އަދުގެ ޚާއްސަ

މުނިފޫހި

Print

ދިވެހި ފިލްމު ފުއްޓަރު- ދިވެހިވަންތަކަމުގެ މިސާލެއް

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ މުނިފޫހި


ކޮމަންޑޫ އަލީ އިބުރާހީމް


1970ގެ އަހަރުތަކުގައި ރަށްފުށުގެ ރަށެއްގެ ދިރިއުޅުންހުރިގޮތާ ގުޅުވާލައިގެން ފުއްޓަރު އުފައްދާފައިވަނީ، ޒުވާނުންގެ ޙަޔާތުގައި ލޯބި އުފެދި، ތަރައްޤީވެ، ބަދަލުވެ އަދި ބައެއް ފަހަރު ޙަސަދައާއި ތުހުމަތާއި އަމިއްލަ އެދުން އޭގެ މައްޗަށް ވެރިވާއިރު ޙަޤީޤީ ވިސްނުންތެރި، ކެތްތެރި ލޯބިވެރިން އެމީހުންގެ ޙަޔާތުގެ އަޑިގުޑަންތަކާ ކުރިމަތިލާގޮތާއި ކައިވެނީގެ ހުރި މާތް ވަރުގަދަ ގުޅުމާއި އެކަކު އަނެކަކަށް އެހީތެރިވެ ބައިވެރިވެގެން ދިރިއުޅުން އާރާސްތު ކުރަންޖެހޭ ކަމުގެ މުހިއްމު ފިލާވަޅުން ޢިބުރަތް ދިނުމަށްޓަކައެވެ.

Print

ނޫރު: ކަސަބުލަންކާގެ އެއްވަނަ ނެށުންތެރިޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ނެށުން


ފޮނުވީ: އެމް

ފޮޓޯގައި އެވަނީ، މޮރޮކޯގެ ނެށުންތެރިއެކެވެ. މޮރޮކޯ މީހުން އޭނާއާމެދު ދެކެނީ މޮޅު ނެށުންތެރިއެއް ކަމަށެވެ. މިޞްރު މީހުން ދެކެނީ، މޮރޮކޯގައިވާ ޢަރަބި ނެށުމުގެ ސަފީރާ ކަމަށެވެ.

ރީތި އަންހެނެކެވެ. އިސްކޮޅުން ދިގެވެ. ހިނގުމާއި މުޢާމަލާތްކުރުމުގައި ނިކަން އަންހެން ވަންތަކަން ހުރެއެވެ.

މިރީތި އަންހެނާގެ ޙަޔާތުގައި ތަފާތު މަރްޙަލާތައް ކަޑައްތުކޮށްފައި ވެއެވެ. އުފާވެރި މަރްޙަލާތަކާއި ދަތި އުނދަގޫ މަރްޙަލާތަކެވެ.

އޭނާ ބުނެއެވެ. "ކޮންމެ އިންސާނަކަށް އެމީހަކު އުޅެން ބޭނުންވާ ގޮތުގެ ޙައްޤު ލިބިގެންވެއެވެ. އަދި ކޮންމެ ތަރިއަކަށް އެތަރިއެއްގެ ވައްޓަފާޅިއާއި ޝަޚުޞިއްޔަތު ލިބިގެންވެއެވެ."

ކޮންމެއަކަސް، މިރީތި މޮޅު ނެށުންތެރިއާގެ ސަޕޯޓަރުން އޭނާ ވަރަށް ރަނގަޅަށް ދަނެއެވެ. އޭނާގެ ވާހަކައަކީ ކަސަބުލަންކާގެ އަންހެންވެރިން ނެތިމޮށޭއިރު ދައްކާ މަޝްހޫރު ވާހަކައެކެވެ.
Print

ދޮންބަންޑާރައިންގެ ޖިހާދު (ވީޑިއޯ)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވީޑިއޯ


އާދަމް ނަޞީރު އިބްރާހީމް
 (ޝާޢިރުލްމަޤުތޫލު)


ހުރަވީ ދުވަހުގެ ޚާއްޞަ ހަދިޔާ




މަންޒަރު 1

އިލާހިއްޔަ ޤުދުރަތުގެ ކީރިތި އަސަރުގާ
    ވިލާތައް އެތުރިލައިފި، ނޫ ދިވެހި އުޑުގާ
        ކިލާކަން މިޖައްވުން ފިލައިގޮސް މިހިނދުގާ
                  ދިލާސާކަމޭ ވީ   މި  ލޮބުވެތި  ވަޠަނުގާ

Print

33 ވަނަ އަރަތް: ކޮން އެއްޗެއް؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

ޗާޓު ފޮތެކެވެ. ހިތްތަކުގެ ޗާޓުތައް ވެ އެވެ.
އުފާފާގަތިކަމުގެ މަންޒިލްތައް ވަނީ ފަވާފަ އެވެ.

