ޖާން ޑޮމިނިކް ބޯބީގެ ލާމަސީލު ހިތްވަރު
އަޙްމަދް ސަމީރު ޢަލީ
ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގެ މަޝްހޫރު ހޮސްޕިޓަލެއްގައި، އެންމެ ބޮޑަށް އަޅާލުން ބޭނުންވާ މީހުންގެ ކޮޓަރީގައި ފަރުވާ ދެވެމުން އެދާ އެކަކީ އުމުރުން 43 އަހަރުގެ (Jean-Dominique Bauby) ޖާން ޑޮމިނިކް ބޯބީއެވެ. ދެތިން ދުވަސް ކުރިން، އެއްތާކު ދެފައި ނުޖަހައި އަވަދި ނެތި އުޅުނު ލިޔުންތެރިއެކެވެ. މުޅި ދުނިޔެއަށް މަޝްހޫރު ފެޝަން މަޖައްލާ އެލް (Elle) ގެ އެޑިޓަރެވެ!