އަދުގެ ޚާއްސަ

ޓެކްނޮލޮޖީ

Print

ބޮކިތެޅުމުން....ދެން ހަދާނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



އެނަރޖީ ސޭވިންގ ބޮތްކެއް ތަޅައިގެން ދިއުމުން ދެންހަދާނީ ކިހިނެއް؟

ޢަބްދުﷲ ފިރާޤް

އަޅުގަނޑުމެންގެ ގޭގޭގައާއި، އޮފީސްތަކުގައި އާންމުކޮށް މިހާރު ބޭނުން ކުރަމުން މިދަނީ "އެނަރޖީ ސޭވިންގ" ބޮކި ނުވަތަ ސީ.އެފް.އެލް (ކޮމްޕެކްޓް ފްލޮރިސެންޓް ލޭމްޕް) އެވެ. ކަރަންޓް ޚަރަދު ކުޑަ، ގިނަދުވަހަށް ދެމިހުންނަ މިލައިޓަކީ އާންމު ބޭނުންތަކަށް ބޭނުންކުރަން އެންމެ ރަނގަޅު ލައިޓޭވެސް ބުނެވިދާނެއެވެ.  

ކޮންމެ ކަމެއްގައިވެސް ރަނގަޅު ނުރަނގަޅު ހުންނަ ފަދައިން މި ލައިޓް ގެންގުޅުމުގައިވެސް ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން މިތަނުގައި ފާހަގަކޮށްލާނީ ސީ.އެފް.އެލް ލައިޓެއް ތަޅައިގެން ދިއުމުން ކަންތައް ކުރާނެ ގޮތަކާއި މެދުގައެވެ.  
Print

އަގުހެޔޮ ކާރު

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


 
ޢަބްދުﷲ ފިރާޤް

މީ އަގުހެޔޮ ކާރެއްގެ ވާހަކައެވެ. މާރޗް 23 ވަނަދުވަހު އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާގެ ޓާޓާ ކުންފުނިން ބާޒާރަށް ނެރުނު މިކާރަކީ އެންމެ އަގުހެޔޮ ކާރުކަމަށް އެފަރާތުން ބުނެއެވެ. "ޓާޓާ ނެނޯ" ގެ ނަމުން ނަންދެވިފައިވާ މިކާރަކީ އަގުގެ ގޮތުން ވަރަށްހެޔޮ، ޓެކްނޮލޮޖީގެ ގޮތުން ފުރިހަމަ ކާރަކަށްވާނެކަމަށް ޓާޓާ ކުންފުނިން އުންމީދުކުރެއެވެ. މިކާރު އުފައްދާނެކަމަށް 10 ޖެނުއަރީ 2008 ގައި ޢިއުލާނު ކޮށްފައިވާއިރު މިކާރަކީ ވަރަށްގިނަ ބައެއްގެ އުންމީދަކަށްވެސް ވަނީ ވެފައެވެ.
Print

ޔޫ.އެސް.ބީ ސެލް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



ޢަބްދުﷲ ފިރާޤު

USBCELL

      "ޔޫ.އެސް.ބީ ސެލް" އަކީ ބެޓެރީ އަކަށް ކިޔާނަމެކެވެ. މިހާރު ބޭނުންކުރަމުންމިދާ އޭ.އޭ ސައިޒްގެ ބެޓެރިއާއި ވާދަކޮށް މާރކެޓްހޯދުމުގެ މަޤުޞަދުގައި "މޮޒިއާ އެނަރޖީ" އިން 2008 ވަނައަހަރު ބާޒާރަށް ނެރެފައިވާ މި އޭ.އޭ ސައިޒްގެ ބެޓެރީއަކީ ރީޗާރޖް ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ބެޓެރީއެކެވެ.
Print

ވަޔަލެސް އިސްޕީކަރު

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުﷲ ފިރާޤް

އެމީހަކު ހިތް އެދޭ ޝައުޤުވެރި އަޑެއް އޭގެ ރީތި ސާފު ގޮތުގައި އެހުމަށް ކޮންމެ މީހަކުވެސް ލޯބި ކުރެއެވެ. ޠަބީޢީ ގޮތުގަޔާއި، ޒަމާނީ ވަސީލަތްތަކުގެ އެހީގައެވެ.  ބައެއްމީހުން ހުސްވަގުތު ފުރާލުމަށެވެ. އަނެއްބަޔަކު އުފާވެރި ކަން ލިބިގަތުމަށެވެ. ހިތްދަތިކަން ފިލުވާލުމަށެވެ. ބައެއް މީހުން ލަވައާއި މިޔުޒިކު އަޑު އަހައެވެ. އަނެއްބަޔަކު ގިނަގިނައިން، ސީރަތާއި، މަދަޙަ އަދި ކީރިތި ޤުރުއާން އަޑު އަހައެވެ.  މިފަދަ ކޮންމެ ފަރާތަކަށް ވެސް  ވަޔަލެސް އިސްޕީކަރަކީ ވަރަށް ބޭނުންތެރި އެއްޗަކަށްވާނެއެވެ.
Print

