އަދުގެ ޚާއްސަ

މުނިފޫހި

Print

ޔަހޫދީގެ ދަހިކަން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ހެއްވާމަޖާ

ފަރަންސޭސި ފަރަންޖީއަކާއި މިޞްރުގެ ޞަޢީދީއަކާއި ޔަހޫދީއަކު ރެސްޓޯރެންޓަކަށް ވަނެވެ.
މި ތިން މީހުންނަށް ތިން ތަށި ޖޫސް ގެނައިތަނާ، ތިން މެހި އައިސް އެއިން ކޮންމެ ތަށްޓެއްގައި މެއްސެއް ޖައްސައިފިއެވެ. އެހިނދު:
ފަރަންޖީ، ކަންބޮޑުވެ ފަކުރުގަނެ އާފުރުނެވެ.
ޞަޢީދީ، މެހި ފައްސާލާފައި ޖޫސްތަށި ބޯލިއެވެ.
ޔަހުދީ، މެހި ހިފާ އޭތި ފިއްތާ، އޭތި ޖޫސްތަށިން ބުއި ޖޫސް ފޮދު އަނބުރާ ތަށިތެރެއަށް ހޮޑުލައިގެން ނަމަވެސް އަޅައިދިނުމަށް އެންގިއެވެ!!!
Print

ފަންވަތުގެ ޢިއްޒަތްތެރި ކިޔުންތެރިންނަށް

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އެހެނިހެން


ރާއްޖެ އިސްލާމްވިދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ފަންވަތުގެ ފަރާތުން ތިޔަ ޢިއްޒަތްތެރި ކިޔުންތެރިންނަށް ދަންނަވަމެވެ. ދިމާވި ފަންނީ މައްސަލައެއްގެ ސަބަބުން، އާ ލިޔުންތައް ޝާއިޢުކުރުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. މި ކަމަށްޓަކައި ތިޔަ ޢިއްޒަތްތެރި ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ. މައްސަލަ ހައްލު ކުރެވޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަމު އެވެ.  މާތް ﷲގެ ވާގިފުޅާއެކު،  މި އަދު ހަވީރު  މައްސަލަ ޙައްލުކޮށް އާ ލިޔުންތައް ޝާއިޢުކުރަންފެށޭނެކަމަށް އުންމީދުކުރަމެވެ.
www.fanvai.info



Print

24 ވަނަ އަރަތުގެ ޖަވާބު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މި އަރަތުގެ ދެ ޖަވާބެއް ވެއެވެ. އެއް ޖަވާބަކީ ފަލްސަފީ ޖަވާބެވެ. އަނެއް ޖަވާބަކީ، ވިޔަ ޖަވާބެވެ. ހުރިހައި ބޭފުޅުން މަސައްކަތް ކުރައްވާފައިވަނީ ވިޔަ ޖަވާބު ދެއްވުމަށެވެ.

ރަނގަޅު ޖަވާބު ދެއްވާފައިވަނީ، 4 ބޭފުޅެކެވެ.

އަރަތުގެ ދެ ޖަވާބާއި ޖަވާބު ދިމާކުރެއްވި ބޭފުޅުންގެ ނަންތައް ތިރީގައި މިވަނީ އެވެ.
Print

ސާދާގަރުގެ ދަހިކަން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ހެއްވާމަޖާ

ސާދާގަރެއްގެ ގެއަށް ދިޔަ މެހުމާނަކު، ހެނދުނުގެ ނާސްތާ އަށްފަހު ސާދާގަރުގެ ގާތުގައި ބުންޏެވެ.
"ތިބާގެ ދަރިފުޅަކީ ހާދަހާ ދަހި ކުއްޖެކޭ، އޭނާ ރޮށްޓާ ރިހާކުރާ ކާއިރު، ރޮށީގައި ރިހާކުރު ޖައްސަނީ ވަރަށް ކުޑަކުޑަކޮށް."
އެހިނދު ސާދާގަރު ބުންޏެވެ.
"އަހަރެންގެ ދަރިފުޅު ތިޔަވީ، އަހަރެން ހީކުރި ވަރަށްވުރެ މާ ދީލަތި ކުއްޖަކަށް. އަހަރެން ރޮށި ކަނީ ރިހާކުރު ފުޅީގެ ބޭރުގައި ރޮށިކޮޅު ޖައްސާފަ."
Print

23 ވަނަ އަރަތުގެ ޖަވާބު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


އެއްވެސް ބޭފުޅަކަށް، މި އަރަތުގެ ޖަވާބު ދިމާނުކުރެއްވުނު ވާހަކަ ފުން ހިތާމައާއެކު ދަންނަވަމެވެ. އެހެންކަމުން، މިއަރަތުގެ އިނާމު ކަމަށްވާ ވެލާބިސްވަޅު އެއްވެސް ބޭފުޅަކަށް ލިބިވަޑައެއް ނުގަންނަވާނެ އެވެ.

