އަދުގެ ޚާއްސަ

މުނިފޫހި

Print

ހަލީސާ 02

ޝާޢިއުކުރީ ޢަބްދުއްރަހީމް މަނަދޫ . ހިމެނޭބަޔަކީ ހެއްވާމަޖާ


ތިޖޫރީ

ޅޮހީ ޢަބްދުއްރަޙީމް/ މަނަދޫގެ


އާއިލާއެއްގައި އުޅޭ ފަސްކުދީންނެވެ. އެއްދުވަހަކު އެންމެ ކުޑަ ކުއްޖާއަތުގައި އޮތް އެއްޗަކަށް އިޝާރާތްކޮށް ހުރިހާކުދިން ވާހަކަދައްކަން ފަށައިފިއެވެ.
އެންމެ ބޮޑު ކުއްޖާ: ކޮއްކޯ! ކޮއްކޮ އަތުގައި ތިއޮތީ ތިޖޫރީއެއްދޯ !
ދެވަނައަށްހުރި ކުއްޖާ: އެހެން ނުވާނެ. އެއީ ބޭންކެއް
ތިންވަނައަށްހުރި ކުއްޖާ: ބޭންކެކޭ. ގައިމު ބައްޕަ ބުނާ އަޑު އެހިން އެއީ ބަޖެޓެކޭ!
ހަތަރުވަނައަށްހުރި ކުއްޖާ: އެއީ ބޭންކެއްވެސް ނޫން. ތިޖޫރީއެއްވެސް ނޫން. ބަޖެޓެއްވެސް ނޫން. އެއީ ލާރި ދަބަހެއް
އެންމެ ހަގުކުއްޖާ: އެކަކަށްވެސް ނޭންގުނެއްނު. މީ ވޮލެޓެކޯ...
Print

27 ވަނަ އަރަތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިއަރަތަށް ޖަވާބު ދެއްވުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ، 31 ޖެނުއަރީ 2010 އެވެ.
މިއަރަތުގެ ރަނގަޅު ޖަވާބު ދެއްވާ ބޭފުޅުންނަށް އެރުވުމަށް ހަމަޖެހިފައިވާ އިނާމަކީ، ވެބްސައިޓެކެވެ.


އަރަތް:

މިއީ މީގެ ކުރިން ގެނެސްދެވިފައިވާ އަރަތްތަކާ ތަފާތު އަރަތެކެވެ.
ތިރީގައިވާ ފޮޓޯގައި އެވަނީ، އިސްލާމީ ދުނިޔޭގެ ވަރަށް މަޝްހޫރު ޝަޚުޞިއްޔަތެކެވެ.
އެސްފިޔަ ނުޖައްސަވާ އެއް މިނިޓް އިރު ވަންދެން ފޮޓޯގެ މެދަށް ބައްލަވާށެވެ.
Print

ބައެއް މުޞްޠަލަޙުގެ މާނަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


މަރްޙޫމު
މީސްތަކުން އޭނާގެ ކުށްތައް ހަނދާން ނައްތާލާނެ ނަސީބުވެރިޔެކެވެ.

ކަށްވަޅު
މިހާތަނަށް އެއްވެސް މީހަކަށް ނުކުމެވިފައި ނުވާ އަނދަވަޅެކެވެ.

އެކުވެރިޔާ
ފައިދާއެއް ނެތް މީހެއް ކަމުގައި ވާއިރު ވެސް ހިތްހަމަޖެހުން ލިއްބައިދޭ މީހެކެވެ.

ތަޖުރިބާ
ދުލަށް އަންނަހައި ބަސްތަކެއް ބޭރުކޮށްނުލާ ހިފެހެއްޓުމަށް ދަސްކޮށްދޭ ފަންނެކެވެ.
Print

ހަލީސާ

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ހެއްވާމަޖާ


ޝާކިރު

01-    އިމްތިޙާނު ދުވަސް.

މުޅިއަހަރު ދުވަހު ކުޅިވަރުގައި ހޭދަކުރި ދަރިވަރަކު އެއަހަރުގެ ފައިނަލް ޓެސްޓް ޕޭޕަރ ގައި އިށީނދެ ސުވާލުތަކަށް ބަލަން އިނެވެ. ހުރިހާ ސުވާލެއްކީއިރުވެސް ޖަވާބު ދޭންއެނގުނު އެންމެ ސުވާލެއްވެސް ދިމައެއް ނުވިއެވެ. އެންމެފަހުން ކަރުދާސް ގަނޑުގައި ޅެންބައިތެއް ލިޔުނެވެ.

