އަދުގެ ޚާއްސަ

މުނިފޫހި

Print

އަރަތް 10: އެއީ ކާކު؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

އޭނާއަކީ، ތިބާ އެންމެ ބޮޑަށް ލޯބިވާ މީހުންގެ ތެރެއިން އެންމެ ލޯބިވާ އެކެކެވެ.
އެކަމަކު، ތިބާ އޭނާއާ ވާހަކަ ދައްކައިފިނަމަ، އެހެން މީހުން ހީކުރާނީ ތިބާއަކީ ބޮޑު މޮޔައެއް ކަމަށެވެ.
ފަހެ، އޭނާއަކީ ކާކު؟
Print

އަރަތް 9: ރޮށި ބަހާދީ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

އެއީ، މީހަކާއި އޭނާގެ އަންހެން ދަރިފުޅާއި އޭނާގެ އަންހެނުންނާއި އަދި އެހެން މީހަކާއި އޭނާގެ އަންހެނުންނެވެ.


އެމީހުންގެ އަތުގައި އޮތީ ހަތަރު ރޮށްޓެވެ.


އެއިން ރޮށްޓެއް ފަޅިކޮށްނުލައި، ކޮންމެ މީހަކަށް ރޮށްޓެއް ލިބޭގޮތަށް، އެމީހުންނަށް އެ ރޮށިތައް ބަހާދޭނީ ކިހިނަކުން؟
Print

އަރަތް 8: ހަތަރުވަނަ ދަރިފުޅުގެ ނަމަކީ ކޮބާ؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

އަންމަޑޭގެ މަންމަގެ ތިބީ ހަތަރު ދަރިންނެވެ. ފުރަތަމަ ދަރިފުޅަށް ކިޔަނީ ވިދުވަރެވެ. ދެވަނަ ދަރިފުޅަށް ކިޔަނީ ގުގުރިއެވެ. ތިންވަނަ ދަރިފުޅަށް ކިޔަނީ ވާރޭއެވެ.

އެހެންވީއިރު، ހަތަރުވަނަ ދަރިފުޅަށް ކިޔަނީ ކޮން ނަމެއް؟
Print

އަރަތް 7: ފާލަން ހުރަސްކުރި ތިން މީހުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

ތިން މީހަކު ފާލަމެއް ހުރަސްކުރިއެވެ.

އޭގެތެރެއިން ފުރަތަމަ މީހާއަށް އެ ފާލަން ފެނުނެވެ. އަދި އޭނާ އެ ފާލަން ހުރަސްކުރީ އޭގެ މަތީގައި ހިނގާފައެވެ.
ދެވަނަ މީހާއަށް އެފާލަން ފެނުނެވެ. އެކަމަކު އޭނާ އެފާލަމުގެ މަތީގައި ނުހިނގައި ހުރަސްކުރިއެވެ.
ތިންވަނަ މީހާއަށް އެފާލަން ނުފެނެއެވެ. އަދި އޭނާ އެ ފާލަމުގެ މަތީގައި ނުހިނގައެވެ. އެކަމަކު އޭނާ ވެސް އެ ފާލަން ހުރަސްކުރިއެވެ.

އެތިން މީހުން ފާލަން ހުރަސްކުރީ އެކުއެކީގައެވެ. އަދި އެއްވެސް އުޅަނދެން ބޭނުމެއް ނުކުރެއެވެ.

ފަހެ، އެ ތިން މީހުންނަކީ ކޮބާ؟
Print

އަރަތް:6 ފިލިޖަހާލަދެއްވާ

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: ކަނީރު

ތިރީގައިވާ ބަހުގައި ފިލިޖަހާލަދެއްވުން އެދެން.

ހނދނހނދހދނހނދނހނނނހނދހނދނހދނހނދނހނނވރކރމއވ



Print

އަރަތް 1: ހަތް ކިލޯގުރާމުގެ ރަން ދީފައި ގެއެއް ގަތުން.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

މީހަކު ގެއެއް ގަންނަން ބެލިއިރު، އެ ގޭގެ އަގަކީ، ހަތް ދުވަސް ވަންދެން، ކޮންމެ ދުވަހަކު ކިލޯގުރާމެއްގެ ރަން ދިނުމެވެ.

