އަދުގެ ޚާއްސަ

މާދަރީބަސް

Print

ދިވެހިބަހަކީ ތިންވަނަ ސާސްކަފުގައި ދިވެހީންނަށް ބޭނުން ބަހެއްބާ؟

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޝާހިދު ޙަލީމު

(މިއީ، އަޅުގަނޑު 1999 ވަނަ އަހަރުގެ މެދެއްހައި ހިސާބުގައި ލިޔެ، އެ އަހަރުގެ އޯގަސްޓުމަހުގެ ފަތްތޫރައިގައި ޝާއިޢުކުރި މަޒުމޫނެކެވެ. މިއަދު، ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހު މި މަޒުމޫނު އަލުން ތިޔަ ބޭފުޅުންނާ ހިއްސާކޮށްލާ ހިތްވީއެވެ.

އަޅުގަނޑު މި މަޒުމޫނު ލިޔުމުގެ މަގުސަދަކީ އަޅުގަނޑުމެންގެ މާދަރީބަހަކީ މި ސާސްކަފުގައި ބޭނުން ބަހެއްތޯ، ނުވަތަ ނޫންތޯ ސުވާލު އުފެއްދުމެއް ނޫނެވެ. ދިވެހިބަހަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެއް ރުކުން ކަމަށް ބުނަމުންދާ އިރު، އަޅުގަނޑުމެންނަށް ޢަމަލު ކުރެވޭ ގޮތުން އެ ރުކުން އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ރުކުންތަކުގެ ތެރެއިން އުނިވެގެން ހިނގައިދާނެ ކަން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނައުމެވެ.

Print

ވައްޓަފާޅި

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ މާދަރީބަސް


ތަމްސީލެއް

ޢަބްދުﷲ ޞާދިޤް

މަންޒަރު 1

ދެމީހަކު އަތޮޅު އިސްޓޯރަށް އެއްޗެއްގަންނަންދަނީ އެކަކު، މުހައްމަދު އަނެކަކީމޫސަ (އާދައިގެހެދުމެއްގައި މިހާރުގެ)
(މަގުފާރުގެ ލަނބާލާދިމާގައި – އިޝްތިހާރެއް ވަރަށް ފަލަކޮށް)

މޫސަ:        މުހައްމަދާ ކަންމަތީ ގުންޒަރުގައި މިހިރީ ތަތްކޮށްފާ ކޮންޢިއުލާނެއް
މުހައްމަދު:    ތިޔައީ ވާނީ އެއްކަލަ ތޮއްޑޫ ގްރޫޕް  އަންނަން އުޅުނުއިރު ޓިކެޓް ވިއްކަން ބެހެއްޓި އިޝްތިހާރަށް
މޫސަ:    ނޫނޭ- އެއަށްވުރެ ލިޔުންކޮޅުމާކުޑަ – އަޅެ ބަލާލާނަން (ބަލާލާފާ) ކަލޯ މުހައްމަދާ! މިއޮތީވާ އިޝްތިހާރެއް-މިކިޔާލަނީ.
މުއްސަނދި މުހައްމަދުކަލޭގެފާނު ގޭގާ ގެންގުޅޭނެ މީހަކު ބޭނުންވެގެން. މީގާ ބުނާ ސިފަތައްވެސް މަގައިގާ އެބަހުރި.
އުމުރަށްވެސް ފެތޭ.            
Print