އަރަތުގެ ޖަވާބު ތިރީގައިވާ ކުރެހުމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެވަނީ އެވެ.
Print

އަރަތް 24

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިއަރަތުގެ ރަނގަޅު ޖަވާބު ގެނެސްދިނުމަށް ހަމަޖެހިފައިވަނީ، 25 ނޮވެމްބަރ 2009 ގަ އެވެ. އޭގެ ކުރިން ޖަވާބު ދެއްވުން އެދެމެވެ.

މިއަރަތުގެ ރަނގަޅު ޖަވާބު ދިމާކުރެއްވި ބޭފުޅަކަށް ކުރީގެ އަރަތުގެ އިނާމާ ތަފާތު އިނާމެއް ކަނޑައެޅިފައި ވެ އެވެ. އެއީ، ޖުވޭސް ކެފޭއިން "ތަންދޫރި ޗިކަން" އެކެވެ. އިނާމާބެހޭ އިތުރު ތަފުޞީލު އަރަތުގެ ތިރީގައި ވާނެއެވެ.


މަގެއްގައި ދެމީހަކު ދުވަމުން ދިޔައެވެ. އެދެމީހުންކުރެ ކޮންމެ މީހަކު ދުވަނީ އަނެކަކު ދާ ކޮޅާ އިދިކޮޅަށެވެ. އެ ދެ މީހުން ބައްދަލުވާނީ، އެ ދެ މީހުންކުރެ ކޮންމެ މީހަކަށް 300 ކިލޯމީޓަރު ކަޑައްތުކުރެވޭއިރުގަ އެވެ.
Print

އަރަތް 23

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިއަރަތުގެ ރަނގަޅު ޖަވާބު ގެނެސްދިނުމަށް ހަމަޖެހިފައިވަނީ، 20 ނޮވެމްބަރ 2008 ގަ އެވެ. އޭގެ ކުރިން ޖަވާބު ދެއްވުން އެދެމެވެ.

މިއަރަތުގެ ރަނގަޅު ޖަވާބު ދިމާކުރެއްވި ބޭފުޅަކަށް ވަރަށް ބޮޑު އިނާމެއް ކަނޑައެޅިފައި ވެ އެވެ. އިނާމާބެހޭ ތަފުޞީލު، އަރަތުގެ ތިރީގައި ވާނެ އެވެ.
Print

އަރަތް: 22

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


ޢިމާރާތެއްގެ އެންމެ މަތީގައި ހަދާފައި ހުރި ހަރުގަނޑަކަށް މީހަކު އަރައި ހުއްޓާ، އެހެން މީހަކު އައިސް އޭނާއާ ދިމާއަށް ފިސްތޯލައެއް ދިއްކޮށްލާފައި ބުންޏެވެ.

"ހަމަ މިހާރު ފުންމާލާށެވެ! ނޫންނަމަ ތިބާ މަރާލާނަމެވެ."

އެއީ ދިހަ ފަންގިފިލާގެ އުސް ޢިމާރާތެކެވެ. އެތަނުން ބިންމައްޗަށް ފުންމާލައިފިނަމަ އޭނާ މަރުވެދާނެއެވެ.
އޭނާ އެތަނުގައި ހުރެއްޖެނަމަ، އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލާނެ ކަމުގެ އިންޒާރު އެބަދެއެވެ.
Print

އަރަތް: 21 (ކިތައް ބިސް؟)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިޞްރު މީހުން ކިޔައި އުޅޭ ވާހަކައެއްގައި ވެއެވެ.

މިޞްރުގެ ޠަންޠާގެ އަވަށެއްގައި ކުކުޅު ބިސް ވިއްކާ އަންހެނަކު އުޅުނެވެ. އާދަކާދައިގެ މަތިން ދުވާރު މަތީގައި އޭނާ ބިސް ވިއްކަން އިންދާ، އެހެން ދިޔަ މީހަކު، ބިސް އަޅާފައިވާ އެއްޗާ މުޑިއަރައި އޭތި ވެއްޓުނެވެ. ދެން އެތަނުގައި ތިބި ބަޔަކު އައިސް ބެލިއިރު، އޭގައިވާ ބިސްތައް ވަނީ ތެޅިފައެވެ. އެމީހުން އެހިއެވެ.