އެ ގެ، ގަންނަން ބޭނުންވި މީހާގެ އަތުގައި އޮތީ އެއްކޮށް އޮތް ހަތް ކިލޯގުރާމުގެ ރަންގަނޑަކާއި ރަންކަފާ ދެ ވަޅިއެވެ.
Print

އަރަތް 2: ކުކުޅު ބެހުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

މީހަކު ނިޔާވިއިރު، އޭނާގެ މިލްކުގައިވާ ކުކުޅުތަކެއް ބެހުމަށް ވަސިއްޔަތްކުރިއެވެ. އެކުކުޅުތަކުގެ ޖުމްލަ ޢަދަދަކީ 17 އެވެ. އެ 17 ކުކުޅު ބަހަން ޖެހެނީ އޭނާގެ 3 ދަރިންނަށެވެ. އޭނާ ވަސިއްޔަތްކޮށްފައިވަނީ:
އެންމެ ދޮށީ ދަރިފުޅަށް ދެބައިކުޅަ އެއްބައި ދިނުމަށެވެ.
ދެވަނަ ދަރިފުޅަށް ތިންބައިކުޅަ އެއްބައި ދިނުމަށެވެ.
ތިންވަނަ ދަރިފުޅަށް ނުވަބައިކުޅަ އެއްބައި ދިނުމަށެވެ.
އަދި އެއްވެސް ކުކުޅެއް މަރާނުލައި، ކުކުޅުތައް ބެހުމަށް ވެސް އޭނާ ވަސިއްޔަތްކޮށްފައި ވެއެވެ.
Print

އަރަތް 3: ޓެކްސީ ޑްރައިވަރުގެ އެކްސިޑެންޓް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

ޓެކްސީ ޑްރައިވަރަކު ތަންކޮޅެއް ބާރަށް މަގު ހުރަސްކުރިއެވެ. އެވަގުތު އޭނާ ދުވާރުގައި ޖެހި އެކްސިޑެންޓްވިއެވެ. އަދި ދުވާރު މަތީގައި ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި އެމީހާ ވެއްޓުނެވެ. އެވަރުން ވެސް އޭނާ މަތައެއް ނުވިއެވެ. އޭނާ ހުއްޓުނީ ދުވާރުގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހިފައެވެ. އޭރު އެތަނުގައި ޓްރެފިކް ބަލަހައްޓާ ފުލުހެއް ހުއްޓެވެ. އެ ފުލުހަށް، މި ހިނގާދިޔަ ހުރިހާ ކަމެއް ރަނގަޅަށް ފެނުނެވެ. ނަމަވެސް އެ ފުލުސްމީހާ، މިކަމާމެދު އަޅައެއް ނުލިއެވެ. އެއީ ކީއްވެ؟
Print

އަރަތް 5 - ފިލިޖަހާލަދެއްވާ

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: ކަނީރު

ތިރީގައި މިވަނީ އެކުވެރިޔަކު ފޮނުވި އީ- މެއިލެކެވެ.  ފިލިޖަހަންހަނދާންނެތުނީ ޔޯލައެވެ. މަށަށް މީގައި އަޅެފިލިޖަހާލަދީބަލާށެވެ.

އނނނނނނނނނނޏނނނނނނދނނދށވ.


Print

އަރަތް: 4

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

އެއީ ހަތަރު ވިޔަ އަކުރުގެ އަދަދެކެވެ.
އެހެން ޢިބާރާތަކުން ބުނާނަމަ، އެ ޢަދަދުގައި ވިޔައަކުރުތައް ވަނީ ހާސްވަޅާ ހަމައެވެ.
އެއީ ހާހުގެ ޢަދަދެކެވެ.

އެ ޢަދަދުގެ އަޖައިބަކީ، އެ ޢަދަދުގެ ދެބައިކުޅަ އެއްބަޔާއި ތިންބައިކުޅަ އެއްބަޔާއި ހަތަރުބައިކުޅަ އެއްބަޔާއި ފަސްބައިކުޅަ އެއްބަޔާއި ހަބައިކުޅަ އެއްބަޔާއި ހަތްބައިކުޅަ އެއްބަޔާއި އަށްބައިކުޅަ އެއްބަޔާ އަދި ނުވަބައިކުޅަ އެއްބަޔަކީ، ފުރިހަމަ ޢަދަދުތަކެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