އަދުގެ ޚާއްސަ

ވާހަކަ

Print

އެންމެ އަގުހުރި ބަޔަކީ ދެ ފުށް ދެގޮތް މީހުންނެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އެއްދުވަހު އޮފީހުގެ މެނޭޖަރު އޭނަގެ މުވައްޒިފުން އިމްތިހާނުކޮށްލަން ބޭނުންވިއެވެ. ދެން ހުރިހާ މުވައްޒިފުން މަޝްވަރާކުރާ ކޮޓަރިއަށް ގެނެސް އެއްކުރިއެވެ. އަދި އެންމެންގެ ކުރިމައްޗަށް ސުވާލެއް ހުށަހެޅިއެވެ. "ދޭކާ ދޭކާ އެއްކުރީމަ ވާނީ ފަހެކެވެ! މި ޖަވާބު ރަަނގަޅު ހެއްޔެވެ؟" މެނޭޖަރު ސުވާލުކުރިއެވެ.

އެކަކު ބުންޏެވެ. ދޭކާ ދޭކާ އެއްކުރީމަވާނީ ހަމަ ފަހެކެވެ.

Print

އިބިލީހުގެ ހަކުރުތިކި

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ޢަބްދުﷲ ޞާދިޤު (ނޢޢވ)

ތެދުތެދަށް ދަންނަވާ ނަމަ، އަޅުގަނޑުމެން އެންމެން ވެސް އިބިލީސްދެކެ ރުޅި އަންނަމުއެވެ. އިބިލީހަށް ނަފުރަތު ކުރަމުއެވެ. އެއީ އެ ސޮރުގެ ކަމަކީ އަޅުގަނޑުމެންގެ މެދުގައި ހުރިހައި ނުބައިކަމެއް އުފެއްދުން ކަމަށް ވާތީއެވެ. ރަނގަޅު މީހުންނަށް މަގު އޮޅުވައިލާތީއެވެ. 

މީގެ ދުވަސްކޮޅެއް ކުރީން ރައްޓެއްސަކު ދެއްކި ވާހަކައެއްގައި ކޮންމެ ވެސް ކަމަކަށް މިސާލުޖަހަމުން އޭނާ ބުންޏެވެ. އެއީ ހަމަ އިބިލީހުގެ ހަކުރު ތިއްކެކޭ އެއްވެސް ތަފާތެއް ހުރި ކަމެއްނޫނެވެ. ދެން އޭނާ ކިޔައިދިނީ، ޒަމާނުއްސުރެ ތުންތުންމަތީން ކިޔެމުން އަންނަ ފުލޯކީ ވާހަކައެކެވެ. އެ ވާހަކަ އަޅުގަނޑަށް ވަރަށް ކަމުދިޔައެވެ. 

Print

ކުޑަކުދީންގެ ވާހަކަ(10): ވާހަކަ ގިނަ ވަލީދުގެ ބަސް ހުއްޓުނު ގޮތް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

ވެލާވަރަކީ ވަރަށް ގިނައިން ވެލާ އަރާ ރަށެކެވެ. އެ ރަށް ލިޔުއްވައިގެން އުޅެނީ ވަންދޫ ވާރުގޭ ވަސީމެވެ. ވަސީމުގެ ފަރާތުން އެރަށް ބަލަހައްޓަނީ ވަންދޫ ވާހަކަ ގިނަ ވަލީދެވެ.

ވަރަށް ވިއްސާރަ ދުވަހެކެވެ.  ވަންދޫ  ވާހަކަ ގިނަ ވަލީދު ވާރޭތެރޭގައި ވިއްސާރަ ކޯޓެއް ލައިގެން ވެލާވަރަށް ދާންފުރިއެވެ. އޭރު ވިދައި ގުގުރަމުން ދިޔައެވެ. ނަމަވެސް އޭނާއަކީ ވަރަށް ވިސްނުން ތޫނު މީހެކެވެ. 