ޕްލާސްމާއާއި އެލް.ސީ.ޑީގެ ތަފާތު

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޝަމްސުލް ފަލާޙް

ޕްލާސްމާ އާއި އެލް.ސީ.ޑީ (ލިކުއިޑް ކްރިސްޓަލް ޑިސްޕްލޭ) އަށް ބަލާއިރު، މާބޮޑު ތަފާތެއް ހުންނަކަމަށް ފާޅުނުވިޔަސް، އަސްލު އެދޭތީގައި އެކުލެވިގެންވަނީ ތަފާތު ދެ ޓެކްނޮލޮޖީއެކެވެ. ހަނިވެފައި، ސްކްރީން ފްލެޓްކޮށް ހުރިނަމަވެސް، އެއީ ތަފާތު ދޭއްޗެކެވެ. ޕްލާސްމާ އާއި އެލް.ސީ.ޑީ މޮނީޓަރުތަކާއި ޓީވީތަކާހުރި އެންމެ ބޮޑު ތަފާތަކީ، އެ އެއްޗެހިތަކުގައިހުންނަ ޕިކްސެލްސް އަލިކުރުމުގައި ހުންނަ ތަފާތެވެ.

ޕްލާސްމާ ޓީވީ
ޕްލާސްމާ ޓީވީ ޓެކްނޮލޮޖީ ބިނާވެގެންވަނީ، ފްލޮރިސެންޓް ލައިޓް ބަލްބް އެއްގެ މައްޗަށެވެ. ޑިސްޕްލޭގައި ސެލްތަކެއް ހުންނާނެއެވެ. ކޮންމެ ސެލްއެއްގައި، ބިއްލޫރި ޕެނަލްތައް ވަކިކުރެވިފައިވާނީ ކުޑަ ޖާގައަކުންނެވެ. އެ ޖާގަ ފުރާލެވިފައިވާނީ، ނިއޮން-ޒެނޮން (neon-xenon) ގޭހުންނެވެ. ޕްލާސްމާ ބޭނުންކުރަމުންދާ ގަޑީގައި، ދޭތެރެދޭތެރޭން ގޭސްތައް ޗާރޖުވާނެއެވެ. މިގޮތަށް ގޭސްތައް ޗާރޖުވުމުން، އޭގެން، ރަތާއި ފެއްސާއި ނޫ ފޮސްފޯރސް (phosphors) އުފައްދާނެއެވެ. މަންޒަރު އުފައްދައިދެނީ މީގެންނެވެ. މީގެ، ރަތާއި ފެއްސާއި ނުލުގެ ފޮސްފޯރސްގެ ކޮންމެ ގްރޫޕަކަށް ކިޔާނީ، ޕިކްސެލް (ޕިކްޗަރ އެލިމެންޓް) އެވެ.
Print

ގިގަޕީޑިޔާ އަކީ، މާސިންގާ ބިޔަ ކުތުބުޚާނާއެކެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން

ދިރާސީ އާ އަހަރު ފެށުމާއެކު، ދިވެހިރާއްޖޭގެ ލޮބުވެތި ކިޔަވާ ކުދިންނަށާއި ހިންމަތްތެރި މުދައްރިސުންނަށް، އާ އަހަރުގެ ތަހުނިޔާ ދަންނަވަމެވެ.

އެއަށްފަހު، ތިޔަބޭފުޅުންގެ އަރިހަށް ގިގަޕީޑިޔާ ހުށަހަޅަމެވެ. އެއީ ވަރަށް ބިޔަ ކުތުބުޚާނާއެކެވެ. 96000 (ނުވަދިހަ ހަ ހާސް) އަށްވުރެ ގިނަ ފޮތް އޭގައި ވެއެވެ. ޢިލްމާއި މަޢުރިފާގެ އެކިއެކި ދާއިރާތަކުގެ ފޮތްތައް އޭގައި ވެއެވެ. ބަސް، ސަގާފަތް، އައިޓީ، ފަލަކީ ޢިލްމު، ފިޒިކްސް، ކޮމްޕިއުޓަރ، އާކިޓެކްޗަރ، މެޑިސިން، އިންޖިނިއަރިންގ، ލޯ، މިފަދަ މިފަދަ އެތައް ދާއިރާތަކެއްގެ ފޮތްތަކެވެ. އަދި ބޮޑެތި އެކުމާފާނުތައް ވެސް އޭގައި ވެއެވެ.
Print

ޕްރައިމަރީ ސްކޫލެއްގެ ފަރުމާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން

މިއީ، އާކިޓެކްޗަރ ކިޔަވާ ދަރިވަރަކު ފަރުމާކޮށްފައިވާ، ޕްރައިމަރީ ސްކޫލެކެވެ. އާކިޓެކްޓުންގެ އަރިހުގައި މިއީ، މަޤުބޫލު ފަރުމާއެއް ކަމަށް ވާނެ ކަމުގައި އުންމީދު ކުރަމެވެ.

