އަދުގެ ޚާއްސަ

މާދަރީބަސް

Print

ދިވެހި ސައްޔާހެއްގެ ގަލަމުން ... ޕެރިސް (02)

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


އަދަބުއްރިޙްލާތު                                            22 ސެޕްޓެމްބަރ (އަންގާރަ)އާ ގުޅޭ...

ޑރ. ޙަސަން ޙަމީދު

ޕެރިހުގެ ފުޅާ މަގުތަކުން ދަތުރުކުރަމުން އައިސް، އަޅުގަނޑު ހުންނަން ހަމަޖެހިފައިވާ ހޮޓަލަށް ޓެކްސީ  މަޑުކޮށްލައިފިއެވެ. ޕެރިހުގެ ގިނަ ހޮޓާތަކަކީ ވަރަށް އާދައިގެ ހޮޓާ ތަކެކެވެ. ދެކުނު އޭޝިޔާގައި ހުންނަ ހޮޓާތައް ފަދަ ބޮޑެތި ވަކިވަކިން ހުންނަ ތަންތަނެއް ނޫނެވެ. މާލޭގައި މިހުންނަ އުސް ގެތަކުން ގެއެއްގެ ނަންބޯޑު ހޮޓަލަށް ބަދަލު ކުރުމުން ޕެރިހުގެ އެންމެ ޢާންމު ހޮޓާތައް އަޅުގަނޑުމެންނަށް ސިފަ ކުރެވޭނެ އެވެ. ޕެރިހުގެ އުސް "ގެ" ތަކާއި ހޮޓާތަކުގެ ކޮޓަރިތައް ވަރަށް ކުޑައެވެ. އެއީ ޖާގަ ނެތުމާއި ފިނި މޫސުމުގައި ކޮޓަރިތައް ހޫނުކުރަންޖެހޭތީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރާ ކަމެކެވެ. ޕެރިހުގެ ޢިމާރާތްތަކުގެ ވަރަށް ގިނަ ބިއްލޫރި ކުޑަދޮރުތައް ހުޅުވެނީ އެތެރެއަށެވެ. ކޮންމެ ކުޑަދޮރެއްގައި ބޭރަށް ހުޅުވޭ ލަކުޑި ކަތިފިލާޖެހި ދޮރުފަތް ހަރުކޮށްފައި ހުރެއެވެ. އެއް ކުޑަދޮރުން ބަލާލާއިރު ކޮންމެވެސް އެހެން
Print

ދިވެހި ސައްޔާހެއްގެ ގަލަމުން ... ޕެރިސް (01)

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


އަދަބުއްރިޙުލާތު

ޑރ. ޙަސަން ޙަމީދު

ދުނިޔޭގައިވާ އެންމެ މަޤްބޫލު ސިޓީ ނުވަތަ ގިނަ ބަޔަކު ދިރިއުޅޭ ސަހަރަކީ ކޮބައިތޯ ބެލުމަށް އިންޓަރނެޓް ބޭނުންކޮށްފިނަމަ، ފުރަތަމަ ތިން ސަހަރުގެ ތެރޭގައި ފަރަންސޭސި ވިލާތުގެ ޕެރިސް ހިމެނޭ ކަމަށް ހޯދުންތައް ދައްކާނެއެވެ. އެތަށް ސަހަރަކަށް އެތަށް ޤައުމަކަށް، ދަތުރުކޮށް، ތަފާތު ތަންތަން ތަޖުރިބާ ކޮށްފައިވާ ސައްޔާހުން ޕެރިސް ފާހަގަކޮށްފައިވަނީ ދުނިޔޭގެ އެންމެ ފުރިހަމަ ސިޓީގެ ގޮތުގައެވެ. ތަފާތު ޢިބާރާތްތަކުން ޕެރިސް މަޝްހޫރު ވެފައިވެއެވެ. ޕެރިހަކީ ސިޓީ އޮފް ލައިޓްސް އެވެ. އާދެ! ދިއްލުންތަކުގެ ސިޓީއެވެ. އެއީ ލޯބިވެރިންގެ ސިޓީއެވެ. ފެޝަންގެ ޖަގަހައެވެ. ހުވަނދާއި އަތަރު އުފެއްދުމުގެ މަހައްލެވެ. ދުނިޔެއަށް މަޝްހޫރު އެތައް ތަނަކަށް، އެތައް ކަމަކަށް ޕެރިސް މަޝްހޫރު ވެފައި  ވެއެވެ.
 