ވަލީދަށް ވެލާވަރަށް ދެވުނު އިރު ބޯކޮށް ވެހެމުން ދިޔަ ވާރޭ ތުނިކޮށްލައިފިއެވެ. އޭނާ އެންމެ ފުރަތަމަ ވެސް ބެލީ  ވެލާވަރުގެ ގޮނޑުދޮށުން ރަށްވަށައި  ހިނގައިލުމަށެވެ. ރަށް ވަށައި ބުރެއް ޖެހުމުގެ ބޭނުމަކީ  ވޭތުވެ ދިޔަ ރޭ ވެލާވަރަށް ވެލައެއް އެރިތޯ ބެލުމެވެ. 

Print

ބައްޕައަށް ހުއްޓުވޭނެ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ކަނީރު ޢަބްދުއްރަޙީމް

ސަލީމު ގެޔަށް އައީ ކުޑަކުޑަ ފިނދަނައެއް ހިފައިގެނެވެ. ވަރަށް ފޮރުވައިގެން ގިފިއްޔަށް ދެވޭތޯ ބޮނދަބޮނދައިގެން ދަނިކޮށް ދައްތަޔާ ދިމާވީއެވެ. ދައްތަ ހަމީދާއަށް އެ ދޫނި ފެނި ދެ ލޯ ބޮޑުކޮށްލައިފައި އެއްޗެއް ބުނާން އުޅުނެވެ. އެ ވަގުތު ވާހަކަ ފެށީ ސަލީމެވެ. އޭނާ މަޑުމަޑުން ބުންޏެވެ.

"ދައްތަ މި ވާހަކަ ނުދެއްކިއްޔާ ދައްތަ ބޭނުންވެގެން ބުނި އެއްކަލަ އަލަނާސި ބޮލި ދޭނަން ދައްތައަށް." އެ އަޑުއިވުމުން ހަމީދާ އަވަސްއަވަހަށް ދެކޮޅު ހޯދައި ބަލައިލިއެވެ. މަންމަ ކޮބައިތޯ ހޯދައިލިއެވެ. އަދި އަތުގެ އިޝާރާތުން ދާށޭ ބުނުމުން ސަލީމް ދިއައީއެވެ.

Print

ދެމާވަޑިން ދަނޑަށް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

އަލިފުށީ މީހުންނަކީ އެއްވެސް އިރަކު ދަނޑުވެރިކަން ކުރާ ބައެއްނޫނެވެ. އެ މީހުންގެ ތެރޭގައި މަސްވެރިން ވެސް ވަރަށް މަދެވެ. އަލިފުށީ މީހުންގެ ކަމަކީ ވަރަށް މޮޅަށް އޮޑިދޯނިފަހަރު ބަނުމެވެ. އެހެނަސް ކޮވިޑް 19 މުޅި ދުނިޔެއަށް ފެތުރި، ރާއްޖެއަށް ވެސް  އެ ރޯގާ އައި ފަހުން، ރާއްޖޭގައި ދަނޑުވެރިކަން ކުރުން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން، އަލިފުށީގައި ވެސް ދަނޑުވެރިކަން ކުރާން ބޭނުންވާ މީހުންނަށް ދަނޑުބިން ދޫކުރާ ގޮތަށް ހަމަޖެހުނެވެ. 

Print

ކުޑަކުދީންގެ ވާހަކަ (9): ތަރުތީބު ރާވެރިބޭ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

މަރޮށީ ރާވެރިބޭގެ އަނބި ރ. ރަސްމާދޫ ރޯނުގޭ ހަރީރާއަކީ މުރާލި އަންހެނެކެވެ. ރާވެރިބޭ ހަވީރު ރުއްތަކުން ރާބާލައިގެން އައިއިރު ހަރީރާ ހުރީ، ރާވެރިބޭ  މެންދުރު ނަމާދަށް ދަމުން  ދޮވެފައި ރޯނުގައި އެޅުވި ރަތް ސޯޓުން ރޫ ފިލުވާށެވެ.