ޚަޒާނޭކީ ކުންޖީ ތެރޭ ހާތުހޭ (ޚަޒާނާގެ ތަޅުދަނޑިވަނީ ސަރ ގެ އަތްޕުޅުގައެވެ).

އަގަރު ޕާސް ކަރުދޭތޯ ކިޔާ ބާތުހޭ (ފާސްކޮށްދެއްވިއްޔާ ވާނީ ކީއްތޯއެވެ).

ޓީޗަރު ޕޭޕަރތައް މާކުރަމުން ގޮސް މި ޕޭޕަރ ފެނުމުން އޭގެ ތިރީގައި ލިޔުއްވިއެވެ.

ކިތާބޯންކެ ގަޓްރީ ތެރޭ ސާތު ތީ (ފޮތުގެ ބަންޑެލިތައްވަނީ ކަލޭގެ އަތުގައެވެ).
އަގަރު ޔާދު ކަރުތާ ތޯ ކިޔާ ބާތު ތީ (ހަނދާން ކުރިނަމަ އަޅެވާނީ ކީއްހޭ).
Print

ސަޅި ގޮތްގޮތަށް ގަސް ހެއްދިދާނެ އެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ޢަބްދުލްމުޢީދު ޙަސަން


މިއީ، ހަދާފައިވާ ފޮޓޯތަކެއް ނޫން ކަމަށް ބުނެވެއެވެ.

ޙަޤީޤަތްކަމަށް ވާނަމަ، މިއީ ވަރަށް ބުރަ މަސައްކަތުން ނޫނީ ނުކުރެވޭނެ ކަހަލަ ކަމެކެވެ. ...

އެއް ގަހަކީ އެތައް ގަހެއް ގުޅުވައިގެން ހަދާފައިވާ ގަހެކެވެ. އަނެއް ގަސް އެހެރީ ހަރުގަނޑެއްގެ ސިފައިގައެވެ. އަނެއް ގަސް އެހެރީ މަގުގެ ދެފަރާތަށް ދެފައި ބާލައިގެންނެވެ.

ބައްލަވާލައްވާށެވެ!
Print

26 ވަނަ އަރަތުގެ އިނާމު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މި އަރަތަށް ޖަވާބު ދެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.

މިއަރަތުގެ ރަނގަޅު ޖަވާބު ދިމާކުރައްވާ ބޭފުޅުންނަށް އެރުވުމަށް ހަމަޖެހިފައިވާ އިނާމުގައި، 10 ފަންގިފިލާއަށްވުރެ ތިރި ނޫން ޢިމާރާތެއް ހިމެނޭ ކަމަށް ވާނީ ދެންނެވިފަ އެވެ. އެ އިނާމަކީ، ތިރީގައި މިވާ ފޮޓޯއާއި ކުރެހުންތަކެވެ. މި ފޮޓޯއާއި ކުރެހުންތަކުގެ މަޞްދަރަކީ، ޢަރަބި އިންޖިނިއަރުންގެ ވެބްސައިޓެވެ.
Print

ބައްޕައަށް މިގޮތް ރަނގަޅުބާ؟

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ހެއްވާމަޖާ

 
ދަރިފުޅު: ބައްޕާ ކީއްވެތަ މާމަޔަށް ލަކުޑިން ހަދާފައިވާ ތަށީގައި ކާންދެނީ.
ބައްޕަ:    (ކުޑަކޮށް ހީނލާފާ) ކިހިނެއްވީ ދަރިފުޅާ! މާމަ މިހާރު މުސްކުޅިވެ އެހެން ބަލި އެނދުގައި އޮންނަތާ އެތައްޒަމާނެއް.
           މާމަ އަތުން ތަށިވެއްޓި ތެޅޭނެތީ ލަކުޑި ތައްޓަކަށް އަޅާފައި އެއްޗެހި ބަހައްޓަނީ.   
Print

ކަރާއިން ވަރަށް ގިނަ އެއްޗެހި ހެދިދާނެ އެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ޢަބްދުލްމުޢީދު ޙަސަން


ޢާއްމު ގޮތެއްގައި ކަރާގެ ބޭނުންކުރަނީ ކެއިންބުއިމުގައެވެ. ނަމަވެސް ބައެއް ފަންނާނުން އެހެން ގޮތަކަށް އޭގެ ބޭނުންކުރެއެވެ. ފަންނާނުން އެއިން ހަދާފައިވާ ތަކެތި ތިރީގައިވާ ފޮޓޯތަކުގައި އެވަނީއެވެ. ބައްލަވާލައްވާށެވެ!

