަތީ މަންޒިލުގައި ފޮޓޯނެގުމަށްޓަކައިތައްޔާރުވެގެން އަހަރެމެން ދެމީހުން ނުކުތީމެވެ. އެހެނަސް އަހަރެންގެ ހިތް އެދެމުން ދިޔައީ އެރިސެޕްޝަނިސްޓާ ބައްދަލުކުރުމަށެވެ. އޭނާޔާ ވާހަކަދައްކާލުމަށެވެ. އަހަރެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ހުރިކަން އެނގުމުން ވިޝާލް އަހަރެންގެ އުނަގަނޑުގައި އޭނާގެ އަތް ވަށާލާ އޭނާގެ ގާތަށް ގެންނަމުން ސަމާސާ ރާގަކަށް ބުނެލިއެވެ. ރިޝްމީއެވެ. ބިރުނުގަންނާށެވެ. އަހަރެންނަކަށް ރިޝްމީ އެއް ނޯޅޭނެއެވެ.

އެދުވަހުގެ އެހިއްގައިމު މަންޒަރުތަކުން ހިތް އުފާކުރަން އިރު އޮއްސެންދެން އަހަރެމެން ދެމީހުން ތިބީމެވެ. އިރު އޮއްސެމުން ދިޔަ އެ ރީތި މަންޒަރު ނިވައިވުމުން އަހަރެމެން ދިޔައީ ކޮޓަރިއަށެވެ.

އަނެއްދުވަހުގެ ހެނދުނު އަހަރެމެން ގަސްތުކުރީ މޫދަށް ދިއުމަށެވެ. ހެނދުނުސައިބޮއިގެން އެރީތި ނޫކުލައިގެ މޫދުގައި އަހަރެމެން ވަގުތުތައްހޭދަކުރީމެވެ. އަހަރެން ވަރުބަލިވެގެން ކޮޓަރިއަށް ދިއުމަށް ވިޝާލުގެ ކިބައިން އެދުނީމެވެ. އެހެނަސް ވިޝާލު އަދި މޫދުން އަރާހިތް ނުވާކަން އޭނާގެ މޫނުބަލައިލުމުން އަހަންނަށް އެނގުނެވެ. ވިޝާލަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އަހަރެން ބުނީމެވެ. ވިޝާލު އަދި ދާކަން ނުވޭދޯއެވެ. ވިޝާލު ބުނީ އޭނާ ވިންޑް ސާރފް ކުރަން ބޭނުން ވާހަކައެވެ. އަހަރެން އާންއެކޭ ބުނެފައި ދިޔައީ ކޮޓަރިއަށެވެ. ވިޝާލު ރިޒޯޓް ގެ މުއަށްޒަފަކާއެކު ވިންޑް ސާރފް ކުރަންބަހައްޓާފައެވެ. އަހަރެން ފެންވަރައިގެން ނުކުތް އިރުވސް ވިޝާލެއް ނާދެއެވެ. އެހެންކަމުން ބޭރަށް ނުކުމެ ހިނގާލީމެވެ. ހިސާބަކަށް ދިޔަތަނާ އަހަރެންގެ ލޮލުގައި އަޅައިގަތީ އެއްކަލަ ރިސެޕްޝަނިސްޓެވެ. އޭނާ ކޮޓަރިއަށް ދަނީއެވެ. ބޭއިޚުތިޔާރުގައި އަހަރެންނަށް ހެލޯ އޭ ބުނެލެވުނެވެ. އަހަރެންގެ އަޑުއިވުމުން އޭނާ ހުއްޓުނެވެ. އަހަރެން ގޮސް އޭނާ އާ އަރާހަމަކުރީމެވެ. އަދި ހީނލާފައި ވާހަކަދައްކަން ފެށީމެވެ. އޭނާ އާ ވާހަކަ ދައްކާލުމުން އޭނާގެ ނަމާ ޢާއިލާ އާ ބެހޭ މަޢުލޫމާތު ލިބުނެވެ.