Print

ކުޑަކުދީންގެ ވާހަކަ(7): ނައިނަވާ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

ނައިނަވާ އުފަންވީ  ހޮނިހިރު ދުވަހެއްގައެވެ.  އެއީ ނޮރަ ނަކަތުގެ ނުވަވަނަ ދުވަހެވެ. ނައިނަވާގެ އެޑްރެހަކީ މ. ނާލާފުށީ ނޫރާނީގެއެވެ. ނައިނަވާގެ މަންމަގެ ނަމަކީ ނޫރަންނަހާރެވެ. ނައިނަވާގެ ބައްޕައަކީ ނޭޕާލު  މީހެކެވެ. އޭނާގެ ނަމަކީ ނޫން އިބުނު ނޫޙުއެވެ.

 ނައިނަވާއަށް އެންމެ ރީތީ ނޫކުލައެވެ. ނައިނަވާ އެންމެ ކާހިތްވަނީ ނާނެވެ. އޭނާއަށް އެންމެ މީރު ބުއިމަކީ އަނޯނާ ފަންޏެވެ.  ނައިނަވާ ދުވަހަކުވެސް ނޫޑުލްސް އެއް ނުކައެވެ. އޭނާ ހީކުރަނީ ނޫޑުލްސް ހަދަނީ ކިލާފަނިން ކަމަށެވެ.  ނައިނަވާ ނަންނުގަތިދެކެ ވަރަށް ބިރުގަނެއެވެ.

Print

ކުޑަކުދީންގެ ވާހަކަ (8): އަޟުޙާ ޢީދުދު ދުވަސް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

މިއަދަކީ  ސާދަސަތޭހަ އެކާޅީސް ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހެވެ. އަޟުޙާ ޢީދަށް އައިރާގެ ޢާއިލާ ރަށަށް މި އައީ އެތައް އަހަރެއްގެ ފަހުންނެވެ.  އައިރާ އެދުނު ފަދައިން ޢީދުނަމާދަށް ދާން އޭނާގެ މަންމަ ފަހައިދިނީ  އަޅިކުލައިގެ އަތްދިގު ހެދުމެކެވެ.  އައިރާ  ޢީދު ނަމާދަށް ދިޔައީ އެއްފުރާގެ އަވައްޓެރި ކުދިންކޮޅަކާ އެކުގައި އުތުރު އަވަށު އައު މިސްކިތަށެވެ. 

Print

ކުޑަކުދީންގެ ވާހަކަ (6): ބާބީގެ ބޮޑުބޭބެގެ ބަކަރި އައިން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

ބާބީގެ ބޮޑުބޭބެއަކީ ބަކަރި ގެންގުޅޭ މީހެކެވެ. ބުދަ ދުވަހު ހަވީރު  ބަކަރިތަކަށް ކާންދީފައި ބާބީގެ ބޮޑުބޭބެއަށް ގެއަށް ދެވުނީ ބަކަރިކޮށި ބަންދު ނުކޮށެވެ.

ބުރާސްފަތި ދުވަހު  ހެނދުނު ބާބީގެ ބޮޑުބޭބެ ބަކަރިތަކަށް ކާންދޭން ދިޔައިރު، އޭނާގެ ބާވީސް ބަކަރިން ކުރެ، އެންމެ ބަކަރިއެއް ވެސް ކޮށީގައެއް ނެތެވެ.  ބާބީގެ ބޮޑުބޭބެ  ބާރުބާރަށް ދުވެފައި ދިޔައީ އިބޫގެ ބަރަބޯ ދަނޑަށެވެ. 

ބާބީގެ ބޮޑުބޭބެއަށް  ބަރަބޯ ދަނޑަށް  ދެވުނު އިރު، އޭނާގެ  ބާވީސް ބަކަރި ތިބީ ބަރަބޯތައް ކައި ބަނޑު  ބޮޑުކޮށް ލައިގެންނެވެ. 

