އަދުގެ ޚާއްސަ

މާދަރީބަސް

Print

ކޯރޯ: އަލަށް ފެނުނު ބަހެއް

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


ކޯރޯ: ދުނިޔޭގައި މީހުން ވާހަކަދައްކާ ބަސްބަހުގެ ލިސްޓަށް އެންމެފަހުން އިތުރުވީ ބަސް


މުޙަންމަދު ޝާހިދު ޙަލީމް


"ކޯރޯ" (Koro) މިއީ ދާދި ފަހަކާ ޖެހެންދެން ވަކި ބަހެއްގެ ގޮތުގައި ބަހަވީ ޢިލްމުވެރިންނަށް ފާހަގަކުރެވިފައި ވާ ކަން އެނގިފައިވާ ބަހެއް ނޫނެވެ. އެހެންނަމަވެސް މިހާރު އެއީ ދުނިޔޭގައި މިހައިތަނަށް ފާހަގަކުރެވިފައިވާ ބަސްތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުވީ ކަން އެނގިފައިވާ ބަހެވެ.



Print

ބަނޑަށް އަޅަނީ ކޮން އެއްޗެއް؟

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


ބަހުގެ ބަހުސް

މުޙަންމަދު ޝާހިދު ޙަލީމް

" ... ޅާނ --- ބު --- ވަނީ --- ފައި --- ގާ، ޏަމް --- ޏަމް --- ބިން --- ނަ --- ނީ، ޑަ --- ބިޔާ --- ހުރީ --- ބިން --- މަ --- ތީ ---ގައި ..."
އާދަމް މަނިކު ދިވެހިގެއަށް ވަން އިރު، އޭނާއަށް އިވިއިވި ހުރީ އެ ގޭ މުޙަންމަދު މަނިކުގެ ދަރިފުޅު ދިވެހި ފިލާވަޅު ކިޔާ އަޑެވެ.
" ... ޅާނ --- ބު --- ފެށޭ --- ޅަވިޔަނި --- އަޑުން، ޅަވިޔަނި --- އަޑުން --- ޅާނބު --- ފެށޭ، ޏަމް --- ޏަމް --- ފެށޭ --- ޏަވި --- ޔަނި --- އަޑުން، ޏަވިޔަނި --- އަޑުން --- ޏަމް --- ޏަމް --- ފެށޭ، ޑަބިޔާ --- ފެށޭ --- ޑަވި --- ޔަނި --- އަޑުން، ޑަވިޔަނި --- އަޑުން --- ޑަބިޔާ --- ފެށޭ ..."
Print

ދަރިފުޅު އިނގިރޭސިބަހަށް މޮޅުކުރެވޭނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

މިއަދު ކޮންމެ މަޔަކާއި ކޮންމެ ބަފަޔަކު ނުވަތަ ކޮންމެ ބެލެނިވެރިޔެއްގެ ވެސް އުންމީދަކީ އެ ބަޔެއްގެ ދަރިން ތަޢުލީމީ ގޮތުން މޮޅު ދަރިންތަކަކަށް ހެދުމެވެ. ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ކިތަންމެ ބޮޑު ބުރައެއް އުފުއްލައިގެން ވިޔަސްވެހެވެ. މިއީ ދިވެހީން ތަޢުލީމަށް ލޯބިކުރާ މިންވަރުގެ މަތިވެރިކަން ހާމަކޮށްދޭ ކަމެކެވެ.
Print

ނަފީކުރުމުގެ މައިގަނޑު އުޞޫލުތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)


ނަފީކުރުމަކީ ވެސް ދިވެހިބަހުގައި އޮންނަ، ވަރަށް މުހިއްމު ހަމައެކެވެ. ބޭނުންތެރި ހަމައެކެވެ. ބަހުގެ ހަމަތަކާ އެއް ގޮތަށް ނަފީކުރުމުގެ އުޞޫލުތަކަށް ސަމާލުކަން ނުދޭނަމަ ގެއްލުންތަކެއް ލިބޭނެ ހަމައެކެވެ. ނަމަވެސް މިއީވެސް ވަރަށް ގިނަ ބަޔަކަށް ނޭނގޭ އަދި އިހުމާލުކޮށްލެވިފައިވާ ހަމައެކެވެ. ފަހެ ނަފީކުރުމަކީ ކޮބައިތޯއެވެ؟
ނަފީ ކުރުމަކީ، ނުވެޔޭ، ނެތޭ، ނުވަތަ ނޫނޭ ބުނުމަށް ޓަކައި ނުވާކަން، ނުވަތަ ނެތްކަން، ނުވަތަ ނޫންކަން އަންގައިދިނުމަށް ބުނާ ބުނުންތަކެވެ.
Print