Print

ހަރުބަހާއި މަޖާޒު ބަސް

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ މާދަރީބަސް


މަޑުލު މުޙަންމަދު ވަޙީދު

ކޮންމެ ޘަޤާފަތެއްގެ މީހުންގެ ތެރޭގފައި ވެސް ހަރުބަހާއި މަޖާޒު ބަސް ހުރެ އެވެ. އެ ފަދަ ބަސްބަސް އެ ބައެއްގެ ތެރޭގައި ބޭނުން ކުރަނީ އެ  ބައެއްގެ ދިރިއުޅުމާއި ގުޅޭ ގޮތަށެވެ.

ދާދި ފަހުން އެފްރިކާއަށް، އަޅުގަނޑު ދިޔަ ދިޔުމެއްގައި އެފްރިކާގެ މަޖާޒުބަހާއި ހަރު ބަސްތަކެއް ލިބުނެވެ. އޭގެ ތެރެއިން ބައެއް ބަސްބަސް ފަތްތޫަރައިގެ އަހުލުވެރީންނާއި ހިއްސާކޮށްލުމުގެ ބޭނުން ބޮޑުކަމަށް ދެކެމެވެ.ސަބަބަކީ އަޅުގަނޑުމެން ދިވެހީންގެ ޘަޤާފަތަކީ ވެސް އެކަހެރިކޮށް ދުނިޔޭގެ އެހެން މިހުންނާ ނުގުޅި އޮތް ޘަޤާފަތެއް ނޫން ކަމަށް އިޙްސާސްވާލެއް ބޮޑުކަމެވެ.
Print

ބަސްބަހުގެ ކުރިއެރުމާއި ދަށަށް ދިޔުން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުﷲ ފާރޫޤު ޙަސަން

ބަހާބެހޭ ގޮތުން މިޒަމާނުގައި ހޯދޭ އާ ހޯދުންތަކުގައި ވާގޮތުން ދުނިޔޭގައި ކޮންމެ ފަނަރަ ދުވަހަކުން ބަހެއް މަރުވަމުން ދެ އެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ވާހަކަ ދެކެވުނު ބަސް ބޭނުންކުރެވިފައިވަނީ މީގެ ފަސްދޮޅަސް ހާސް އަހަރު ކުރީންނެވެ. އޭގެ ފަހުން ޒަމާނު ބަދަލުވަމުން އައި އައުމުގައި އެ ތަކެއް ބަސްތަކެއްވަނީ އުފެދިފަ އެވެ. ހޯދުންތަކުން އެނގިފައިވާގޮތުގައި ދުނިޔޭގައި އުފެދިފައިވާ ބަސްތަކުގެ ޢަދަދު އެތަކެއް ލައްކަޔަށް އަރައެވެ. އޭގެތެރެއިން އެ ތައްލައްކަ ބަހެއްވަނީ އެ ބަހަކުން ވާހަކަދައްކައި އުޅުނު މީހުންނާއެކު މަރުވެ ވަޅުލެވިފަ އެވެ.  ފަނާވެ ގޮސްފައިވާ ބަސްތަކުގެ ތެރެއިން ގިނަ ބަސްބަހަކީ އެ ބަހެއް ލިޔެ އުޅޭ އަކުރެއް ނެތް ބަސްތައް ކަމުގައިވާތީ އެ ބަސްތަކުގެ އަސަރާއި ނިޝާން ވެސް ވަނީ ދުނިޔެއިން ފޮހެވިގެން ގޮސްފަ އެވެ.  ދުނިޔޭގައި މަރުވެގެން ގޮސްފައިވާ ބަސްތަކަށް ބަލާއިރު މަރުވެފައިވަނީ އެ ބަސްތައް ލިޔާނެ އަކުރެއް ނެތް ބަސްބަސް އެ ކަންޏެއް ނޫނެވެ. 
Print

ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ

ޝާޢިއުކުރީ ޢަބްދުﷲ ޒަމީރު . ހިމެނޭބަޔަކީ މާދަރީބަސް


ފޮތެއްގެ ތަޢާރަފް..
"ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ"....

ޢަބްދުﷲ ޒަމީރު (1998)
    
ދިވެހި ތާރީޚަށް އެކި ސިފަސިފައިގައި ރާއްޖެއިން ބޭރުގެ ލިޔުންތެރިންނާއި ދަތުރުވެރިން ޚިދުމަތްކޮށްފައި ވެއެވެ. މިގޮތުން ޚިދުމަތް ފާހަގަކުރެވޭ އެކަކީ ފަރަންސޭސިވިލާތުގެ ލަވާލްއަށް އުފަންވި މަޝްހޫރު ސައްޔާހު ފްރެންކޯއީ ޕިރާޑެވެ.
   
މީލާދީން ސަތާރަވަނަ ގަރުނުގެ ވަރަށްކުރީކޮޅު 1602 ވަނަ އަހަރު ރާއްޖެއަށް އާދެވުނު ފްރެންކޯއީ ޕިރާޑުގެ ދަތުރުނާމާ ޕިރާޑް ލިޔުނީ އޭނާގެ ރަށުގެ މީހުންނަށް އިރުމަތީ ދިރިއުޅުމާއި ޚަބަރުތައް ސާފުކޮށްދިނުމުގެ ބޭނުމުގައެވެ. ފަރަންސޭސިބަހުން ތިންފޮތަށް ޗާޕްކުރެވުނު ފޮތް އިނގިރޭސިވިލާތުގެ ޖަމާޢަތަކުން ޕިރާޑުގެ "ދަ ވޮއެޖް" އިނގިރޭސި ބަހަށް ތަރުޖަމާކުރެވިފައި ވަނިކޮށް 20 ވަނަ ގަރުނުގެ ތެރޭގައި މިފޮތް ދިވެހިބަހަށް ތަރުޖަމާކުރައްވައި ފުރަތަމަ ފަހަރަށް ނޫހުގެ ޒަރީޢާއިން ދިވެހިންނާ ހަމައަށް ގެނެސްދެއްވީ އަލްމަރުޙޫމް މުޙަންމަދު އިސްމާޢީލް ދީދީ އެވެ.
Print

ޕްރޮފެސަރ ޑީ.އީ ހެޓިއަރާޗީގެ ތަގުރީރު

ޝާޢިއުކުރީ ޢަބްދުﷲ ޒަމީރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުﷲ ޒަމީރު (1997)

މިއީ ޕްރޮފެސަރ ޑީ.އީ ހެޓިއަރާޗީ އަމީނިއްޔާ އިސްކޫލާއި މަޖީދިއްޔާ އިސްކޫލުގެ މަތީ ކިލާސްތަކުގެ ދަރިވަރުންނާއި މުޚާޠަބު ކުރައްވައި 31 އޮގަސްޓް 1979 ވީ ހުކުރު ދުވަހު އަމީނިއްޔާ އިސްކޫލު ހޯލުގައި އިނގިރޭސިބަހުން ދެއްވި ތަގުރީރުގެ ދިވެހި ތަރުޖަމާއެވެ.
Print

