އަދުގެ ޚާއްސަ

މުނިފޫހި

Print

ތާރީޚީ ނަޒަރަކުން ދުނިޔޭގެ ޑްރާމާ

ޝާޢިއުކުރީ ޢަލީ އިބްރާހީމް ކޮމަންޑޫ . ހިމެނޭބަޔަކީ އެހެނިހެން

ކޮމަންޑޫ ޢަލީ އިބުރާހީމް

 

މިފަންނުގެ މާހިރުން ލިޔުއްވާ ގޮތުގައި ޑްރާމާ އޭގެ ސާދާގޮތުގައި ދުނިޔެ އުފަންވީއްސުރެ އޮވެއެވެ. ނަމަވެސް އިންސާނީ ތަހުޒީބުގެ ފެށުމުގެ ކުރިން ޑްރާމާގެ ވުޖޫދު ފެންނާކަށްނެތެވެ. ޤަދީމީ ޒަމާނުގައި އެކި ގައުމުގައި ޑްރާމާ ކުޅެމުން އައިގޮތް ތަފާތެވެ. މުޙައްމަދު ވަޙީދު (2003) ބަޔާންކުރައްވާގޮތުގައި ގްރީކާއި ހިންދުސްތާނުގައި ޑްރާމާ ތަރައްގީވަމުން އައީ އެކުއެކީގައެވެ. 

"ގްރީކުގައި ޑްރާމާ ކުޅެމުން އައިސްފައިވަނީ ދީނީ ޙަފްލާތަކުގައެވެ. އެއިރު ޑްރާމާތައް ހުންނަނީ ޅެމުންނެވެ. މިދުވަސްވަރުގެ މަޝްހޫރު ޑްރާމާ ލިޔުންތެރިންގެ ތެރޭގައި އެސްކީލަސް، ޔުރިޕައިޑިސް، ސޮފޮކްލީޒް އަދި އެރިސްޓޮފަނީޒް ހިމެނެއެވެ" (އާދަމް ޒާހިރު، 2003، ޞ.2). 

Print

ދަ ކަޕީކޭކް ސޯންގް – ޔޯމައި ހަނީބަންޗް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވީޑިއޯ



ފޮނުވީ: ދާލު

2007 ވަނަ އަހަރުގެ ކުރީކޮޅުގައި އަޅުގަނޑުމެން ތެރެއަށް މަޝްހޫރު ވެގެން ދިޔަ " ޔޯމައި ހަނީބަންޗް" އެހެން އިބާރާތަކުންނަމަ "ދަ ކަޕީކޭކް ސޯންގް" އަކީ އެދުވަސްވަރުގެ ހުރިހާ މޮބައިލް ފޯނެއްގެ ރިންގުޓޯނޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. މިލަވައިގެ ވީޑިއޯ އެންމެފުރަތަމަ ޔޫޓިއުބުގައި ޝާއިޢު ކޮށްފައިވަނީ 2006 ނޮވެމްބަރ 9 ވަނަދުވަހުއެވެ. ފުރަތަމަ 2 މަސް ދުވަހުގެތެރޭގައިވެސް 47000 ފަހަރު ބަލާފައިވެއެވެ. އަދި 2007 ޖެނުއަރީ 14 ވަނަދުވަހާހަމަޔަށް 1،008،000 ފަހަރު މިލަވައިގެ ވީޑިއޯ ބަލާފައިވެއެވެ. މިއަދާހަމައަށް (2008 ޑިސްމްބަރ 30) މިލަވަ ޔޫޓިއުބް މެދުވެރިކޮށް ބަލާފައިވާ ޢަދަދަކީ 7,235,871 އެވެ.