ދިވެހީންގެ ދިވެހިބަހާއި މާދަރީބަސް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ދިވެހިން ވާހަކަދައްކާ ބަހަކީ ދިވެހި ބަހެވެ. ދިވެހީންގެ ބަހެވެ. ދިވެހިންގެ ދިވެހިވަންތަކަން ރަމްޒުކޮށްދޭ ހަމައެކަނި މަޞްދަރެވެ. ދިވެހީންނަށް ލިބިފައިވާ ހަމައެކަނި ޚާއްޞިއްޔަތަކީ ދިވެހި ބަހެވެ. ދިވެހީންނަކީ ސައްތައިންސައްތަ މުސްލިމު ޤައުމެކޭ ބުނެ ޚާއްޞަވެވޭކަށްނެތެވެ. އެހެނީ އެފަދަ އެހެން ޤައުމުތައް އެބަހުއްޓެވެ. ދިވެހީންނަކީ ޢާރިޔަން ދަރިކޮޅުގެ ބަޔެކޭ ބުނާއިރު ދިވެހިންނާ ވައްތަރު އެތައް ބަޔެއް އެކި ޤައުމުތަކުގައި އެބަދިރިއުޅެއެވެ. އެކަމަކު ދިވެހިބަހަކީ އަހަރެމެންގެ ބަހޭ، އެއީ އަހަރެމެންގެ އަމިއްލަ ބަހޭ ބުނެ ފަޚުރުވެރިވެވެން އެބަ އޮތެވެ. އަދި އަހަރެމެންގެ ބަހުގެ އަކުރަކީ އަހަރެމެންގެ އަމިއްލަ އެއްޗެކޭ، އަމިއްލ އުފެއްދުމެކޭ ބުނެވެން އެބަ އޮތެވެ. އެހެންވީމާ، ދިވެހިބަހަކީ ދިވެހީންނަށް ލިބިފައިވާ ޚާއްޞިއްޔަތެކެވެ. ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު އެއް ބަހާއެވެ. އެއީ ދިވެހި ކާބަފައިންގެ ބަހެވެ. ތާރީޚުގެ އެންމެ އިހުއްސުރެ ދިވެހީންގެ މާދަރީ ބަހެވެ. އެހެންވީމާ ދިވެހީންގެ މާދަރީބަހާމެދު ފަޚުރުވެރިވުން ޙައްޤެވެ.
Print

މަދްރަސީ ތަޢުލީމް... ހަތަރު އަނގޮޅިއެއްގައި

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


ޑރ. ޙަސަން ޙަމީދު (2002)

ވޭތިވެދިޔަ 25 އަހަރަކީ ރާއްޖޭގެ ތަޢުލީމަށް ބަހާރު މޫސުމެއް އައިސްފައިވާ ދުވަސް ތަކެކެވެ. ސަރުކާރުގެ ޚަރަދުގައި، ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން، މީގެކުރިން ދުވަހަކުވެސް ތަޢުލީމު ފެތުރިފައި ނުވާހާ ފުޅާކޮށް ރާއްޖޭގައި ތަޢުލީމުގެ ނޫރު ފެތުރިގެން ހިނގައްޖެއެވެ. މަދަރުސާއަށް ދާންޖެހޭ ޢުމުރުފުރައިގެ އެންމެންހެން މަދަރުސާއަށް ދެއެވެ. ފަށާ ތަޢުލީމުގެ މަދަރުސާ ތަކުގައި ގިނައީ ދިވެހި މުދައްރިސުންނެވެ. ކިޔަވައިދެނީ ރާއްޖޭގައި އުފައްދާ ފޮތްތަކުންނެވެ. މަދަރުސާއެއްނެތް އެއްވެސް ރަށެއް މިހާރަކު ރާއްޖެއަކު ނެތެވެ. ކޮންމެ އަތޮޅެއްގައި ސާނަވީ މަދަރުސާއެއް އެބަހުއްޓެވެ. ލިޔަންކިޔަން ދަތުމުގެ ޤައުމީ ނިސްބަތް އުޅެނީ %100 އާއި ގާތްކުރާ ހިސާބުގައެވެ. މަދަރުސާ ތަކުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ނިސްބަތް ގާތްގަނޑަކަށް ހަމަހަމައެވެ. 25 އަހަރުގެ ތެރޭގައި ގެނެވިފައިވާ ތަޢުލީމް ތަރައްޤީއަކީ ދުނިޔޭގެ ނިސްބަތުގައިވެސް ޙައިރާން ކުރުވަނިވި ތަރައްޤީއެއްކަން ކަށަވަރެވެ. އުފާކުރުން ޙައްޤެވެ. ޝުކުރުކުރުން ޙައްޤެވެ.

