ލެއިން ކަޅިވެ ގޮށްމުށުން ޖެހުނު ސިއްކަ
ޢަބްދުލްމުޢީދު ޙަސަން
ޢަރަބި ލިޔުމުގެ ތެރެއިން އެންމެ ރީތި އެއް ލިޔުމަކީ، ޚައްޠުއް ޠުޣުރާ އެވެ. ޠުޣުރާ އަށް ޠުއްރާ އޭ ކިޔެ އެވެ. އަދި އެއަށް ޠުޣުރީ އޭ ވެސް ކިޔެ އެވެ. ޠުޣުރާ ލިޔަނީ، ޢާއްމު ގޮތެއްގައި ޘުލުޘު ލިޔުމުންނެވެ. އެއީ ވަކި ހަމަތަކެއްގެ މަތިން، ވަކި ގޮތަކަށް ލިޔާ ލިޔުމެކެވެ. ބުނެވޭ ގޮތުގައި، އެއީ، ރަސްގެފާނުގެ އަމުރުފުޅުތަކުގައި ޖަހާ ސިއްކަ އެކެވެ. އަދި އިސްލާމީ ދައުލަތުގެ ފައިސާ ފޮތީގައި ވެސް އެސިއްކަ ޖަހާފައި ވެ އެވެ. އޭގައި ލިޔެފައިވަނީ، ދައުލަތާއި ރަސްގެފާނުގެ ނަމާއި، ރަސްގެފާނުގެ ލަޤަބެވެ.