ބްލެކްބެރީ ފޯނާއި ބްލެކްބެރީގެ ޚިދުމަތް (Blackberry)
ޢަބްދުﷲ ފިރާޤް
ބްލެކްބެރީ އޭ ބުނުމުން މީ އާ ނަމަކަށް ނުވެދާނެއެވެ. އެކަމަކު ބްލެކްބެރީގެ ޚިދުމަތޭ ބުނުމުން ހަމަޔަގީނުންވެސް މީ އަޅުގަނޑުމެންތެރެއަށް މުޅިން އަލަށް ތަޢާރަފްވި ޚިދުމަތެކެވެ.
ބްލެކްބެރީ ފޯނަކީ، ކެނެޑާގެ ކުންފުންޏެއް ކަމަށްވާ "ރިސާރޗް އިން މޯޝަން" (RIM) އިން މޯބައިލް ފޯނުގެ ޢާއިލާއަށް 1999 ވަނައަހަރު އުފަންކުރުވި ސްމާޓް ފޯނެކެވެ. 1999 ވަނައަހަރު އުފަންވި ބްލެކްބެރީގެ ޚިދުމަތް ސްމާރޓް ފޯނެއްގެ ސިފަ ލިބިގެން ބޭނުންކުރަން ފެށިފައިވަނީ 2003 ވަނައަހަރުއެވެ.
މި ފޯނުތަކުގެ އޮޕަރޭޓިންގ ސިސްޓަމަކީ "ރިމް"ގެ އަމިއްލަ އޮޕަރޭޓިންގ ސިސްޓަމެކެވެ.
Nokia-Oro ނޮކިއާ އޯރޯ
ޢަބްދުﷲ ފިރާޤް
މިއީ، ނޮކިއާއިން 2011 އޮގަސްޓް މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. ބަލައިލަން ރީތި، ފެންވަރު ރަނގަޅު އަދި އަގުވެސް ބޮޑު ފޯނެކެވެ. ނޮކިއާގެ މި އުފެއްދުމަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައި ވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މިފޯނުގެ އެންމެ ހާއްސަކަމަކީ މީ 18 ކެރެޓް ގޯލްޑް ޕްލެޓް ކޮށްފައިވާ ފޯނަކަށްވުމެވެ.
• ނެޓްވޯކް:-
o 2 ޖީ ނެޓްވޯރކް: GSM 900 / 1800 / 1900
o 3 ޖީ ނެޓްވޯރކް: 2100/1900/1700/900/850HSDPA
ކޮމްޕިއުޓިންގ އާއިި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ތާރީޚުގެ ތެރެއިން ބައެއް ..... (ދެވަނަ ބައި)
އަޙުމަދު ޖަވާދު، ޅ. ނައިފަރު
1976 ވަނަ އަހަރު
- ސްޓީވް ޖޮބްސްއާއި ސްޓީވް ވޮޒްނިއަކް ގުޅިގެން އެންމެ ފުރަތަމަ އެޕަލް ކޮންޕިއުޓަރ އުފެއްދިއެވެ. އަދި ކުޑަ ދުވަސްކޮޅަކަށްފަހު އެޕަލް ކޮންޕިއުޓަރުގެ 2 ވަނަ ވަރޝަން ވެސް އުފެއްދިއެވެ. އެއާއެކު ސްކޫލުތަކާއި ކޮލެޖްތަކުގައި އެޕަލް ކޮންޕިއުޓަރުގެ މަޤުބޫލުކަން އިތުރުވެގެން ދިޔައެވެ.
1979 ވަނަ އަހަރު
- އެންމެ ފުރަތަމަ ޕަބްލިކް އޮންލައިން ޚިދުމަތްކަމަށްވާ ކޮމްޕުސާވް ތަޢާރަފްކުރިއެވެ.