Print

މިއީ ވަކި މީހަކަށް އޮތްކަމެއް ނޫނެވެ!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް


އަޙްމަދު ނާޞިރު - ޑައިމަންޑް ވިލާ/ ސ. ހިތަދޫ


މިއަދު ތަޢުލީމީ ބޭބޭފުޅުންގެ ދޫދޫމަތިން އެންމެ ގިނައިން އިވޭ އަޑަކީ އޯލެވެލް އިމްތިޙާނުގައި " ދިވެހި " މިމާއްދާއިން ގިނައަދަދަކަށް ކުދިން ފޭލްވާ ވާހަކައެވެ. ދިވެހި ބަހަށް ކިޔަވާ ކުދިން ޝައުގުވެރި ނުވާ ވާހަކައެވެ. ދިވެހިބަސް ކިޔަވާދޭނެ ކުޅަދާނަ ދިވެހި މުދައްރިސުން ނުލިބޭ ވާހަކައެވެ. ދިވެހި ބަހުގެ ކުރިމަރުވަމުންދާ ވާހަކއެވެ. ޝައްކެއް ނެތެވެ. ހިތާމަހުރި ކަމެކެވެ. ކޮޅުނެތްކޮޅަށް ދެރަވާންވީ މައްސަލައެކެވެ.

Print

އެއް ފުރާނައިގައި އެތައް ގިނަ ބަޔަކު!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް (2009)


ދަރީންނަށް ކިޔަވައި ދިނުމަށް ބޮޑެތި ހޭދަތަކެއް ކުރެވެނީ އެކުދީން މޮޅު މީހުންނަށް ހެދުމަށެވެ. ކުޅަދާނަ މީހުންނަށް ހެދުމަށެވެ. ތަފާތު ރޮނގު ރޮނގުންނެވެ. ތަފާތު ފަންނުތަކުންނެވެ. މިމަސައްކަތް އަޅުގަނޑުމެން ކުރާއިރު މޮޅު މީހުންގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައިވާ މީހުންނަކީ ކޮންކަހަލަ ބައެއްތޯ ވިސްނާލުން ކިހިނެއްވާނެތޯއެވެ؟ އަޅުގަނޑުމެންނަށް އެމީހަކާ ދިމާޔަށް މޮޅު މީހެކޭ ބުނެވޭ ގިނަ މީހުންނަކީ ކޮންގޮތަކުން، ކީއްވެ ''މޮޅު'' މި ''ލަޤަބު'' ދެވުނު މީހެއްތޯ ފިކުރު ހިންގާލަމާތޯއެވެ؟

މިސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި، ކުޑަކުޑަ އެހެންކަމެއް  ހަނދާނަށް ގެންނަންޖެހެއެވެ. އެއީ ކިޔެވުމުގައި ނުވަތަ ކިޔަވައި ދިނުމުގައި ބައެއް މީހުންނަށް ގެންގުޅެވޭ ކުށް ވިސްނުމެކެވެ. އެފަދަ މީހުން ދެކޭގޮތުގައި ޢިލްމާ ހުނަރުގެ ތެރޭން އޭނާޔަށް ބޭނުންވާނީ ވަކި ކަހަލަ ކަންކަމެވެ. ވަކި ކަހަލަ މަޢުލޫމާތެވެ. އެނޫން މަޢުލޫމާތާއި، ހުނަރަކީ ބޭނުންތެރި އެއްޗެއް ނޫނެވެ.

Print

އަތޮޅު އޮފީހުން ވިދާޅުވެވޭނީ ކިހިނެއް؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް



އާދަމް ނަޞީރު އިބްރާހީމް (2009)

''މިހާރު މި މައްސަލައިގައި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކަށް ހިނގިއްޖެއެވެ. ސިޓީ އެޅިއްޖެއެވެ. ރަށު އޮފީހުން ވިދާޅުވީ އަތޮޅު އޮފީހަށް ލިޔުމަށެވެ. އަތޮޅު އޮފީހުން ވިދާޅުވީ، ހޯމް މިނިސްޓްރީއަށް ލިޔުމަށެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ، ރައީސް އޮފީހަށް ލިޔުމަށެވެ. ރައީސް އޮފީހުން ވިދާޅުވީ ކަމާބެހޭ ފަރާތަށް ލިޔުމަށެވެ.''
Print

ދިވެހިންގެ އަމިއްލަ ތަރިކައިގެ ތެރެއިން .....

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ މާދަރީބަސް


އަޙުމަދު ނާޞިރު، ޑައިމަންޑްވިލާ، ސ.ހިތަދޫ

ދިވެހި ބަހަކީ ދިވެހިންގެ އަމިއްލަ މާދަރީބަހެވެ. ޒަމާނުއްސުރެ ދިވެހިންގެ ދޫދޫމަތިން ވާރުތަވަމުން އައިބަހެވެ. ދިވެހިކާބަފައިން ދޫކުރައްވާފައި ވަޑައިގެންނެވި އަގުހުރި ތަރިކައެވެ. ދިވެހިންގެ އަމިއްލަ އަކުރުތަކަކުން ލިޔެވޭ ދިވެހި ޤައުމިއްޔަތުގެ މައިގަނޑު އެއްރުކުންވެސް މެއެވެ. ދިވެހިން އެބަހަކަށް ފަޚުރުވެރިވާ ދިވެހިންގެ ޙަޤީޤީ މިލްކެކެވެ.