Print

ކުޑަކުދީންގެ ވާހަކަ (5): ރޫމީ ފަކީރުގެ ވަރުބަލިކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ސާދުނާ ޢާބްދުލްކަރީމް

ގިރާވަރު ރޯނުގޭ ރޫމީ އަކީ ހެރެތެރެ ރިސޯރޓުގައި  މަސައްކަތްކުރާ މީހެކެވެ. ރޫމީއަކީ އެ ރިސޯޓުގެ ރާވެރިޔާއެވެ.  އޭނާ ކުރާ މަސައްކަތަކީ ފަތުރުވެރިންނަށް  ބޭނުންވާ ތާޒާ ރާ، ރުއްތަކުން ބާލައިދިނުމެވެ. އެރަށުގައި ރުކަށް މޮހޮރު ޖެހުން މަނައެވެ. އެހެންވެ ރޫމީ ބަހައްޓަނީ ރާރުއްތަކުގައި ހަރުބަނދެފައެވެ. 

Print

ކުޑަކުދީންގެ ވާހަކަ (4): ޙަލީމް އަލަށް ހުކުރަށް ދިޔަ ދުވަސް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ސާދުނާ ޢަބްދުލްކަރީމް

މިއަދަކީ ޙަލީމް އަލަށް ހުކުރަށް ދިޔަ ދުވަހެވެ. ޙަލީމް ހުކުރަށް ދިޔައީ ހުދުކުލައިގެ ގަމީހެއް ލައިގެންނެވެ. ބޮލުގައި އަޅައިފައި އޮތީ ހުދު ކުލައިގެ ތާކިހަލެކެވެ. ބައްޕަޔާއެކު ޙަލީމް ހުކުރު މިސްކިތަށް ދިޔައީ ޚުޠުބާ ނުފަށަނީހެވެ. 

ހުކުރުން ފައިބައިގެން ޙަލީމް ބޭނުންވީ ހިނގައިލާން ދާށެވެ. ހަލީމްގެ ބައްޕަ ބުނުއްވިއެވެ.      "މިހާ ހޫނުގަދަ ވަގުތެއްގައި ހިނގައިލާކަށެއް ނުދެވޭނެ. ހިނގައިލާން ދެވޭނީ ހަވީރުން." ބައްޕަގެ ޚަޞީލަތާ ޚިލާފު ހަރުކަށި ޖަވާބުން ހިތުގައި ޖެހި ހަމަ އެ ހިނދުން ޙަލީމަށް ރޮވިއްޖެއެވެ.

Print

ކުޑަކުދީންގެ ވާހަކަ (3): މުޝީރާގެ ބަނޑުހައިކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ސާދުނާ ޢަބްދުލްކަރީމް  

ށަވިޔަނި މަރޮށީ ބިއްދޮށުގޭ މުޝީރާގެ ފިރިމީހާ، ރުޝްދީ  މަރުވީ  ދޮށީގެ މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ. އެއީ ޝަޢުބާން މަހެއްގެ އަށްވަނަ ދުވަހެވެ. އެ ހިތާމަ ނުފިލައި އުޅެނިކޮށް ދެން އައި ޝައްވާލު މަހުގެ އަށާވީސްވަނަ ދުވަހު މުޝީރާގެ އަށާރަ އަހަރުގެ ދަރިފުޅު ޝާވިން މަރުވީ މާލޭގައެވެ. އޭނާ މަރުވީ ބޭރު ތޮށިމަތިން ކަހައިލައިގެން ސައިކަލާއެކު ކަނޑަށް ވެއްޓިގެންނެވެ.