"ސިއްތި އެވެ. ތަޅައިގެން ދިޔައީ ކިތައް ބިސް ހެއްޔެވެ؟"
Print

އަރަތް - 21

ޝާޢިއުކުރީ އަޙްމަދު ޙާފިޒު . ހިމެނޭބަޔަކީ އަރަތް



ސްނޯޑްރޮޕް

ބަގީޗާއެއްގެ ތެރޭ ފޮޅިފަވާ މާތަކެއްގައި އުދުހިގެން އައި ދުނިތަކެއް ޖެއްސިއެވެ.

ކޮންމެ ދުންޏެއް މަލެއްގައި ޖެއްސުމުން އެއް ދޫނި ބާކީވެއެވެ.

ފަހަރަކު ދެ ދޫނި މަލެއްގަ ޖެއްސުމުން އެއްމާ ބާކީވެއެވެ.

އެހެންވީމާ ބަގީޗާގަ އިނީ މުޅިއެކު ކިތައްމާހެއްޔެވެ؟

 އަދި އެއީ ކިތައް ދޫނި؟
Print

އަރަތް - 20

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އަރަތް



ސްނޯޑްރޮޕް


އިއްޔެ ނޫން އޭގެ ކުރީދުވަހު އިޒީ އަށް ވީ 7 އަހަރު.

މި އަހަރު ފިޔަވައި އޭގެ ކުރީ  އަހަރު އިޒީއަށް 10 އަހަރު ފުރޭނެ.

އެއީ ކިހިނެއް؟
Print

އަރަތް - 19

ޝާޢިއުކުރީ މުސްލިމް މުޚްލިޞް . ހިމެނޭބަޔަކީ އަރަތް

 

އަހަންނަކީ ކާކު؟



ހުށަހެޅީ: މުޞްލިހު މުޙައްމަދު އިސްމާޢީލް



އަހަރެންނަކީ އިންސާނާގެ ހަށިގަނޑުގެ ގުނަވަނެކެވެ. އަހަރެންގެ ނަމުގެ ފަހަތަށް ފިލިޖަހައިފައިވާ އަކުރެއް އިތުރު ކުރީމާ، އަހަރެން ވަނީ އިންސާނާގެ ލޮލާއި ގުޅުން ހުރި އެއްޗެއްގެ ނަމަށެވެ. އަހަރެން ނަމުގެ ކުރިޔަށް ފިލިޖެހި އެއް އަކުރު އިތުރު ކުރީމާ އަހަރެން ވަނީ، އޮޅުވާލުމުގެ ގޮތުން ކުރާކަމަކަށް ނުވަތަ ލަކުޑީގެ ބާވަތަކަށްވެސް ކިޔާ ނަމަކަށެވެ. އަހަރެންނަކީ ކާކު ހެއްޔެވެ؟


Print

ފަންވަތު އަރަތް - 18

ޝާޢިއުކުރީ މުސްލިމް މުޚްލިޞް . ހިމެނޭބަޔަކީ އަރަތް


ހުށައެޅީ: މުޞްލިޙު މުޙައްމަދު އިސްމާޢީލް / ތ. ދިޔަމިގިލި

ދުވަހު ކުއްޔަށް، ކުއްޔަށްދޭ ކުލީ ކޮޓަރިއެއް، 3 (ތިން) މީހަކު ބައިވެގެން އެއް ދުވަހަށް ކުއްޔަށް ހިފިއެވެ. އެއްދުވަހުގެ ކުއްޔަކީ  30 (ތިރީސް) ރުފިޔާ ކަމުގައި ކޮޓަރީގެ ވެރިޔާ މި 3 (ތިން) މީހުން ގާތު ބުންޏެވެ. ދުވަސް ނިމުމުން މި 3 (ތިން) މީހުންވެސް ކުލި ދެއްކުމަށް ކޮޓަރީގެ ވެރިޔާ ގާތަށް ދިޔައެއެވެ. ކޮޓަރީގެ ކުއްޔަކީ 30 (ތިރީސް) ރުފިޔާ ކަމުން 3 މީހުން ކުރެ ކޮންމެ މީހަކުވެސް 10 (ދިހަ) ރުފިޔާ ދީގެން ކޮޓަރީގެ ކުއްޔަށްވާ 30 (ތިރީސް) ރުފިޔާ ކޮޓަރީގެ ވެރިޔާއާއި ޙަވާލު ކުރިއެވެ.
Print

ފަންވަތު އަރަތް - 17

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އަރަތް


ޢަބްދުﷲ ނަޢީމް އިބްރާހީމް

މީހަކު ހިނގާފައި ދަނިކޮށް މަގެއް ދެކަފިވާ ހިސާބަށް ދެވިއްޖެއެވެ. އެތަނުން އެއްކަފިން ނުވަތަ އެއް މަގުން ދިޔައީމާ މަގު ކުރެވެ. އަނެއް ކަފިން ނުވަތަ އަނެއް މަގުން ދިޔައީމާ މަގު ދުރެވެ. އެއް ކަފީގައި ހުރީ ދުވަހަކުވެސް ތެދެއް ނުބުނާ މީހެކެވެ. އަނެއް ކަފީގައި ހުރީ ދުވަހަކުވެސް ދޮގެއް ނުހަދާ މީހެކެވެ.
Print

