އަދުގެ ޚާއްސަ

ދިވެހި

Print

މިނިވަންކަމާއި ޤައުމު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

ޤައުމެއްގެ ރައްޔިތުން އެންމެ އަގުބޮޑު ރައުސުލްމާލުގެ ގޮތުގައި ދެކޭނީ އެ ބަޔެއްގެ މިނިވަންކަމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ވެސް މިނިވަންކަމާއި އަޅުވެތިކަމުގެ ވާހަކައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިނިވަންކަމުގެ ފޮނިރަހަ އިޙުސާސްކުރެވޭނީ އަޅުވެތިވެފައިވާ ބަޔަކަށެވެ.  މުސްލިމު ޤައުމެއްގައި  އިސްލާމްދީނާއި، މިނިވަންކަން އޮތުމަކީ ކިހައި ބޮޑު ނިޢުމަތެއްތޯއެވެ؟ އަޅުގަނޑުމެން ދިވެހީންނަކީ އިސްލާމްދިނާއި މިނިވަންކަމުގެ ހިޔަލުގައި ދިރިއުޅެމުންދާ ބަޔެކެވެ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ދަރީންނެވެ. ދިވެއްސަކަށް ވީތީ އަޅުގަނޑުމެން މިއަދު ފަޚުރުވެރިވަމެވެ. 

Print

ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (8)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ދިވެހި

މުޙަންމަދު ޝާހިދު ޙަލީމު

(19 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

1980ގެ އަހަރުތަކުގެ ތެރޭގައި އިސްޓޭންޑު މައިކުގެ ބަދަލުގައި އެފްއެމް މައިކް ބޭނުންކުރަން ފެށުނެވެ. މި ކަމުގެ ސަބަބުން މުމައްސިލުންނަށް ތަމްސީލުކުރުމުގައި ފުރިހަމަ މިނިވަންކަން ލިބުނެވެ. އަދި މި ހިސާބަށް އައި އިރު 1970ގެ އަހަރުތަކުގައި ފަސްމަންޒަރުގައި މިއުޒިކު ވެސް ވަނީ ބޭނުންކުރަން ފަށައިފައެވެ.

Print

ލިޔުންތެރީންގެ ގުޅުމުގެ މެންބަރުންގެ ތެރެއިން.... (2): އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ދިވެހި



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިހާރު ރާއްޖޭގައި އަދަބީ ޖަމްޢިއްޔާއެއްގެ ނަމުގައި ޙަރަކާތްތެރިވާ ހަމަ އެކަނި ޖަމްޢިއްޔާ ކަމުގައިވާ "ލިޔުންތެރީންގެ ގުޅުން" (ޖަމްޢިއްޔާ) ގެ ފުރަތަމަ ދައުރުގެ ރައީސްގެ މަޤާމާއި އެ ޖަމްޢިއްޔާގެ މަޖައްލާ "ލިޔުންތެރިޔާ"ގެ އެޑިޓަރ ގެ މަޤާމުގައި ހުންނެވި މއ. އުރަހަ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަކީ ދިވެހި އަދަބީ އުދަރެހުގައި ފާހަގަކޮށްލެވޭ ފަދަ ތަރިއެކެވެ. ސްކޫލް ދައުރުގައި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ވިދި، އަލިގަދަ ތަރިއެކެވެ. ސްކޫލް ދައުރު ނިންމަވައިލެއްވި އިރު ލިބިވަޑައިގަތް ގިނަގުނަ ސެޓްފިކެޓްތަކުން އެކަން ސާބިތުވެ އެވެ. އަދި މަޖީދިއްޔާ ސްކޫލްގައި ވަރަށް ޙަރަކާތްތެރިކޮށް ހިންގި ދަރިވަރުންގެ އަދަބީ ޖަމްޢިއްޔާގެ މުއައްސިސަކީ ވެސް ޚުދު ޢަބްދުއްރަޝީދެވެ. ހަމަ އެ ފަދައިން "އެކުވެރީންގެ ގުޅުމުގެ" ރައީސްކަން ވެސް އޭނާ ވަނީ ކުރައްވައިފައެވެ.
Print