އިބިލީހުގެ ލިބާސްލެއްވުން (4)
އިސްމާޢިލް މުބާރަކް
ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު އެމެރިކާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޖޯޑު ވަތުތަށިތަކެއްހެން ހުންނަ ދިހުން ކުލަ އަރާ، ގޮތް ނޭނގޭ، އުދުހޭ އުޅަނދުތަކެއް ނިއުޔޯކްގެ މަތިން ގިނަ ޢަދަދަކަށް ފެންނަން ފެށުމެވެ. އޭރު އެމެރިކާގައި ތިބި އެންމެ ޢިލްމީ، ޤާބިލު، ވިސްނޭ މީހުން މި ކަމާމެދު ފާޅުކުރި ޚިޔާލުތައް އެއީ މި ކަމާމެދު ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމުގައި ބެލެވޭ އެމެރިކާ މި ކަމަށް ޖެހިލުންވި ވަރު ހާމަވީ ނިޝާނެކެވެ.
އިބިލީހުގެ ލިބާސްލެއްވުން (2)
އިސްމާޢީލް މުބާރަކު
(13 ޖުލައި 2011 އާ ގުޅޭ)
މި ލިޔުމާ މެދު ތަފާތުގޮތް ގޮތަށް ދެކެވަޑައިގަތުން އެއީ މިކަމުގައި ކަން ވާނެ ގޮތް ވެސް މެއެވެ.
އިބިލީހުގެ ލިބާސްލެއްވުން: ޝައިޠާނުން އިންސާނުންގެ މައްޗަށް ވެރިވެގަތުން
އިސްމާޢީލް މުބާރަކް
1) 1960 ގެ އަހަރުތަކުއްސުރެ ޖިންނި ޝައިޠާނުން (ނުވަތަ ހުޅަނގުގެ މީހުން ބޭނުން ކުރާ ބަހުން ނަމަ " އޭލިއަން") ގެ ޓެކްނޮލޮޖީ އެވެރިން އަތުން ލިބިގަނެގެން އޭގެ ބޭނުން ކޮށްގެން އެމީހުންނާ އެއްސަފެއްގައި އިންސާނުންގެ ޓެކްނޮލޮޖީ ތަރައްގީކުރުމުގެ މަސައްކަތް އެމެރިކާގައި ކުރެވެމުން ދެއެވެ. އަދި ޖިންނި ޝައިޠާނުންނާ މުޢާމަލާތު ކުރަމުން ގެންދެއެވެ. މި ލިންކުން މިކަމާ ބެހޭ އިތުރު ބައެއް ޚަބަރު ސާފުވެ ވަޑައިގަންނަވާނެއެވެ.
މޯބައިލްފޯނަށް އާ އިންޤިލާބެއް....
" ފޯނުކުރާ އެކުވެރިޔާ ފޯނުންބޭރަށް ނިކުމެ ހަރަކާތާއެކު ވާހަކަދައްކާނެ..." IBM
ޤަބޫލުކުރުމާ ނުކުރުން ކިޔުންތެރިންނަށް ދޫކޮށްލީ!
މިއީ މޯބައިލް ފޯނަށް އަންނަންއޮތް ކުރިއެރުމެއްގެ ވާހަކައެކެވެ. ޚާއްޞަކޮށް ޑިސްޕްލޭ ނުވަތަ ގްރެފިކްސްގެ ވާހަކަ އެވެ. ޤަބޫލުކުރަން ދައްޗެވެ. ނަމަވެސް ވުޖޫދަށް އަތުވެއްޖެނަމަ އަޅުގަޑުމެންގެ ދިރިއުޅުމަށްވެސް ބަދަލު އަންނާނެކަމެކެވެ. އެވާހަކައިގެ ކުރިން މިހާތަނަށް ވުޖޫދަށް ނެރެވުނު މޯބައިލް ފޯނުގެ ޑިސްޕްލޭތަކަށް އަވަސް ނަޒަރަކުން ބަލާލެވޭތޯ މަސައްކަތްކުރާނަމެވެ.
ކަރަންޓަކީ ނުރައްކާތެރި އެއްޗެއް!