Print

ޤައުމީ ދިދައިގެ އަޑު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އޯޑިއޯ




ޅެން: ޖައުފަރު ޢަބްދުއްރަޙްމާން
ރާގު / މިޔުޒިކު: ޢަލީ މަނިކު (ދާރީ)


ފަޚްރުވެރިކަން ހާމަކޮށް ދިނުމަށްޓަކާ ތާއަބަދުގާ
 ވިހުރިލަން ފުރުސަތު ލިބޭތޯ ލާށެ ތިދަރިން އަތުގުޅާ

ލިބުނު ފަޚުރާ ޢިއްޒަތުގެ ރަމްޒެއްކަމަށް ވެވިގެން މިތާ
 އިހުގެ ކާބަފައިންގެ ޤުރުބާނީ އެދިން މިނިވަންކަމާ
  ލިބުނު ނަޞްރުގެ ޙައްޤުގާ ވިހުރޭނަމޭ އަބަދަށްޓަކާ
Print

އާދަޔާ ޚިލާފު ޖަވާބު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ހެއްވާމަޖާ


ޢަބްދުލްމުޢީދު ޙަސަން


އެއީ އިމްތިޙާނެއްގައި އައި ސުވާލަކަށް ދޭން ޖެހުނު ޖަވާބެކެވެ. އިމްތިޙާނު ކަރުދާހުގައި އޮތް ސުވާލެއްގައިވެ އެވެ.

"ޢިޝާ ނަމާދުގައި ވަނީ ކިތައް
Print

30 ވަނަ އަރަތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


އެއް ކަމެއްގައި ތަފާތު އެތައް ގޮތަކަށް ޢަމަލުކުރެވޭނެ މަގު މާތްވެގެންވާ އިސްލާމްދީނުގައި ލައްވާފައިވެ އެވެ. އެކަމަކީ، މި މާތް ދީނުގެ ތަނަވަސްކަން ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ.

މިއަރަތުގައި ގެނެސް ދީފައި ވާނީ، އެއް ކަމެއް ކުރި ފަސް މީހެއްގެ ވާހަކަ އެވެ. ނަމަވެސް އެ ފަސް މީހުންގެ މައްޗަށް އޮތީ އެއް ޙުކުމެއް ނޫނެވެ. އެއިން ކޮންމެ މީހެއްގެ ޙާލަތު ތަފާތުވުމުން އެމީހެއްގެ މައްޗަށް އޮތް ޙުކުމް ތަފާތުވެފައިވެ އެވެ.
Print

ނުވާނެޔޭ ނުކުރެވޭނެޔޭ ނުބުނާ ހުނަރުވެރި އަންހެން ކުއްޖާ

ޝާޢިއުކުރީ abjaab . ހިމެނޭބަޔަކީ އެހެނިހެން


ސާތިދާ މިއަދު ވެފައިވަނީ މުޅި ޤައުުމުގެ ފަޚުރަކަށެވެ.



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


އަޅުގަނޑު ރާއްޖޭން ބޭރަށް ކުރާ ކޮންމެ ދަތުރަކާ ގުޅިގެންވެސް ކޮންމެވެސް މަޢުލޫމާތުކޮޅެއް ފަންވަތުގެ ކިޔުންތެރީންނާ ޙިއްސާކޮށްލެވޭތޯ ބަލަމެވެ. ގިނަ ފަހަރަށް އަޅުގަނޑަށް ދިމާވާ ކަމެއްގެ ވާހަކައިންނެވެ. ނަމަވެސް މިފަހަރު ތިޔަ ބޭފުޅުންނާ މި ޙިއްޞާކޮށްލަނީ ތައިލެންޑްގެ މިއަދުގެ ފަޚުރު ކަމުގައިވާ ނާންގެ ވާހަކައެވެ. ލަވަކިޔުމުގެ ދާއިރާއިން މި ދިޔަ މަހު އާދަޔާ ޚިލާފު ބޮޑު ކާމިޔާބީއެއް ދުނިޔޭގެ ފެންވަރުގައި ޙާޞިލުކުރި ސާތިދާ ޕްރޮމްޕިރިޔާގެ ކާމިޔާބީގެ ވާހަކައެވެ.

