އަދުގެ ޚާއްސަ

ޝަޚްޞިއްޔަތު

Print

މިނިވަންކަމާއި ޤައުމު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

ޤައުމެއްގެ ރައްޔިތުން އެންމެ އަގުބޮޑު ރައުސުލްމާލުގެ ގޮތުގައި ދެކޭނީ އެ ބަޔެއްގެ މިނިވަންކަމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ވެސް މިނިވަންކަމާއި އަޅުވެތިކަމުގެ ވާހަކައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިނިވަންކަމުގެ ފޮނިރަހަ އިޙުސާސްކުރެވޭނީ އަޅުވެތިވެފައިވާ ބަޔަކަށެވެ.  މުސްލިމު ޤައުމެއްގައި  އިސްލާމްދީނާއި، މިނިވަންކަން އޮތުމަކީ ކިހައި ބޮޑު ނިޢުމަތެއްތޯއެވެ؟ އަޅުގަނޑުމެން ދިވެހީންނަކީ އިސްލާމްދިނާއި މިނިވަންކަމުގެ ހިޔަލުގައި ދިރިއުޅެމުންދާ ބަޔެކެވެ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ދަރީންނެވެ. ދިވެއްސަކަށް ވީތީ އަޅުގަނޑުމެން މިއަދު ފަޚުރުވެރިވަމެވެ. 

Print

އިޖިޕްޓޮލޮޖީގެ ބާނީ

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ސަމީރު ޢަލީ

އިޖިޕްޓޮލޮޖީގެ ބާނީ  ޖާން ފްރާންސްވާ ޝެމްޕޮލިއޯން


މި ސައިޓަކީ ބަހަށް ޝައުޤް ހުރި މީހުން، މުނިފޫހިފިލުވުމާއި މައުލޫމާތު ލިބިގަންނަ ހިޔަލަކަށްވާތީ ބަސްވާރުންގެ ތެރެއިން އަރައިހުންނެވި ބޭކަލެއްގެ ކުރު ތައާރަފެއް ގެނެސްދިނުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. ހުޅަނގުގައި، އިރުމަތީ ބަސްކަމުގައި  މަޝްހޫރު އެތައް ބަހެއް ފަރިތަކަމާއެކު ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.  އޭނާގެ މާދަރީ ބަސްކަމުގައިވާ  ފަރަންސޭސި ބަހުގެ އިތުރުން، އުމުރުން 20 އަހަރު ނުވަނީސް، ލެޓިން، ޔޫނާނީބަސް، ހީބްރޫ (ޢިބްރީ) އިތިއޯޕިޔާގެ އަމްހަރީބަސް، ސާންސްކްރިތް، އީރާން މީހުން އިސްލާންވުމާ ހިސާބަށް ބޭނުންކުރި ޕަހްލަވީ ބަސް، ހަމަ އެރަށުގެ އަވެސްޓަން ބަހާއި ފާރިސީބަސް، އަދި މިސްރުގެ ކްރިސްޓިއަނުންގެ (ޤިބްޠީ) ކޮޕްޓިކް ބަސް ވެސް ވަރަށް ރަނގަޅަށް ދެނިލައްވައެވެ.
Print

މުޙަންމަދު ރަފީޢު ސާހަބުގެ އަޚްލާޤީ މަދަރުސާއިން...

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޝަޚްޞިއްޔަތު

 އާދަމް ނަޞީރު އިބްރާހީމް 

އިންޑިޔާގެ އެތައް ކުރޯޑު ރައްޔިތުންނެއްގެ ހިތްތައް މިލްކުރައްވާފައިވާ  މުޙަންމަދު ރަފީޢު (ރަފީ ސާހަބު)އަކީ ދިވެހީންނަށް ވެސް އިތުރު ތަޢާރުފަކަށް ބޭނުންވާ ވަރަށް ވުރެ ދިވެހީންގެ ތެރޭގައި މަޤުބޫލު މަޝްހޫރު ފަންނާނެކެވެ. އިންޑިޔާގެ މިޔުޒިކީ ފަންނުވެރީންގެ ގާތުގައި މުޙަންމަދު ރަފީޢަކީ އަޑުގެ މުޢުޖިޒާއެވެ. ރާގުގެ ރަސްގެފާނެވެ. މިޔުޒިކުގެ ފޭތާންބަރެވެ.  އިންސާނީ ވަންތަކަމާއި މާތް އަޚްލާޤުގެ ދިރިހުރި ސޫރައެވެ.  ފިކުރުތަކާއި ދީންތައް ގިނަ އެކި ކަހަލަ ތަފާތުކުރުންތަކާއި ނަސްލީ ހަނގުރާމަތައް ހޫނު އިންޑިޔާގައި މުޙަންމަދު ރަފީޢަށް ކޮންމެ ދީނެއްގެ ކޮންމެ މީހެއްގެ ހިތުގައި އިންތިހާ ލޯތްބާއި އިޙްތިރާމު މިލްކުވެގެންވެއެވެ. ސަބަބަކީ އޭނާގެ މާތް އަޚްލާޤެވެ.     