ޝައްކެއް ނެތެވެ. ދިވެހިބަހަށް ޚިދުމަތްކުރެއްވި ބަހުގެ ފަންނީ މާހިރުން ވަނީ އަގުނުކުރެވޭ، ގުނާ ޢަދަދު ނުކުރެވޭ ވަރަށް ބަހަށް ޚިދުމަތް ކުރައްވާފައެވެ. ޢިލްމީ ގޮތުންނާއި އަދަބީގޮތުންނެވެ. ފިކުރީ
Print

ނަމަކާމެދު

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ މާދަރީބަސް


އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލު ދީދީ

މީހެއްގެ ނަމެއް ނޫނެވެ. ރަށެއްގެ ނަމެއް ވެސް ނޫނެވެ. ކަނި ކުރެއްވި ތަކެތީގެ ތެރެއިން އެއްޗެގެ ނަމެވެ. މި ދެންނެވި އެއްޗެއް އޮޅުވައި ނުލައްވާތި އިނގޭތޯ އެވެ!

ކަނި ކުރެއްވި ތަކެއްޗޭ ދެންނެވުނީ ކާއެއްޗިއްސޭ ދަންނަވަން ވެގެންނެވެ. އާދޭހެވެ. ކާއެއްޗިއްސަށް ކިޔާނަންތަކުގެ މައިދާނަކީ ތަނަވަސް މައިދާނެއް ނޫންތޯއެވެ. ތަނަވަސް، ބަގީޗާއެއް ނޫންތޯއެވެ. އެބަގީޗާއަށް ވަދެ އެތަނުން މަލެއް ބިންނަ ހިތް ވީއެވެ. ނަމެއްގެ ފަހަތުން ދުއްވައިގަންނަ ހިތްވީއެވެ.
Print

''ފަލަސްޠީނަށް ފުދޭވަރެއްގެ ބޮޑު ގެއްލުމެއް''

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމު (2009)
ފޮޓޯ: މޢ ޝަފީޤު


ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް، 22 ދުވަސް ވަންދެން އިޒުރޭލު ހިންގި ޢުދުވާނު ނިމުމަކަށް ގެނެސްފިއެވެ. ފަސްހާހަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްފައެވެ. 400 އަށްވުރެ ގިނަ ކުޑަ ކުދީން މަރާފައެވެ. 4000 އަށްވުރެ ގިނަ ޢިމާރާތް ސުންނާފަތި ކޮށްފައެވެ. 500 މިލިޔަން ޑޮލަރަށްވުރެ ބޮޑު ޢަދަދެެއްގެ މާއްދީ ގެއްލުން ރަށުގެ ޢުމްރާނީ ވެއްޓަށްދީފައެވެ.

ހަނގުރާމަ ނިންމުމަށްފަހު އިޒުރޭލުން ބުނީ ފުދޭވަރެއްގެ ކާމިޔާބީއެއް ލިބުނު ކަމަށެވެ. ފަލަސްޠީނަށް ފުދޭވަރެއްގެ ގެއްލުމެއް ލިބުނުކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނާކަމަށް ކިޔާތީ އަޑު އިވެއެވެ؟

ފަލަސްޠީނުގެ ރައްޔިތުންގެ ގިލަންތައް ލުއިކުރައްވާށިއެވެ!