ބޯދާ ވާހަކަ ފޮތެކެވެ. ގިނަގުނަ ވާހަކަތައް ވެ އެވެ.
އެއް ޖީލުން އަނެއް ޖީލަށް ނަގުލުކުރީ ހިތްތަކެވެ.

މޮޅު ސެންޓެކެވެ. ހާދަހާ މީރުވަހެއް
Print

އާދަޔާޚިލާފު ފެކްސް މެޝިން!

ޝާޢިއުކުރީ އިބްރާހީމް ޙަމީދު،(އެޗް.ޑީ) އާސްމާނުވިލާ، ލ. އިސްދޫ . ހިމެނޭބަޔަކީ ހެއްވާމަޖާ

މިއީ އެއްދުވަސްވަރެއްގައި ރާއްޖޭގައި ހިގާފައިވާ ކަމަށްބުނާ ޙަޤީޤީ ޙާދިސާއެކެވެ.

ކޮންމެއަކަސް ކަތީބަކީ ސަރުކާރަށް ޚިދުމަތްކުރުމުގައި އޭރުވެސް 35 އަހަރު ހޭދަކޮށްފައިވާ ބޭފުޅެކެވެ. ގައިމު ތަޖުރިބާތަކެއްވެސް ހުންނާނެތާއެވެ.

އެއްދުވަހަކު ކަތީބު އޮފީހަށް ނުކުންނަވާ ވަރަށް މުޙިއްމު މެސެޖެއްލިޔުއްވާ ސެކްރެޓަރީއާއި ޙަވާލުކުރަމަށްފަހު ބުނުއްވީ، މި މެސެޖް އަތޮޅު އޮފީހަށް ފޮނުވާލާށެވެ. އަދި ފޮނުވަންވާނީ އިއްޔެ އަތޮޅު އޮފީހުން ފޮނުވައިގެން ގެނައި ފެކްސް މެޝިނުންނޭ ބުނުއްވުމަށްފަހު ކަތީބު ދުރުވީ ގެއަށް ސައިބައްލަވާށެވެ. ސެކެރެޓަރީވެސް ކަތީބު އެންގެވިގޮތަށް މެސެޖު ފޮނުވީ އެބުނުއްވާ މެޝިނުންނެވެ. މެސެޖު ފޮނުވުނީމާ އެމެސެޖުގެ ވާތްފަރާތުގެ މަތީކަނުގައި ” މެސެޖު ފޮނުވިފައި ” މިހެން ލިޔެލުމަށްފަހު ކަތީބުގެ މޭޒުމަތީގައި ބާއްވައިފިއެވެ.

Print

އީޕީއެސް ސްކޫލް އަލުން ވުޖޫދަށް އަންނަކަމުގެ އުފާވެރި ޚަބަރު

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އެހެނިހެން

 

އަދަބީ މުރާސިލު

ކުރީގެ މަޝްހޫރު އިސްކޫލެއްކަމުގައިވާ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސް ސްކޫލް) އުފެއްދިތާ ފަންސާސް އަހަރުފުރުނު އިރު، އެ އިސްކޫލު ވަނީ ބިލަބޮންގ ހައި އިންޓަރނޭޝަނަލަ ސްކޫލް ވުޖޫދަށް އައުމާއެކު މަޑުމަޑުން ހިނދިފައެވެ. އެ ސްކޫލްގެ ނަން ކުޑަކޮށް އިވުމަށް ފަހު އެ ސްކޫލްގެ ނަން ރަސްމީ ގޮތުން އަޑެއް ނީވެއެވެ. ނަމަވެސް އެއީ ދިވެހި އަގުހުރި އެތައް ދަރީންނެއް ބިނާކުރި ޚިދުމަތްތެރި ސްކޫލެވެ. ރާއްޖޭގައި އިނގިރޭސި މީޑިއަމުން ކިޔަވައިދޭންފެށި އަމިއްލަ ފުރަތަމަ އިސްކޫލެވެ. 