ދިވެހިބަހުގައި "ބެލްޓު"އެޅުވުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

1960ގެ ކުރީކޮޅު ރާއްޖެއަށް އިނގިރޭސި ތަޢުލީމު ތަޢާރުފުވުމާއެކު، ދިވެހި ބަހަކީ މުހިއްމު ބަހެއް ނޫންކަމުގެ އިޙުސާސް ދިވެހީންގެ ހިތްތަކަށް ވެއްދޭތޯ މަސައްކަތްކުރެވިފައިވެއެވެ. މި ދުވަސްވަރު ދިވެހި ބަހަށް ދެވޭ ސަމާލުކަން ކުޑަވިއެވެ. އަދި އިނގިރޭސިބަސް އެނގުމަކީ މީހާގެ މަތިވެރިކަން ހާމަވާ ކަމެއްކަމަށް ގަބޫލުކުރެވެން ފެށުނެވެ. ދިވެހީން ދިވެހިބަސް އިހުމާޅުކޮށްލައިފި ނަމަ އެ ބަހާ އަޅައިލާނެ ބަޔަކު ނުތިބޭނެކަން އޭރަކު ވިސްނައިގަންނާކަށް ނޭނގުނެވެ. ނަތީޖާއެއްގެ ގޮތުން އެ ދުވަސްވަރު ގެޔަކަށް ނަމެއް ކިޔަސް އިނގިރޭސި ނަމެއް ކިޔުމަކީ ފަޚުރެއްކަމުގައި  ދިވެހިން ދުށްޓެވެ.
Print

ރަސްމީ ސިޓީބިޓީ....

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ރަސްމީ ސިޓީބިޓީގެ މުޢާމަލާތުގައި ސަލާމުކަން ދޭންވީ ކަންކަން


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

މަސައްކަތުގެ މުޢާމަލާތުތަކުގައި އަނގަބަހުން ވާހަކަދެއްކުމާއި ފޯނުގެ މުވާޞަލާތުގެ އިތުރުން އެންމެ ޢާއްމުކޮށް ބޭނުންކުރާ ވަސީލަތަކީ ސިޓީބިޓީ އެވެ. ފެކުސް ވެސް އަޅުގަނޑު މި ހިމަނަނީ ސިޓީގެ މާނައިގަ އެވެ. ބަހުން ރަނގަޅަށް ޢިބާރާތް ކުރަން އެނގުނަސް ސިޓީލިޔެ ފޮނުވުމުގައި ސަމާލުކަންދޭންޖެހޭ އެތައްކަމެއް ހުރެ އެވެ. އެހެނީ ސިޓީ އަކީ ހަމައެކަނި  އޭގައިވާ ލިޔުން ކޮޅެއް ނޫނެވެ.
Print

ދިވެހި ބަހަކީ...

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ މާދަރީބަސް


ދިވެހިބަހަކީ އަމިއްލަ ވަޒަންތަކަކާއި ހަމަތަކަކުން ނެރެވޭ


ދިވެހި އަޑުތަކެކެވެ.

ޑރ. މުޙައްމަދުލަޠީފު

ދިވެހި ބަހަކީ، އަޅުގަނޑުމެންގެ އަމިއްލަ ބަހެވެ. "ޤުދްރަތީ ދިވެހިރާއްޖޭގެ" މީހުން ވާހަކަދައްކާ އުޅޭ އަދި އެނޫންބައެއްގެ މައިދަރީ ބަސްކަމުގައިނުވާ ދިވެހީންގެ އަމިއްލަބަހެވެ. އަދި އަޅުގަނޑުމެންގެ އަމިއްލަކަން ދަލީލުކޮށްދޭ އެންމެ އަލިގަދަ ދަލީލުވެސްމެއެވެ. އަޅުގަނށު ފަހަރެއްގައިވެސް މިދަންނަވަނީ، ވާހަކަ ދައްކާ އުޅޭ އަމިއްލަ ވަކިބަހެއްނެތް ބަޔަކަށް އަމިއްލަ ވަކިބައެއްކަމުގައި ނުވެވޭނެ ވާހަކައެއް ނޫނެވެ. އަދި އެހެންވެފައި ނެތް ވާހަކައެއްވެސް ނުމެނޫންމެއެވެ.
Print