ފަންވަތު އަރަތް - 16

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އަރަތް


އަހަންނަކީ ކާކު؟


އަހަންނާ އަހަރެންގެ ފިރި މީހާ ދިރިއުޅެނީ ވަރަށް ތަނަވަސް ގެއެއްގާ. އަހަރެންނަކީ ވަރަށް ދޮން ރީތި މީހެއް. އަހަރެންގެ ފިރިމީހާއަކީވެސް ރަތްދޮންކުލައިގެ މީހެއް.  އަހަރެމެން ދެމީހުންގެ ވަރަށްގިނަ ދަރީން ވެސް އެބަތިބި.  އެކަމަމު  އަހަރެން ދެރަވާ ދެކަމެއް އޮވޭ. އެއްކަމަކީ، އަހަރެންގެ ފިރިމާހާ ގެޔަށް ވަދެއްޖެ ނަމަ ހުރިހާ ކުދިން ފިލާނެ. ދުވަހަކުވެސް ބައްޕަ ހުންނަ ތަނެއްގައި އޭން ކުއްޖަކު މަޑެއް
Print

ފަންވަތު އަރަތް - 15

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އަރަތް


އަހަންނަކީ ކާކު؟



މުޙަންމަދުތަކުރުފާނު، ޕޯޗުގީޒުންނާ ދެކޮޅަށް ކަނޑުމަތީގައި  ހޭދަ ކުރެއްވިހައި ދުވަހު، އަހަރެން ހުރީ އެ މަތިވެރި ޖިހާދުގެ ބައިވެރިއެއްގެ ގޮތުގާ. އެތަކުރުފާނުގެ ޚިދުމަތުގާ.

މިހާރު ކަނޑުމަށްޗަށް ވަރަށް އަރަން ނުޖެހޭ. އެކަމަކު،
Print

އަހަންނަކީ ކާކު؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އަރަތް


އަރަތް - 14


ފޮނުވީ: އާނަ


އަހަރެންގެ އާއިލާ ވަރަށް ބޮޑުވާނެ.  އެކި މީހުން ދިރި އުޅެނީ އެކިތަންތާނގައި. ދިވެހިން އަހަރެމެން އާއިލާގެ އެންމެންނަށް ކިޔަނީ އެއް ނަން. އަހަންނަކީ އާއިލާގެ ތަފާތު ދަރިކޮޅުގެ ތެރޭގައި ހިމެނޭ އެއް ދަރިކޮޅަށް ނިސްބަތްވާ މީހެއް. ދާދި ފަހަކާ ޖެހެންދެން އަހަރެން މި ރާއްޖޭގައި އެންމެ ގިނައިން ދިރި އުޅުނު އެއްތަނަކީ، ބަދިގޭ ދުންހޮޅިތައް. ނުވަތަ ނުސާފު ބަދިގެތައް. އެހެންވެގެން
Print

އަރަތް 13: ކިތައް މީހުން؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

ވާތްފަރާތުގައިވާ ފޮޓޯގައި އެވަނީ:
ނާއްޓޭއާއި،
ރާއްޓޭއާއި،
ކާއްޓޭއާއި،
ދާއްޓޭއާއި،
ތާއްޓޭއާއި،
ލާއްޓޭއާއި،
އަދިވެސް އެފަދަ އެތައް ބަޔެކެވެ.
Print

އަރަތް 12: އޭނާ އެހެން ބުނީ ކީއްވެ؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

ބިއްލޫރި ތަށި ވިއްކާ ފިހާރައަކަށްވަދެ މީހަކު ދެ ބިއްލޫރި ތަށި ގަތެވެ. އޭގެތެރެއިން އެއްތަށި ބޮލެވެ. އަނެއް ތަށި ތުންޏެވެ.

އޭނާ އެ ދެ ތަށި ހިފައިގެން ގެޔަށް ދިޔައިރު، އޭނާގެ އަންހެނުން ބިއްލޫރި ކުރައެއްގައި ފެން ހޫނުކުރަން ހުއްޓެވެ. އޭނާގެ އަންހެނުން އުޅެނީ ސައިހަދަން ވެގެންނެވެ.

ދެން އޭނާ ގެންދިޔަ ދެ ތަށި ފެނުމުން، އޭގެ ތެރެއިން ބޯ ތަށްޓަށް ހޫނު ފެން އަޅައިގެން، އޭނާގެ އަންހެނުން ސައިހަދަން އުޅުނެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