އަދުގެ ޚާއްސަ

ޖޯގްރަފީ

Print

ދުނިޔޭގެ އެންމެ ނުރައްކާ އެއަރޕޯޓްތައް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ޖޯގްރަފީ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

މަތީންދާ ބޯޓެއްގައި އެއް ގައުމުން އަނެއް ގަމުމަށް އުދުހިލުމަކީ ދަތުރުފަތުރުގެ އެންމެ ސަލާމަތްތެރި އެންމެ އަމާން ވަސީލަތްކަމަށް އެންމެންވެސް އެއްބަސްވާނެއެވެ. އަދި ތަފާސްހިސާބުތަކުން މިކަން ސާބިތުވެއެވެ. ނަމަވެސް ކިތަންމެ ފަސިންޖަރަކު ވާނީ އުދުހުމުގެ ތެރޭގައި ބިރުގަންނަ ފަދަ ތަފާތު ހާދިސާތައް ތަޖުރިބާކޮށްފައެވެ. ނޭޕާލުން ފުރި ރޭ އަޅުގަނޑު ވެސް ބިރުގަތް ހާދިސާއަކާ ކުރިމަތިވިއެވެ. އެއަރޕޯޓްގެ ރަންވޭ އޮންނަލެއް ތިރިވެފައި ވަށައިގެން ހުންނަ ފަރުބަދަތަކުގެ އުސްކަމުންނެވެ.

Print

ގދ. މަޑަވެލީގެ ރަށްވެހިކަން (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ޖޯގްރަފީ

މަޑަވެލީ ޢަލީ ނަޞީރު

މަޑަވެއްޔަކީ، ހުވަދުއަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެތެރެއިން ރަށެކެވެ. ވުމާއެކު، މިބަޔާނުގައި ގެނެސްދީފައިމިވަނީ އެރަށުގެ ރަށްވެހިކަމުގެ ބައެއް މަޢުލޫމާތެވެ. ހުވަދު އަތޮޅު އޮންނަނީ، އުތުރު އަރުޟުން 0°  .11′.30″ N އާއި 0°  .55′.01″ N އާއި އިރުމަތީ ޠޫލުން 72°  .56′.00″ E އާއި 73°  .31′.00″ E އާއި ދެމެދުއެވެ.

Print

ދަތުރުނާމާ ( ހަދުވަރު )

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ޖޯގްރަފީ


މުޙައްމަދު  ޝަރީފް ލަބަން ށ. ފުނަދޫ

ހަވީރު ފަހެއްޖެހިއިރު " ހަނދުވަރުބޯޓް" ގައި މާލެދިއުމަށް ފުނަދޫން ފުރީ ވަރަށް އަރާމު ދަތުރެއް ލިބުމަށް އުންމީދުކުރަމުންނެވެ. ބޯޓުގައި ހީވަނީ ލަންދޫ ވައްޓެއްގައި ކަނޑޫޖަހާފައި ހުރިހެންނެވެ. އެހާވެސް  މީހުން ގިނައެވެ. މަދަރުސާތަކުގެ ބޮޑު ބަންދުކަމުން އެކިއެކި ބޭނުންތަކަށް ފުރަމާލެޔަށް ދަތުރުކުރާ މީހުންނެވެ. ބޯޓުގައި މީހުންތިބި އަދަދެއް ލަފާކުރާކަށްވެސް ނޭގެއެވެ. އެހާވެސް މީހުން ގިނައެވެ.  ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ. ބޯޓު ދުއްވަނީ
Print

އެތުގެ ތަފާތު ސިފަތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޖޯގްރަފީ


އަޙްމަދު ޢަބްދުﷲ ސަޢީދު

އެތަކީ އެންމެ ބޮޑު އެއްގަމު ޖަނަވާރެވެ. އިންސާނުން އެއިން އެތައް މަންފާތަކެއް ލިބިގަނެއެވެ. ދަތުރުފަތުރުގެ ސަވާރީއެއްގެ ގޮތުގަ އެވެ. ބަރު މުދާ އުފުލައިދޭ އުޅަނދެއްގެ ގޮތުގަ އެވެ. މި ނޫނަސް އެތުގެ އެތައް ބޭނުމެއް އިންސާނުން ހިފާ އިރު، ބައެއް އިންސާނުން އެއީ ކަލާނގެ ކަމަށް ވެސް ދެކެ އެވެ. އެއީ އެސޮރުގެ ބިޔަކަމާއި ވަރުގަދަކަމުން ކަމަށް ވެސް ވެދާނެ އެވެ. މި ބިންމަތީގައިވާ އެންމެ ބިޔަ ޖަނަވާރުވިއްޔާ އެވެ.
Print