އަހަރެން  އޭނާ އާބެހޭގޮތުން އިތުރުމަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވީ އޭނާވެސް އުފަންވީ އިންޑިއާގެ ޕޫނޭގެ ހޮސްޕިޓަލެއްގައޭ ބުނުމުންނެވެ. އަހަންނަކީވެސް ޕޫނޭ އަށް އުފަން މީހަކަށް ވާތީއެވެ. އަދި އަހަރެމެން ދެމީހުން އުފަންވީވެސް އެއް ހޮސްޕިޓަލެއްގައިކަން އެނގުނީމައެވެ. އެއަށްވުރެ ބޮޑު ހައިރާން ކަމެއް ލިބުނީ އަހަރެމެން ދެމީހުން އުފަންވީ އެއްދުވަހެއް ގައި ކަމަށް ވުމުންނެވެ. އިރާޝާ އަހަރެންނާ ވަކިވަމުން ބުނެލިއެވެ. އަހަރެންނާ ވަރަށް ވައްތަރުކުއްޖެއް މިރިޒޯޓްގައި އެބައުޅެއޭ މަންމަ ގާތު ބުނެލިޔަސް އެންމެ ރަނގަޅު ހެއްޔެވެ؟

އަހަރެން އޯކޭ އޭބުނީމެވެ. އަދި މަންމަ އާ ބައްދަލުކޮށްލާހިތްވާ ވާހަކަވެސް އޭނަގާތު ބުނެލީމެވެ. އޭނާ ހީނލާފައި ބުނީ އަހަނަށްހީވަނީ މަންމަވެސް ރިޝްމީއާ ބައްދަލުކުރަން ބޭނުންވާނެހެނެވެ.

އިރާޝާ އާ ވަކިވެގެން އަހަރެން ދެން ދިޔައީ ކޮޓަރިއަށެވެ. އޭރު ވިޝާލު އައިސް ފެންވަރަން އުޅެ އެވެ. އޭނާ ފާޚާނާއިން ނުކުތުމުން އަހަރެންނާ އިރާޝާ އާއި ބައްދަލު ވި ވާހަކަޔާ ދެކުވުނުވާހަކަތައް ކިޔައިދިނީމެވެ. އަހަރެމެން ދެމީހުންގެ ހުރި އެއްގޮތް ކަންތައްތަކުގެ ވާހަކަ އަޑު އަހާފައި ވިޝާލުވެސް ހައިރާންވިއެވެ.

އަހަރެމެން މިރިޒޯޓަށް އައީ ފަސް ދުވަހަށެވެ. ހަފުތާއެއް ދިވެހިރާއްޖޭގައި ހޭދަކުރުމަށް އަހަރެމެން ނިންމީ  ދެ ދުވަސް  ވެރިރަށް މާލެ، ބަލައިލުމަށް ތިބުމަށް ފަހު ފުރަން ބޭނުން ވާތީއެވެ. ރިޒޯޓްގައި އަހަރެމެން ތިބި ފަސް ދުވަހު އިރާޝާ އާއި އަހަންނާ ވަރަށް ރައްޓެހި ވެވިއްޖެއެވެ. އަދި އޭނާގެ މަންމަމެވެސް އަހަންނާ ބަދަލުކުރަން ބޭނުންވެފައި ހުރިކަން އިރާޝާގެ ފަރާތުން އަހަންނަށް އެނގުނެވެ. އަހަރެމެން މާލެ ގޮސް ތިބީ ފަރިވާ ގެސްޓް ހައުސްގައެވެ. އެތަނުގައި އަހަރެމެނަށް ތިބެވޭނެގޮތް ހަމަޖައްސައިދިނީވެސް އިރާޝާއެވެ. އަހަރެމެން މާލެ ދިޔަރޭ ގާތްގަޑަކަށް އަށެއް ޖަހާކަންހާއިރު މީހަކުއައިސް ކޮޓަރީ ދޮރުގައި ޓަކިދިނެވެ. ދޮރުހޮޅުވާލި އިރު ހުރީ އެ ގެސްޓް ހައުސް ގެޜޫމް ބޯއީ އެކެވެ. އޭނާ ބުނީ އަހަރެން ހޯދަން މީހަކުއައިސް ތިރީގައި އިންވާހަކައެވެ. އަހަރެން ތިރިއަށް ފޭބި އިރު މެދު ޢުމުރުގެ އަންހެނަކު އަހަންނާ ދިމާއަށް ބަލަހައްޓައިގެން ގޮނޑިސެޓްގައި އިނެވެ.
އޭނާގެ މޫނުމަތިން ހައިރާން ކަން ފާޅުވެއެވެ. އަހަރެންގޮސް ހުއްޓުމުން މީ އިރާޝާގެ މަންމައޭ ބުންޏެވެ. އިރާޝާއެކޭ އެއްގޮތަށް އޭނާޔަށްވެސް ރީތިކޮށް އިނގެރޭސިން ވާހަކަދައްކަން އެނގެއެވެ. އަހަރެން އޭނާގާތު އިށީނީމެވެ. އޭނަ އަހަރެންގެ ޢާއިލާ އާބެހޭގޮތުން ސުވާލުކުރިއެވެ. އަހަރެން މަންމައާ ބައްޕަގެ ނަން ބުނީމެވެ. އަހަރެން މަންމައަށް ކިޔަނީ ސުޒޭން އޭ ބުނުމުން އޭނާ އެހީ އަހަރެންގެ މަންމަ އަކީ ޑޮކްޓަރެއްތޯއެވެ. އަހަރެން ބުނީމެވެ. އާނއެކެވެ. ގައިނަ ކޮލިޖިސްޓެކެވެ. ދެން އޭނާ އެހީ ވަޒީފާ އަދާކުރަނީ ކޮންތަނެއްގައިތޯއެވެ؟ އަހަރެންބުނީމެވެ. ގޭގައި ކުލިނިކެއް ހަދައިގެންނެވެ. އެކަމަކު  އަހަރެން ލިބުމުގެ ކުރިން މަސައްކަތްކުރީ ޕޫނޭ އިންފަޓިލިޓީ ހޮސްޕިޓަލުގައެވެ.

