[ރިކައުންޓް]
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ)
(1) ތަޢާރަފު:
ލިޔުންތެރިކަން ބެހިގެންވާކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ އާދައިގެ ބަހުރުވައާއި ވަޒަންބަހުރުވައެވެ. ނުވަތަ ނަސްރާއި ނަޒުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޅެން ބަހުރުވައާއި އާދައިގެ ޢިބާރާތެވެ. ބަހެއް ބޭނުންކޮށްގެން އިންސާނަކު ލިޔެއުޅޭ ހުރިހައި ބާވަތެއް މި ދެ ބައިގެ ތެރޭގައި ހިމެނޭނެއެވެ. މީގެ ތެރެއިން ވަޒަން ބަހުރުވައަކީ ނިސްބަތުން މަދުބައެކެވެ. ގިނައީ ވަޒަން ބަހުރުވަ ނޫން އެހެން ބަހުރުވައެވެ. އާދައިގެ ޢިބާރާތެވެ. ޓެކްސްޓެވެ.