ޚާއްޞަނަމާއި އާންމުނަން

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް

މުޙަންމަދު ޝާހިދު ޙަލީމް

ޚާއްޞަނަމާއި އާންމުނަމަކީ ކޮބައިހެއްޔެވެ؟ އެއީ ނަން ބެހިފައިވާ ދެ ބައެވެ. އެހެންވެއްޖެއްޔާ ނަން ބެހިފައިވާ އެ ދެ ބައިގެ ތެރެއިން ޚާއްޞަނަމުގެ ތެރޭގައި ހިމެނެނީ ކޮން ބާވަތެއްގެ ނަންނަމެއް ހެއްޔެވެ؟ އާންމުނަމުގެ ތެރޭގައި ހިމެނެނީ ކޮން ބާވަތެއްގެ ނަންނަމެއް ހެއްޔެވެ؟
Print

ދެނެއް ދިވެހިރާއްޖެޔެއް ނޯންނާނެ ޔޯ!

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ މާދަރީބަސް



ޅޮހީ ޢަބްދުއްރަހީމް / މަނަދޫގެ

އަޅުގަނޑުމެން ވަރަށް ގިނައިން ޢާންމުކޮށް އަޑުއަހާ އުޅޭ ޖުމްލައެކެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ވަރުގަދައަށް އެކި ފަންތި ތަކުގައި އެކި ހައިސިއްޔަތުން ދެކެވޭވެސް ވާހަކައެއްމެއެވެ. މިހުރިހާ ކަމަކާއެކު އިއްޒަތްތެރި ކިޔުންތެރިންނަށް އަޅުގަނޑުވެސް އަރުވަން އޮތް ހިތާމަވެރި ޚަބަރަކީ މިއީއެވެ. މީގެ ސަތޭކަ އަހަރުފަހުން ނުވަތަ އެޔަށްވުރެވެސް އަވަހަށް އަޅުގަނޑުމެންގެ ދިވެހިރާއްޖެ ނެތިގެން ހިނގައިދާނެއެވެ. އެކަމަކު ކަނޑުގެ ލޮނުގަނޑު އުސްވާތީއެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެން އަމިއްލަޔަށް ކަނޑުގެ ލޮނު ގަނޑަށް ގެނބެމުން ދާތީއެވެ.
Print

ބަސްފޮތް ހަދަނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުﷲ ނަޢީމް އިބްރާހީމް (1997)

ބަސްފޮތް ހަދަނީ ކިހިނެއް ހެއްޔެވެ؟ ބަސްފޮތް ހަދަނީ ކޮންބަޔެއް ހެއްޔެވެ؟ ބަސްބަހުގެ މާނަ ހޯދަނީ ކޮންބަޔެއްހެއްޔެވެ؟ ރަނގަޅު މާނަ ފެނުނީމާ އެނގެނީ ކިހިނެއް ހެއްޔެވެ؟

ބަސްފޮތް ހަދާނީ އަޅުގަނޑުމެންނެވެ. ތިޔަބޭފުޅުންނެވެ. ބަސްފޮތް ހެދިފައިވާ ބަހަކަން ވާހަކަދައްކާ އެންމެންނެވެ.  ލިޔުމުގައި ބޭނުންކުރާ ބަހުރުވައާއި، ވާހަކަދެއްކުމުގައި ބޭނުންކުރެވޭ ބަހުރުވަޔާ މެދު ލިންގުއިސްޓުން ނުވަތަ ބަހުގެ ޢިލްމުވެރިން ބަލަނީ މުޅީން ތަފާތު ދެގޮގަތަކަށެވެ. ލިޔުމުގެ ބަހުރުވައަށް ބަލާއިރު ރަދީފު އެކުލުވުމުގައި ޢިލްމުވެރިން ގެންގުޅޭ ހަމަތަކެއް ހުރެއެވެ.
Print

އައިބައިފިލި:

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


އައިބައިފިލި: މީހުން ސަމާލުކަން ނުދޭ ބޮޑު މައްސަލައެއް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު - މާވަށް


ބަހަކީ ބަދަލުވާ އެއްޗެކެވެ. ބަދަލުވާންޖެހޭ ވެސް އެއްޗެކެވެ. އެކަމަކު އޭގެ މާނައަކީ ބަހުގައި ހުންނަ ހަރުދަނާ ހަމަތަކާއި އުޞޫލުތައް ދޫކޮށްލުމެއް ނޫނެވެ. ބަހުގައި ހުރި މުއްސަނދިކަމުގެ ތެރެއިން ބައެއް އުނިކޮށްލުމެއް ވެސް ނޫނެވެ. ބަހަށް އަންނަންޖެހޭނީ ހެޔޮ ރަނގަޅު ބަދަލެވެ. ގެންނަންޖެހޭނީ މިފަދަ ބަދަލެވެ. އިޞްލާހަކީ ރަނގަޅު ހެޔޮ ބަދަލަށް ކިޔާ ނަމެކެވެ. ތަރައްޤީއަކީ ވެސް މިއީއެވެ.
Print

ދިވެހި ބަހާއި ބަހުރުވަ

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


ޑރ. ޙަސަން ޙަމީދު

މާތްﷲ އާދަމް ޢަލައިހިއްސަލާމް އުފައްދަވައި އެންމެ ފުރަތަމަ އުނގަންނައިދެއްވީ ތަކެއްޗަށް ކިޔާ ނަންނަން ކަމަށް ކީރިތި ޤުރްއާނުގައި ވެއެވެ. އާދެ! ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 31 ވަނަ އާޔަތުން މިކަން ސާބިތު ވެއެވެ. ދެން ފަހެ، އާދަމް ޢަލައިހިއްސަލާމު ދުނިޔެއަށް ފޮނުއްވި އިރު އެކިއެކި ތަކެއްޗަށް ކިޔާ ނަންތައް އެކަލޭގެފާނު ދެނެވަޑައިގެން ވިއެވެ. މާތް ﷲ ރުއްސުން ލެއްވި ޙައްވާގެފާނާއި އާދަމްގެފާނު އެއްބޭފުޅަކު، އަނެއް ބޭފުޅަކަށް ވާހަކަފުޅު ދައްކަވާ ހެއްދެވީ  ބަސް ބޭނުން ކުރައްވައިގެންކަން  ސާބިތުވެއެވެ. ދުނިޔޭގައި މާ ގިނަ ދުވަހެއް ނުވަނީސް އިންސާނީ ދަރިފަސްކޮޅު ގިނަވެގެން ދިޔައެވެ. އެންމެ ފުރަތަމަ މި އެންމެންވެސް ވާހަކަ ދައްކާ ހަދާފައި ވާނީ އެއްބަހަކުންނެވެ.
Print

އެކަށައެޅުން، ކަނޑައެޅުން، ހުށަހެޅުން

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުﷲ ޞާދިޤު


ތާނަލިޔުމުގައި "ހާ"، "އަލިފު" މިދެއަކުރުން ކުރެ އަކުރަކުން ފެށޭ، ކަމާއި، މަސްދަރުގެ ކުރިޔަށް، ނަފީގެނޫނު އަންނައިރު، އެނޫނުގެ ފިލި، ތިރީގައިމިވާ ދެތާވަލުގައިވާގޮތް ގޮތަށް ބޭނުން ކުރުވެމުން ދެއެވެ.