Print

32 ވަނަ އަރަތް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އަރަތް


މުޙައްމަދު ލަޠީފު ށ. މިލަންދޫ

އުދުހިފައި އައި ކޮތަރު ބައިގަނޑެކެވެ. އޭގެތެރެއިން އެއްބައި ތިރިކުރީީ މިސްކިތު ފުރާޅު މައްޗަށެވެ. އަނެއްބައި ތިރިކުރީ މިސްކިތު ގޯތި ތެރެއަށް ބިންމައްޗަށެވެ. މިހެންތިއްބައި ބިންމަތިންް ކޮތަރެއް ގޮވާލިއެވެ. ފުރާޅުމަތިންް އެއް ކޮތަރު ބިންމައްޗަށްް އަންނާށެވެ! އޭރުން ފުރާޅުމަތީ އިން ކޮންމެ ކޮތަރަކަށް ބިންމަތީ ދެ ކޮތަރު ތިބޭނެއެވެ. ޖަވާބުގައި
Print

ފައިސާއަޅާ ގަހުގެ ވާހަކަ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެހެނިހެން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މާރިނުބޭ ނިކުމެގެން ދިޔުމުން، ހައްވަ ދައިތަ އޭނާގެ ފިރިމީހާ އަލިފުޅުބެ ކުރެން އަހައިލިއެވެ. ދުވަސް ގަނޑެއްކޮށްލައިފައި މާރިނު އަހަރުމެންގެއަށް މިއައީ އަނެއްކާ ކޮންކަމެއް ލައިގަތީ ހެއްޔެވެ؟ ދެން އަލިފުޅުބޭ ބުންޏެވެ. މާރިނަކީ ކުޑައިރުގެ އަހަރެންގެ ރައްޓެއްސެއް ނޫން ހެއްޔެވެ؟ އެހެންވެ، ސަލާން ގަލާންކޮށްލައި، ކަލާމުކޮށް ހާލުއަހުވާލު ބަލައިލާން ރައްޓެހިން އަންނާނެ ނޫން ހެއްޔެވެ؟

Print

ފަންވަތުގެ ބަސްދީގަތުން - 1 (ޓީވީއެމް ޓެކްފައިލްސް ވެބް އެލާރޓް)

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވީޑިއޯ


ތިރީގައި އެވަނީ، ޓެލެވިޜަން މޯލްޑިވްސް އިން ދައްކާ "ޓެކްފައިލްސް" (ކުރިން "ފަހިމަގު" ޕްރޮގްރާމް) ޕްރޮގްރާމަށް، ފަންވަތުގެ ފަރާތުން، 28 ޖެނުއަރީ 2009 ގައި ދިން ބަސްދީގަތުމުގެ ވީޑިއޯ އެވެ. ޓެކްފައިލްސް ޕްރޮގްރާމަކީ، ރާއްޖޭގައި އެންމެ ފުރަތަމަ ދައްކަންފެށުނު، އަދި ރާއްޖޭގައި އެންމެ މަޝްހޫރު ޓެކްނޮލޮޖީ ޕްރޮގްރާމެވެ. ފަންވަތަށް މި ފުރްޞަތު ހޯދައިދީ، ފަންވަތާމެދު ފާޅުކުރެއްވި ޝުޢޫރުތަކަށްޓަކާ ޓެކްފައިލްސް ޓީމަށް، ފަންވަތް ޓީމްގެ ފަރާތުން ވަރަށް އިޚްލާޞްތެރި ޚާއްޞަ ޝުކުރެއް އަދާކުރަމުއެވެ.



ޚިޔާލު ހުށަހަޅާ


Print

30 ވަނަ އަރަތުގެ ޖަވާބު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


ތިރީސްވަނަ އަރަތުގެ ޖަވާބު ދިމާކުރެއްވީ އެންމެ ބޭފުޅެކެވެ. މިއަރަތަށް ކަނޑައެޅިފައިވާ އިނާމުގެ ޙައްޤުވެރިޔަކީ
Print

ނުކުރާކަމަކަށް އަދަބު...

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ހެއްވާމަޖާ


މުޙައްމަދު ނަސީމު ތ. ކިނބިދޫ

ދަރިވަރުންގެ "ހޯމްވޯރކް" ފޮތްތައް މުދައްރިސާއި ޙަވާލުކުރުމަށް މުދައްރިސް ދަރިވަރުންނަށް އެންގެވި އެވެ. އެ ވަގުތު ކުލާހުގެ އެންމެ ފަހަތު ގޮޑިބަރީގައި އިން ދަރިވަރަކު ތެދުވެ ވަރަށް ޢަދަބުވެރިކަމާއިއެކު މުދައްރިސާއި މުޚާތަބޮކޮށް:
Print

އޮޑިޓުގެ ނިޒާމަށް ބަލައިލުމެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެހެނިހެން

 