ލިޔުންތެރިކަން

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ޝަރީފްމުޙައްމަދު،ރޯޒީ ށ.ފުނަދޫ

ލިޔުންތެރިކަން މި ބަހަށް ބަލާއިރު މި ބަސް ދެ ބަޔަކަށް ބަހާލެވިދާނެ އެވެ. އެއީ ލިޔުން އަދި ތެރި ކަމެވެ. މަސައްކަތަކަށްވެސް އަދި އެ މަސައްކަތުން އުފައްދާ އެއްޗަކަށްވެސް ލިޔުން ކިއިދާނެ އެވެ. ލިޔުން މިއީ މަސްދަރެކެވެ. މަސްދަރު އައިސްފައިވާ އަޞްލަށް ބަލާއިރު އެއީ ކަމެކެވެ. ލިޔުމަކީ އެއްޗެއް ދޭހަވާގޮތަށް ކުރެހުމެވެ. ތެރިކަން މި ލަފުޒަށް ބަލާއިރު މި ލަފުޒުވެސް ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ތެރި އަދި ކަމެވެ. ތެރި މިއީ ލަފުޒުތައް ގުޅުވަން ބޭނުންކުރާ އަކުރެކެވެ. ތެރިކަން މިއީ ކުޅަދާނަކަން ހާމަކޮށްދޭން ބޭނުންކުރާ ލަފުޒެކެވެ. އެހެންކަމުން ލިޔުންތެރިކަމުގެ ޖުމްލަ މާނަ އަކީ މާނަ ކުރަހައި ދިނުމުގެ ކުޅަދާނަ ކަމެވެ.
Print

ބަހުގެ ހަމަ - 1 (ނަންއިތުރު)

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ މާދަރީބަސް


އެއްކޮށްތައްޔާރުކުރީ: ޢަބްދުﷲ ޞާދިޤު

ދިވެހިބަހުގެ ގަވާއިދުގައި ވާގޮތުން ނަންއިތުރަކީ، ނަމަކަށް އިތުރު ސިފައެއް ނުވަތަ އިތުރު ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ. ވީމާ، އެއީ މީހެއްކަން ތަނެއްކަން ނުވަތަ އެއްޗެއްކަން ދޭހަކޮށްދޭ ބަހަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ލަފުޒކަކީ، ނަންއިތުރެކެވެ.
Print

ދިވެހިބަސް ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި....

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އާދަމްޝަރީފް، ރޯޒީ/ށ.ފުނަދޫ

ދިވެހިބަސް ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި، ސުކޫލުތަކުން ދިވެހިބަހަށްދޭ ސަމާލުކަން އިތުރުކުރަން ޖެހެއެވެ.


ފުނަދޫ ސުކޫލުގެ 2004 ވަަނަ އަހަރުގެ ދިވެހި ހަފުތާ ނިންމުމުގެ ގޮތުން ބޭއްވި ހަފުލާގައި ށ.އަތޮޅުގެ ވަރަށް ޢިއްޒަތްތެރި ބޭފުޅަކު ވިދާޅުވިއެވެ. ''އެސް.އެސް.ސީ އިމްތިހާނުގެ ދިވެހިން އޭ ހޯދާ ކުދިންނަށްވެސް ރީތި ދިވެހިބަހުން ފަސޭހަކަމާއި އެކު ލިޔެކިޔައި އުޅުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. އެމީހުންގެ ލިޔުން ތަކުގައި އިމްލާކުށްވެސް ހުންނާނެ އެވެ.'' މި ވިދާޅު ވުމާއި މެދު އެރޭ ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅު ކުރިއެވެ. އެކަމާއި އިންކާރުކޮށް އެއީ ތެދު ވާހަކަ އަކަށް ނުވާނެ ކަމަށް ބުނެ އަޑު އުފުލިއެވެ. އަދި އެސް. އެސް.ސީ އިމްތިހާނުން ދިވެހިން އޭ ހޯދާ ކުދިންނަކީ ބަހުގެ ފެންވަރު ވަރަށް ރަނގަޅު ކުދިންނަށް ވާނެ ކަމަށް ވެސް ވަކާލާތުކުރިއެވެެ.
Print

މަ ހަ ލް ބަ ހަ ކީ ކޮ ން ބަ ހެ އް ބާ ؟

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް


ޑރ. ޢަބްދުލްމުނީރު / މުރައިދުގަނޑުވަރު / މަލިކު
      
އެއްވެސް ޝައްކެއް ނެތެވެ. މިއީ މަހަލްދީބު ނުވަތަ ރާއްޖޭގެ ވެރިކަންކުރާރަށް މާލެއަށް ނިސްބަތްވެގެންވާ ބަހެކެވެ. މިބަހަކީ ދިވެހިރާއްޖޭގައި ވާހަކަދައްކާ ދިވެހިބަހެވެ.
       