Print

އިންސާފުވެރި ނަޒަރަކުން..... ފޮތަކަށް ފާޑު ކިޔުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު- ލ. މާވަށް

މިއަދު އަޅުގަނޑު ލިޔާ ހިތް އޮތީ މުޅިން އެހެން މައުޟޫޢަކަށެވެ. މުޞައްނިފެއްގެ ތަޞްނީފަކަށް އަދަބީގޮތުން ފާޑެއް ކިޔައިލެވޭތޯއެވެ. އެއީ އަލްފާޟިލު ބާބާގޭ ދޮންމަނިކު ލިޔުއްވައި، ދިވެހިބަހާއި ތާރީޚާށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1993 ވަނަ އަހަރު ޝާއިޢުކުރައްވައިފައިވާ "ދިވެހި އާދަކާދަ" މި ފޮތުގެ މައްޗަށެވެ. 206 ޞަފުޙާގެ މައްޗަށް އެކުލެވޭ މި ފޮތް ޗާޕުކުރިތަނެއް ފޮތުން އެނގޭކަށްނެތެވެ.
Print

ޗައިނާ ބަސް

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އިބްރާހީމް އަޙްމަދު

ދުނިޔޭގެ އެހެނިހެން މީސްމީހުންނާ ޗައިނާގެ މީހުންނާ ތަފާތުވެފައިވާ ފަދައިން މުޅިދުނިޔޭގެ އެންމެން ބޭނުންކޮށް އުޅޭ ބަސްތަކާއި ޗައިނާބަހާއިވެސް ޚިލާފެވެ. ސަބަބަކީ ޗައިނާ ބަހުގައި ޤަވާޢިދާއި އަކުރެއް ފިއްޔެއް ނުއޮންނާތީއެވެ. އަދި ހަމަ އެފަދައިން ނަމާއި ކަމާއި އަކުރުވެސް ނުހުންނާތީއެވެ. ޗައިނާ ބަހުގައި އެކުލެވޭ ކަލިމަތައް  ތިންސަތޭކަ ނުވަތަ ހަތަރުސަތޭކަ އަޑުގެ ލަފުޒު ނުވަތަ އެއަށްވުރެ ގިނަ ލަފުޒު ހިމެނެއެވެ. މިއީ އެއް މަޤްޠަޢަކުން ނުވަތަ އެކައްޗަކުން ނެގިފައިވާ އަޑުގެ ލަފުޒަށް ވާން ވާނެއެވެ.  މިމުޤާޠަޢުތައް ޗައިނާ ބަހުގައި ބޭނުންކުރެވެނީ އެބަސް ލިޔުމުގައި އެ ބޭނުންކުރާ 40000 އަކުރުގެ ލަފުޒު  ތަޢުބީރު ކުރުމަށް ބޭނުން ކުރުމަށްޓަކައެވެ.  މިލަފުޒުތަކުން އަޑުގެ އެއްލަފުޒަށްކިޔަނީ ނަޣަމާތު (ރާގު) އެވެ. މީގައި ހަތަރަކުން ނުވަޔަކާއި ދެމެދުގައި ތަފާތު މާނަތަކެއް ވެއެވެ. އެއީ މީގެ އަޑު ހުންނަގޮތުގެ މައްޗަށެވެ.
Print

ދިވެހި ބަހުގެ ބައެއް ހަމަ

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ މާދަރީބަސް



އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލު



ދިވެހި ބަހުގެ ތެރޭގައި ބައެއް ބަސް ބޭނުން ކުރަމުން ގެންދާ ހަމަ ގޮތް ކިޔައި ދެމެވެ. ލެޔެދެމެވެ. މިއީ މިކަމާބެހޭ ގޮތުން ހުރިހައި ބަހަކަށް  ވަކި ޤަވާޢިދެއް ހަމަޖެހި ލިޔެވިފައިވާ ގޮތްތަކެއް ނޫނެވެ. ބަސްމަގު ދަންނަ ބަސްމޮށުންތެރީންގެ ކިބައިން ލިބިފައިވާ ގޮތްތަކެކެވެ.
Print

ބޭރު ބަސްބަހުގެ ލަފުޒުތައް ތާނައިން ލިޔުއްވުން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް


ޔޫސުފް ޢަލިފުޅު
    
މިހާރަކަށް އައިސް ދިވެހިބަހުން ލިޔެ ޝާއިޢުކޮށްފައި ހުންނަ ބައެއް ލިޔުންތަކުގައި އެއްލަފްޒެއްގެ އަކުރުތައް ތަފާތުގޮތްގޮތަށް ލިޔެފައިވާތީ އެބަފެނެއެވެ. ބައެއް ހަމަތަކެއްގެ މަތިން ބޭރުބަސްބަހާއި ގުޅި ތަރައްޤީވަމުން ދަންޏާ ވަރަށްގިނަ ތަފާތުތައް ހުރުމަކީ ނެތިނުދާނޭ ކަމަކަށްވުން ޖާއިޒެވެ. ބޭރުގެ ބަސްބަސް ކިޔަވާ ވިދާޅުވެގެން ވަޑައިގެންނެވި ބައެއްބޭފުޅުން ދިވެހިންނަށް ދިވެހިބަސް ކިޔަވައި ދެއްވަމުން ގެންދަވައިގެން ޑިގްރީ ޙާސިލްކުރާ ކުދިންނަކީ  ދިވެހިބަހުގެ އުސްތާޛުންނެވެ.
Print

ސަމާސާ އަދަބަކީ ލިޔުންތެރި ކަމުގެ މުހިންމު ފަންނެއް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުﷲ ނަޢީމު އިބްރާހީމް


ސަމާސާ އަދަބަކީ ލިޔުންތެރިކަމުގެ ވަރަށް މުޙިންމު ފަންނެކެވެ. ލިޔުމުގެ ބޭނުމަކީ ބަޔަކަށް މަޢުލޫމާތެއް ފޯރުކޮށް ދިނުމެވެ. އެމަޢުލޫމާތު ފޯރުކޮށްދެވޭ ގޮތަކުން ލިޔުންތެރިޔާ ބޭނުންވާ އަސަރު ނުކޮށްދިނުމަކީ ވަރަށްގިނަފަހަރަށް ދިމާވާކަމެކެވެ. އެކަމަކު ހެއްވާ ލިޔުމަކުން ކިޔުންތެރިންނަށް އަސަރުނުކޮށްދާނީ ވަރަށްމަދު ފަހަރެއްގައެވެ.
Print

ބަހުރުވަ ރީތި ކުރުން

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޖަމީލު (1994)

ބަހުރުވަޔަކީ، ކޮބައިތޯ ބަލައިލުމުގެ ބޭނުމުގައި ދާންޖެހެނީ ބަސްފޮތުގެ ފަތްފުށްތަކާ ދިމާޔަށެވެ. ރަދީފުގެ ފަތްފުށްތައް އުކައި ބަލައިލާއިރު، އެއިން ލިބޭ މާނައަކީ މިއެވެ. ވާހަކަ ދައްކައި ބަސްބުނެ އުޅުމުގެ ގޮތާއި ބާވަތެވެ.

އިހުގެ ވާހަކަ ކިޔާ މީހުންގެ ފަރާތުން އިވިފައި ހުންނަ ވާހަކަ ތަކުގައިވެސް އެ ބަސް އެ ގޮތަށް ބޭނުން ކުރެވިފައި ހުރެ އެވެ. މި ވެނި ބޭކަލަކީ، ނުވަތަ މިވެނި މަނިކުފާނަކީ، ދޫނީ ސޫފާސޫފީގެ ނުވަތަ ވަލު ޖަނަވާރުގެ ބަހުރުވަ ދަންނަ މީހެއްކަމަށް ކިޔައި އުޅެއެވެ. އެތަކެތި ވެސް އެކަތި އަނެކައްޗާ ގުޅުމުގައި މެދުވެރި ކުރާ އަޑުތަކަކާއި، ރާގުތަކެއް އޮންނަކަން ކަށަވަރެވެ. އެއީ ބަހުރުވަ އެވެ. އާދަމުގެ ދަރީންވެސް ބަސް ބުނުމުގައި ބޭނުންކުރާ ތަފާތު ބަހުރުވަތަކެއް ވެއެވެ.
Print