ގިނަ ބަޔެއްގެ ކުރިމައްޗަށް، ޢާއްމުންގެ ތެރެއަށް ނުކުމެ ފުރަތަމަ ފަހަރަށް ސާތިދާ (ނާން) ލަވައެއް ކީ އޭނާގެ ޢުމުރުން 10 އަހަރުގައި، ސްކޫލް ލަވަމުބާރާތެއްގައެވެ.
Print

ސްކައި ނިއުސް ލައިވް - އޮންލައިން ޓިވީ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވީޑިއޯ


ސްކައި ނިއުސްގެ މައިމަރުކަޒު ހުންނަނީ އިގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައެވެ.
އެންމެ ފުރަތަމަ ޚިދުމަތްދޭން ފަށާފައިވަނީ 5 ފެބރުވަރީ 1989ގައެވެ.
މިހާރު އިގިރޭސިވިލާތުގައި ޚިދުމަތް ދިނުމަށްޓަކައި 7 މަރިކަޒު ޤާއިމްކުރެވިފައި ވެއެވެ.
ސްކައިނިއުސްގެ ވެރިޔަކީ ރުޕާރޓްމަރޑޯރޗް އެވެ. އަދި ހިގަމުންދަނީ މިވަގުތު ދުނިޔޭގައި އެންމެ ފުޅާ ޚަބަރާ މަޢުލޫމާތު ފެތުރުމުގެ ވިއުގައެއްކަމަށްވާ "ނިއުސް ކޯޕަރޭޝަން" ގެދަށުންނެވެ.

ސްކައިނިއުސްގެ އެންމެ ފަހުގެ ސުރުހީތައް ވަގުތުން ބައްލަވާލައްވާ"
Print

މާތައް ފަރިވަނީއޭ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އޯޑިއޯ


ޅެމުގެ ދޭހަ

މިއީ ފަންވަތުގައި އަލަށް ފެށޭ، މުނިފޫހި ފިލުވުމުގެ އަދަބީ ސިލްސިލާއެކެވެ. މި ބައިގައި ތަފާތު ރަހަރަހައިގެ ޅެންވެރި އުފެއްދުންތައް ގެނެސްދެވޭނެއެވެ.  ޅެމުގެ ކުރު، ދޭހަޔަކާއެކީގައި، ޅެމުގެ އޯޑިއޯ ވެސް ހިމަނައިލެވޭ ގޮތުގަ އެވެ.

އާދަމް ނަޞީރު އިބްރާހީމް
(ޝާޢިރުލްމަޤުތޫލު)


''ވީހުގެ އަހަރުތަކާ'' ހަމަޔަށް ދިޔައިރު ވެސް އެ ޒުވާނާއަށް ދުނިޔެ އުޅެވިފައި އޮތީ، ނުބައިކަމެއް ނަމަ، ނުކޮށް ދޫކޮށްލުމަކީ، އެއީ ކުށެއް ކަމަށް ހީވާ ފަދަ ގޮތަކަށެވެ. އިރު ކޮއްތާއި ބޯފެނަށްވުރެ މަސްތުވާތަކެތީގެ ބޭނުން ހަށިގަނޑަށްބޮޑެވެ. އެހެންކަމުން ކުރިމަތިލާންޖެހުނު ޞިއްޙީ، އިޖުތިމާޢީ، މައްސަލަތައް ނުރައްކާތެރި އެވެ. އަޚްލާޤީ، ޤާނޫނީ، މައްސަލަތައް ބިރުވެރި އެވެ.  ވޭނާއި ކެކުޅުން ރިހުންގަދަ އެވެ. މި މުޞީބާތްތަކުގެ ސަބަބުން ކަންނޭނގެ އެވެ.  ޚިޔާލަށް ކޮންމެ ވެސް ކުއްލި ބަދަލެއް އަތުވެއްޖެ އެވެ.
Print

ދެ ފަހަރަށް ހިނިފުޅު ވަޑުވައި ލައްވާ!

ޝާޢިއުކުރީ ޢަބްދުއްރަހީމް މަނަދޫ . ހިމެނޭބަޔަކީ ހެއްވާމަޖާ


ޅޮހީ ޢަބްދުއްރަޙީމު


1- ވާހަކަ ދަންނަވާ މީހާ

އެއްޒަމާނެއްގައި އުޅުނު ރަސްކަލަކަށް ވާހަކަ ކިޔާ މީހަކު ވާހަކަ ދަންނަވައިދޭން ފަށައިފިއެވެ.