މި ފޮޓޯތައް ނަންގަވަން ބޭނުންވާ ބޭފުޅުން ލަސްނުކުރައްވައި އަވަހަށް ނެންގެވުން އެދެމެވެ. މާދަމާ އިރުއަރާއިރު، މި ތަނުގައި މި ފޮޓޯތައް ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ މިއީ އެހެން ސައިޓެއްގައިވާ ފޮޓޯތަކެކެވެ. އެސައިޓުން މި ފޮޓޯތައް ބޭރުކޮށްލައިފިނަމަ، މިތަނުގައި ވެސް މިޔެއް ނުހުންނާނެއެވެ.
Print

26 ވަނަ އަރަތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިއަރަތުގެ ޖަވާބު ދެއްވުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ، 10 ޖެނުއަރީ 2010 އެވެ.

މިއަރަތުގެ ރަނގަޅު ޖަވާބު ދިމާކުރައްވާ ބޭފުޅުންނަށް އެރުވުމަށް ހަމަޖެހިފައިވާ އިނާމުގައި، 10 ފަންގިފިލާއަށްވުރެ ތިރި ނޫން ޢިމާރާތެއް ހިމެނެ އެވެ.


އަރަތް:

އަހަރެންނަކީ، އިސްލާމީ ބުދެކެވެ. ބަރބީއާ ވާދަކޮށް އަހަރެން ކުރި ހޯދީމެވެ. ބައެއް ޢަރަބި ޤައުމުތަކުގެ ސްކޫލްކުދިންނަށް، އަހަރެން ގެންގުޅުން މަނާކުރެވުނެވެ. އޭގެތެރެއިން އެއް ޤައުމަކީ، ޓިއުނީޝިއާ އެވެ.
Print

އަނބިމީހާއާއި ސެކެއްޓެރީގެ ތަފާތުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ހެއްވާމަޖާ


ފޮނުވީ: އެމް

އަނބިމީހާއާއި އޮފީހުގައި އުޅޭ އަންހެން ސެކެއްޓެރީގެ ތަފާތަކީ ކޮބާ؟
މިސުއާލަށް ދެވިފައިވާ ބައެއް ޖަވާބުތައް ތިރީގައި މިވަނީއެވެ.

1. އަނބިމީހާއާއި ސެކެއްޓެރީއާ ދެމެދުގައި ބައެއް ފަހަރު، 30 ކިލޯމީޓަރުގެ ތަފާތުވާނެ.
2. އަނބިމީހާ އޮފީހުގައި ހިނގާ ކަންތަކާ ބެހޭނެ. ސެކެއްޓެރީ ގޭގައި ހިނގާ ކަންތަކާ ނުބެހޭނެ.
3. ސެކެއްޓެރީ އޮފީހުގައި އުޅޭނީ ވަރަށް ރީތި ހެދުން ލައިގެން. އަނބިމީހާ ގޭގައި އުޅެފާނެ ކޮންމެ ކަހަލަ ހެދުމެއް ލައިގެން ވެސް.
4. ސެކެއްޓެރީ، ތިބާކުރާ އަމުރުތައް ތަންފީޒުކުރާނެ. އަނބިމީހާ ތިބާއަށް އަމުރުކުރާނެ.
5. ތިބާ ސަލާމަތްކުރަން ސެކެއްޓެރީ ދޮގުހަދާނެ. ތިބާއަށް އޮޅުވާލަން އަނބިމީހާ ދޮގުހަދާނެ.
6. ތިބާއާ ދިމާވާ ކޮންމެ މައްސަލައަކަށް ޙައްލު ހޯދާދޭން ސެކެއްޓެރީ އުޅޭނެ. ތިބާ ހޯދާ ކޮންމެ ޙައްލަކާމެދު މައްސަލަ ޖައްސަން އަނބިމީހާ އުޅޭނެ.
7. ތިބާއަށް ދެއްކިދާނެ އުޒުރާއި ބަހަނާތައް ހޯދާދޭން ސެކެއްޓެރީ މަސައްކަތް ކުރާނެ. ތިބާ ދައްކާ އުޒުރާއި ބަހަނާތަކާމެދު އަނބިމީހާ ޝައްކުކުރާނެ.
8. ސެކެއްޓެރީ، ތިބާއަށް ކަންތައްތައް ކޮށްދޭނެ. އަނބިމީހާ، ތިބާލައްވާ ކަންތައްތައް ކުރުވާނެ.
9. ސެކެއްޓެރީ ދެކޭނީ ތިބާއަކީ ވެރިޔެއް ކަމަށް. އަނބިމީހާ ދެކޭނީ ތިބާއަކީ ޚާދިމެއް ކަމަށް.
10. ސެކެއްޓެރީއަކީ ކުރިޔަށް އޮތް ލޯބީގެ މަޝްރޫޢެއް!!! އަނބިމީހާއަކީ ފާއިތުވެ ގޮސްފައިވާ ލޯބީގެ މަޝްރޫޢެއް!!!