Print

ކުޑަކުދީންގެ ވާހަކަ (2): ނާނީގެ ނެނީއަށް ފެނުނު ހުވަފެން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ސާދުނާ ޢަބްދުލްކަރީމް

ނާނީއަކީ ނޭކުރެންދޫ ކުއްޖެކެވެ.  ނާނީގެ މަންމަ  އަކީ ނަރުހެކެވެ. ނާނީގެ މަންމަ ވަޒީފާއަށް ދިޔުމުން ނާނީ ބަލަހައްޓަނީ ނާނީގެ ނެނީއެވެ. އެއީ ނޭޕާލްގެ އަންހެން ކުއްޖެކެވެ. 

ހޮނިހިރު ދުވަހެއްގެ މެންދުރުފަހެވެ. ނާނީގެ ނެނީ  އެންމެ ފުތަރަމަ ނާނީ ގޮވައިގެން ގޮސް ފެންވެރުވިއެވެ. އެއަށްފަހު ނާނީގެ ބޮލުގައި ފުނާ އަޅުވައި ރީތިކޮށްފައި  ނާނީއަށް  ނޫޑުލްސް ކާންދިނެވެ.  ދެން އަނޯނާ ފަނިތަށްޓެއް ބޯންދިނެވެ. އޭގެ ފަހުން  ނާނީއަށް އެންމެ ރީތި ނާނާ ކިޔައިދީގެން ނާނީ ނިންދުވިއެވެ.  އެންމެ ފަހުން ނާނީގެ ނެނީ ވެސް  ނާނީގެ ކޮޓަރީގައި އޮށޯވެ ނިދީއެވެ.

Print

ކުޑަކުދީންގެ ވާހަކަ (1): ކަޅު ކުކުޅު ދިން ކޭން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ސާދުނާ ޢަބްދުލްކަރީމް

މިއަދަކީ ކަޅު ކުކުޅަށް ވަރަށް އުފާވެރި ދުވަހެކެވެ. ކަޅު ކުކުޅު އުފާވީ އެ ކުކުޅު ކޮއްޓި 12 ފިޔޮއް ބޮޑުވެ މައިގެ ވީއްލީތީއެވެ. ކުދި ފިޔޮއްކޮޅު ކާޅުތުނބުން އަރަންދެން، އެ ސޮރުމެން ގޮވައިގެން ކަޅު ކުކުޅު އުޅޭން ޖެހުނީ ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު، ނުހަނު ބުރަކޮށެވެ. ފިޔޮއްކޮޅުގެ ބަފާ، ރަތްހާލުގެ ފުށުން އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބިއެވެ.

Print

ކޮން މީހެއް؟ (20)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(07 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

[އެންމެ ރަނގަޅު!] ނީނާ ޖަވާބު ދިނެވެ. [އެކަމަކު މަންމަ ވާނެ ނޫންތޯ އަޅުގަނޑާއެކު މާވަށަށް ދުރުވާން]

[މަންމަ ގޮސްފާނަން ދަރިފުޅާއެކު. އެކަމަކު އެހާ ގިނަ ދުވަހަކު ނުއެއް ހުރެވޭނެނު ބައްޕަ އެކަނި ބަހައްޓައިފައެއް. ކޮއްކޮމެން އަދި ކިޔަވައި ނުއެއް ނިމޭ. އެ މީހުންޗުއްޓީއަށް އަންނާނެ މި މަހު. އިދްރީސްބެގެ މީހުން ދަރިފުޅަށް އެހީވާނެ.]

[މަންމާ! މީހެއްގެ އެހީއެއް ބޭނުމެއް ނުވާނެ. ރިސޯޓުގައި ނީނާ ހުންނާނީ! އެކަމަކު އަޅުގަނޑާއެކު ދުރުވެލައްވާންވާނެ. މަންމަ ފޫހިވެލެއްވީމާ ދުރުވާން އޮންނާނެ ނޫންތޯ؟]

Print

(ކޮން މީހެއް؟ (19)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(06 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

ކޮޓަރިއަށް ވަންއިރު، ނީނާ އޮތީ ނިދައިފައެވެ. ގޮވައިގޮވައި ހެޔެއް ނުލިއެވެ. އިދްރީސްތައްޚާނު ބަލައިފައި ބުނެފިއެވެ. [މިމަންޖެ މިއޮތީ ހޭނެތިފައި.]