އަހަރެންގެ ވާހަކަތައް އަޑުއަހައިފައި އޭނާ އިސްޖަހައިގެން އިނދެ ރޯން ފެށި އެވެ. އޭނާ ގިސްލާން ފެށުމުން އަހަރެން ގެ ހިތަށްވެސް އަސަރުކުރަންފެށިއެވެ. އޭނާ ގިސްލަމުންގޮސް ބުނީ އޭނާ އަށް ފަރުވާދިން ގައިނަކޮލެގިސްޓްގެ ނަމަކީވެސް ސުޒޭން އެވެ. މިހެން ބުނެފައި އޭނާ ދެލޯ ފުހެމުން ނުކުމެގެން ދިޔައީއެވެ. މި ހުރިހާ މަންޒަރެއް ބަލަން ވިޝާލު ދުރުގައި ހުއްޓެވެ.

އަނެއްދުވަހު ފުރައިގެން އެނބުރިޤައުމަށް  އަހަރެން އައީ ނުތަނަވަސް ވެފައިވާ ހިތަކައިގެންނެވެ. ޖަވާބު ހޯދަން ބޭނުން ވެފައިވާ ސުވާލުތަކެއް ސިކުޑިއަށް އުދަގޫކުރަމުން ދަނީއެވެ. ވިޝާލުގެ ކުޑަކުޑަ ގެއަށް އަހަރެން ވަނަސް ބޭނުންވީ މަންމަ ގެއަށް ދިއުމަށެވެ. ހިތުގައިވާ ހުރިހާ ސުވާލުތަކެއްގެ ޖަވާބުހޯދުމަށެވެ. އަހަރެންގެ ހިތް މިބުނަނީ ތެދެއްތޯ ބެލުމަށެވެ. މަންމަ އަހަރެންގެ ނަސްލު އޮޅުވާލަފާނެކަމަކަށް އަހަރެން ދުވަހަކުވެސް ހީނުކުރަމެވެ. އެފަދަ ލޯބިވާ މަންމައަކާ ބައްޕައެއްގެ ނަސީބު ލިބޭނީ މަދު ކުއްޖަކަށެވެ.

