އަދުގެ ޚާއްސަ

މާދަރީބަސް

Print

އަބާރަނަ-1

ޝާޢިއުކުރީ ހަސަން ޝާކިރު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް

ފޮތެއްގެ ތަޢާރުފު

ޙަސަން ޝާކިރު މުޙަންމަދު

"އަބާރަނަ" އަކީ، ޒީނަތްތެރިވުމުގެ ގޮތުން ކަރުގައިއަޅާ މޮޅު ގަހަނާއެވެ. އެހެންކަމުން މިއީ، އަޅުގަނޑުމެންގެ އަދަބީ ބަގީޗާ ޒީނަތްތެރިކުރުމުގެ ގޮތުން އެބަގީޗާގެ "ކަރު"ގައި އަޅާލި ގަހަނާއެއް ކަމުގައި ހީފުޅުކޮށްލައްވާށެވެ." މިއީ، އަބާރަނަ-1 ގެ ތަޢާރަފުގައި ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގެ ރައީސް، ފަޟީލަތުއްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ޢިބާރާތްކޮޅެކެވެ.
Print

އުފެއްދުންތެރި ލިޔުން ނުވަތަ "ކްރިއޭޓިވް ރައިޓިންގ"

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



މައިމޫނާ ޙުސައިން، ބ. ތުޅާދޫ

އުފެއްދުންތެރި ލިޔުމަކީ ކޮބާ؟
        
އުފެއްދުންތެރި ލިޔުން ނުވަތަ ކްރިއޭޓިވް ރައިޓިންގ އަކީ ތިމާގެ އަމިއްލަ ޚިޔާލަށް އެއްޗެއް ނުވަތަ އެއްޗެތިތަކެއް ލިޔެ އުފެއްދުމެވެ. އެއްޗެއްގެ އަޞްލު ނުގެއްލޭގޮތަށް (އެހެންނަމަވެސް އެއާ ގުޅުންބޮޑު) އޭގެ ކުރިން އެއެއްޗަކާ މެދު ހުށަހަޅައިދެވިފައި ނުވާ ފަދަ އާދަޔާ ޚިލާފު އުފެއްދުންތެރި ޚިޔާލުތަކެއްގެ މައްޗަށް ބިނާކޮށްގެން ހުށަހަޅައިދެވޭ ލިޔުމެކެވެ. އިނގިރޭސިބަހުން " ކްރިއޭޓިވް" މި ލަފްޒު ބޭނުންކުރެވެނީ އެއްޗެއްގެ ޙަޤީޤަތާއި އަޞްލާ އަރައިރުންނުވާ އެކަމަކު އާދަޔާ ޚިލާފު ގޮތަކަށް ހުށަހަޅައިދެވޭ ޚިޔާލަކަށެވެ.
Print

"މާދަރީބަހުގެ ޙަޤީޤަތްތައް "ދިވެހީންނަށް" ޤަބޫލު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟"

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ބައިނުލްއަޤްވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި ޤައުމީ ފެންވަރެއްގައި ހިންގި ޙަރަކާތްތަކެއް މި އަހަރު ހިންގީ އިސްކަންދަރު ސްކޫލްގެ ތެރޭގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒުން އިންތިޒާމުކުރައްވައިގެން ހިންގި ޙަރަކާތްތަކުގައި 3 ހައިސިއްޔަތަކުން ބައިވެރިވެ އެ ކަންކަން ވަރަށް ގާތުން ދުށުމުގެ ނަސީބު ލިބުނެވެ.
Print

"ހީނަރުވަމުންދާ" ދިވެހިބަސް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުﷲ ޒަމީރު، ކޯޒީކޯނަރ / ލ.މާވަށް