އެންމެން އަޑުން އަޑުނަގައި ލޯން ފަށައިފިއެވެ. ނީނާގެ މަންމަ ނީނާގެ ގައިގައި އޮޅުލައިގަތެވެ.

[ރޯނެކަމެއް ނެތް އެކަކު ވެސް.] އިދްރީސްވެ އިރުޝާދު ދިނެވެ. [ރުއިމަކުން ކުރާނެ ފައިދާއެއް ނޯންނާނެ! ފެންތައްޓެއް ގެނެސްދީބަލަ!]

Print

(ކޮން މީހެއް؟ (17)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(04 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

ކޮންމެއަކަސް ހަމަޖެހިފައިވާ ގޮތުގެ މަތީން އެގްރީމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސޮއިކުރުމުގެ ކަންތައް ނިންމުމަށްފަހު ސީދާ ދިޔައީ މުންޑޫއަށެވެ. އެގްރީމެންޓްގެ ރަސްމިއްޔާތުގައި ސޮއިކުރުމާއެކު، ދާއޫދުގެ މޫނުމަތީން މާ ބޮޑަށް އުފާވެރިކަން ފާޅުވާ ސަބަބެއް ނީނާއަކަށް ނުވިސްނެއެވެ. ނީނާގެ ކިބައިން ދާއޫދަށް އިތުރަށް ލިބޭނެ ޚިދުމަތެއް، ލިބޭނެ އެއްޗެއް އޮންނާނެ ކަމަކަށް ނީނާ ގަބޫލެއް ނުކުރެއެވެ. ނީނާ މަސައްކަތްކުރަނީ ނުހަނު އިޚުލާޞްތެރިކަމާއެކު، ކަމަށް ކަމޭ ހީކޮށްގެންނެވެ. ހުރިހާ ކަމެއް ކުރަނީ ވެސް ނުހަނު އޯގާތެރިކަމާއި ކުޅަދާނަ ކަމާ އެކުގައެވެ. އަދި ނީނާ ކުރާ އެއްވެސް ކަމަކާ މިހާތަނަށް ދާއޫދު ހިތްހަމަނުޖެހިފައެއް ވެސް ނެތެވެ. އެހެންވީމާ ދާއޫދު އެ ކަނޑައެޅި ޝަރުޠަކީ ނީނާގެ ނަޒަރުގައި ބޭކާރު ޝަރުޠެކެވެ. އެ ޝަރުގެ ސަބަބުން ދާއޫދަށް ލިބޭނެ އިތުރު އެއްޗެއް، އިތުރު ފައިދާއެއް، އަދި ނީނާއަށް ލިބޭނެ އެއްވެސް ގެއްލުމެއް ފައިދާއެއް އޮވެދާނެ ކަމަކަށް ނީނާ ގަބޫލެއް ނުކުރެއެވެ. 

Print

(ކޮން މީހެއް؟ (18)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(05 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