އެހެނަސް މިއަދު އަހަރެންގެ ހިތް ބުނަމުން ދަނީ އެއީ އަހަރެންގެ ޙަޤީޤީ މަންމައާއި ބައްޕަ ބާވައެވެ. އަހަރެން މިކަމުގެ ހަޤީގަތް ހޯދަން ބޭނުން ވާ ވާހަކަ ވިޝާލު ގާތު ބުނީމެވެ. ވިޝާލު ބުނީ އަހަރެންނަކީ ކޮންމެމީހެއްގެ ދަރިއެއް ކަމުގައިވިޔަސް އަހަރެން ހުންނާނީ ވިޝާލުގެ އަތްބެއްގެ ގޮތުގައިކަމަށެވެ. އަހަރެންނަކީ ކޮންމެ ޤައުމެއްގެ މީހެއްގެ ދަރިއަކަށް ވިޔަސް ވިޝާލުގެ ލޯތްބަކަށް ބަދަލެއް ނާންނާނެކަން އޯގާތިރިކަމާއެކު ވިޝާލު އަހަންނަށް ވިސްނައިދިނެވެ.

ވިޝާލުކަހަލަ ފިރިއަކު އަހަންނަށް ލިބުނީތީ އަހަރެން ވަރަށް އުފާވިއެވެ.

އަނެއްދުވަހު ހެދުނު ވިޝާލު އޮފީހަށް ދިއުމުގެ ކުރިން އޭނަގެ ކިބައިން މަންމަގެއަށް ދިއުމަށް ހުއްދަހޯދީމެވެ. ވިޝާލު އޮފީހަށް ދިޔައީ އަހަރެން މަންމަގެއަށް ލާފައެވެ. އެދުވަހު އަހަރެން ގެއަށް އަންނަވާހަކަ ބުނުމުން މަންމަވެސް ކުލިނިކުގެ މަސައްކަތްތައް ކުޑަގޮތަކަށް ހަމަޖައްސާލާފައި އަހަރެންނާއެކު ވަޤުތު ހޭދަކުރުމަށް ގޭގައި މަޑުކުރިއެވެ. އަހަރެން މަންމަ ކޮޓރަރިއަށް ވަދެ މަންމަގެ އުނގުގައި އޮށޯތީމެވެ. މަންމަ އަހަރެންގައިގާ ފިރުމާލަމުން ސުވާލުކުރީ ހަނީމޫނު ދތުރުގެ ވާހަކއިންނެވެ. އަހަރެން މަންމަޔަށް ޖަވާބު ނުދިނުމުން މަންމަ ދަރިފުޅާއޭ ކިޔާ އަހރެންގެ ދަތް ދޮޅީގައި ހިފައި އުފުލާލިއެވެ. އަހަރެން މަންމައާދިމާއަށް ބަލައިލީމެވެ. މަންމަ އަނެއްކާވެސް ސުވާލުކުރިއެވެ. ރިޝްމީ ކިހިނެއްވީ އަހަރެން މަންމައާ ސުވާލުކުރީމެވެ. މަންމާއެވެ. ހަމައަސްލުގަވެސް ތިއީ އަހަރެންގެ އަސްލު މަންމަހެއްޔެވެ؟

އަހަރެންގެ މިސުވާލުން މަންމަގެ މޫނުގެ ކުލަރަތްވެގެން ދިޔައެވެ. އަދި އެއްވެސް ޖަވާބެއް ނުދީ އިސްޖަހާލިއެވެ. އަދި ހިފެހެއްޓުމެއނެތި ލޮލުން ކަރުނަތއް ފައިބާން ފެށިއެވެ. އަހަރެންނަކަށް މިމަންޒަރުބަލާކަށް ކެތެއް ނުވިއެވެ. މަންމާއޭކިޔާ މަންމަގައިގާ އޮޅުލައި ރޯން ފެށުނެވެ.
މަންމަ ރޮމުން ބުނަން ފެށިއެވެ. މަންމަޔަކަށް ވަނީ ހަމައެކަނި ބަނޑުގައި ނުވަމަސް ދަރިއަކު ގެންގުޅޭ މީހާހެއްޔެވެ؟ ބަލާ ބޮޑުކޮށް ތަރުބިއްޔަތުދޭ މީހާ މަންޔަކަށް ނުވާނެ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ އަހަރެންނަކީ މައެއްނޫނެވެ. ރިޝްމީ ތިހީކުރީ ރަނަގަޅަށެވެ. ރިޝްމީގެ މަންމައަކީ ދިވެހިރައްޔިތެކެވެ. އެދެމަފިރިންޕޫނޭއަށް އައީ ޓެސްޓިއުބު ބޭބީ ހަދާށެވެ. ރިޝްމީގެ މަންމަ ބަލިވެ އިނދެ އަށްމަސް ފުރުނުތަނާ ދިމާވި އެކުސިޑެންޓެއްގައި ރިޝްމީގެ ބައްޕަ މިދުނިޔެއާ ޢަލްވަދާޢު ކީއެވެ. މިކަމުގެ ހިތާމާގައި ރިޝްމީގެ މަންމަ ވަރަށް ހާލުބޮޑުވިއެވެ. ހޭނިތިފައިވެސް ދެރޭ ދެދުވާ އޮތެވެ. އޭރު ޕޫނޭގައި އޭނާޔަށް އަޅާލާނެ އެއްވެސް މީހަކުނެތެވެ. އެހެންވެ އަހަރެން އޭނާ  އަށް އެހީތެރިވީއެވެ. އޭނާ ވިހެއީ ދެކުދިންނެވެ. އެތަނުން އެއްކުއްޖަކީ ރިޝްމީ އެވެ. ރިޝްމީގެ ބައްޕަ މަރުވިކަން ޢާއިލާ އަށް އެންގީމެވެ. އެކަމަކު ޢާއިލާއިން އެއްވެސް މީހަކު ރިޝްމީގެ މަންމައަށް އެހީތެރި ވެދިނުމަކަށް ނައެވެ. އަދި ފޯނުކޮށްލައިގެން ހާލުވެސް ބަލައި ނުލިއެވެ. އެހެންވެ އަހަރެންނަށް އިހުސާސްކުރެވުނީ ރިޝްމީގެ މަންމަޔަށް ދެ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވޭނެ ކަމަށެވެ.