ދިވެހިބަސް ހީނަރުވަމުންދާ ވާހަކަ އަކީ އަޅުގަނޑުމެންގެ ތެރޭގައި މިހާރަކަށް އައިސް ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެއީ މިހާރަކަށް އައިސް ދިވެހިބަސް މަރުވެދާނެކަމުގެ ޢަލާމާތްތައް އަޅުގަނޑުމެންގެ ތެރެއިން ދުވަހެއް ދުވަހަކަށް އިތުރުވެ ހާމަވަމުންދާތީ އެވެ. ބަހުގެ ޢިލްމުވެރިންގެ ނަޒަރުގައި ބަހެއް ނެތިފަނާވުމަށް މެދުވެރިވެދާނެ އޮންނަނީ މައިގަނޑު ދެ ގޮތެކެވެ.
Print

މިޔުޒިކު އާދެއެވެ. . .

ޝާޢިއުކުރީ naseema muhammadh . ހިމެނޭބަޔަކީ މާދަރީބަސް


ނަސީމާ މުޙައްމަދު

މިޔުޒިކު އާދެއެވެ. އަންނަނީ މަޑުމަޑުން، ސިއްރުސިއްރުން، ލުއިލުއި ފިޔަވަޅުތަކެއް މަތީގައެވެ. ހުވަފެން ދެކޭ މީހެއްގެ ނިދީގައެވެ. ހަމަހިމޭން ކަމުގައިވާ އިންސާނާގެ ނަފުސަށް ފިނިކަމާއި އަރާމު ގެނެސްދެމުންނެވެ. ޒަމާންތަކުގެ ހަނދާންތައް ހިފައިގެން، ވައިރޯޅިއާ އެކީގައެވެ.
Print

ދުވަހުން ދުވަހަށް؛ އެދުވަހުން އެދުވަހަށް؛ އެއް ދުވަހުން އަނެއް ދުވަހަށް

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޝާހިދު ޙަލީމް

ދުވަހުން ދުވަހުން ދުވަހަށް؛ އެދުވަހުން އެދުވަހަށް؛ އެއް ދުވަހުން އަނެއް ދުވަހަށް މި ތިން ލަފުޒަކީވެސް އެއް ލަފުޒަށް ވުރެ ގިނަ ލަފުޒުން އުފެދިފައިވާ އެކުވި ތިން ލަފުޒެވެ. ތިން ކަންއިތުރެވެ. ދިވެހިބަހުގައި މި ތިން ލަފުޒުން ދޭހަވަނީ ތަފާތު ތިން މާނައެކެވެ. އެހެންކަމުން މި ތަނުން އެއް ލަފުޒެއް ބޭނުންކުރާން ޖެހޭ ތަނެއްގައި އަނެއް ލަފުޒެއް ބޭނުންކޮށްފި ނަމަ، ދޭހަކޮށްދޭން ބޭނުންވާ މާނަ ދޭހައެއް ނުވާނެއެވެ.
Print

ބަހާބެހޭ ބަހެއް: "ވެރިފައި"ކުރުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު(މާޒީ)

ދިވެހިބަހުގެ ލަފުޒުތަކަށް ބަލާއިރު "ވެރިފައި" މިއީ "ވެރުން" މި މަސްދަރުން އުފެދިފައިވާ ކަމެކެވެ. މި މަސްދަރު ނިމުނު ކަމަކަށް ބަދަލުވީމާ އޮންނާނީ "ވެރިއްޖެ" މިހެންނެވެ. ނިމިނިމުނު ކަމަކަށް ބަދަލުވެގެން ދާއިރު "ވެރުނު" މި ގޮތަށް ބޭނުން ކުރެވެއެވެ. އެހެންވީމާ "ވެރިފައި" އަކީ "ވެރުން" މި މަސްދަރުން އުފެދުނު ކަމެއް، ވެފައި އޮތް ޙާލަތު އަނގައިދިނުމުގައި ބޭނުންކުރާ ލަފުޒެކެވެ. މިސާލަކަށް: އެ ގަސްދޮށަށް ވަރަށް ގިނަ ފަތް ވެރިފައި އެބަހުއްޓެވެ.
Print