މި ފަދަ ތަފާތު ޚިޔާލުތައް ނީނާގެ ހިތުގައި ބިރުވެރިކަމާއެކު ދައުރުވާން ފަށައިފިއެވެ. އަދި އެ ކޮޓަރީގައި ދެން އެންމެ ހިނދުކޮޅަކު ވެސް މަޑުކުރުމަކަށް ނީނާގެ ޒަމީރު ތަނެއް ނުދިނެވެ. އަދި އެ ނުރައްކާތެރި ތާނގައި އެންމެ ހިނދުކޮޅަކަށް ވެސް ނުހުރެ، ދާއޫދު ނާންނަނީސް އަވަހަށް ނުކުންނާން ގަސްތުކޮށްފިއެވެ. އެވަގުތު ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ނީނާ ފިހާރައިގައި ނެތީމާ ހޯދާންވެގެން މޫސާފުޅުބޭ އުޅެނީކަމަށް ހީކޮށް އަވަހަށް ބޮކި ނިއްވައިލުމަށްފަހު ދޮރުހުޅުވައިލިއެވެ. ނީނާއަށް ހީވީ ފައިތިލަދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ހިތް ނެގިނެގިފައި ޖެހެން ފަށައިފިއެވެ. ދޮރުގެ ދެފަރާތުގައި ދެއަތްއަޅައިގެން ފާޑަކަށް ހެވިފައި އެހެރީ ދާއޫދެވެ. ފެންނަ ފެނުމަށް ނުހަނު ރީތި، ހިތްގައިމު އިންސާނެކެވެ.

Print

(ކޮން މީހެއް؟ (16)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(03 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

މޫދުގައި މާ ގިނަ އިރަކު ހޭދަ ނުކޮށް ދެ މީހުން މޫދުންއަރައި ފެންވަރައިލައިގެން ހަވީރުވަންދެން އަރާމުކޮށްލީއެވެ.

ހަވީރު ހަތަރުގަޑި ބައިވީހައި އިރު ތެދުވެ, ނަލަހެދިގެން އެއަރޕޯޓާއި މާވަށުގެ މުހިއްމު ތަންތަން ބަލައިލާން ބުރެއްޖަހައިލިއެވެ. މި ކުރު ޒިޔާރަތުގައި މާވަށުގައި ހުންނަ މަޝްހޫރު ރެސްޓޯރަންޓެއް ކަމަށްވާ "ރެސްޓޮރަންޓް ކެކްޓަސް" އާއި އުސް ފަސްގަނޑާއި ކަނޑޫފަލާއި ވެލާ ކަހަނބު އާލާކުރާ ސަރަހައްދު ވެސް ބަލައިލިއެވެ. ރެސްޓޮރަންޓް ކެކްޓަސްގައި ނީނާއަށް އެންމެ ގަޔާވި އެއްޗަކީ އެ ރެސްޓޮރަންޓުން ނީނާއަށް ކާން ލިބުނު މަސްބަނަހެވެ.

Print

(ކޮން މީހެއް؟ (14)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(01 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

"ނޫން. މާވަށަށް ދަންޏާ މާ ގިނަ އިރުވާނެ. ދެތިންގަށިއިރުން ދެވޭނީ. ޓްރެފިކް ވެސް ވަރަށް ބާރުބޮޑުވާނެ." ދާއޫދު އޮޅުން ފިލުވައިދިނެވެ. "އެހެންވެ 'އެތެރެދީ ޓުރިސްޓް ލޮޖް' އަށް މި ރޭ ދާން މި އުޅެނީ. ކުޑަކަމެއް އޮތީމާ. ލަސްވެދާނެތީ އޮވަރނައިޓެއްގެ ވާހަކަ ބުނީ ވެސް."

"ހޫމމމމ. ވަޒީފާގެ ގޮތުން ދާންޖެހޭ ތާކަށް ދާން މަންމަ ވެސް ރުހޭނެ. މަންމަމެންނަށް އެނގޭ، ދާއޫދުގެ ވިޔަފާރީގައި ނީނާ ކޮންމެވެސް ވަރަކަށް ހިއްސާ އޮންނަކަން." ނީނާ އެއްބަސްވިއެވެ. އެހެންވީމާ، މައްސަލައެއް ނޯންނާނެ. އެކަމަކު ދެން ހަމަ ކީއްކުރަން އޯވަރނައިޓަކަށް ދަނީ؟ ގޮސްފަ އެތަން ބަލައިލައިފައި އާދެވިދާނެއެއްނު؟"

ހަމަމިގަލަމުން

އިދާރާ

ވާހަކަ