ނޯޓް: މިތަފާތުތައް ހުރުމާއެކު ވެސް، ރަނގަޅު ފިރިންނަކީ، 10 ވަނަ ނަންބަރުގައި އެވާ މަޝްރޫޢު ނުފަށާ، އަނބިމީހާއަށް ލޯބި ދީގެން އުޅޭ ފިރިންނެވެ.

Print

ކީރިތި ޤުރުއާން ލިޔެފައިވާ ކުކުޅުބިސްތަކެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ޢަބްދުލްމުޢީދު ޙަސަން


އިސްލާމީ ފަންނުތަކުގެ ތެރެއިން އަރާހުރި އެއް ފަންނަކީ، އަތުލިޔުމެވެ. މިފަންނުގައި، މުސްލިމު ފަންނާނުންނަކީ، ވަރަށް ވެސް ފުންނާބު އުސް ބަޔެކެވެ. މި ފަންނާއެކު ކުރިއަރާފައިވާ އަނެއް ފަންނަކީ، އިސްލާމީ ޒަޚުރަފާކުރެހުމުގެ ފަންނެވެ.

ތިރީގައި މިވަނީ، ސަޢޫދީ އަރަބިއްޔާގެ ކުޅަދާނަ ފަންނާނެއްގެ އާދަޔާ ޚިލާފު މަސައްކަތްތަކެކެވެ. އޭނާވަނީ، ކުކުޅު ބިސްތަކެއްގައި ކީރިތި ޤުރުއާން އެއްކޮށް ލިޔެ، އޭގައި ޒަޚުރަފާ ކުރަހާފައެވެ. އޭނާގެ ނަމަކީ، އަޙުމަދުލް ޢަބްދާނެވެ. ހޮބީއެއްގެ ގޮތުގައި އަތުލިޔުމުގެ މަސައްކަތް އޭނާ ކުރާތާ ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ބުނެވެއެވެ. ކުކުޅު ބިހެއްގައި، 4460 އަކުރު އޭނާ ވަނީ ލިޔެފައެވެ.
Print

25 ވަނަ އަރަތުގެ ޖަވާބު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިއަރަތަށް ފުރަތަމަ ހުށަހެޅިފައިވަނީ، އެއްމެ އިނާމެކެވެ. ނަމަވެސް ޖަވާބު ދެއްވަން މަސައްކަތްކުރެއްވި ބޭފުޅުންގެ ޢަދަދު ގިނަވުމާއެކު، ހިތްވަރު ދިނުމުގެ އިނާމެއް ދޭ ގޮތަށް ފަހުން ހަމަޖެއްސުނެވެ.

މިއަރަތަށް ލިބިފައިވާ ޖަވާބާއި ޚިޔާލުތަކުގެ ޢަދަދަކީ 28 އެވެ. ޖަވާބު ދިނުމުގެ ހަމަތަކާ އެއްގޮތަށް ޖަވާބު ދެއްވާފައިވާ ބޭފުޅުންނަކީ:
Print

ނޫސްވެރިއެއްގެ ސުއާލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ހެއްވާމަޖާ

ނޫސްވެރިޔަކު، ޤައުމެއްގެ މަސްއޫލުވެރިޔަކާ ސުއާލުކުރިއެވެ.
"ސާދައަހަރުގައި ރަސްކަމަށް އިސްކުރުމަށް ޤާނޫނު ހުއްދަކުރާއިރު، އަށާރަ އަހަރު ނުފުރެނީސް މީހަކާ އިންނަން ޤާނޫނު ހުއްދަ ނުކުރަނީ ކީއްވެގެންތޯ؟"
މަސްއޫލުވެރިޔާ ޖަވާބުދިނެވެ.
"އެއީ، އަނތްބަކު ގެންގުޅުމަށްވުރެ، ޤައުމެއްގެ ކަންތައްތައް ބެލެހެއްޓުން މާފަސޭހަކަމަށް ވާތީ."