އަލްއުސްތާޛު މުޙައްމަދު ޖަމީލް (އުސްތާޛުލްޖީލް)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ދިވެހި



ފޮނުވީ:  ޢަލީ ނިޝާން
 
އުސްތާޛުއްޖީލް އައްޝައިޚު އަލްއުސްތާޛު މުޙައްމަދު ޖަމީލަކީ މާލޭ ބޮޑުގަލުގޭ މޫސާދީދީގެ ދަރިކަލުން، މާފަންނު ދަރަވަންދޫގޭ އަބުދުﷲ ދީދީ (އަލްފާޟިލް އަބުދުﷲ ކަމާލުއްދީން ބަންޑާރަނައިބު މަނިކުފާނު) ގެ ބޭފުޅެކެވެ. އެމަނިކުފާނުގެ މަންމާފުޅަކީ މާލޭ ފެންފޯއްގަނޑުވަރު ގޮމާ (ކަންޒުދޮށުގޭ އަންނަބީލާ އައިޝަތުގޮމާ) ގެ އާމިނަތު ދީދީއެވެ.

އެ މަނިކުފާނު ދުނިޔެއަށް އުފަންވެވަޑައިގަތީ 16 ޛުމާދިއްޘާނީ 1333 ހ. (1 މެއި 1915 މ.) ވީ ހޮނިހިރު ވިލޭރޭ ފަތިހު ފުރަމާލޭ މާފަންނު ދަރަވަންދޫގައަށެވެ.

އެ މަނިކުފާނު ފުރަތަމަ ކިޔަވައިވިދާޅުވީ އެ މަނިކުފާނުގެ މާމަ ދަރަވަންދޫ ދީދީ (ދޮންކަލޭގެފާނުގެ ތުއްތުމަނިކެ) އާއި ބައްޕަ ދަރަވަންދޫގޭ އަބުދުﷲ ދީދީ އާއި، ބޮޑުބޭބެ ޙުސައިން ޞަލާޙުއްދީން ފަނޑިޔާރުމަނިކުފާނުގެ އަރިހުންނެވެ.
Print

އައްޝައިޚް މަލިންގޭ ޙުސައިންދީދީ އިންޑިޔާގައި

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ދިވެހި


ޢަލީ މަނިކުފާނު، މުރައިދުގަނޑުވަރު / މަލިކު
   (4 ސެޕްޓެންބަރު 2010)

އިންޑިޔާގެ ޓެމިލްނާޑޫގެ ވެއްލޫރު ކައިރީގައި އޮންނަ އުމަރުއާބާދުގެ ޖާމިޢާ ދާރުއްސަލާމްއިން ކިޔަވައިވިދާޅުވުމަށް ފަހު މަލިންގޭ ހުސައިން ދީދީ، ކާލީކޯޓު ކައިރީގައި، ޗަލިޔާރުކޯރުގެ އަނގަމަތީގައި އޮންނަ ބޯދާ ބަނދަރު ރަށެއްކަމުގައިވާ ބޭޕޫރަށް ވަޑައިގަތެވެ. އެދުވަސްވަރު ވަރަށް ގިނައިން ދިވެހިރާއްޖެ އާއި މަލިކުގެ އުޅަނދުފަހަރު
Print

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިވެހި

ދިވެހި އަދަބީ އުދަރެހުން އެރި ފަތިހުގެ ތަރި



ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 14 އެޕްރީލް 1881 (15 ޖުމާދަލްއޫލާ 1298) ވީ ބުރާސްފަތި ދުވަހު ފުރަމާލޭގައެވެ. ޢުމުރުފުޅުން އެންމެ އަށާރަ އަހަރުގައި އެމަނިކުފާނަށް ފަނޑިޔާރުގެ އިސް އެހީތެރިޔާގެ މަޤާމު ދައުލަތުން ދެއްވި އެވެ.