ތުރުކުރެއްވުމާއި ސަޅި

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޝާހިދު ޙަލީމް

ދިވެހިބަހުގެ އުސްތާޒު އަލްމަރްޙޫމު ޢަލީ އަޙްމަދު ވިދާޅުވެފައިވާ ގޮތުގައި، ދިވެހިބަހުގެ ގަވާއިދުގައި ތުރުކުރެއްވުމަކީ، ހަމައެކަނި އިސްތަށިފުޅާއި، ނިޔަފަތިފުޅާއި، ފޫޅުފުޅާ ގުޅުވައިގެން ކިޔާ ގޮތެކެވެ.(1) ދިވެހިބަހުގެ އުސްތާޒު އަލްމަރްޙޫމު ޙުސައިން ޞަލާހުއްދީން ވެސް ވިދާޅުވެފައި ވަނީ، ތުރުކުރެއްވުމަކީ އިހުގައި، އެންމެމާތްކޮށް ވާހަކަދައްކާ އިރު، އިސްތަށިފުޅާއި، ފޫޅުފުޅާއި، ނިޔަފަތިފުޅާ ގުޅުވައިގެން ކިޔައި އުޅުނު ލަފުޒެއްކަމުގައެވެ.(2) އެހެންނަމަވެސް ފަހުން ފަހުން އައިސް، އެންމެ މާތްބަހުން ވާހަކަދެއްކުމުގައި ފޭރާން ލުމަށާއި، ހަށިގަނޑުގައި އެއްޗެހި އުނގުޅުމަށް ވެސް ތުރުކުރެއްވުން، އައީ ބޭނުންކުރަމުންނެވެ. މީލާދީން 1800އިގެ އަހަރުތަކުގެ ފަހު ފަންސަވީހުގައި މި ލަފުޒު މި މާނަތަކުގައި ބޭނުން ކުރުން ގިނަވާން ފެށިއެވެ. ތުރުކުރެއްވުން މި ގޮތަށް ގިނަވާން ފެށުމުން، ޞަލާޙުއްދީން، މީގެ 81 އަހަރު ކުރިން، 1928 ގައި ލިއުއްވައިފައި ވެއެވެ.
Print

ވިލިނގިލީގެ އިންޖީނުގެ ގެ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް




އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2009)



ދިރާސާތަކުން އެނގޭގޮތުގައި ބަހުގެ ޢިލްމަކީ ވެސް ފުން ޢިލްމެކެވެ. ތަނަވަސް ޢިލްމެކެވެ. ބަހުގެ އުސޫލުތަކާއި ހަމަ ނަހަމަ، މިޔުޒިކާއި ރީތި ހުތުރު، އުނދަގުލާއި، ލުއިފަސޭހަ މިއިން ކޮންމެ ކަމަކީ، އޭގެ މައްޗަށް އެތައް ތަފުޞީލުތަކެއް ގެނެވިދާނެ ކަންކަމެވެ.

މި މަޒުމޫނުގައި ފެންމަތިން ނަމަވެސް އަޅުގަނޑު ލޯހިންގައިލައި، އެއްޗެއް ދަންނަވާލެވޭތޯ ބަލައިލާނީ ބަހުގެ ޠަބީޢީ ސިފައެއްކަމުގައިވާ ''ލުއިފަސޭހަ'' ކަމުގެ މައްޗަށެވެ.  މައްދިވެހީން ލިބިގަތް،  ލިޔުމާއި ތަލައްފުޒު ކުރުމުގެ ލުއިފަސޭހަކަމާއި، މި އަދު ގެއްލެމުންދާ މި ސިފައިގެ މައްޗަށެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