Print

އަތްތިލައެއްގެ ސިފައިގައިވާ ލުނބޯ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ޢަބްދުލްމުޢީދު ޙަސަން

އަތްތިލައެއްގެ ސިފައިގައިވާ ލުނބޮއެއްގެ ފޮޓޯ އިންޓަރނެޓްގައި ފެތުރެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ބައެއް މީހުން އެ ލުނބޯ އަތްތިލައެއް ކަމަށް ސިފަކުރިޔަސް އަނެއް ބަޔަކު ދެކެނީ އެއާމެދު އެހެން ގޮތަކަށެވެ. އެހެނީ، އޭގައިވާ އިނގިލިތައް ބޮޑަށް ވައްތަރީ، އަތްފައިގެ ވަކިތަކުން ޝިކާރަކުރާ ޖަނަވާރެއްގެ ވަކިތަކަކާއެވެ.

އެ ލުނބޮއާމެދު ވާހަކަދައްކާފައިވާ މީހުން، އެއަށް ނަޒަރު ހިންގާފައިވަނީ، އެބަޔަކަށް ލިބިފައިވާ ޢިލްމުގެ އަލީގައެވެ.
Print

24 ވަނަ އަރަތުގެ އިނާމުގެ ޙައްޤުވެރިޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


24 ވަނަ އަރަތުގެ ޖަވާބު ދިމާކުރެއްވީ ހަތަރު ބޭފުޅެކެވެ.

އެއީ:
1.    ޝަރީފު
2.    އައްލުޑްބަ
3.    ހައްސާން
4.    ސަމް ވަން

މި ހަތަރު ބޭފުޅުންގެ މެދުގައި ލެވުނު ޤުރުޢަތުގެ ނަތީޖާ ތިރީގައި މިވަނީ އެވެ.
Print

ޙިމާރުގެ ކައިވެނި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ހެއްވާމަޖާ

ޙިމާރެއް ރައްޓެހިވެގެން އުޅުނު އަންހެން ޙިމާރެއް ގާތުން އެހިއެވެ.
"ދެން އަހަރެމެން ދެމީހުން އިންނާނީ ކޮންއިރަކުންތަ؟"
އަންހެން ޙިމާރު ބުންޏެވެ.
"ކަލޭގެ އަޑާއި ބަސްމަގު ތަންކޮޅެއް ރީތިވީއިރަކުން!"
Print

އިހުގެ ބާ ފަހާފޮށީގެ އަގު މައްޗަށް ދަނީ، އެއިން ޖިންނި ގެނެވޭތީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ފޮނުވީ: އެމް


ސަޢޫދީ ޢަރަބިއްޔާގެ މީހުން، މާ ބޮޑު އަގުގައި، ބާ ފަހާފޮށި ގަންނަ ވާހަކަ، ފެތުރުމާ ގުޅިގެން ފުލުހުން އެމައްސަލަ ތަޙުޤީޤުކުރެއްވިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ދިހާހާސް ސްޓާލިންގ ޕައުންޑަށް ފަހާ ފޮށްޓެއްމަގުން، ބައެއް މީހުން އެ ގަނެފައިވާ ކަމަށް އަޑުއަރާފައި ވެއެވެ. އަދި އޭގެ އަގު މައްޗަށް ގޮސް، އެ ލިބުން ދަތިވުމުން، ބައެއް މީހުން، ފަހާ ތަންތަނަށް ސިއްރިޔާތުގައި ވަދެ، އެ، ވަގަށް ނަގާފައިވާ ކަމަށް ވެސް ބުނެވުނެވެ.

Print

25 ވަނަ އަރަތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިއަރަތަށް ޖަވާބު ދެއްވުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ، 5 ޑިސެމްބަރ 2009 އެވެ.

މިއަރަތުގެ ރަނގަޅު ޖަވާބު ދިމާކުރެއްވި ބޭފުޅަކަށް އިނާމެއްގެ ގޮތުން ކަނޑައެޅިފައިވަނީ، ވަރަށް އަގުހުރި ޢިލްމީ ފޮތެކެވެ.

މިއަރަތަށް ޖަވާބު ދެއްވާއިރު، މި ޞަފުޙާގައި ލިޔެފައިވާ އެއްޗެއް ރަނގަޅަށް ވިދާޅުވުމަށްފަހު، ޖަވާބު ދެއްވުން ބުއްދިވެރި އެވެ. އެހެނީ އަރަތުގެ ޖަވާބު "ދެފޮޅުވަތް ދޭތެރޭގައި" ވެސް އޮވެދާނެ އެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