"އެއްޒަމާނެއްގައި އުޅުނޯ މީހަކު......"
Print

29 ވަނަ އަރަތް - ކުޑަކުދިންނަށް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މާތް ﷲ ކީރިތި ޤުރުއާނުން ބާވައިލެއްވި ފުރަތަމަ ބަސްފުޅުގައި އަންގަވާފައިވަނީ ކިޔެވުމަށެވެ. އެ ބަސްފުޅަކީ (اقْرَأْ) އެވެ. އެއީ އަލްޢަލަޤު ސޫރަތުގެ ފުރަތަމަ ކަލިމަ އެވެ. އެ ސޫރަތުގެ ހަތަރުވަނަ އާޔަތަކީ، (الَّذِي عَلَّمَ بِالْقَلَمِ) މިއެވެ. މިއާޔަތުގެ މާނައީ، "އެކަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެ އެވެ." އެވެ. ލިޔެކިޔަން ދަސްކުރުމަށްޓަކައި ކުޑަކުދިން އެންމެ ފުރަތަމަ ބޭނުންކުރާ އެކައްޗަކީ، ފަންސުރެވެ. ފަންސުރަކީ، ޤަލަމުގެ ބާވަތެކެވެ. އިނގިރޭސި ބަހުން އެއަށް ކިޔަނީ "ޕެންސިލް" އެވެ. ޕެންސިލް ލިޔާނީ (Pencil) މިހެންނެވެ. ނަމަވެސް ބައެއް ކުދިން އޮޅިގެން ޕެންސިލް (Pennsyl) މިހެން ލިޔަ އެވެ.

ސުވާލަކީ:

Print

ކާކުހެއްޔެވެ؟ އުޅެނީ ކޮންތާކުހެއްޔެވެ؟

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެހެނިހެން


"އަހަންނަކީ ޢިޝްޤެވެ. އަހަރެން ވަނީ އިންސާނާގެ ލޮލުތެރޭގަ އެވެ."


ތަރުޖަމާ: އަޙުމަދު ނިޔާޒު / ދޯދި


ބުނެވެ އެވެ. ''ބުއްދި''، އެއްދުވަހަކު ލުޤުމާނު ޙަކީމުގެ އަރިހަށް އަ އެވެ.  ލުޤުމާނު ސުވާލު ކުރެއްވި އެވެ. "ތިޔައީ ކާކުހެއްޔެވެ؟  އުޅެނީ ކޮންތާކުހެއްޔެވެ؟" ޖަވާބުގައި "ބުއްދި" ދެންނެވި އެވެ. "އަހަންނަކީ ބުއްދި އެވެ. އަހަރެން އުޅެނީ އިންސާނާގެ ބޮލުތެރޭގަ އެވެ."
Print

އަހަރެން ދިވެއްސަކަށް ވީތީ ފަޚުރުވެރިވަމޭ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އޯޑިއޯ





ޅެން: އާދަމް ނަޞީރު އިބްރާހިމް/ ތޮއްޑޫ
ރާގު / މިޔުޒިކު: ޢަލީ މަނިކު (ދާރީ)

ރަޙްމަތުގެ ފިނި ހިޔާ ލިބިދޭ މީ ދިވެހިބިމޭ
 އަހަރެން ދިވެއްސަކަށްވީތީ، ފަޚުރުވެރިވަމޭ
  މިހިތާފުރާނައިން މި ނިދާ ހަމަކޮށްދެމޭ
    އަހަރެން ދިވެއްސަކަށްވީތީ، ފަޚްރުވެރިވަމޭ

ފިރުމައިދޭ ހިމޭން ވައިރޯޅިން މި ޖައްވުގާ
 އިރު ހަނދު ތަރީގެ ނޫރު އޮހޭ ފެހި މި ޒާރުގާ
  މި ރިވެތި ހިމޭން ވަތަނުގެ ކަރާމަތުގެ ޙައްޤުގާ
   އަހަރެން ދިއްވެއްސަކަށްވީތީ، ފަޚުރުވެރިވަމޭ
Print

ޙުނައިނުގެ ޚުއްފު ހިފައިގެން އަތުވެއްޖެ އެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ހެއްވާމަޖާ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ޢަރަބީންގެ ތެރޭގައި ހިނގާފައިވާ ހާދިސާތައް ބުނެދޭ ވާހަކަތަކުގެ ތެރެއިން ވާހަކައެއްގައި ވެ އެވެ.