Print

އަލްފާޟިލާ ޒަރީނާ ޢަބްދުﷲ

ޝާޢިއުކުރީ ޙަސަން ޝާކިރު މުޙައްމަދު . ހިމެނޭބަޔަކީ ދިވެހި

       އެންމެ ފުރަތަމަ ދެވަނަ ޕެންޝަން ހޯއްދެވި އަންހެން ބޭފުޅާ

ޙަސަން ޝާކިރު މުޙަންމަދު

ދިވެހި އަންހެން ބޭފުޅުންނަށް ނަމޫނާ ޝަޚްޞިއްޔަތެއް ކަމުގައިވާ ގ. އޯޝަންމީޑް، އަލްފާޟިލާ ޒަރީނާ ޢަބްދުﷲ ދީދީ މިފަނާވަނިވި ދުނިޔެ ދޫކުރައްވައި، 5 މާޗް 2011 (30 ރަބީއުލްއައްވަލް 1432) ވީ ހުކުރު ދުވަހު ހެނދުނު 8.40 ގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވި ޚަބަރު އަޅުގަނޑުމެން އެހީ ހިތާމައާއެކުގައެވެ.

Print

މަޝްހޫރު ދިވެހި ޅެންވެރިޔާ އަލްފާޟިލް ޔޫސުފު އަލިފުޅު، ފަންވަތަށް ދެއްވި ޚާއްޞަ ބަސްދީގަތުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިވެހި


     ''ޅެމެއް ޅެމަކަށް ނުވާނެޔެ އޮއްޓަރެއް ވަޒަނެއް ނެތީވިއްޔާ

             ނިމުންތައް ހަމަތަކެއްގެމަތިން ގެނެސް އަތުރާ ނުލެވުނިއްޔާ''

އާދަމް ނަޞީރު އިބްރާހީމް

ތަޢާރުފު

އަލްފާޟިލް ޔޫސުފު އަލިފުޅު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 15 ޖަނަވަރީ 1932ގައި، ބ. ދަރަވަންދޫގަ އެވެ. ބައްޕައަކީ، ދަރަވަންދޫ ދޭލިޔާގޭ ޢަލީ މުޙަންމަދު ކަލޭފާނު (އަލިފުޅު) އެވެ. މަންމައަކީ، ހަމަ އެގޭ އާމިނަތު ޙަސަނެވެ. ޔޫސުފު އަލިފުޅުގެ ބައްޕައަކީ، ރައިވަރާއި، ފަރިހީގެ ޅެންވެރި އެކެވެ. އޭގެ އިތުރަށް ދިވެހިބޭސްވެރިކަމާއި، ފަންޑިތަވެރިކަން ދެނެވަޑައިގަނެ އެވެ. އޭނާއަކީ ރަށުގެ މާ މުދިމު ވެސްމެ އެވެ.
Print

ދަރަވަންދޫގޭ ޢަބްދުﷲ ކަމާލުއްދީން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ދިވެހި


އައްޝައިޚް ދަރަވަންދޫގޭ ޢަބްދުﷲ ކަމާލުއްދީން ބަންޑާރަ ނާއިބު މަނިކުފާނު


މުޙަންމަދު ވަޙީދު ނަދްވީ
       
އައްޝައިޚް ދަރަވަންދޫގޭ ޢަބްދުﷲ ދީދީ (ނުވަތަ ޢަބްދުﷲ ކަމާލުއްދީން) އަކީ މާލޭ މައްޗަންގޮޅީ ބޮޑުގަލުގޭ މާކޮށާރު ބަނޑޭރި މޫސާދީދީ އާއި މާފަންނު ދަރަވަންދޫގޭ ތުއްތުމަނިކެ (ޙައްވާ މަނިކެ) އާ ދެކަނބަލުންގެ ހަގުދަރިކަލުންނެވެ. ބޮޑުގަލުގެ ހުރީ މިހާރު އިސްކަންދަރު އިސްކޫލު ހުރިތާނގައެވެ. މިދެކަނބަލުންގެ ދޮށީ ދަރިކަލަކީ ދަރަވަންދޫގޭ ޙުސައިންދީ ދީދީ (ތުއްތީދީ) އެވެ. މިއީ ޙުސައިން ޞަލާޙުއްދީނެވެ. ޢަބްދުﷲ ދީދީ، ޙުސައިން ދީދީއަށްވުރެ ހަތްއަހަރުފުޅު ހަގެވެ. ބޮޑުގަލުގޭ މޫސާދީދީއަށް މާކޮށާރު ބަނޑޭރިކަން ދެއްވަނީ އޭނާގެ ބައްޕަ ބޮޑުގަލު އިސްމާޢީލް މަނިކު ނިއާވުމުން އިސްމާޢީލްމަނިކަށް އޮތް މާކޮށާރު ބަނޑޭރިކަމެވެ.
Print

