އަދުގެ ޚާއްސަ

އާދަކާދަ

Print

ދިވެހި އާދަކާދައިން ފަންޑިތަ ބަހުރުވައިގެ ރައިވަރުކޮޅަކާއި ޅެމެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ

 

ޢަބްދުﷲ ރަޝީދު މ. ލިނެޓް

މި ރައިވަރު ތަކުގައިވަނީ ފަންޑިތައެއް ނޫނެވެ. ނަމަވެސް، އިހުޒަމާހުގައި ފަންޑިތަ ހަދައި އުޅުނު ބާވަތްތަކުގެ މައްޗަށް ރައިވަރުން ފެންނާން ހުރި ރައިވަރުތަކަށް ނަޒަރުކޮށް، އެ އާދަކާދައިގެ ބާވަތްތައް މުނާސަބު ގޮތެއްގައި ރައިވަރުން ފެންނާން ހުރުމުގެ ބޭނުންތެރިކަން ތަޢުލީމީ ދާއިރާގެ ދަރިވަރުންނަށް ބޭނުންވާތީ އެކަމަށް މަގުފަހިކޮށް ދިނުމުގެ ބޭނުމުގައި އަޅުގަނޑު ލިޔުނު 10 ރައިވަރެވެ.

Print

މަގުމަގާއި ތަންތަނަށް ނަންދިނުމުގައި ބަލާނެ ހަމައެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އާދަކާދަ

 

 ޢަބްދުﷲ ރަޝީދު، މ. ލިނެޓް

މަގުމަގާއި ތަންތަނަށް ނަން ދިނުމުގެ ތަހުޒީބީ ހަމަޔަކީ، އަދި ސަގާފީ ގޮތުން ފެންނާން އޮތް ހަމައަކީ ވެސް ރަށެއް ނުވަތަ ތަނެއްގެ އިސް ރަށްވެހިންކުރެ އިސްކަން ލިބިފައިވާ ބޭބޭކަލުންނާއި ކަނބަނބަލުންގެ ނުވަތަ ބޭބޭފުޅުންގެ ނަންފުޅުތައް ދިރުވައި ދެމެހެއްޓުމުގެ މައްޗަށް އިސްކަން ދީގެން ކުރާ ކަމެއް ކަމުގައި އެކަން އޮތުމެވެ. މި ދެންނެވިބަހުގެ ހެކިތައް ފުރަމާލެއިން އެހެރީ ފެންނާށެވެ. ގިނަ މަގުތަކާއި މުހިންމު ޢިމާރާތްތަކަށް ދެވިފައިވާ ނަންނަމުން މި ދެންނެވި ހަމަ ރީތިކޮށް ފެންނާން އެބަ ހުއްޓެވެ. އަޅުގަނޑު ބައެއް މިސާލު ވެސް ދަންނަވައިލާނަމެވެ.

Print

ދިވެހި އާދަކާދައާއި ސަގާފަތުގެ ތެރެއިން: ރަޙުމަތް ގަތުމުގެ ވާހަކަ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އާދަކާދަ

 

އަޙްމަދު މަފާޒް

ކޮންމެ ބަޔެއްގެ ތެރޭގައި ވެސް އެ ބަޔެއްގެ ކާބަފައިންގެ ޒަމާނުއްސުރެން ވާރުތަވަމުން އަންނަ އެ ބަޔެއްގެ އަމިއްލަވަންތަ އާދަކާދަތަކަކާއި ސަގާފަތްތަކެއް ހުރެއެވެ. އެ ގޮތުން އަޅުގަޑުމެން ދިވެހިންނަކީ ވެސް ވަރަށް މުއްސަނދި  ސަގާފަތަކާއި އާދަކާދަތަކެއްގެ ވެރި ބަޔެކެވެ. އެހެން ޤައުމުތަކާ ޚިލާފަށް މުޅީން ތަފާތު އާދަކާދައަކާއި ސަގާފަތްތަކެއް އަޅުގަނޑުމެން ދިވެހީން ގެންގުޅެމުއެވެ. މި ފަދަ ބައެއް ކަންކަމުގެ އެންމެ ފުނަށް ޖެހިލާ އިރު، ބައެއް ކަންކަމަކީ އެއްވެސް ހަޤީގަތެއް ނެތް ބޯދާ ކަންކަމާއި ބޯދާ ވާހަކަތަކެވެ.