ޙުނައިނަކީ، ޢަރަބީންގެ ތެރޭގައި ހުރި ޚުއްފު ހަދަން މަޝްހޫރު މީހެކެވެ. އެއްދުވަހަކު، އަޢުރާބީއަކު، އޭނާގެ އަތުން ޚުއްފެއް ގަންނަން ދިޔަ އެވެ. އަޢުރާބީ ބޭނުންވި އަގަށް ޚުއްފު ވިއްކާތޯ، އޭނާ އެތައް ޒުވާބެއް ކުރި އެވެ. ނަމަވެސް، ޙުނައިނުގެ އަތުން އެ އަގަށް އޭނާއަށް ޚުއްފެއް ލިބޭނެ ގޮތެއް ނުވި އެވެ. އެންމެ ފަހުން، ޖަމަލަށް ސަވާރުވެގެން އަޢުރާބީ އޭނާ އައިކޮޅަށް ދިއުމަށްޓަކައި ދަތުރު ފެށި އެވެ.
Print

28 ވަނަ އަރަތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިއަރަތަށް އިނާމެއް ކަނޑައެޅިފައެއް ނެތެވެ. ނަމަވެސް މިއީ ހަމަ ކޮންމެ ބޭފުޅަކު ވެސް ޖަވާބު ދެއްވަން އެންމެ ރަނގަޅު އަރަތެކެވެ.

މީހަކު އޭނާގެ ރަޙުމަތްތެރިޔަކަށް މި އަރަތް ޕޯސްޓުން ފޮނުވުމުން، އެ ރަޙުމަތްތެރިޔާ އޭނާގެ އަނބިމީހާގެ ގާތުގައި ބުންޏެވެ. "ޙަލާލުކުރެއްވި ކަންތައްތަކުގެ ތެރެއިން މާތް ﷲ އެންމެ ރުހިވޮޑިނުގަންނަވާ ކަމަކީ ވަރި އެވެ."
އަނބިމީހާ ބުންޏެވެ. "ތިއުޅެނީ އަހަރެން ވަރިކުރަން ހެއްޔެވެ؟"
ފިރިމީހާ ބުންޏެވެ. "ނޫނެކެވެ. މިއުޅެނީ އަހަރެމެން ދެމީހުންނަށް ދަރިން ނުލިބޭތީ އެހެން މީހަކާ އިންނަން ކަމަށެވެ."
އަނބިމީހާ ބުންޏެވެ. "ތިކަމުގައި ޢަދުލުވެރިވުން ނޫން ކަމެއް ތިބާގެ ކިބަޔަކުން ނޭދެމެވެ."
Print

ރަމަޟާންމަހުގެ ދީވާނުގައި (2)

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އެހެނިހެން


އެއްކޮށް،ލިޔުނީ: އަޙްމަދު އަޖްމަލް ޙާމިދު                               27 އޮގަސްޓް(ހުކުރު) އާ ގުޅޭ...

7.    ރަހުމަތްތެރިން ކުރާ އަނިޔާ

އެއްދުވަހަކު އެކުވެރި ދެ ރަޙްމަތްތެރިޔަކު ސަހަރާތެރޭ ހިނގަމުންދިޔަ އެވެ. އޭގެ ދެ މީހުން ސަހަރާގެ އަޑިގުޑަންތައް ހުރަސްކުރަމުންދިޔައީ އޮލަ ވާހަކައިގެ ތިބެއެވެ. މިހެން ގޮސް އެ ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަ ހޫނުވެގެން ގޮސް ބޮޑު ތަޅާފޮޅުމަކަށް ބަދަލުވެގެން ހިނގައްޖެ އެވެ. އޭގެތެރެއިން އެކަކު އަނެކަކުގެ މޫނުމަތީ ޖަހައިފި އެވެ. އަނިޔާވި އެކުވެރިޔާ އޭނާގެ ރަޙްމަތްތެރިޔާ ދެކެ ވަރަށް ގަދަޔަށް ރުޅިއަ އެވެ. ނަމަވެސް އޭނާ އެކަމުގެ ބަދަލެއް ނުހިފަ އެވެ. އޭނާ ބިންމަތީ  ދެކަކޫޖަހައި އިށީނެވެ. އަދި ބިމުގެ ވެލިގަނޑުގައި
Print

"ޙާނާ އާއި މާނާ މަގޭ ބޯ ކާލައިފި އެވެ."