ހަނދާނުގެ މާފައްޗެއް

ޝާޢިއުކުރީ މޫޙައްމަދު ދީދީ . ހިމެނޭބަޔަކީ ދިވެހި


ނޯޓު: މިއީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާގުޅިގެން އެ މަނިކުފާނާބެހޭ ގޮތުން ލިޔުއްވާފައިވާ ވަރަށް އަސަރުގަދަ ލިޔުއްވުމެކެވެ.

ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު

"ފަރިކަމާއެކު، ބާޣުގައި ފޮޅެމުން އެއައިމާތައް އެކީ
    ފަރިކަމެއްނެތި ހިކިމިލައިގޮސް އޭގެވަސްވެސް ހަމަނެތޭ.
އާނއެކޭ! ރޫޙަށް އިތިރުވޭނެއްލިބޭމީ ދަރުސެކޭ،
    އާނއެކޭ! ޤުދުރަތުގެ ޤާނޫނޭ    ބުނުން ނޫނީނެތޭ.
އުފެދުމާ ނެތުމާއި އެކުލެވިފައިއެވާ ޤާނޫނަކަށް،
    އުފެދުމާއެކު ބޯލަނބާ ކިއަމަންނުވާ އެއްޗެއްނެތޭ"

އަޅުގަނޑުގެ ޚިޔާލީ ލޮލަށް، ފެންނަމުން، ނުފެންނަމުން ދަނީ، ދުންޔަވީ މަސްރަޙުގެ މަތީގައި ތަމްސީލު ވަމުންދާ މަންޒަރުތަކެކެވެ. ބައެއްފަހަރަށް، ދިވެހިރާއްޖޭގެ މަޙްކަމަތުއްޝަރީޢާގެ
Print

إنالله وإنا إليه راجعون

ޝާޢިއުކުރީ ޢަބްދުﷲ ޖަލާލުއްދީން . ހިމެނޭބަޔަކީ ދިވެހި


މާތް އުސްތާޛުގެ ދަރިވަރު


ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޢަބްދުﷲ ފަހްމީ ދީދީ


ދިވެހި ޖައްވުގެ އުސްތާޛު، ޙަޟްރަތު ޞާޙިބު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުއްތަމަފަނޑިޔާރު މަނިކުފާނު، ޙައްޖުގެ މަގުގައި، ސިލޯނުގައި އަވަހާރަވެއްޖެ އެވެ!

ފަނާވަނިވި ދޫކޮށް މި ދުނިޔޭގެ ދާރު
    މަނާނެތިކުރޫ ޤަޞްދު ދާރުލްޤަރާރު
ދުރެއްނެތް ވުމެއް ދިވެހި ޖައްވާ މަޒާރު
    ކުރެއްވީ ސިލޯނުގެ ބިމުން އިޚްތިޔާރު
އެތާ އަރިހުގައި ކާފަދަރިފުޅުގެ މާތް
    ވެތާއޮންނެވީ ދަފްނު މޮޅު ޙާޖިޔާރު
ކުރީން މީގެ ދެ ފަހަރަކު އުސްތާޛު މާތް
    ހުރީލިބިވަޑާއިގެންނެ ޙައްޖުގެ ޝިޢާރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