އާ ރިފިއްޔެއްގެ ބަދަލު ޢާރިފުސޭޓު ކޯޓަށް ގެންގޮހޮފި!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް


ފާޠިމަތު އަމްނާ ޢަޒީޒު (މާވަށް)

ނޯޓް: މިއީ ތަފާތު ބަހުރުވައިގެ މުއްސަނދިކަން ދައްކައިލުމުގެ ގޮތުން ހައްދުންމަތީ ބަހުރުވައިން އަޅުގަނޑު ލިޔުނު ސަމާސާ އަދަބުގެ ލިޔުމެކެވެ. ހައްދުންމަތީ ކޮންމެ ރަށެއްގައިވެސް ބަހުރުވައިގެ ކުދިކުދި ތަފާތު ހުންނާތީ އެ ނުކުތާއަށް ވިސްނެވުން ހުއްޓެވެ. މި ލިޔުން ބިނާވެފައި ވަނީ މާވަށު މީހުން ވާހަކަދައްކާ ބަހުރުވައިގެ މައްޗަށެވެ.

ލ. ކުޑަފުއްޓު ކުނިކަހަންގޭ ތައްޚާނު ބެޔަކޫ އެންމެ ދޮހާވީ އެއް ޤާޟީ އެވެ. އެންމެ އިންސާފުވެރިކަމާއެކީ މައްސަލަތެއް ބަލަން ޤާޟީއަކޫ ވެސް އެޔޯ އެވެ. އުމުރުން ދޮހާވެފައި ހުއްޓަކަސް ކޮންމެ ދޮހާކު ހަތަރަދަމު މި ތައްޚާނުބެއިގެ މަސެއްކަތަކޫ ހަމަ މައްސަލަބެލުމެވެ.
Print

ދެކަނބަލުން އެ ކަނބަލުންގެ ތެރޭގައި ހިމެނޭނެހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

"އަޅުގަނޑު މިގުޅައިލީ ކުޑައެއްޗެއް ސާފުކޮށްލާން ވެގެންނެވެ." ދާދި މިދާކަށް ދުވަހަކު އަޅުގަނޑާ ފޯނުން ގުޅައިލި ރައްޓެއްސަކު ބުންޏެވެ. "ކޮން އެއްޗެއްހެއްޔެވެ؟ އަހާބަލާށެވެ! އެނގޭ އެއްޗެއްވިއްޔާ ބުނާނަމެވެ." އަޅުގަނޑު ބުނީމެވެ. އޭނާ ސުވާލުކުރި އެވެ. "އަންހެނެއްގެ ނަމުގެ ފަހަތަށް ދެކަނބަލުންނޭ ލިޔެވިދާނެހެއްޔެވެ؟ އަދި ދެކަނބަލުންނާއި ދެމަފިރި ކަނބަލުންނަކީ އެކައްޗެއްހެއްޔެވެ؟"

މި ސުވާލުތަކުގެ ޖަވާބު އޭނާއަށް ފޯނުން އޮޅުންފިލުވައިދިނުމަށް ފަހު އަޅުގަނޑުގެ ހިތަށް އެރިއެވެ. މި ސުވާލުކުރީ ހަމަ ތަޢުލީމީ ޒުވާނެކެވެ.
Print

ދިވެހިބަހާ ........... ދިވެހިރާއްޖެ

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ މާދަރީބަސް

ރާއްޖެއިން ފެންނަމުންދާ "ދިންގްލިޝް" އާ މެދު އަޅުގަނޑުމެން ވެސް ކަންބޮޑުވަން ޖެހޭނެ އެވެ.