ކޮންމެޔަކަސް، މި ޚަބަރާއެކު ހިތަށް އެރިޔެވެ. ހަނގުރާމައެއްގައި ދެބައި މީހުންނަށް ފުދޭވަރު ވުމަކީ ހާދަ ބޮޑު އަރަތެއްތާއެވެ؟
Print

ކާކުކަން ނޭގޭ މީހަކާ މުޚާޠަބުކުރާނެ ގޮތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްމުޢީދު ޙަސަން

ބައެއް ފަހަރު، ކާކުކަން ނޭނގޭ މީހަކާ ވާހަކަ ދައްކަން ޖެހިދެއެވެ. މިސާލަކަށް ފޯނުންނެވެ. ފަހެ، މި ޙާލަތުގައި، އެމީހަކާ މުޚާޠަބުކުރަން ވާނީ، ބަހުގެ ކޮން ދަރަޖައަކުންތޯވެ؟

މިސުއާލުގެ ޖަވާބު، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން (ރަޙިމަހުﷲ) ލިއުއްވާފައިވާ ހާދިސާއެއްގައި ބަޔާންކުރައްވާފައި ވެއެވެ. އެ ހާދިސާ ލިއުއްވާފައި ވަނީ، "ދިވެހީންގެ ވާހަކަ" ނަމަކަށް ކިއުނު ފޮތުގައެވެ. ތިރީގައި މިވަނީ، އެ ހާދިސާ އެފޮތުގައި އޮތްގޮތަށް ނަކަލުކޮށްފައެވެ.

"ވާހަކަ ކިޔާ މީހާ" އޭ ލިއުއްވާފައިވާ ކޮންމެ ތަނެއްގައި، އޭގެ މާނައަކީ، ޙުސައިން ޞަލާޙުއްދީނެވެ.

Print

ދެންނެވުން، ވިދާޅުވުން

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޝާހިދު ޙަލީމު

"މި ޕްރޮގްރާމު ބައްލަވާ/އަޑުއައްސަވާ ބޭފުޅުންނަށް (މަނިކުފާނު) ދަންނަވާނީ ކީކޭތޯ؟" މިއީ ބައެއް ޓީވީ / ރެޑިއޯ ޕްރޮގްރާމުތަކުގައި ޕްރޮގްރާމުގެ ހުށަހެޅުންތެރިޔާ އެކި ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން ކުރައްވާތީ ބައެއް ފަހަރަށް އަޑުއިވޭ ސުވާލެކެވެ. މި ސުވާލު ބައެއް ބޭފުޅުން މި ގޮތަށް ކުރައްވާ އިރު، އަނެއްބައި ބޭފުޅުން ހަމަ މި ސުވާލު ކުރައްވަނީ އެހެން ގޮތަކަށެވެ. "މި ޕްރޮގްރާމު ބައްލަވާ/އަޑުއައްސަވާ  ބޭފުޅުންނަށް (މަނިކުފާނު) ވިދާޅުވާނީ ކީކޭތޯ؟" މިހެންނެވެ.
Print

ބަހުގެ ބަނޑުގާ - ކީއްކުރާ އެއްޗެއް؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ގަލޭ މި ދަންނަވަނީ ހިރިގަލުގެ ވާހަކައެވެ. މޫދުން ނަގައިގެން ގެދޮރު ޢިމާރާތް ކުރަން ބެނުން ކޮށް އުޅުނު ގަލުގެ ވާހަކަ އެވެ. ތަންތަން ރޭނުމަށްޓަކައި،  ކުރީ ޒަމާނުގައި ދިވެހިން ބޭނުން ކުރަނީ މި ފަދަ ގަލެވެ. ބޮޑެތިހެން ހީވާ ހިރިތައް މޫދުން އެއްގަމަށް ގެނެސް ގެންނެވެ.  ކޯރާޑިން ތަޅައި ކުދި ކޮށްގެންނެވެ.  ގެދޮރު އެޅުމަށްޓަކައެވެ.  ފާރު ރޭނުމަށްޓަކައެވެ.  

މި ހިސާބުން ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި ދެ ސުވާލެއް އުފެދުން އެކަށީގެން ވެއެވެ. ފުރަތަމަ ސުވާލަކީ، ދެން އެހެން ވިއްޔާ ބަނޑު ބަލަކީ ކޮބައި ހެއްޔެވެ؟ ދެވަނަ ސުވާލަކީ ބަހުގެ ބަނޑު ގަލަކީ ކޮބައިތޯ އުފެދޭ ސުވާލެވެ.
Print

ނިބޫ - ފަހެ ފަރަގު ދެނެ ތިބޫ ހެއްޔެވެ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް

                       

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)

އެއްނިބޫވުމަކީ، އެއްމާބަނޑުވުމެވެ. އެއްފަހަރާ ގަރުބަ ގަންނަ ދެކުދީންނަކީ، ނުވަތަ އެއަށްވުރެ ގިނަ ކުދީންނަކީ ނީބޫ ކުދީންނެވެ. މި ފަދަ ކުދީން ބޭރުފުށަށް ފެންނަ ފެނުން ވަރަށް އެއްގޮތެވެ. ސޫރައިގައި މާބޮޑު ތަފާތެއް ނުހުރެއެވެ. އެކަމަކު ވިސްނުމާ ޚިޔާލު އެއްގޮތެއް ނޫނެވެ.  މާނަވީ ސިފަތަކުގައި ހުންނަ ފަރަގުތައް ބޮޑެވެ.  

