އީޕީއެސް ސްކޫލް އަލުން ވުޖޫދަށް އަންނަކަމުގެ އުފާވެރި ޚަބަރު
އަދަބީ މުރާސިލު
ކުރީގެ މަޝްހޫރު އިސްކޫލެއްކަމުގައިވާ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސް ސްކޫލް) އުފެއްދިތާ ފަންސާސް އަހަރުފުރުނު އިރު، އެ އިސްކޫލު ވަނީ ބިލަބޮންގ ހައި އިންޓަރނޭޝަނަލަ ސްކޫލް ވުޖޫދަށް އައުމާއެކު މަޑުމަޑުން ހިނދިފައެވެ. އެ ސްކޫލްގެ ނަން ކުޑަކޮށް އިވުމަށް ފަހު އެ ސްކޫލްގެ ނަން ރަސްމީ ގޮތުން އަޑެއް ނީވެއެވެ. ނަމަވެސް އެއީ ދިވެހި އަގުހުރި އެތައް ދަރީންނެއް ބިނާކުރި ޚިދުމަތްތެރި ސްކޫލެވެ. ރާއްޖޭގައި އިނގިރޭސި މީޑިއަމުން ކިޔަވައިދޭންފެށި އަމިއްލަ ފުރަތަމަ އިސްކޫލެވެ.