ޢަބްދުﷲ ފިރާޤް
ޒަމާން ބަދަލުވެ ދިޔައީއެވެ. ފުޅިބައްތިއާއި، ފާނޫޒުގެޒަމާން ފެންނަ ހިސާބަކުނެތެވެ. އަތުން އެއްޗެހި ދޮވެސާފުކުރުންވެސް ނެތިދަނީއެވެ. އަލިފާން އަންދައިގެން އިސްތިރިކުރި ހަނދާންތައްވެސް ފަހަތައްގޮސް ގެއްލިއްޖެއެވެ. އާ ހޯދުންތަކާއި އާ އީޖާދުތަކުގެ ސަބަބުން ދިރިއުޅުންފަސޭހަވެ ހިނގައްޖެވެ. ކޮންމެކަމެއް ކުރުމަށް މެޝިނެއް އުފައްދައިފިއެވެ. އަހަރެމެންގެ މި ކުޑަކުޑަ ވެށީގައިވެސް މިބުނާ މެޝިންތައް ވަކިހިއްޕާލައިފިއެވެ.
ތިމާވެށްޓާ ރައްޓެހި ކާރު: ޣަޒާލު 1
ޢަބްދުލްމުޢީދު ޙަސަން
ޣަޒާލު 1 އަކީ ސަޢޫދީން އުފެއްދި ފުރަތަމަ ކާރެވެ. އެކާރު އުފެއްދުމުގެ މަސައްކަތް ކުރެވުނީ، ކިންގ ސަޢޫދު ޔުނިވަރސިޓީގެ ކުއްލިއްޔަތުލް ހަންދަސާގެ ދަރިވަރުންގެ ގްރެޖުއޭޝަން ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. އެއީ، ގަލްފު ޤައުމުތަކުގެ މޫސުމާ ގުޅޭގޮތަށް ފަރުމާކޮށްގެން ހަދާފައިވާ، ތިމާވެށްޓާ ރައްޓެހި ކާރެކެވެ. 14 ޖޫން 2010 ގައި، އެކާރު އިފުތިތާޙުކޮށްދެއްވީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ޚާދިމުލް ޙަރަމައިނިއް ޝަރީފައިނި، އަލްމަލިކު ޢަބްދު ﷲ ބިން އާލު ސަޢޫދު (ޙަފިޡަހު ﷲ) އެވެ.
ޢަރަބި ބަސް ދަސްކުރުމަށް އެހީއެއް
ޢަބްދުލްމުޢީދު ޙަސަން
އިސްލާމްވެބް ގައި ކުޑަ ކުދިންނަށް ހަދާފައިވާ ބަޔެއް ވެއެވެ. އެބަޔަށް ކިޔަނީ ބަނީން ވަ ބަނާތެވެ. ޢަރަބި ބަސް އުނގެނޭ ދަރިވަރުންނަށް އެބައިން އެހީތެރިކަން ހޯދިދާނެ އެވެ. އެބައިގައި ވާހަކައާއި ލަވަފަދަ ތަކެތި އަޑާއި މަންޒަރާއެކު ހިމަނާފައިވެ އެވެ. އެތަކެތި ތައްޔާރުކޮށްފައިވަނީ ފަސޭހައިން ފަހުމްކޮށް ދެނެގަނެވޭނެ ފަދަ ފަސޭހަ ޢަރަބި ބަހުންނެވެ.