ނިބޫ ކުދިންގެ ސިފަ އެއްގޮތްކަމުގެ  ސަބަބުން، ބޮޑުވެ ފުރާވަރަށް އަރައިގެން އަންނަ ދުވަސްވަރު، ބައެއް ކަހަލަ،  ލަދުކަންތައްތައްވެސް ދިމާވެފައި ހުންނަ ކަމަށްވެއެވެ. ދެ ފިރިހެން ކުދީންކަމުގައިވާނަމަ އެކަކު ކާވަންޏަކަށް ތައްޔާރު ވެގެން އުޅޭއިރު، އޭނާ ގުޅިފައިވާ އަންހެން ކުއްޖާއަށް ނޭނގި، އޮޅުމުގައި  އަނެއް ނިބޫ ކުއްޖާއާ ބައްދަލު ކުރެވިފައިވެސް އެބަހުއްޓެވެ.  އޭގެ ސަބަބުން ހެއްވާ ނަތީޖާތައް ނިކުމެފައި އެބަހުއްޓެވެ.
Print

3D ދިވެއްސަކަށް ނުވަމާ ތޯއެވެ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)
 
3D ދިވެއްސެކޭ މި ދަންނަވަނީ ހަމަ ގަސްތުގައެވެ.  3D އުފެއްދުންތަކަކީ، އެއްވެސް ފުރާނައެއް ނެތް އުފެއްދުންތަކެކެވެ. އޭގައި، އޭގެ އަމިއްލަށް ދެނެގަތުމާއި، މަސައްކަތުން ލިބިގަތުމުގެ ބާރެއް ނެތެވެ. ޙަރަކާތެއް ވާނަމަ (އެނިމޭޓު ކޮށްފައިވާނަމަ) އެޙަރަކާތަކީ، އޭގެ އަމިއްލަ ޒާތުގައި ހިނގާ ކަމެއް ނޫނެވެ. ޕްރޮގްރާމު ކުރިމީހަކު، އެއަށް ދިން ބާރެކެވެ. އެމީހާ އެ އެއްޗެއް ޙަރަކާތްތެރިކުރުވަން ބޭނުންވި ގޮތެވެ.  އޭގެ ބޭރުން އެއްވެސް ކަމެއް އެފަދަ އުފެއްދުމަކަށް ނުކުރެވޭނެއެވެ.

ކޮންމެއަކަސް، މި މަޒުމޫނުގައި އަޅުގަނޑު އެއްޗެއް ދަންނަވާލަން މި އުޅޭ މައްސަލައާމެދު އެއްޗެއް ދަންނަވާލާއިރު، ތަންކޮޅެއް ''ބަރު ބަސްތައް''، ލަދު ޢިބާރާތައް ގެންނަން އެބަޖެހެއެވެ. އެކަމަށްޓަކައި ތިޔަ ބޭފުޅުންގެ އަރިހުން މާފަށް އެދެމެވެ.
Print

ހަޑިބަހުން ދަތުރު ކުރައްވާނު ތޯއެވެ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008) 
 

އަޅުގަނޑުމެން ރާއްޖޭން ބޭރުގައި އެއްގަމު ދަތުރު ފަތުރު ކޮށް އުޅެމުއެވެ. ރީތި ބަހާ ހުތުރު ބަސް ދެކެމުއެވެ. ސާފުތާހިރުކަމެއް ނެތް ހަޑި ބަސް ދެކެމުއެވެ.  ގައުމުތަކުގެ އެންމެ މަތީވެރީންނަށް ޚާއްޞަ ކުރެވިފައިވާ ޝާހީ ބަސްވެސް ހުރެއެވެ.