އާދެ، ދިވެހިބަހަށް މަހަލް ބަހޭ ކިޔަނީ ކޮންރަށެއްގައިހެއްޔެވެ؟ އެރަށަކީ އެތަކެއް އަހަރުކުރިން ދިވެހިރާއްޖޭގެ ރަށެއްކަމުގައިވެފައިވާ، އަދި މިއަދު އިންޑިޔާގެ ރަށަކަށްވެފައިވާ ދިވެހި ބަހުން ވާހަކަދައްކާ އަދި ދިވެހިންގެ އާދަކާދަތަކާއި ސަގާފަތެއް އެކުލެވިފައިވާ އާބާދީޔެއް ދިރިއުޅޭ މަލިކެވެ.
Print

މިލާވޮހާތު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުﷲ ނަޢީމު އިބްރާހީމް


ލަވައަކީ ވަކި ރާގަކަށް ކިޔޭ ގޮތަށް އޮންނަ ޅެމެއް ކަމަށް ޅެމުގެ އަހުލުވެރިން ވިދާޅުވެއެވެ. އެހެން ކަމަށްވާނަމަ ލަވައިގެވެސް ހަމަތަކެއް ހުންނާނެއެވެ. ޤަވާޢިދުތަކެއް ހުންނާނެއެވެ.
އަޅުގަނޑަކީ ޅެންވެރިއަކަށް ނުވާތީ ޅެމާމެދު މާގިނަ ވާހަކަ ދައްކާކަށް ނޭނގޭނެއެވެ. ޅެމާއި ލަވަ ހެދުމަކީ އެ ފަންނުގެ އަހުލުވެރިންގެ ކަމެކެވެ. އެކަމަކު ލަވައެއް ރީތިވީމާ އަޅުގަނޑަށްވެސް އެނގެއެވެ. އަދި ހުތުރު ލަވައެއް ހުތުރޭ ބުނަންވެސް އެނގެއެވެ. ބިސްގަނޑު މީރޭ ބުނަން ކުކުޅަކަށް ވާކަށް ނުޖެހެއޭ ބުނާ ބީދައިންނެވެ.
Print

ވަކިވާކަށް ބޭނުމެއް ނޫނެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އާދަމްޝަރީފު މުޙައްމަދު، ރޯޒީ/ ށ. ފުނަދޫ

އުފެއްދުންތެރި ލިޔުން

އަހަންނަކީ ފުނަދޫގެ ފެހި ޖައްވަށް ފިނިކަމާއި ހިތްފަސޭހަކަން ގެނެސް ދިނުމަށް މަސައްކަތް ކުރާ ގަސް ތަކުގެ ތެރެއިން ގަހެކެވެ. އެފަދަ ގަސް ތަކުގެ ތެރެއިންވެސް ޤަދަރު ކުރެވޭ ގަހެކެވެ. ފާއިތުވެ ދިޔަ ދުވަސް ތަކުގައި މިބިމުގައި ފައި ހަރުކޮށްގެން ހުރީ އަހަރެންގެ ސަބަބުން މި ރަށުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ ކަމާއި ހިޔާދިނުމަށެވެ. އަދި އެމީހުންގެ ހުސް ވަޤުތުތައް
Print

އެހާރާއި މިހާރުގެ އަރަބި ތާނަލިޔުމުގެ މައްޗަށް ބަލައިލުމެއް

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ މާދަރީބަސް

    
އަބްދުﷲ ޞާދިޤު

މިއަދަކީ، އަތުލިއުމުން ލިޔުމުގެ ބަދަލުގައި ޓައިޕްރައިޓަރަށްފަހު، ކޮމްޕިޔުޓަރުން ތާނަލިޔުމުގެ ދުވަހެވެ. ތާނަލލިޔުން ކުރިއަރަމުންދަނީ ވަރަށް ހަލުއި ދުވެއްޔެއްގައެވެ. އެހެންކަމުން ތާނަލިޔާން ކާބަފައިން އުޅުނުހާލާއި ކުރި މަސައްކަތްތައް އެނގިފައި އޮތުމަކީ ބޭނުން ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ.