އިބްރާހީމު ރަޝީދު މޫސާ

ބަހަކީ ސަޤާފަތުގެ ކަންވާރެވެ. އެއީ ފުންމާނަތަކަކަށް ދަލީލުކުރާ އެތުރުންތަކެކެވެ. އެއްބަހުން އަނެއްބަހަށް ތަރްޖަމާކޮށް ގެންދެވޭ އިރު މި ފުންމާނަތައް ނުވަތަ އެ މާނަތަކުން ކޮންމެވެސް ބައެއް ގެއްލިގެންދާތަން ފެނެއެވެ. ލަފުޒުން ލަފުޒަށް، ތަރުޖަމާކުރިއަސް މި ފުން މާނަތައް ތިލަވާތަނެއް ނުފެނެ އެވެ.
Print

ލައޯޝޭ ޓީހައުސް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް

ދަތުރުނާމާއެެއްގެ ފަތްފުށެއް               

ލައޯޝޭ ޓީހައުސް: ހުށަހެޅުންތައް ލޮލުން ދުށުމަށް ފަހު ތަޢުރީފާ އެކު.....


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ޖެނުއަރީ މަހު 7 ވީ ހުކުރު ދުވަހު އިރު އޮއްސި ހޮނިހިރުވިލޭރޭ 11:30 ގައި ސިންގަޕޯރ އެއަރލައިންސްގައި ފެށިދަތުރުގައި ސީނު ކަރަޔަށް ފޯރީ ޖެނުއަރީމަހު 8 ވަނަ ދުވަހު މެންދުރުން އަނބުރައި 2:30 ވީ ފަހުންނެވެ. (މާލޭގަޑިން ހެނދުނު 11:30 އަށްވުރެ ބޮޑުވި ފަހުންނެވެ.) ސިންގަޕޫރުގައި ގަޑިއެއްހާއިރު މަޑުކޮށްލުމަށް ފަހުގަ އެވެ.
Print

ނިދި ނިންޖަށް ވުމުން

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙައްމަދު ޝާހިދު ޙަލީމު


ނިދަންމިޔަރުގެ ވާހަކަ:


އޭނާއަށް މީހުން ކިޔައި އުޅެނީ ނިދަންމިޔަރެވެ. އެއީ މީހުންނަށް އޭނާގެ ދެ ލޮލުގެ އެތެރެ ފެންނަލެއް މަދުކަމުންނެވެ. އެކަމަކު އޭނާ ބުނާ ގޮތުގައި އޭނާ ގާތަށް އެހައި ފަސޭހައިން ނިންޖެއް ނާންނާނެއެވެ.

ނިދަންމިޔަރު ބުނާ ގޮތުގައި އޭނާ ނުދަންނަ ކަމެއް ނޯވެއެވެ. އޭނާ ޅަ އިރު ނުކުރާ މަސައްކަތެއް ނޯންނާނެ ޔޯލައެވެ. މަސްވެރިކަމާއި، ރާވެރިކަމަކީ އޭނާ ވަރަށް ކުރާ ހިތް ވާ ދެ މަސައްކަތް ކަމުގައި ބުނެއެވެ.
Print

ހީނލައިފައި އާނއެކޭ ބުނުން ނޫން ގޮތެއް ނެތް!

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް

މުޙަންމަދު ޝާހިދު ޙަލީމް

ދިވެހި ޚަބަރު ކިޔައި ނިމުމުން މުޙަންމަދު މަނިކު ތެދުވެގެން ގޮސް ޓީވީ ނިވައިލި އެވެ. އެއަށްފަހު އަނެއްކާ ވެސް ކުރިން އިން ގޮނޑީގައި އިށީނެވެ. މުޙަންމަދު މަނިކު ކިޔާން ފަށައިފައި އޮތް ފޮތެއް، ކައިރީގައި ހުރި ކުޑަ މޭޒެއްގެ މަތީގައި، ހުޅުވައިލައިފައި ބަންޑުން ބާއްވައިފައި އޮތެވެ. މުޙަންމަދު މަނިކު އެ ފޮތް ނަގައިފައި ކިޔާން ފެށިއެވެ.
 