ކޮންމެ މީހަކީ، ޝާހީ ބަހެއްގައި ދަތުރު ކުރުމަށް ފުރުޞަތު އޮތް މީހެއް ކަމުގައި ނުވިނަމަވެސް، އަޅުގަނޑުމެން ކޮންމެ މީހަކުވެސް  ފެންވަރު ރަނގަޅު ރީތި ބަހެއްގައި ދަތުރު ކުރާހިތްވެއެވެ. އެކަމަށް މަސައްކަތްވެސް ކުރެވެއެވެ.   ސާފުތާހިރުކަމެއް ނެތް ހަޑި ބަސްބަހަށް އާރާ ހިތެއް ނުވެއެވެ. ފޫހިވެއެވެ.
Print

ކާމިޔާބު ގޮތެއްގައި ޚިޔާލު ހުށައަޅާނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ މާދަރީބަސް


މިއީ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ވެބްސައިޓްގައި، އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ލިއުއްވާފައިވާ މަޒުމޫނެވެ. އެމަނިކުފާނަށް، އިޚުލާޞްތެރި ޝުކުރު ދަންނަވާ ޙާލު، މި މަޒުމޫނު ފަންވަތުގައި ޝާއިޢުކުރަމެވެ.
ޢަބްދުލްމުޢީދު ޙަސަން

ޚިޔާލަކީ ނުވަތަ ފިކްރަކީ ނުރައްކާތެރި ހަތިޔާރެއް ކަމާމެދު ޝައްކެއްނެތެވެ. ތިމާގެ ޚިޔާލަކީ ޤައުމުގެ ޚިދްމަތުގައި ވަޒީފާ ކުރެވިދާނެ އެއްޗެކެވެ. އަދި ހަމަ އެމޭރުމުން ޤައުމުގެ މަޞްލަޙަތު ނަގާލުމަށާއި ހަލާކު ކޮށްލުމަށްވެސް ތިމާގެ ޚިޔާލުތަކާއި ފިކްރުތައް ބޭނުން ކުރެވިދާނެއެވެ. ޤައުމުގެ ދުޝްމަނުންގެ ހަތިޔާރަށްވުރެ ތިމާގެ ޚިޔާލުތައް ނުރައްކާތެރި، ހަލާކު ކުރަނިވި ހަތިޔާރަކަށް ހެދި ދާނެއެވެ. އެހެންކަމުން އެހެން މީހުންނަށް ތިމާގެ ޚިޔާލުތައް ހުށައަޅާނެ މަހާރަތްތައް ރަނގަޅަށް ދެނެގަތުމަކީ ވަރަށް މުހިންމު ކަމަކެވެ. ތިމާ ޤަބޫލުކުރާގޮތް ސާފުކަމާއި ފަސޭހަކަމާއި އެހެން މީހުންނަށް ޤަބޫލުކުރެވޭ ފަދަގޮތަކަށް ހުށަހެޅޭތޯ ދަސްކުރުމަކީ މުހިންމު ކަމެކެވެ.

Print

ތާނައިގެ ތިކިޖެހި އަކުރު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްމުޢީދު ޙަސަން

ތާނައިގެ ތިކި ޖެހި އަކުރަކީ، ވަކި ތާނައެއް ނޫނެވެ. އެއީ ހަމަ ތާނައިގެ ތެރޭގައި ހިމެނޭ އަކުރުތަކެކެވެ. ތިރީގައިވާ ތާވަލުގައި އެވަނީ، ތާނައިގެ ތިކިޖެހި އަކުރުތަކެވެ.
Print

ތި ދެންނެވީ ކީކޭތޯ؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ މާދަރީބަސް

ސުރުޚީގައި އެވަނީ، މިހާރަކަށް އައިސް ވަރަށް ގިނައިން އަޑުއިވޭ ބަހެކެވެ. އޮފީހެއްގެ އާދައިގެ މުއައްޒަފަކު ވެސް، އޭނާގެ ވެރިމީހާ ވިދާޅުވާ އެއްޗެއް ސާފުކޮށް އޮޅުން ނުފިލައިފިނަމަ، އެހެން ބުނެލައެވެ. މުއައްޒަފަކު އޭނާގެ ވެރިމީހާގެ އަރިހުގައި، "ތިދެންނެވީ ކީކޭތޯ" މިހެން ބުނަނީ، ދިވެހި ބަހުގެ ހަމަތައް ރަނގަޅަށް ނޭގޭތީ ކަމަށް ބެލެވެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