ދިގުޒަމާންތަކެއް ވަންދެން ދިވެހިން ދީނީފޮތްތަކާއި ވާހަކަފޮތްތައް، ބޭސްފޮތްތަކާއި ނަކަތްރާހި ފޮތްތައް، ފަންޑިތަފޮތްތަކާއި ރައިވަރުފޮތްތައް ލިޔަމުން އައީ
Print

ކިޔާލަބަލާށެވެ! ވިސްނާލަ ބަލާށެވެ!(3)

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ މާދަރީބަސް


28 ޖޫން(ހޯމަ)އާ ގުޅޭ....

މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

21 މޮޔައަކު އަތަށް ތޫނުކަމެއް ދީފާ ވަލަށް ވައްދައިފި ނަމަ ގަސްރުއް ރޯނެ އެވެ.

طبيعة فاسد ވެފައިތިބޭ جاهل އަކަށް حكومي ވެރިކަމެއް مالي قدرއެއް سياسي ބާރެއް ލިބިއްޖެނަމަ އެއީ ހަމަ އެންމެންގެ މައްޗަށް ވެސް ހުރި ނުރައްކަލެކެވެ. وطني ބިރެކެވެ. ނުޖެހި ނުދާނެ آفات އެކެވެ.

عامّ اجتماعي نظرއަކުން ބަލާނަމަ އެ مجتمع ގައި އެމީހާއަށްވުރެ މީސްތަކުންގެ قدرއާއި احترام ލިބޭ މީހަކު ވާނަމަ ،
Print

ވާހަކަ ލިޔުން

ޝާޢިއުކުރީ އާދަމްޝަރީފު މުޙަންމަދު . ހިމެނޭބަޔަކީ މާދަރީބަސް


އާދަމްޝަރީފު މުޙަންމަދު

ރަނގަޅު ވާހަކައެއް ލިޔާނީ ކިހިނެތް ހެއްޔެވެ؟ ބައެއް ކާމިޔާބު ލިޔުންތެރިންގެ ތިރީގައިވާ ބަސްކޮޅުތަކަށް ބަލައިލާށެވެ.
* ގިނައިން ލިޔުނު ވަރަކަށް ދަސްވާނެ އެވެ. ތާކުންތާކު ނުޖެހޭ ވާހަކައެއްވެސް ލިޔެވިދާނެ އެވެ. އެކަމަކު ރަނގަޅު ވާހަކައެއް ލިޔުމަށް ކޮށޭމަގަކަށް އެވާހަކަ ވާނެ އެވެ.  ( އިސަކް އެސިމޯވ )
* ލިޔާ ޖުމްލަތައް ބާރަށް ކިޔާށެވެ. ( ހެރީ )
Print

ފޮތެއްގެ ތަޢާރުފު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ މާދަރީބަސް


ބައެއް އާ ފޮތްތައް


އައިމިނަތު އިބްރާހީމް


މަޒުމޫނު ލިޔުން

މިފޮތަކީ އެސް.އެސް.ސީ އަދި އެޗް އެސް.ސީ އިމްތިޙާނު ހަދާ ދަރިވަރުންނަށް މަޒުމޫނު ލިޔުމަށް ދަސްކޮށްދިނުމަށް ތައްޔާރު ކުރެވިފައިވާ އަތްމަތީ ފޮތެކެވެ. މިފޮތުގައި މަޒުމޫނުގެ ތަފާތު ވައްތަރުތަކާއި، އެފަދަ މަޒުމޫނުތައް ލިޔުމުގައި ބޭނުން ކުރެވޭނެ އެންމެ މިހާރުގެ މަޢުލޫމާތުތަކާއި، ތަފާސްހިސާބުތައް، އަދި ދަރިވަރުން ލިޔެފައިވާ މޮޅުމަޒުމޫނުތަކާއި،
Print

ދިވެހި “ރައްޔިތެއްކަން އަންގައިދޭ ކާޑު” އުވިދިއުން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް



އަޙްމަދު ޖަދުޢާން

އައިޑެންޓީޓީ، (އައި.ޑީ) ކާޑު ނުވަތަ ކާކުކަން އަންގައިދޭ ކަޑަކީ މިހާރު ކޮންމެހެން މުހިންމު އެއްޗެކެވެ. އެއާ ނުލައި އުޅުމަކީ މިޒަމާނުގައި، ދިރިއުޅުމުގައި ދަތިތަކާ ކުރިމަތި ވާނޭ ކަމެކެވެ. ބޭންކް ތަކާއި ސަރުކާރުގެ މުއައްސަސާތައް އަދި ކޮންމެ ދުވަހަކު ޚިދުމަތް ހޯދަންޖެހޭ އިދާރާތަކުންވެސް ޚިދުމަތް ލިބެން އޮންނަނީ މިދެންނެވި، ތިމާއަކީ ކާކުކަން އަންގައިދޭ ކާޑު އޮވެގެންނެވެ. ދުލުން ތިމަންނާ އަކީ “މުޞްޠަފާ” އޭ ޢުމުރަކީ މިވެނި ވަރެކޭ، ދިވެއްސަކީމޭ ބުންޏަސް މިޒަމާނުގައި އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ އެވެ. ޤަބޫލުކުރާނީ އެއްކަލަ ކާޑު ދެއްކުމުންނެވެ.
Print

ދިވެހިބަސް ދިވެހިކޮށް ކުރިއެރުވުމަށް ... ބައެއް ފިޔަވަޅުތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ދިވެހިބަސް ދިވެހިކޮށް މުއްސަނދިކުރުމަކީ ސަރުކާރުން ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވާ ކަމެކެވެ. މިކަން ދޭހަވާ އެންމެ ބޮޑު ހެތްކަކީ، [ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖްލިސް] (މިހާރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ނުވަތަ އެހެން ނަމެއް)ގެ ޙަރަކާތްތަކެވެ. މިރޮނގުން ތަފާތު ގިނަ ޙަރަކާތްތަކެއް އެމަޖިލީހުން ހިންގަވާކަން ދިވެހިބަހަށް ލޯބިކުރާ ކޮންމެ ދިވެއްސަކު ޝުކުރުވެރިކަމާއެކު ޤަބޫލުކުރާނެއެވެ. އަދަބީ ފޮތް ނެރުއްވައެވެ. މުބާރާތްތައް ބާއްވައެވެ. އެކިއެކި ކޯސްތައް ހިންގަވައެވެ. ސެމިނާރުތަކާއި ބައްދަލުވުންތައް އިންތިޒާމް ކުރައްވައެވެ. ބަސް އެއްކުރައްވައި ރަދީފު އުފައްދަވައެވެ. އާލަފުޒުތައް އުފައްދަވައި ބަސްކޮށާރު މުއްސަނދި ކުރައްވައެވެ. އަދިވެސް... އެތައް އެތައް ޙަރަކާތްތަކެކެވެ..... ޝުކުރު ހުއްޓެވެ.!!
Print

''ޕްރޮގްރާމަށް މަރުޙަބާ -–މިތާގެ ޚިދުމަތަށް މަރުޙަބާ''

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުﷲ ޞާދިޤު

''އައްސަލާމު ޢަލައިކުމް! އުފެއްދުންތެރިކަމުގެ އާ ޕްރޮގްރާމަށް މަރުޙަބާ!'' ''މި ފިހާރައިގެ އާ ޚިދުމަތަށް މަރުޙަބާ!'' މި ބާވަތުގެ ޢިބާރާތްތަށް މިހާރަކަށް އައިސް ގިނައިން އެބަ އިވެ އެވެ. މިއީ ދިވެހި ބަހާއި ވަރަށް ބީރައްޓެހި ޢިބާރާތެއްކަމަށް އަޅުގަނޑަށް ފެނެ އެވެ. މި ދެންނެވީ ޕްރޮގްރާމު ހަދާ ބަޔަކު އެ ޕްރޮގްރާމަށް މަރުޙަބާ ކިޔާ ވާހަކަ އެވެ. ޚިދުމަތް ދޭ ފަރާތުން އަމިއްލަ އަށް ޚިދުމަތަށް މަރުޙަބާ ކިޔާ ވާހަކަ އެވެ. ވީމާ، އެހެން ބަޔަކާ ނުބެހި އެކަން އެ ނިމުނީ އެވެ. މިއީ އަޅުގަނޑަށް ހީވާ ގޮތެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