އަޙުމަދު ސިމާހު

"އޮޑިޓް" މިއީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމުކޮށް ބޭނުންކުރާ ލަފްޒެކެވެ. އޮޑިޓް ނުވަތަ އޮޑިޓް ނިޒާމުގެ މާނަ އަޅުގަނޑުމެންގެ ތެރޭގައި އެކި ގޮތްގޮތަށް ބޭނުންކުރެވެއެވެ. އެއް ބަޔަކަށް ޤަބޫލުކުރެވޭ ގޮތުގައި އެއީ މީހުން ކުރާ ކުށްތައް ހޯދައި ތަޙުޤީޤުކުރާ ނިޒާމެކެވެ. އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި އެއީ ތަނުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަން ޙައްލުކުރާ ނިޒާމެކެވެ. އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި އެއީ ތަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޓަކައި ބޭނުންވާ ލަފާ މެނޭޖްމަންޓަށް ނުވަތަ އެ ތަނެއްގެ އެންމެ އިސްވެރިޔާއަށް ދޭ ނިޒާމެކެވެ. އެއީ ހަމަ ނަމެއްގައި ޤާއިމުކޮށްފައިވާ ނިޒާމެއް ކަމަށް ޤަބޫލުކުރާ ބަޔަކު ވެސް މަދުން ނަމަވެސް އުޅެއެވެ. މިހެންކަމުން، މި ލިޔުމުގައި އިންޓާނަލް އޮޑިޓުގެ ނިޒާމަށް ބަަލައިލާނަމެވެ. 

Print

ޅެން ޝަރަޙަ ކުރުމުގެ މުބާރާތް - ފުރަތަމަ ޅެން

ޝާޢިއުކުރީ ޔޫސުފް މުޙައްމަދު ފުޅު . ހިމެނޭބަޔަކީ އޯޑިއޯ


އެއްވަނަ ހޯއްދަވާ ފަރާތަކަށް، އަގުހުރި އިނާމެއް!!


މިއީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފަންވަތުން ހުޅުވާލި ސިލްސިލާ މުބާރާތެކެވެ. މި ބައިގައި ތިޔަ ބޭފުޅުން ޝަރަޙަ ކުރެއްވުމަށް ހުށަހެޅިގެންދާނީ، ދިވެހި ޅެންވެރިކަމުގެ ރީތި އެކުލަވައިލުންތަކެވެ. މަދަޙަ، ޅެން، ފަރިހި، ލަވަ، ރައިވަރު، ފަދަ އަދަބީ އުފެއްދުންތަކެވެ. މި ފަހަރުގެ ލަވަ އަކީ، އޮނަވިހި ސަތޭކަ ފަސްދޮޅަސް، ނުވަތަ ހަތްދިހައިގެ އަހަރުތަކުގެ ލަވަ އެކެވެ. މި ލަވަ ޝަރަޙަ ކުރައްވައިގެން އެއްވަނަ ހޯއްދަވާ ފަރާތަކަށް އޮތް އިނާމަކީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ނެރުއްވި ޤައުމީ ލަވަ އަލްބަމްގެ އަސްލުކޮޕީ އެކެވެ.  -ފަންވަތް-

މި ފަހަރުގެ ލަވަ (ޅެން) 

މައުޟޫޢު: ކޮބައިތޯ ޣާޒީން؟
ޝާޢިރު:  އަލްމަރުޙޫމު ޔޫސުފު މުޙަންމަދުފުޅު
އަޑު:    އަލްފާޟިލް އިބްރާހީމް ޙަމްދީ
މިޔުޒިކު:  އެމް. އާރު. ސީ.

Print

31 ވަނަ އަރަތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


ޙިންނާގެ ފޯނު ބިލަށް 450 ރުފިޔާ އެރިއެވެ. އޭރު އޭނާގެ އަތުގައި އެއްވެސް ފައިސާއެއް ނެތުމާއެކު، އޭނާގެ ދެ ރަޙުމަތްތެރިއެއްގެ އަތުން ފައިސާ އަތުލި އެވެ. ކޮންމެ ރަޙުމަތްތެރިއެއްގެ އަތުން އަތުލީ 250 ރުފިޔާ އެވެ. އެހެންކަމުން އޭނާއަށް ލިބުނީ ޖުމްލަ
Print

އެހެން ގޮތަކަށް ރޯދަހިފާ މީހެއް!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ހެއްވާމަޖާ


ޢަބްދުލްމުޢީދު ޙަސަން


އެއްރެޔަކު ޚަލީފާއެއްގެ ގަނޑުވަރަށް ދިޔަ ރަށްފުށު މީހެއްގެ ގާތުގައި ޚަލީފާ ވިދާޅުވި އެވެ.
"ގަނޑުވަރުގެ ކެއުމުގައި ބައިވެރިވެލަން ސުފުރާމައްޗަށް އަންނާށެވެ!"

އޭނާ ދެންނެވި އެވެ.
"ސާހިބާއެވެ! އަޅުގަނޑު މިހުރީ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