ބަނީން ވަ ބަނާތުގައިވާ މުހިންމު ބައިތަކުގެ ތެރޭގައި:
ނޮލެޖް އިންޓަރނޭޝަނަލް ޔުނިވަރސިޓީ (ކޭއައިޔޫ)
ޢަބްދުލްމުޢީދު ޙަސަން
ތަޢާރުފު
ޖާމިޢަތުލް މަޢުރިފާ އަލްޢާލަމިއްޔާ ނުވަތަ ނޮލެޖް އިންޓަރނޭޝަނަލް ޔުނިވާސިޓީ (ކޭއައިޔޫ) އަކީ، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދުރުން ތަޢުލީމުދޭ އިސްލާމީ މުއައްސަސާއެކެވެ. މައިގަނޑު ގޮތެއްގައި އެ ޔުނިވާސިޓީން ތަޢުލީމު ފޯރުކޮށްދެނީ އިންޓަރނެޓްގެ ޒަރީޢާއިންނެވެ. ތަފާތު އެތައް ރޮނގަކުން މަތީ ތަޢުލީމު ދިނުމަށް ޤާއިމުކޮށްފައިވާ އެ ޔުނިވަރސިޓީން ދެ ރޮނގަކުން މިހާރު މަތީ ތަޢުލީމު ދެ އެވެ. އެ ދެ ރޮނގަކީ، ޝަރީޢަތާއި ކީރިތި ޤުރުއާނާބެހޭ ދިރާސާތަކެވެ. މިއިން ކޮންމެ ރޮނގަކުން ފުރަތަމަ ޑިގްރީ ޙާޞިލުކުރުމުގެ މަގު އެ ޔުނިވަރސިޓީން ވަނީ ދަރިވަރުންނަށް ތަނަވަސްކޮށްދީފަ އެވެ.
ދެވަނަ ޓޫތުޕިކް ސިޓީ
ޢަބްދުލްމުޢީދު ޙަސަން
އެމެރިކާގެ ރަށްޔިތެއް ކަމަށްވާ ސްޓެން މަންރޯ އަކީ އާދަޔާ ޚިލާފު ހުނަރެއް ލިބިފައިވާ ފަންނާނެކެވެ. އޭނާއަށް ލިބިފައިވާ ފަންނާއި ހުނަރު، ފެނިގެން ދިޔައީ ދަތްކޮށްޓާ ދަނޑިން އޭނާ ހަދާފައިވާ ބިނާތަކުންނެވެ. އެއިން ހެދި ފުރަތަމަ ރަށުގެ މަސައްކަތް އޭނާ ފަށާފައިވަނީ، 2003 ވަނަ އަހަރުގަ އެވެ. އެއަށްފަހު، އޭނާވަނީ އެފަދަ ދެވަނަ ރަށެއް ބިނާކުރުމުގެ މަސައްކަތް ކާމިޔާބުކޮށްފަ އެވެ.
ދަތްކޮށްޓާ ދަނޑިން އޭނާ ހަދާފައިވަނީ، ދުނިޔޭގެ މަޝްހޫރު ބިނާތަކެވެ. އޭގެތެރޭގައި ގެފުޅު ވެސް ހިމެނެ އެވެ. އެ ހުރިހައި ތަންތަނެއް އޭނާވަނީ، ދެވަނަ ޓޫތުޕިކް ސިޓީ ގައި ހިމަނާފަ އެވެ.
އިސްލާމީ އާ އީޖާދެއް: ބުއްދިވެރި މިސްކިތުގެ ނިޒާމު
ޢަބްދުލްމުޢީދު ޙަސަން
ކިންގ ޢަބްދުލްޢަޒީޒު ޔުނިވަރސިޓީގެ ދަރިވަރުންގެ ގްރެޖުއޭޝަން ޕްރޮޖެކްޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓަކީ، ބުއްދިވެރި މިސްކިތުގެ ނިޒާމެވެ. އެ ނިޒާމު އީޖާދުކުރި ދަރިވަރަކީ، ހާނީ ސިންދީ އެވެ. އޭނާ އުފެއްދި އެ ނިޒާމު މިހާރު ވަނީ، ޖިއްދާގެ މިސްކިތެއްގައި ޤާއިމުކޮށްފަ އެވެ. އެއީ، ޖިއްޖާގެ މަސްޖިދުލް ޖަޒީރާ އެވެ.