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ހެއްވާމަޖާ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


މިއީ ދެ މީހުނާ އިން މީހެއްގެ ވާހަކަ އެވެ.
އެ ދެ މީހުންގެ ބަހަށް އޭނާ ހެއްލުނު ވާހަކަ އެވެ.
އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ނަތީޖާގެ ވާހަކަ އެވެ.
އަދި އޭނާއަށް ބުނެވުނު ބަސް، މިސާލު ބަހަކަށް ވީ ވާހަކަ އެވެ.


މީހަކު ދެ މީހުނާ އިނެވެ. އޭގެ ތެރެއިން އެކަކުގެ ނަމަކީ، ޙާނާ އެވެ. އަނެކަކުގެ ނަމަކީ، މާނާ އެވެ.

ޙާނާއަކީ، ކިރިޔާ މީހަކާ އިނދެވޭ ވަރުގެ ޅަ ޒުވާން ކުއްޖެކެވެ.
Print

27 ވަނަ އަރަތުގެ އިނާމު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


އިނާމުގެ އިތުރުން

ޛުލްޤަރުނައިނި ރަސްގެފާނު ބަޙުރުއްޡުލްމާތަށް ވަޑައިގެންނެވި ވާހަކަ


ޢަބްދުލްމުޢީދު ޙަސަން


މި އަރަތުގެ ޖަވާބު ދިމާކުރެއްވި ޢިއްޒަތްތެރި ކިޔުންތެރިންނަކީ:

1.    މ.ވ.ޝ.
2.    ނޡމ.
3.    ޢަލީ.
4.    ނާހިދު.
5.    މ.ޒ.އ.
6.    ޝާ.
7.    ޢަބްދު ﷲ ރިޟުވާން.
8.    ޙުސައިން ރިޟުވާން.

މި 8 ބޭފުޅުންނެވެ. މީގެ އިތުރުން ދަރިވަރެއްގެ ނަމުގައި ޖަވާބު ދެއްވާފައިވާ ޢިއްޒަތްތެރި ކިޔުންތެރިޔާ ވެސް ދެއްވާފައިވަނީ ހަމަ ރަނގަޅު ޖަވާބެވެ.
Print

ރަމަޟާންމަހުގެ ދީވާނުގައި

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ އެހެނިހެން


އެއްކޮށް،ލިޔުނީ: އަޙްމަދު އަޖްމަލް ޙާމިދު

1.    ރޯނު އެދުރު

އެއްފަހަރަކު ޒުވާނަކު ޚަލީފާ މައުމޫންގެ އަރިހަށް ގޮސް އޭނާ އެއީ ބޮޑު ޢިލްމުވެރިއެއްކަމުގެ ދަޢުވާ އުފުލި އެވެ.  އޭނާ ދެންނެވި އެވެ.  "ޙަދީޘް ޢިލްމާބެހޭގޮތުން އަޅުގަނޑާ ސުވާލުކުރައްވަބައްލަވާށެވެ!  މަނިކުފާނު ކޮންމެ ސުވާލެއް ކުރެއްވިޔަސް، އަޅުގަނޑު ޖަވާބު އަރުވާނަމެވެ.

އޭނާ މިހެން ދެންނެވުމުން  ޚަލީފާ މައުމޫން އޭނާކުރެން ޙަދީޘް ފޮތްތަކުގެ ވަކި ބާބެއްގެ މަޢުލޫމާތާ ބެހޭގޮތުން ސުވާލުކުރެއްވި އެވެ. އެ ޒުވާނާ އަކަށް  ޖަވާބެއް ނުދެވުނެވެ. އެ މަނިކުފާނު ދެވަނަ ސުވާލެއް ވެސް ކުރެއްވި އެވެ. މި ފަހަރުވެސް އެޒުވާނާއަކަށް ޖަވާބެއް ނުދެވުނެވެ. ޚަލީފާ ކުރެއްވި އެއްވެސް ސުވާލަކަށް އެޒުވާނާއަކަށް ޖަވާބެއް ނުދެވުނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