އެ ވަގުތު ފެންޑާމަތިން މީހަކު ސަލާންގޮވައިލި އެވެ.
Print

މަންމަގެ ދޫ... ބުރިކޮށްލަން ކެރޭހެއްޔެވެ؟

ޝާޢިއުކުރީ އިޔާޒު ނަސީމް . ހިމެނޭބަޔަކީ މާދަރީބަސް


''ލިޔުންތެރިއެއްކަމުގައި ދަޢުވާކުރަމުން އައި އަހަރެން، އަހަރެންގެ އަމިއްލަ ބަހުން ލިޔަންކިޔަން ދަސްކުރީ އެހިސާބުންނެވެ.''


ޕަންޖާބީ ބަހުން ލިޔުއްވީ:  ބަލްރާޒު ސަހްނީ
އިނގިރޭސި ތަރުޖަމާ:    ޔާޝް ކޮހްލީ
ދިވެހި ތަރުޖަމާ:       އިޔާޒު ނަސީމް

އޭރު އަހަރެންނަކީ ޝާންތީނިކޭތަންގެ މުދައްރިސަކީމުއެވެ. ޝާންތީނިކޭތަންއަކީ މުޅި ހިންދުސްތާނު އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ރަބިންދްރަނާތު ޓާކޫރުގެ މުދީރުކަމުގެ ދަށުން ހިނގަމުން ދިޔަ މުއައްސަސާއެކެވެ. ރަބިންދްރަނާތު ޓާކޫރު ނުވަތަ ރަބިންދްރަނާތު ޓޭގޯރ އަކީ އަދަބިއްޔާތުގެ ގޮތުން ނޯބެލްގެ ޝަރަފުވެރި އިނާމު އެންމެ ފުރަތަމައަށް ހާސިލުކުރެއްވި އޭޝިޔާގެ އަދީބެވެ.
Print

އެބަ ގަބޫލު ކުރެވެ އެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް

              
ކަނީރު ޢަބްދުއްރަޙީމު

ޚިޔާލު ތަފާތުވުމަކީ މައްސަލައެއްނޫނޭ ބުނެ ކިޔާލެއް ގިނަކަމުން ޖެހިލުންވެފައި ހުރެވޭގޮތް މިހާރު ތަންކޮޅެއް ކުޑަވެއްޖެކަމަށް އަމިއްލައަށް އެބަގަބޫލުކުރެވެއެވެ. މިލިޔުން ލިޔެލަން މިކެރެނީ ވެސް އެ ގަބޫލުކުރެވޭ ކުރެވުމުގެ ސަބަބުންކަން ހަމަޔަގީނެވެ.

ދިވެހިބަސް ކުރިއެރުވޭނީ ކިހިނެއްހެއްޔެވެ. ކުރިއެރުވޭނީ ކުރިއަރުވަންވީއޭ ގިނަގިނައިން ލިޔެ ކިޔާ ބުނެހަދައިގެން ބާވައެވެ. އެހެންއެކަންވާނެނަމަ ހާދަހާ ރަނގަޅުވީހެވެ. އެކަމަކު އެވަރަކުން އަދި ނުނިމެއެވެ. އެކަމެއްކުރާއިރު އެކަމަކީ ކޮބައިކަމާއި އެކަމުންވާނެ ކަންކަމަކީ ކޮބައިކަން އެނގެންޖެހެއެވެ. އެހެންނޫނީ ފޫނެތް ތަށްޓަކަށް ފެންއެޅުމެކޭ ތަފާތެއްނުވާނެއެވެ.
Print

ދިވެހި އަދަބު ތަރައްޤީކުރުމަށް ޓަކައި ޑްރާމާ އަށް ސަމާލުކަން ދިނުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ދިވެހިބަސް ތަރައްޤީކުރުމަށް ޓަކައި ބަސްދެކެ ލޯބިވާ ބަޔަކު ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ. މި ސައިޓަކީވެސް އާދެ! www.fanvai.info އަކީ މިކަމުގެ ދިރިހުރި މިސާލެކެވެ. އަދި ރާއްޖޭގެ ލިޔުންތެރިކަމުގެ ދުނިޔޭގައި އިސް ބޭފުޅުންކޮޅެއް އިސްނަންގަވައިގެން އުފައްދަވައިފައިވާ "ލިޔުންތެރިންގެ ގުޅުން" މި ޑިސެމްބަރ މަހު 31 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު
Print