Print

އަތޮޅުވެރިންނަށްހިއްޕޭނީވަލުގައެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އާދަކާދަ

ޠާހާ އަބޫބަކުރު، ލ.ގަން 

ދިވެހި ބަހުގެ ބޯދާ ބުނުންތަކުގެ ތެރޭގައި ހިމެނޭ މުސްކުޅި ބަސްތަކާއި މިސާލުބަސްތައް ގުޅިފައި ހުންނަނީ ހަޤީޤަތުގައި ވެސް ހިނގައިފައިވާ ހާދިސާތަކާއެވެ. ބައެއް ހާދިސާތައް ހިނގައި ދިޔަ ގޮތް މާޒީގެ ތެރެއަށް ގެއްލިގެން ދިޔަކަމުގައި ވިޔަސް އެ ހާދިސާއަށް ނިސްބަތްކުރެވޭ ބަސް ދެމިއޮވެއެވެ. އެ ފަދަ މުސްކުޅި އެއްބަހަކީ ހައްދުންމަތީގައި ހިނގައި ދިޔަ ހާދިސާއަކަށް ނިސްބަތްކުރެވޭ "އަތޮޅުވެރީންނަށް ހިއްޕެވޭނީ ވަލުގައޭ" ބުނެވޭ މުސްކުޅި ބަހެވެ. ދިވެހި ބަސްފޮތުގައި އޮންނަ ގޮތުން މި ބަހަކީ "އިސްކޮށްހުންނަ މީހަކަށް ކުރެވޭނީ އަމުރެވެ. ކަމެއް ފުރިހަމަ ކުރެވޭނީ، އެ ކަމަކަށް އަމަލީ ސިފަ ގެންނަން ތިބި ބަޔަކަށް އެއްބާރުލެވިގެންނޭ ބުނުމަށް ބުނެއުޅޭ ބަހެކެވެ."

Print

އުދައާއި ބޮޑުރާޅުގެ ތަފާތު ނޭނގުނިއްޔާ ކުރާނެ ކަމެއް ނެތެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އާދަކާދަ

ޢަބްދުﷲ ރަޝީދު މ. ލިނެޓް

ކަނޑުގެ ނުޤުޞާން ރާއްޖޭގެ ރަށްރަށަށް ފޯރުމަކީ، ހިނގާ ކަމެކެވެ. ނަމަވެސް، ލިބޭ ކަނޑުގެ ނުޤުޞާނުގެ ބާވަތްތައް ނަމުގެ ތަފާތުން ވަކި ނުކުރެވޭކަމީ، ކަމުގެ އަޞްލާއި ސަބަބަށް ވާޞިލު ނުވެވޭނެ އަޞްލެކެވެ.

އެހެނީ، އެއްބާވަތަކަށް ހިނގާ ކަންކަމުގެ ވެސް ތަފާތު ނަމުން ބަޔާންވާނެތީއެވެ. 

ރާއްޖެއަށް މިހާރު ކުރާ ވިއްސާރައިގައި ރާއްޖޭގެ ރަށްރަށަށް ލިބޭ ކަނޑުގެ ނުޤުޞާނުތަކަކީ، އުދައެއް ނޫނެވެ.

Print

ދިވެހި މަސައްކަތްތެރިކަން

ޝާޢިއުކުރީ އުނައިސް . ހިމެނޭބަޔަކީ އާދަކާދަ

ފެށުން

މި މަޒުމޫނުގައި އަޅުގަނޑު ހިމަނާލާނީ ދިވެހި މަސައްކަތްތެރިކަމުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ތިން މަސައްކަތަކާއި ބެހޭ މަޢުލޫމާތެވެ. އެއީ ދަނޑުވެރިކަމާއި، ވަޑާންކުރުމާއި ކުނާވިޔުމެވެ. އަދި އެ މަސައްކަތްތައް ކުރާގޮތާއި، މަސައްކަތުން ލިބޭ ނަފާ އާއި އަދި މި މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި ބެހޭ މަޢުލޫމާތެވެ. މިފަދަ މަސައްކަތްތަކަކީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ މަސައްކަތްތަކެވެ.