އަހަރެންނަށްވެސް ދަރިއަކު ނުލިބިހުރީމަ ކަންވެސްނޭގެއެވެ. ރިޝްމީގެ މަންމަގެ އެއްކުށްޖަކު ހޯދުމަށް އެދެވުނީއެވެ.

ރިޝްމީގެ މަންމައަށްވެސް އޭނާގެ ބަނޑުގައިވަނީ ދެކުދިންކަން އެނގޭނެއެވެ. އެހެންވެ އޮޕްރޭޝަން ކުރުމަށްފަހު އަހަރެން އޭނާގާތުބުނީ އޭނާގެ އެއްދަރިފުޅު މަރުވީކަމަށެވެ. އަހަރެންގެ އެހީގައި އޭނާ އުޅެމުން ދިޔައީތީ ވަރަށްފަސޭހައިން އޭނަ އެވާހަކަ ޤަބޫލުކުރިއެވެ.

އަހަރެންނަށް މަޢާފުކުރާށެވެ. އަހަރެންނަކީ ތިޔަ ދެމައިން ދުރުކުރި މީހާއެވެ. އަދިރިޝްމީގެ ޢާއިލާ އާ ވަކި ކުރި އިންސާނާއެވެ. މަންމަ ހަމަރަނގަޅަށް ރޯންފަށުނެވެ.

އަހަރެންނަށް މިމަންޒަރު ބަލާން އޮންނާކަށް ކުޅަދާނައެއް ނުވިއެވެ. އަހަރެންބުނީމެވެ. ތިޔައީ އަހަރެންގެ މަންމައެވެ. މަންމައާ މެދު އަހަރެންގެ އެއްވެސް ޝަކުވާއެއްނެތެވެ. މިއީ އަހަރެންގެ ނަސީބެވެ. 

އިރާޝާއެވެ. މަންގާތު ބުނެދޭށެވެ. މަންގެ ޑޮކްޓަރަށް މަޢާފުކޮށްދޭށެވެ. ދުނިޔޭގަ ހުރިއްޔާ އަހަރެން ތި ޢާއިލާއާ ބައްދަލުކުރަން އަދި ދާނަމެވެ.

ލޯބިވާ ރިޝްމީ

ރިޝްމީގެ މެއިލް ތަރުޖަމާކޮށްދީ ނިމުނިއިރު އިރާޝާއަށްވެސް ރޮވިއްޖެއެވެ. ފުންނޭވާއެލާފާ އޭނަ ބުންޏެވެ. މަންމާއެވެ. ރިޝްމީގެ މަންމައަށް މަޢާފު ކުރާށެވެ.
ނިމުނީ

ހަމަމިގަލަމުން

އިދާރާ

ވާހަކަ