ދުނިޔޭގެ އެންމެ މުހިއްމު ބަސްތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ދިވެހިބަސް އޮންނާނީ ކިހާ ހިސާބެއްގައިތޯ ފިކުރުކޮށްލަމާތޯ އެވެ؟


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)


ދުނިޔޭގެ އެންމެ މުހިއްމު ބަހަކީ ނުވަތަ ބަސްތަކަކީ ކޮބައިތޯ ސުވާލު ކުރާ މީހުން އުޅެއެވެ. މި ފަދަ ސުވާލެއްގެ ޖަވާބަކީ އިނގިރޭސި ބަހޭ ބުނުންހެއްޔެވެ؟ ނުވަތަ މުސްލިމުން ނަމަ ބުނާނީ ޢަރަބިބަހޭ ހެއްޔެވެ؟ ނޫނެކެވެ. ޙަޤީޤަތަކީ އެޔެއް ނޫނެވެ. ދުނިޔޭގައި އިންސާނުން މޮށެ އުޅޭ ކޮންމެ ބަހަކީވެސް މުހިއްމު ބަހެކެވެ. ހަމަ އެކަނި މުހިއްމީކީއެއް ނޫނެވެ. ވަރަށް މުހިއްމީ އެވެ.
Print

ރާއްޖެތެރޭގައި އަތްނބެއް

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


"މާލެ، ރާއްޖެތެރޭގެ މާނައިން ބޭރުކޮށްލާ މި ހެދީ "ޝާހީ" މީހުން "ޝާހީ" ވުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުން ދޮގެއްތޯ؟"


މުޙަންމަދު ޝާހިދު ޙަލީމު


ރޭގަނޑު އަށްގަޑިބައި އެހައިކަންހައި އިރެވެ. އާދަމް މަނިކު ދިވެހިގޭގެ ފެންޑާ މައްޗަށް އަރައިފައި ސަލާން ގޮވައިލިއެވެ.

"އައްސަލާމް ޢަލައިކުމް."

"ވަޢަލައިކުމުއްސަލާމް." ސަލާން ބަލައިގަތީ މުޙަންމަދު މަނިކެވެ. މުޙަންމަދު މަނިކު އިނީ
Print

މާދަރީބަހަށް ސަމާލުކަން ދިނުން ލާޒިމެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް

އިނގިރޭސިބަހަށް މޮޅުވުމަށް ޓަކައި މާދަރީބަހަށް ސަމާލުކަން ދިނުން ލާޒިމެވެ.


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)


އެންމެ ފުރަތަމަވެސް ފަންވަތުގެ އަހުލުވެރިންނަށް ޝުކުރުދަންނަވަމެވެ. މިފަދަ ލިޔުންތައް ވިދާޅުވެ ޚިޔާލު ފާޅުކުރައްވާތީއެވެ. ޚާއްޞަކޮށް، "ދަރިފުޅު އިނގިރޭސިބަހަށް މޮޅުކުރެވޭނީ ކިހިނެއް؟" މި މައިގަނޑު ނަމުގެ ދަށުގައި 2 ޑިސެމްބަރ 2010 ގައި އަޅުގަނޑު ލިޔުނު ލިޔުމަކަށް "ހާރޫނު"ގެ ނަމުގައި ޚިޔާލުފާޅުކުރެއްވި ކިޔުންތެރިޔާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. މި މަޒުމޫނު ލިޔުމުގެ ހިތްވަރު އަޅުގަނޑަށް މިހާ އަވަހަށް ލިބުނީ އެނާ ފާޅުކުރެއްވި ޚިޔާލުފުޅުގެ ސަބަބުންނެވެ. ޝުކުރިއްޔާ އެވެ!

ހަމަމިގަލަމުން

އިދާރާ

ވާހަކަ