ދަނޑުވެރިކަން

ދަނޑުވެރިކަމަކީ ދިވެހިން އިހުޒަމާނުއްސުރެ ކައިބޮއެ އުޅުމަށް ކުރަމުން އައި މަސައްކަތެކެވެ. ދިވެހިރާއްޖޭގައި ގޯތިތެރެއާއި ބޮޑެތި ބިން ތަކުގެ އިތުރުން ފަޅު ރަށްރަށުގައިވެސް ދަނޑުވެރިކަން ކޮށް އުޅެއެވެ.

މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު:

އުދަލި

ފެންދޭ ކުރާ

ގަހަށް ޖަހާ ބޭސް       

ގަހަށް ބޭސް ޖަހާ ފުޅި               

ގަސްކާނާ

 

Print

ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ބޭނުންފުޅުނަމަ...

ޝާޢިއުކުރީ ޝާދިޔާ ޢަބުދުﷲ . ހިމެނޭބަޔަކީ އާދަކާދަ

ހިތްހަމަޖެހިގެން ދިރިއުޅުމަކީ ކޮންމެ އިންސާނަކަށްވެސް ކޮންމެހެން ބޭނުންކަމެކެވެ. އެއީ އިންސާނާ ޒުވާންކަންމަތީ ގިނަދުވަހު ދެމިހުންނަ ކަމެއްކަންވެސް ޔަޤީނެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން، ބައެއްފަހަރު ކަންކަމާ ހާސްވެ ހަދާނެގޮތެއް ޚިޔާލަށް ނައިސްގެން އުޅެންޖެހެއެވެ. މިފަދަ ދަނޑިވަޅުތަކުގައި ޢަމަލުކުރެވިދާނެ ބައެއް ގޮތް ގޮތް ޙިއްސާ ކޮށްލާނަމެވެ.

ހާސްވެ ކަންބޮޑުވެ، ހިތްހަމަނުޖޭގޮތްދިމާވުމުން އެންމެފުރަތަމަ ކުރާ ކަމެއްގެ ގޮތުންވެސް ފުންކޮށްނޭވާ ލާށެވެ. އެއަށްފަހު އެމީހަކު އެވަގުތު އެހުރި ޙާލަތަކުން އެހެން ޙާލަތަތަކަށް ބަދަލުވެލާށެވެ. ކޮޅަށް ހުރިނަމަ އިށީނދެލާށެވެ. އިށީނދެގެން އިންނަމަ އޮށޯވެލާށެވެ. އެންމެ ފަސޭހައިން ހިތަށްހަމަޖެހުން ލިބޭނީ ﷲ އަށް ޙަމްދު ކުރުމުންނެވެ. ތިމާގެ އުފާވެރި ވަގުތުތަކާއި އުފާވެރިހާދިސާތައް ހަނދާންކުރުމުންނެވެ. ތިމާއަށް ލިބިފައިވާ ނިޢުމަތްތައް ޝުކުރުވެރިކަމާއެކު ބަލައިގަތުމުންނެވެ.

Print

މަޖުބޫރު ލޯބި (46)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ އާދަކާދަ

 

ގައްދޫ މުޙަންމަދު ރަޝީދު

އޭނާ ހީކުރިގޮތަށް އެއްވެސް ކަމެއް ނުވިއެވެ.

ޖަލާލީ ދިޔައީ ސީދާ އޭނާގެ ކޮޓަރިއަށެވެ.

ޖަޔާ ކާގޭގައިހުރި ތަށިތައް ބަދިގެއަށް ގެންގޮސް ކާގެ ރީތިކުރިއެވެ. ހުރިހާތަނެއް ބޭސް ޖަހައިގެން ދޮވެ ސާފުކުރިއެވެ. ބަރު ސޯފާތަކާ މޭޒުތައް އެއްތަނުން އަނެއްތަނަށް ގެންގޮސް ކުނިކަހާ ހެދިއެވެ. ދޮރުތައް ބާރުބާރަށް ލައްޕާފައި ހުޅުވިއެވެ.