Print

ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (8)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ދިވެހި

މުޙަންމަދު ޝާހިދު ޙަލީމު

(19 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

1980ގެ އަހަރުތަކުގެ ތެރޭގައި އިސްޓޭންޑު މައިކުގެ ބަދަލުގައި އެފްއެމް މައިކް ބޭނުންކުރަން ފެށުނެވެ. މި ކަމުގެ ސަބަބުން މުމައްސިލުންނަށް ތަމްސީލުކުރުމުގައި ފުރިހަމަ މިނިވަންކަން ލިބުނެވެ. އަދި މި ހިސާބަށް އައި އިރު 1970ގެ އަހަރުތަކުގައި ފަސްމަންޒަރުގައި މިއުޒިކު ވެސް ވަނީ ބޭނުންކުރަން ފަށައިފައެވެ.

Print

ދިވެހިބަހުގެފުރަތަމަ ޕުރޮފެސަރު (2)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ޚާއްޞަ


އާދަމް ނަޞީރު އިބްރާހީމް

ފަޟީލަތުއްޝައިޚުގެ ފިޤުހީ ވިސްނުން

ފަޟީލަތުއްޝައިޚަކީ ވަރަށް މަންޠިޤީ ޢިލްމީ ވިސްނުންފުޅެއް ގެންގުޅުއްވި ބޭފުޅެކެވެ. ދީނުގެ ކަންކަމުގައި ވެސް ފުންކޮށް ދިރާސާ ކުރައްވައި މައްސަލައިގެ އަސްލަށް ވަޑައިގަންނަވައެވެ. ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނު ވިދާޅުވާ ގޮތުގައި ދިވެހިންގެ ތެރޭގައި އެ ޒަމާނުގައި އޮތް، ދީނުގެ ކަންކަމުގައި [އަކުރުގައި ހިފައި ދެމުން] ނިމުމަކަށް ގެންނަވައި ޙަޤީޤީ ފިޤުހީ މަންހަޖެއް ތަޢާރުފުކޮށްދެއްވީ އެ މަނިކުފާނުގެ ލޮބުވެތި އުސްތާޛު، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނެވެ.
ހެދުން އެޅުމާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚު ފާޅު ކުރައްވައިފައިވާ ރައުޔު ބައްލަވައިލައްވާށެވެ! [ކޮންމެހޫނުމޫސުމަކަށް ފިނިޒާތުގެތުނިތަކެތި، ފިނިމޫސުމަކަށް ބޯޒާތުގެ ގަރަމްތަކެތިލުމަށް އަދިއިސްރާފެކޭ މީހަކުނުކިޔާނެއެވެ.  އަޖައިބުވަނީ އެވެނިބަޔަކު ހެދޭހެދުމެއްވެ ކޮންމެހެން ހެދޭންމިވެނިބަޔަކަށް ރީތިވެ ކޮންމެހެން އެވައްތަރު ޖައްސާންއުޅޭއުޅުމަށެވެ. އެއިރުއެވައްތަރާއި ތިމާމެނާއި ތިމާމެންތިބިތަނާއި އަރައިއަރަފޯދިގެން އެއްވެސްގޮތަކުން ނުވިޔަސް ވަރިހަމަކަމުގައި ހަދައި، ހަމައެކަނި
ކަނުވެގެންވާ ތަޤުލީދުގެލޮލަކުން ނޫނީ ރީތިހުތުރަކަށް ނުބަލަތެވެ.]

Print

އަހަރެން ފިކުރާވި އިސްލާމް ދީން(3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޝަޚްޞިއްޔަތު

ޢަބްދުالله ފާރޫޤު ޙަސަން

(31 މެއި 2020 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އެހެންކަމުން محمدّ صلى الله عليه وسلم ގެ ޒާތުފުޅަކީ އިންސާނިއްޔަތުގެ ކުރިމަތީގައިވާ އެންމެ ރީތި އެންމެ ފުރިހަމަ ނަމޫނާކަމީ އެއްވެސް ބަޙުޘެއް އޮތްކަމެއް ނޫނެވެ. ޝައްކަކަށް ވަސްވާހަކަށް ތަންދޭކަމެއް ނޫނެވެ. 