ހާނީ އީޖާދުކުރި ބުއްދިވެރި މިސްކިތުގެ ނިޒާމު ވެގެން ދިޔައީ ވަރަށް ގިނަ ބަޔެއްގެ މަޤުބޫލުކަން ލިބުނު މޮޅު އެއްޗެއް ކަމުގަ އެވެ. ސުޢޫދީ ޢަރަބިއްޔާގައި މިއަންނަ މަހު ބޭއްވޭ ސައިންޓިފިކް މަހާސިންތާގައި އެ އީޖާދު ބައިވެރިކުރެވޭނެ އެވެ.
ޔޫރޯ އިސްލާމިކް މިސްކިތް ފަރުމާ
ހާނީ ޞަލާޙު (އިސްލާމްއޮންލައިން ޑޮޓް ނެޓް)
ޚުލާޞާ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ހުޅަނގު ޔޫރަޕުގައި މިސްކިތުގެ ޒަމާނީ ފަރުމާއެއްގެ ވިސްނުން އުފެދެމުން އެބަދެ އެވެ. އެއީ، ބިނާވެށީގެ ޝަޚުޞިއްޔަތަށް އިޖާބަދޭ ޙާލު، މިސްކިތުގެ އިސްލާމީ ވަންތަކަން ޙިމާޔަތްކޮށްދޭ ފަރުމާއެކެވެ.
މި ވިސްނުން ފެންމަތިވީ، އިޓަލީވިލާތުގައި ދާދި ފަހުން ބޭއްވުނު މަހާސިންތާއެއްގަ އެވެ. އެ މަހާސިންތާގެ ނަމަކީ، "މުސްލިމުން ޔޫރަޕަށް ދިނީ ކޮން އެއްޗެއް؟" މިއެވެ. މަހާސިންތާގެ ބައިވެރިން ކަށަވަރުކޮށްދިން ގޮތުގައި، "ޔޫރަޕުގައި ބިނާކުރެވޭ މިސްކިތްތައް ވާންޖެހޭނީ، އެ ބައްރުގެ ތިމާވެށްޓާއި ސަގާފަތަށް އިޙުތިރާމުކުރާ ޙާލު، އިސްލާމީ އަގުތަކާ ފުށުނާރާ ގޮތަށް ފަރުމާކޮށްފައިވާ ބިނާތަކެއް ކަމުގަ އެވެ." މިހާރު ޕޮލެންޑްގެ ވެރިރަށް ވޯސޯގައި ބިނާކުރެވޭ މިސްކިތް ފަރުމާކޮށްފައިވަނީ މި ވިސްނުމުގެ ދަށުންނެވެ.
އިލެކްޓްރިކް ވެހިކަލް
ޢަބްދުﷲ ފިރާޤް
ދުނިޔެއަށް ދިމާވެފައިވމާ އެންމެ ބޮޑު އެއް މައްސަލައަކީ، ދުނިޔޭގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރެވެ. މިކަމުގެ ބޮޑުބައެއް ހިއްސާކުރަނީ އަޅުގަނޑުމެން ޖައްވަށް ދޫކުރަމުންދާ ވިހަ ގޭހެވެ. އަޅުގަނޑުމެން ދުއްވާ އިންޖީނުލީ އުޅަނޑުފަހަރަކީ މިކަމުގެ މައިގަނޑު އެއް ސަބަބު ކަމުގައި ނޫނީ ނުވާނެއެވެ.
ސައިންސްވެރިންނާއި ރިސާރޗްކުރާ މީހުން ތާއަބަދު މިފަދަ ކަން ކަމުގެ ޙައްލެއްފެނޭތޯ މަސައްކަތް ކުރަމުންދެއެވެ. މީގެ ނަތީޖާއެއްކަމުގައި ބެލެވޭ އެއް އުފެއްދުމަކީ އިލެކްޓްރިކް ވެހިކަލެވެ. މިފަހަރު މިބަލައިލަނީ، "ގޯ ގްރީން ޓެކް" ގެ އުފެއްދުމަކަށެވެ.