އެކަމަކު ޖަލާލީ ބޭރަށް ނުކުންނަ ގޮތެއް ނުވިއެވެ.
Print

އަދަބީ ފާޑުކިޔުން

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ

އަދަބަކީ ކޮބާ؟

އަދަބު މިލަފުޒަކީ ޢަރަބި ލަފުޒެކެވެ. މިލަފުޒުގެ އިޞްތިލާހީ މާނައަކީ މީހަކު ކުރާ ކަންތަކާއި ބުނާ ބަސްތައް ކުށުން ސަލާމަތްކުރާނެމަގު އުނގެނިގަތުމެވެ. އަދި އެފަދަ ކުށުން މީހާ ސަލާމަތްކޮށް ލެހެއްޓުމަށް ބޭނުންކުރާ ކަންތައްތަކަމަށް މުޙަންމަދު ޖަމީލް ދީދީ  (2009) ބާޔަންކުރައްވައެވެ. ވީމާ އިންސާނާގެ ގައިގައި ޤުދުރަތުން ލައްވަވާފައި ރަގަޅު ސިފަތަކުގެ މައްޗަށް ހޭނި އެސިފަތައް ދެމެހެއްޓުމަށް ކުރާ މަސައްކަތައްވެސް އަދަބޭ ކިޔެއެވެ. ނަމަވެސް މިއީ ނަފްސުގެ އަދަބެވެ.
Print

ކަރާގެ ރަދީފު (3)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


ކަރަޔަށް ޖެހޭ ބައެއް ބަލިބަލި


އާދަމް ނަޞީރު އިބްރާހީމް

ކަރާގެ ރަދީފު (2) ގައި ހިމަނައިލެވޭތޯ އަޅުގަނޑު ބެލީ ކަރާ ހެއްދުމުގެ މަސައްކަތުގައި ބޭނުން ކޮށް އުޅޭ، އެ ނަމެއްގެ ކުރިޔަށް [ކަރާ] މި ލަފުޒު އިތުރުކޮށްފައި ނުވާ ބައެއް ނަންނަމެވެ. ޚާއްޞަކޮށް ކަރާވެޔޮ ހެދިބޮޑުވުމުގެ އެކި މަރުޙަލާއާ ގުޅިގެން ބޭނުންކުރާ ބައެއް ނަންނަމެވެ. މި ބައިގައި ބަލައިލާނީ ކަރާވެލަށާއި ކަރަޔަށްޖެހޭ ބައެއް ބަލިބައްޔަށް ކިޔައިއުޅޭ ނަންނަމަށެވެ.
Print

އީދު ބިޑި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް

ކުޑަ އިރުގެ ހަނދާންތަކުގެ ތެރޭން އެއް ހަނދާނަކީ އީދު ބިޑީގެ ހަނދާނެވެ. އީދުބިޑި ތައްޔާރު ކުރެވޭ ގޮތުގެ ހަނދާނެވެ. އެ ކަމުގެ މަޖަލާއި ފޯރީގެ ހަނދާނެވެ.

އީދު ބިޑިއަކީ ވަކި މުވާޞަލާތެއް ކުރުމަށް ތައްޔާރު ކުރެވޭ އެއްޗެކެވެ. ވަކި ވާހަކައެއް އެންގުމަށް، ވަކި ޚަބަރެއް  ދިނުމަށް ތައްޔާރުކުރެވޭ އެއްޗެކެވެ.
Print

ކަރާގެ ރަދީފު (2)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް

މި ސިލްސިލާގެ ފުރަތަމަ ބައިގައި އަޅުގަނޑު ބަލައިލީ [ކަރާ] މި ލަފުޒު ކުރިޔަށް ލައިގެން ހެދިފައިވާ ނަންނަމަށެވެ. މި ބައިގައި ބަލައިލާނީ ކަރާ ހެއްދުމުގެ މަސައްތަކުގެ ތެރޭގައި ހިމެނޭ އެ ނޫން ބައެއް ނަންނަމަށެވެ.
Print

ކަރާގެ ރަދީފު (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް

ތިޔަ ބޭފުޅުން މީގެ ކުރިން ވާނީ ރ. ގެ ރަދީފު ވިދާޅުވެފައެވެ. އެ ރަދީފުގައި ހިމެނިފައި ވަނީ ދިވެހިބަހުގައި ރ. އިން ފެށޭ ލަފުޒުތައް ދޮގެއްތޯއެވެ؟

