އިސްލާމީ ޝަރީޢާގެ އަޞްލު ބާވައިލެއްވި މައްސަރު
عـبدالعزيزجمـال أبوبكر
އަޅުގަނޑުމެން މިހާރު ހޭދަކުރަމުން މި ގެންދަނީ ޤުރުއާންގެ މައްސަރުގެ ދުވަސްތަކެވެ. އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަތިވެރި މަސަރެވެ. މީސްތަކުންނަށް ތެދުމަގެއްކަމުގައްޔާއި ތެދުމަގާއި ހެކި ބަޔާންކޮށްދެއްވުމަށްޓަކައި ބާވައިލެއްވި މަތިވެރި ފޮތެކެވެ. ކީރިތި ޤުރްއާނަކީ، ސޫރަތުލް ފާތިޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް، ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލައްވައި، ޖިބްރީލްގެފާނު މެދުވެރިކުރައްވައި، މީސްތަކުން އުޅޭންވީ ރަނގަޅު ގޮތްތައް ބަޔާންކުރެއްވުމަށްޓަކައި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް މާތްﷲ ބާވާލެއްވި އެކަލާނގެ ކަލާމްފުޅެވެ. ޢިބާރާތާއި މާނައާއެކުގައެވެ. ފޮތެއް ކިޔެވުން އެއީ އަޅުކަމެއް ލައްވައިފައިވާ އެހެން އެއްވެސް ފޮތެއް މި ދުނިޔޭގައެއް ނުވެއެވެ.