ވުޟޫކުރާ މެޝިން
ޢަބްދުލްމުޢީދު ޙަސަން
ވުޟޫކުރާ މެޝިނަކީ، އޮސްޓްރޭލިއާގައި އީޖާދުކޮށް، މެލޭޝިއާގައި ތައްޔާރުކުރުމަށް ހަމަޖެހިފައިވާ އެއްޗެކެވެ. މި މެޝިން އެކުލެވިގެންވަނީ، ތިން ބައިންނެވެ. ފުރަތަމަ ބައިން ދޮވެދެނީ، އަނގައާއި މޫނާއި ދެކަންފަތެވެ. ދެވަނަ ބައިން ދޮވެދެނީ، ދެއަތެވެ. ތިންވަނަ ބައިން ދޮވެދެނީ ދެފައިތިލައެވެ. މި ތިންބައި އެއްކޮށް، އެއް މެޝިނެއްގެ ގޮތުގައި އުފެއްދުމަށް، މި މެޝިން އީޖާދުކުރި ކުންފުނިން ވިސްނަމުން ގެންދެއެވެ. މި މެޝިން އުފައްދާ ކުންފުންޏަށް، މިހާތަނަށް 600 އޯޑަރު ލިބިފައިވާ ކަމަށް ވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މެޝިނުން ވުޟޫކުރުމުން، ފެން އިސްރާފެއް ނުވާނެއެވެ. އަދި ވުޟޫކުރަން ހޭދަވާ ވަގުތު އަވަސް ވާނެއެވެ. ތިން މިނެޓަށްވުރެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި މެޝިނުން ވުޟޫކޮށް ނިމޭނެއެވެ. މި މެޝިނުގެ ފެން ބަންދުކޮށް ހުޅުވާ ހަދަނީ، އިންފްރާރެޑް ދޯދީގެ އެހީގައެވެ. އެހެންކަމުން އެޔަކު ބަންދުކުރަން ޖެހޭ އެއްވެސް ފެން އިސްކުރެއް ނުހުންނާނެއެވެ. އެއިން ވުޟޫކުރާއިރު، ފެނުގެ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެއެވެ.
ނިދާ ބޮކި
ޢަބްދުﷲ ފިރާޤް
ފިހާރައަކަށްވަދެ "ނިދާ ބޮތްކެއް" ދީބަލާށޭ ބުނެފިނަމަ ފުރަތަމަވެސް އަހާލާނީ ކޮންކުލައެއްތޯއެވެ. ރާއްޖޭގައި ކަރަންޓްގެ ޚިދުމަތް އާންމުވިފަހުން މީ ފިހާރަތަކުން އަޅުގަނޑަށް އިވޭ ވަރަށް އާންމު އަޑެކެވެ. އެކި މީހުންނަށް ކަމުދާނީ އެކި ކުލައިގެ ބޮތްކެވެ. އަނެއްބަޔަކު ވިސްނާނީ މި ބޮކީގެ އަލިމިން ހުންނާނެވަރާއި މެދުގައެވެ. އަދި އެއްފަހަރު ގަންނަ ކުލަ އަނެއްފަހަރު ނުގަންނަ މީހުންވެސް ތިބޭނެއެވެ. އެއީ ގަނެވުނު ކުލަބޮކިން ނުވަތަ "ނިދާ ބޮކިން" އެންމެ ހިތްއެދޭ ބޭނުން ނުފުދުމުންނެވެ.
އޯ.އެލް.އީ.ޑީ ޓީވީ
ޢަބްދުﷲ ފިރާޤް
ހަލުވިކަމާއިއެކު ކުރިއަރަމުންއަންނަ އާހޯދުންތަކާއި، އާއުފެއްދުންތައް ދުވަހުން ދުވަހަށް މިއަންނަނީ ކުރިއަރާ ތަރައްޤީ ވަމުންނެވެ. އެންމެފުރަތަމަ ފެނިގެންދިޔަ ބޮޑު ފޮށިގަނޑުލީ ކަޅާ ހުދުގެ ޓީވީ ތަކަށްފަހު ތަފާތު ޖީލުތަކުގައި ތަފާތު ވައްތަރުގެ ޓީވީ ނުކުމެފައިވެއެވެ. މޫނުމަތި ފަތި ޓީވީ އާއި އެލްސީޑީ ޓީވީ އެވެ. އަދި ޕްލާސްމާ ޓީވީ އަކީވެސް ދާދިފަހުގެ އުފެއްދުމެކެވެ.