ރުކުން ވެއްޓުނު ދޮންފަނެކެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޖޯގްރަފީ



އަހްމަދު ނާފިޢު، ބ.ދަރަވަންދޫ

ދޯނިން ފޭބުމާއެކު އަޅުގަނޑުގެ ނަޒަރު ގޮސް ހުއްޓުނީ ރަށުގެ ބަނދަރާއި ދިމާގައި ހުރި ރުކަކަށެވެ. ކުއްލިއަކަށް ރުކުން އަޑެއް ކިޔައިލިއެވެ. އެ ވަގުތު އަޅުގަނޑު އެ ރުކާ ތަންކޮޅެއް ދުރަށް ދުއްވައި ގަތީމެވެ. ކުޑައިރުކޮޅެއް ނުވެ ރުކުން އެ ވެއްޓުނީ ދޮންވެފައިވާ ފަނެކެވެ. އަޅުގަނޑު އެ ފަނަށް ނަޒަރު ހިންގައިލީމެވެ. އަދި އަޅުގަނޑާއެކު ދޯނިން މިރަށަށް އައި މީހާގެ ކައިރީ މީ ކޮންރަށެއްތޯ ސުވާލުކޮށްލީމެވެ. އޭރު އަޅުގަނޑަކަށް މިއީ ކޮންރަށެއްކަމެއް ނޭނގެއެވެ. ދުވަހަކުވެސް ނާންނަ ހިސާބެކެވެ.
Print

ތާރީޚީ ގޮތުން އިންޑިޔާގައި ކުރަމުންދިޔަ ހަވާދުގެ ވިޔަފާރި

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޖޯގްރަފީ



ޢަބްދުﷲ ޢިމްރާން, އދ. ހަންޏާމީދޫ

އެއް ޒަމާނެއްގައި ކަޅުދިރިއާއި ފޮނިތޮށްޓާއި ކަރަންފޫފަދަ ހަވާދުގެ ބާވަތްތަކަކީ ރަނާއި ރިހިފަދައިން އަގުބޮޑު އެއްޗިއްސެވެ. އެހެންކަމުން މި ތަކެތި ނުވަތަ ހަވާދުގެ ބާވަތްތައް ހޯދުމަށް ގިނަ ބަޔަކު މަސައްކަތްކޮށްފައިވެއެވެ. އަދި އެތައް ބަޔެއްގެ ފުރާނަ މި ތަކެއްޗަށްޓަކައި ޤުރުބާން ކުރެވިފައިވެއެވެ.

އާކިއޮލޮޖިސްޓުން ލަފާކުރައްވާގޮތުގައި މީލާދުގެ 50،000 އަހަރު ކުރިން އިންސާނުން އެބައިމީހުންގެ ކާނާގައި ރަހަލެއްވުމަށް ބޭނުންކޮށްފައިވަނީ އެރޯމެޓިކްގެ ފަތްޕިލާވެލީގެ ވައްތަރުތަކެވެ.
Print

ރާއްޖޭގެ ކަނޑުފަޅުތަކާއި ގުޅުން ހުރި ބައެއް މަޢުލޫމާތު

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ ޖޯގްރަފީ


ޝަކީލާ ޙާމިދު

1.    އަތޮޅު:

ޖިއޮގުރަފީގޮތުން އަތޮޅަކީ މުރަކައިގެ (ކޮރަލް) ފަރަކުން ވަށާލެވި އެފަރުގެ އެތެރެވަރިއަށްދާބައިގައި ވިލުތަކާއި، ފަޅުތަކާއި، ތިލަ ތަންތަން ހުރެފައި ވަށާލެވުނުފަރުން ކަނޑުއޮޅިއޮންނަގޮތަށް އުފެދިފައި ހުންނަ ތަންތަނެވެ. ނުވަތަ ބައިބައެވެ. އަތޮޅަކީ ރައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޚާއްޞަ ބަޔަކަށްކިޔާނަމެކެވެ. ގިނަބައި ހުންނަނީ އެއްބައި އަނެއްބަޔާއި މުޅިންވަކިވެފައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