މި ފަހަރު ތަފާތުކޮށްލައްވައިފައި [ކަރާގެ ރަދީފު] ވިދާޅުވެލެއްވުން ކިހިނެއްވާނެތޯއެވެ؟
Print

ތޮއްޑުވަށް އެރި ބޭރި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ

ނާޑުކަތާ

އާދަމް ނަޞީރު އިބްރާހީމް

ރިޔަލު ދޯންޏެއްގައި މާލެއާ ތޮއްޑުވާ ދެމެދު ދަތުރުކޮށްލުމުގެ ނަސީބު ނުވަތަ ބަދުނަސީބު އަޅުގަނޑަށް ލިބުނެވެ. މި ޒަމާނުގައި އެންމެ 45 މިނިޓުން މި ދެމެދު ބައްދައިލެވުނަސް، އެ ޒަމާނުގެ އެ ދަތުރަށް ތިންރޭ ތިން ދުވާ ހޭދަވިއެވެ. މޫސުމުގެ ފުރޮޅުންތަކުގެ ސަބަބުން، ރިޔަލަށް ވައި ނުލިބުމާއި، އޮޔާއި ވަޔަށް އައި އެނބުރުންތަކާ ހުރެ، ދަތުރު ނިންމައިލެވުނީ އެތައް ތަނެއްގައި ބަނދަރު ކޮށްގެނެވެ.
Print

އިންސާނީ ތާރީޚުގެ އެންމެ އަރާހުންނެވި ޝަޚްޞިއްޔަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޚާއްޞަ ނޯޓު:
މި ލިޔުމަކީ ފަންވަތަށް ވަރަށް އެހީތެރި، ޤާބިލު ލިޔުންތެރިއެއްކަމުގައިވާ އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން މި ރަބީޢުލް އައްވަލު މަސް ފެށުމުގެ ރަސްމިއްޔާތަށް ޚާއްޞަ ކުރައްވައި ފޮނުއްވާފައިވާ އަސަރުގަދަ ޢިލްމީ ތާރީޚީ މަޒުމޫނެކެވެ. މަޒުމޫނު ޝާއިޢުކުރުން މި ވަނީ މާ ބޮޑަށް ވެސް ލަސްވެފަ އެވެ. އެ ސަބަބަށްޓަކައި އަލްއަޚް ޢަބްދުﷲ ފާރޫޤު ޙަސަނުގެ އަރިހުންނާ ތިޔަ ކިޔުންތެރީންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ. - އެޑިޓަރު -

ޢަބްދުﷲ ފާރޫޤު ޙަސަން

ބަރަކާތްތެރި ރަބީޢުލްއައްވަލް މަސް ކުރިމަތިލަނީއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެމަހުގައި އިސްލާމްދީނުގެ ނަބިއްޔާ صلى اللّه عليه وسلم ގެ ޛިކުރާގެ މަޙެފިލްތައް ބޭއްވޭނެއެވެ. ޝައްކެއްވެސް ނެތެވެ. އެމާތް ސާހިބާގެ ޛިކުރާ އައުކުރުމަކީ ހަމައެކަނި ބަރަކާތްތެރި ރަބީޢުލްއައްވަލްމަހުގެ މުޤައްދަސް ގަޑިތަކަށް ޚާއްޞަކަމެއްނޫނެވެ. އަދި ކީއްތޯއެވެ.
Print

މުލޭ ފިތުނައިގެ ލުހެލާން އަލުން ވީ އެކު މެ ގޮނޑިގޮނޑި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ

ޤައުމީ ދުވަހުގެ ޝުޢޫރު
  
މުޙަންމަދު ޝާހިދު ޙަލީމް

ހިނގާ ދާ  ބީދައިން  ދުނިޔެ ދޭ  ހިނގަމުން  އެ ގަޑިގަޑި
    ދިގާ ހުރަހަށް  އެ ފަތްފުށް  ރިވެތި ކުރަމުން  މެ ހަޑިހަޑި

ދިވެހި  ޤައުމީ   ޢިމާރާތް   ތަޅައި  ރޫޅާން  ޢަދުއްވުން
    ރިވެލިފަށް  ފަހަނަޅައި ވަދެ ވަރަށް އަޅައޭ އެ ބޮނޑިބޮނޑި
Print