ނޮކިއާ 6260 ސްލައިޑް
Nokia 6260 Slide
ޢަބްދުﷲ ފިރާޤް
ނޮކިއާގެ މިފޯނަނީ 2009 އޭޕްރިލް މަހު ބާޒާރަށް ނެރެފައިވާ ފެންވަރު ރަނގަޅު ފޯނެކެވެ. ނޮކިއާ 6260 ސްލައިޑަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މީގެ އިތުރުން ސްޓީރިއޯ އެފް.އެމް ރެޑިއޯ ފަދަ ބޭނުންތެރި ފަސޭހަތައްވެސް މިފޯނުގައި ވާނެއެވެ.
ރިމޯޓުން ނިވާލުމުން.......
ޢަބްދުﷲ ފިރާޤް
ގޭތެރޭގެ މާހައުލުގެ އިތުރުން އޮފީސް މާހައުލުގައިވެސް ބޭނުންކުރަމުންދާ ގިނަ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނަކީ ރިމޯޓް ބޭނުންކޮށްގެން ނިވާލެވޭ ތަކެއްޗެވެ. ޓީވީ، ވީސީއާރު، ލަވަޖަހާސެޓް ފަދަ ތަކެއްޗެވެ. އެއަރކަންޑިޝަން އަދި ހީޓަރުފަދަ ތަކެއްޗެވެ. ކޮމްޕިއުޓަރ މޮނީޓަރ ފަދަ ތަކެއްޗަކީވެސް މިފަދަ ގޮތަކަށް ބޭނުންކުރެވޭ ތަކެއްޗެވެ. ކޯޑުލެސް ޓެލެފޯނާއި، އާންސަރިންގ މެޝިނާއި، އިންޓަކަމްސް ފަދަ ސާމާނަކީވެސް ހަމަ މި ގިންތީގައި ހިމެނޭ ތަކެއްޗެވެ.
ދަންނަވާލަން މި އުޅޭ ވާހަކައަކީ "ސްޓޭންޑްބައި މޯޑް" ގެ ވާހަކައެވެ. ރިމޯޓް ބޭނުންކޮށްގެން ނިވާލުމުން އެއެއްޗެއް ދާނީ ސްޓޭންޑްބައި މޯޑަށެވެ. އެހެންކަމުން އެއެއްޗެއްގައި ކަރަންޓް ހުންނާނެއެވެ. އަދި އަބަދު ބޮތްކެއްދިއްލިފައި ހުންނާނެއެވެ. ނުވަތަ ނިވިދިއްލޭނެއެވެ. ބައެއް ތަކެތީގައި ގަޑިފަދަ ތަކެތިވެސް ފެންނަން ހުންނާނެއެވެ.
އިތުރު މަޒުމޫން...
- ބޮކިތެޅުމުން....ދެން ހަދާނީ ކިހިނެއް؟
- އަގުހެޔޮ ކާރު
- ޔޫ.އެސް.ބީ ސެލް
- ވަޔަލެސް އިސްޕީކަރު
- ޕްލާސްމާއާއި އެލް.ސީ.ޑީގެ ތަފާތު
- ގިގަޕީޑިޔާ އަކީ، މާސިންގާ ބިޔަ ކުތުބުޚާނާއެކެވެ.
- ޕްރައިމަރީ ސްކޫލެއްގެ ފަރުމާ
- ހަރުތަކެތި ކަފާ ފެންކަޓަރު
- ރީތިބިނާ 1: އާކިޓެކްޗަރގެ އަހުލުވެރިންނަށް
- އާކިޓެކްޗަރގެ އެންމެ ފަހުގެ އުފެއްދުންތައް