އުޖޫރަޔަށް ބަކަރި ހުއިހެއްޕެވި ޝަހެންޝާހު

އިސްލާމްދީނުގެ ނަބިއްޔާ محمدّ صلى الله عليه وسلم ގެ ޙަޔާތްޕުޅަކީ އެންމެ ރީތި އެންމެ ފުރިހަމަ ނަމޫނާއެވެ. އެ މާތް ނަބިއްޔާ ތުއްޕުޅު އިރުއްސުރެ އާޚިރަތުގެ ގޮވައްޗަށް ދަތުރުކުރެއްވުމާ ހަމަޔަށްވެސްމެއެވެ. ނަމަވެސް އެހެނިހެން ދީނީ ލީޑަރުންނާއި ޤައުމީ ޒަޢީމުންގެ ޙަޔާތްޕުޅުތަކަށް ނަޒަރު ހިންގާއިރު އޭގެތެރެއިން ވަރަށްގިނަ  ބޭފުޅުންތަކެއްގެ ޒުވާން އުމުރުފުޅު ފެންނަނީ ނުހަނު ކުށްމަގުތަކެއްގައި ވަރަށް ސިޔާސަކޮށް ހިންގަވައި އުޅުއްވައިފައިވާތީއެވެ.

Print

ލިޔުންތެރީންގެ ގުޅުމުގެ މެންބަރުންގެ ތެރެއިން.... (2): އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ދިވެހި



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިހާރު ރާއްޖޭގައި އަދަބީ ޖަމްޢިއްޔާއެއްގެ ނަމުގައި ޙަރަކާތްތެރިވާ ހަމަ އެކަނި ޖަމްޢިއްޔާ ކަމުގައިވާ "ލިޔުންތެރީންގެ ގުޅުން" (ޖަމްޢިއްޔާ) ގެ ފުރަތަމަ ދައުރުގެ ރައީސްގެ މަޤާމާއި އެ ޖަމްޢިއްޔާގެ މަޖައްލާ "ލިޔުންތެރިޔާ"ގެ އެޑިޓަރ ގެ މަޤާމުގައި ހުންނެވި މއ. އުރަހަ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަކީ ދިވެހި އަދަބީ އުދަރެހުގައި ފާހަގަކޮށްލެވޭ ފަދަ ތަރިއެކެވެ. ސްކޫލް ދައުރުގައި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ވިދި، އަލިގަދަ ތަރިއެކެވެ. ސްކޫލް ދައުރު ނިންމަވައިލެއްވި އިރު ލިބިވަޑައިގަތް ގިނަގުނަ ސެޓްފިކެޓްތަކުން އެކަން ސާބިތުވެ އެވެ. އަދި މަޖީދިއްޔާ ސްކޫލްގައި ވަރަށް ޙަރަކާތްތެރިކޮށް ހިންގި ދަރިވަރުންގެ އަދަބީ ޖަމްޢިއްޔާގެ މުއައްސިސަކީ ވެސް ޚުދު ޢަބްދުއްރަޝީދެވެ. ހަމަ އެ ފަދައިން "އެކުވެރީންގެ ގުޅުމުގެ" ރައީސްކަން ވެސް އޭނާ ވަނީ ކުރައްވައިފައެވެ.
Print

ދިވެހިބަހުގެފުރަތަމަ ޕުރޮފެސަރު (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ޚާއްޞަ


އާދަމް ނަޞީރު އިބްރާހީމް


[ފަޟީލަތުއްޝައިޚަކީ، މޮޅު އަދީބެކެވެ. ކުޅަދާނަ ކާތިބެކެވެ. ފަންނުތަކުގައި ފުންނާބުފުޅު އުހުލިގެންވާ ޢިލްމުވެރިއެކެވެ. އިސްލާމީ ފިލޯސަފަރެކެވެ. ޤުދުރަތީ ޝާޢިރެކެވެ. ޤައުމުގެ ފަޚްރެއްކަމުގައިވާ ދިވެހި ދަރިއެކެވެ.

ދިވެހިރާއްޖެއަށް އެކިރޮނގުރޮނގުން އެ މަނިކުފާނުގެ ކިބައިން ލިބިފައިވާ ޚިދުމަތްތައް ގިނަގުނަ އެވެ. ދިވެހީން އެ މަނިކުފާނަށް ދަރާފައިވާ ދަރަންޏަކީ، ދުވަހަކު އަދާވެވޭނެ ދަރަންޏެއްނޫނެވެ. އެ މަނިކުފާނު އަވަހާރަވުމުން ދިވެހީންނަށް އެ ގެއްލުނީ، ކުޅަދާނަ ކިތައް މީހުންތޯ އެވެ؟]
Print

ނ. އަތޮޅު މަދަރުސާގައި "ނާޒިރު ތުއްތުބޭ" ގެ ޚިދުމަތް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޝަޚްޞިއްޔަތު

ޢަބްދުﷲ ސަޢީދު

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާ ހިންގެވުމާ ދެވަނައަށް ހަވާލުވެވަޑައިގަތް ނާޒިރެވެ. ނ. އަތޮޅު މަދަރުސާގައި ޒަމާނީ ތަޢުލީމުގެ ބިންގާ އަޅުއްވައި ދެއްވައި ޚިދުމަތްތެރި ނަމޫނާ ޖީލެއް މަނަދޫގައި ބިނާކޮށް ދެއްވި ވަރުގަދަ ލީޑަރެވެ. ރާއްޖޭގެ ހުރިހާ އިސްކޫލެއްގެ ތެރެއިން ނ. އަތޮޅު މަދަރުސާއަކީ ފާހަގަކޮށްލެވޭ އިސްކޫލަކަށް ހެއްދެވިއެވެ. އިސްކޫލުގެ ކުރިމަގަށް ޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވެވަޑައިގަތުމަށް ވެސް ތައްޔާރަށް ހުންނެވިކަމަށް ތަޢުލީމާ ބެހޭ ވަޒީރަށް ދެންނެވިއެވެ. މަގާމު ދައްކުރައްވައިފައި ވެސް އިސްކޫލުގެ ކުރިމަގު އުޖާލާ ކޮށްދެއްވާށޭ ދެންނެވިއެވެ. އެ އިޚްލާޞްތެރި ޚިދުމަތްތެރިއަކީ ނ. މަނަދޫ، ލިލީ، ޢަބްދުލް ޢަޒީޒު ޤާސިމް (މަނަދޫ ޢަޒީ) އެވެ. އެ ޖީލުގެ ދަރިވަރުންގެ "ނާޒިރު ތުއްތުބޭ" އެވެ. 

Print

އަލްއުސްތާޛު މުޙައްމަދު ޖަމީލް (އުސްތާޛުލްޖީލް)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ދިވެހި



ފޮނުވީ:  ޢަލީ ނިޝާން
 
އުސްތާޛުއްޖީލް އައްޝައިޚު އަލްއުސްތާޛު މުޙައްމަދު ޖަމީލަކީ މާލޭ ބޮޑުގަލުގޭ މޫސާދީދީގެ ދަރިކަލުން، މާފަންނު ދަރަވަންދޫގޭ އަބުދުﷲ ދީދީ (އަލްފާޟިލް އަބުދުﷲ ކަމާލުއްދީން ބަންޑާރަނައިބު މަނިކުފާނު) ގެ ބޭފުޅެކެވެ. އެމަނިކުފާނުގެ މަންމާފުޅަކީ މާލޭ ފެންފޯއްގަނޑުވަރު ގޮމާ (ކަންޒުދޮށުގޭ އަންނަބީލާ އައިޝަތުގޮމާ) ގެ އާމިނަތު ދީދީއެވެ.

އެ މަނިކުފާނު ދުނިޔެއަށް އުފަންވެވަޑައިގަތީ 16 ޛުމާދިއްޘާނީ 1333 ހ. (1 މެއި 1915 މ.) ވީ ހޮނިހިރު ވިލޭރޭ ފަތިހު ފުރަމާލޭ މާފަންނު ދަރަވަންދޫގައަށެވެ.

އެ މަނިކުފާނު ފުރަތަމަ ކިޔަވައިވިދާޅުވީ އެ މަނިކުފާނުގެ މާމަ ދަރަވަންދޫ ދީދީ (ދޮންކަލޭގެފާނުގެ ތުއްތުމަނިކެ) އާއި ބައްޕަ ދަރަވަންދޫގޭ އަބުދުﷲ ދީދީ އާއި، ބޮޑުބޭބެ ޙުސައިން ޞަލާޙުއްދީން ފަނޑިޔާރުމަނިކުފާނުގެ އަރިހުންނެވެ.
Print

ޝާފިޢީގެފާނު .... ކޮންކަހަލަ ބޭކަލެއް ؟

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޚާއްޞަ



އިބްރާހީމު ރަޝީދު މޫސާ

މި ތާނގައި އަޅުގަނޑު ހުށަހަޅައިލަން މި އުޅެނީ އިމާމު ޝާފިޢީގެ ވަނަވަރެއް ނޫނެވެ. އެކަމަކު އެކަލޭގެފާނު އެކިކަންކަމާ ބެހޭގޮތުން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކެވެ.

ޝާފިޢީގެފާނާ ބެހޭގޮތުން، އެކަލޭގެފާނުގެ ދަރިވަރެއްކަމުގައިވާ އިމާމު އަޙްމަދު ބުނު ޙަންބަލު ވިދާޅުވަނީ "ޝާފިޢީގެފާނަކީ ހަތަރުކަމެއްގައި ފިލޯސަފަރެކެވެ. އެއީ ބަހާއި އިޚްތިލާފުތަކުގައްޔާއި  މާނަތަކުގައްޔާއި ފިޤްހުގައެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