ރާއްޖެއިން ބޭރުގައި ވެސް ދިވެހިބަހަށް އިސްކަންދެވިދާނެ އެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހަކީ ދިވެހީންގެ ބަހެވެ. ދިވެހީންގެ އަމިއްލަ ބަހެވެ. އަމިއްލަ ވަންތަކަމާއި އެތައް ޚާއްޞިއްޔަތުތަކެއް އެ ބަހަށް ލިބިފައިވާ ޚާއްޞަ ބަހެކެވެ. ދިވެހީން އަމިއްލައަށް އުފެއްދި އަކުރަކުން ލިޔާ ބަހެކެވެ. އަދި އެ އަކުރަކީ މި ސަރަހައްދުގެ ބަސްތައް ލިޔަން ބޭނުންކުރާ އަކުރުތަކުގެ ތެރެއިން އެނެމެ ސައިންޓިފިކް އަކުރުކަމަށް ބަސްވާރުން ޤަބޫލުކުރާ އަކުރެވެ. އެހެންކަމުން މި ބަހަކީ ދިވެހީންގެ ފަޚުރެވެ. ދިވެހީންގެ ޝަރަފެވެ.

މިފަދަ ފަޚުރުވެރި ބަހެއް ލިބި ތިބި ބަޔަކު އެ ބަޔަކަށް ފުރުޞަތު ލިބުނު
Print

ިއިންސާނިއްޔަތަށް ކުރިމަތިވެފައިވާ މަސްއަލަތަކާއި ނަބަވީ ސީރަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުﷲ ފާރޫޤު ޙަސަން

މިޒަމާނުގެ ތަރައްޤީއާއި ތަހުޒީބާއެކު އިންސާނުންނަށް ވަނީ ވަރަށް ގިނަ މަސްއަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. އޮޅުންބޮޅުން ގިނަ މަސްއަލަތަކެކެވެ. އުނދަގޫ މަސްއަލަތަކެކެވެ. ނަމަވެސް އިންސާނުންގެ ނަސީބު ރަނގަޅުކަމުގެ ކޮޅެއްވެސް ނެތެވެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްވަންތަކަމުން މިއިން ކޮންމެ މަސްއަލައެއްގެވެސް ޙައްލު ފެންނާން އެބައޮތެވެ.
Print

ތަޢުޒިޔާ އާއި ހެޔޮ ދުޢާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ

إنا لله وإنا إليه راجعون


ހިރިޔާ ސްކޫލުގެ ހީވާގި ޕްރިންސިޕަލް، ޢަލީ ނާޒިމާއި، ލޮބުވެތި ހަތަރު ދަރިވަރަކު، ވަރަށް ކުއްލި ގޮތެއްގައި މި ދުނިޔެ ދޫކުރި ހިތާމަވެރި ކާރިސާ އާ ގުޅިގެން، އެ މަރުޙޫމުންގެ އާއިލާތަކަށް ލިބުނު ހިތްދަތިކަމާއި ހިތާމައިގައި ނުހަނު  އިޙްތިރާމާ އެކު ފަންވަތް ބައިވެރިވަމު އެވެ. އެ އާއިލާތަކަށް ކެތްތެރިކަން ދެއްވާށި އެވެ! އަދި އެ މަރުޙޫމުންގެ ފުރާނަތަކަށް ސުވަރުގޭގެ ތަނަވަސް ނިޢުމަތް މިންވަރު ކުރައްވާށި އެވެ! ފަންވަތުގެ އިދާރީ މަސްއޫލުވެރިންނާއި، އެންމެހައި ލިޔުންތެރިންގެ އިޚްލާޞްތެރި ޝުޢޫރަކީ، ޚާލިޞް ދުޢާ އަކީ މި އެވެ.

        ކަރުނަޔާ ގިސްލުމުގެ މި ދުވަސް، ދެން އަލުން ނުމެ ދައްކަވާށި!
                ދަރުމަޔާ ހެޔޮ ރަޙްމަތާ   މަރުޙޫމުނަށް މާތް، ވެއްސަވާށި!

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