އާކިޓެކްޗަރ ކިޔަވާ ދަރިވަރުންނާއި ސްކޫލްތަކުގެ މުއައްޒަފުންނަށް މިއިން މަންފާއެއް ކޮށްފިނަމަ، އަޅުގަނޑުގެ މަޤުޞަދު ޙާޞިލުވީއެވެ. ސްކޫލްގައި ހިމެނޭ ބައިތައް، ފްލޯ ޕްލޭންތަކުގައި ހުރި ގޮތާއި ހުރި ތަންތަނަށް ބައްލަވާށެވެ. މިސާލަކަށް ފާޚާނާ ހުރީ ނިވާވެފައިވާ ތަނެއްގައެވެ. އެކަމަކު، ކްލާސްތަކުގައި ތިބެފައި، ދަރިވަރުންނަށް ފަސޭހަކަމާއެކު ދެވޭ ހިސާބުގައެވެ. އަދި ޖިމުގެ ކައިރީގައެވެ. މި މޭރުމުން އެހެން ތަންތަނަށް ނަޒަރު ހިންގަވާލައްވާށެވެ.
Print

ހަރުތަކެތި ކަފާ ފެންކަޓަރު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން


އިހުގެ ބައެއް ހަރުބަސްބަހުގައި އައިސްފައިވާ ތިލަ މާނަތައް، މިޒަމާނުގެ ޓެކްނޯލޮޖީ ދަނީ ދޮގުކުރަމުންނެވެ. އިހުގެ ހަރުބަހެއްގައި ވެއެވެ. "ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ." މި ހަރުބަހުގެ ތިލަ މާނައަށް ބަލާއިރު، ދޭހަވަނީ، ދަނގަޑު ގަނޑެއް ކަފާލެވޭނީ، ދަގަނޑުން ހަދާފައިވާ ހަމަ އެވަރުގެ ވަރުގަދަ އާލަތަކުންނެވެ.

ނަންގަނެވިދިޔަ ހަރުބަހާ ޚިލާފު ވިސްނުމެއް، ގެންގުޅުނު ޙިކުމަތްތެރިންގެ ނަޒަރުގައި، "ފިނިފެންމަލުގެ ފިޔައިން ދަގަނޑު ކަނޑާލެވިދާނެއެވެ." މި ބަހުގެ ތިލަ މާނައަކީ، ފިނިފެންމަލުގެ ފިޔައަކުން ދަގަނޑު ކަފާލެވިދާނެއެވެ. އެކަން ކުރުމަށްޓަކައި ކޮންމެހެން ވަރުގަދަ އާލަތެއް ބޭނުން ނުވެއެވެ.

ޙަޤީޤަތުގައި، މިދެންނެވި ދެ ހަރުބަހުގެ މުރާދައަކީ، އެއިން ދޭހަވާ ތިލަ މާނައެއް ނޫނެވެ. އޭގެ އަސްލު މާނަތައް ޝަރަޙަކުރުން، އެކަމުގެ އަހުލުވެރިންނަށް ދޫކޮށްލާފައި މައުޟޫޢަށް ދާނަމެވެ.
Print

ރީތިބިނާ 1: އާކިޓެކްޗަރގެ އަހުލުވެރިންނަށް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން

މާތްﷲގެ ވާގިފުޅާއެކު، މިސަފުޙާގައި ގެނެސްދޭނީ، ރީތި ޢިމާރާތްތަކާ ބެހޭ މަޢުލޫމާތެވެ. އާކިޓެކްޗަރގެ އަހުލުވެރިން، ދާއިމީ ގޮތެއްގައި މި ޞަފުޙާއަށް ޒިޔާރަތްކުރައްވަމުން ގެންދަވާށެވެ.


1. 12 ޑިސެމްބަރ 2008


Louis Vuitton flagship store by UNStudio

Print

އާކިޓެކްޗަރގެ އެންމެ ފަހުގެ އުފެއްދުންތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން

ފޮޓޯގައި އެވަނީ، ޔޫއޭއީ ގައި މިހާރު ބިނާކުރެވެމުންދާ ޢިމާރާތެކެވެ. މިތަން ބިނާކޮށް ނިމޭނީ 2011 ވަނަ އަހަރުގައި ކަމަށް ލަފާކުރެވެއެވެ. މި ޢިމާރާތް ނިމޭއިރު، އުސްމިނުގައި 160 މީޓަރު ހުންނާނެއެވެ. ފަހަކަށް އައިސް ޔޫއޭއީ އަކީ، މިފަދަ އުސް ޢިމާރާތްތައް ބިނާކުރާ ޤައުމެކެވެ.

ފޮޓޯގައިވާ ޢިމާރާތް ގެނެސް ދީފައިވާ ސައިޓަކީ، އާކިޓެކްޗަރގެ ފަހުގެ އުފެއްދުންތައް ބައްލަވާ ހިތްޕުޅުވާ ބޭފުޅުންނަށާއި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ސައިޓެކެވެ.
މިހެންވެ، ފަންވަތް މެދުވެރިކޮށް ތިޔަބޭފުޅުންގެ އަރިހަށް އެ ސައިޓު ހުށަހަޅަމެވެ.
އެ ސައިޓަށް ޒިޔާރަތް ކުރެއްވުމަށް ޓަކައި:
މިތަނަށް ކްލިކްކޮށްލައްވާށެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