ޚާއްޞަ

Print

އިޖިޕްޓޮލޮޖީގެ ބާނީ

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ސަމީރު ޢަލީ

އިޖިޕްޓޮލޮޖީގެ ބާނީ  ޖާން ފްރާންސްވާ ޝެމްޕޮލިއޯން


މި ސައިޓަކީ ބަހަށް ޝައުޤް ހުރި މީހުން، މުނިފޫހިފިލުވުމާއި މައުލޫމާތު ލިބިގަންނަ ހިޔަލަކަށްވާތީ ބަސްވާރުންގެ ތެރެއިން އަރައިހުންނެވި ބޭކަލެއްގެ ކުރު ތައާރަފެއް ގެނެސްދިނުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. ހުޅަނގުގައި، އިރުމަތީ ބަސްކަމުގައި  މަޝްހޫރު އެތައް ބަހެއް ފަރިތަކަމާއެކު ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.  އޭނާގެ މާދަރީ ބަސްކަމުގައިވާ  ފަރަންސޭސި ބަހުގެ އިތުރުން، އުމުރުން 20 އަހަރު ނުވަނީސް، ލެޓިން، ޔޫނާނީބަސް، ހީބްރޫ (ޢިބްރީ) އިތިއޯޕިޔާގެ އަމްހަރީބަސް، ސާންސްކްރިތް، އީރާން މީހުން އިސްލާންވުމާ ހިސާބަށް ބޭނުންކުރި ޕަހްލަވީ ބަސް، ހަމަ އެރަށުގެ އަވެސްޓަން ބަހާއި ފާރިސީބަސް، އަދި މިސްރުގެ ކްރިސްޓިއަނުންގެ (ޤިބްޠީ) ކޮޕްޓިކް ބަސް ވެސް ވަރަށް ރަނގަޅަށް ދެނިލައްވައެވެ.
Print

ދިވެހިބަހުގެފުރަތަމަ ޕުރޮފެސަރު (2)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ޚާއްޞަ


އާދަމް ނަޞީރު އިބްރާހީމް

ފަޟީލަތުއްޝައިޚުގެ ފިޤުހީ ވިސްނުން

ފަޟީލަތުއްޝައިޚަކީ ވަރަށް މަންޠިޤީ ޢިލްމީ ވިސްނުންފުޅެއް ގެންގުޅުއްވި ބޭފުޅެކެވެ. ދީނުގެ ކަންކަމުގައި ވެސް ފުންކޮށް ދިރާސާ ކުރައްވައި މައްސަލައިގެ އަސްލަށް ވަޑައިގަންނަވައެވެ. ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނު ވިދާޅުވާ ގޮތުގައި ދިވެހިންގެ ތެރޭގައި އެ ޒަމާނުގައި އޮތް، ދީނުގެ ކަންކަމުގައި [އަކުރުގައި ހިފައި ދެމުން] ނިމުމަކަށް ގެންނަވައި ޙަޤީޤީ ފިޤުހީ މަންހަޖެއް ތަޢާރުފުކޮށްދެއްވީ އެ މަނިކުފާނުގެ ލޮބުވެތި އުސްތާޛު، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނެވެ.
ހެދުން އެޅުމާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚު ފާޅު ކުރައްވައިފައިވާ ރައުޔު ބައްލަވައިލައްވާށެވެ! [ކޮންމެހޫނުމޫސުމަކަށް ފިނިޒާތުގެތުނިތަކެތި، ފިނިމޫސުމަކަށް ބޯޒާތުގެ ގަރަމްތަކެތިލުމަށް އަދިއިސްރާފެކޭ މީހަކުނުކިޔާނެއެވެ.  އަޖައިބުވަނީ އެވެނިބަޔަކު ހެދޭހެދުމެއްވެ ކޮންމެހެން ހެދޭންމިވެނިބަޔަކަށް ރީތިވެ ކޮންމެހެން އެވައްތަރު ޖައްސާންއުޅޭއުޅުމަށެވެ. އެއިރުއެވައްތަރާއި ތިމާމެނާއި ތިމާމެންތިބިތަނާއި އަރައިއަރަފޯދިގެން އެއްވެސްގޮތަކުން ނުވިޔަސް ވަރިހަމަކަމުގައި ހަދައި، ހަމައެކަނި
ކަނުވެގެންވާ ތަޤުލީދުގެލޮލަކުން ނޫނީ ރީތިހުތުރަކަށް ނުބަލަތެވެ.]

Print

ދިވެހިބަހުގެފުރަތަމަ ޕުރޮފެސަރު (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ޚާއްޞަ


އާދަމް ނަޞީރު އިބްރާހީމް


[ފަޟީލަތުއްޝައިޚަކީ، މޮޅު އަދީބެކެވެ. ކުޅަދާނަ ކާތިބެކެވެ. ފަންނުތަކުގައި ފުންނާބުފުޅު އުހުލިގެންވާ ޢިލްމުވެރިއެކެވެ. އިސްލާމީ ފިލޯސަފަރެކެވެ. ޤުދުރަތީ ޝާޢިރެކެވެ. ޤައުމުގެ ފަޚްރެއްކަމުގައިވާ ދިވެހި ދަރިއެކެވެ.

ދިވެހިރާއްޖެއަށް އެކިރޮނގުރޮނގުން އެ މަނިކުފާނުގެ ކިބައިން ލިބިފައިވާ ޚިދުމަތްތައް ގިނަގުނަ އެވެ. ދިވެހީން އެ މަނިކުފާނަށް ދަރާފައިވާ ދަރަންޏަކީ، ދުވަހަކު އަދާވެވޭނެ ދަރަންޏެއްނޫނެވެ. އެ މަނިކުފާނު އަވަހާރަވުމުން ދިވެހީންނަށް އެ ގެއްލުނީ، ކުޅަދާނަ ކިތައް މީހުންތޯ އެވެ؟]
Print

ޝާފިޢީގެފާނު .... ކޮންކަހަލަ ބޭކަލެއް ؟

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޚާއްޞަ



އިބްރާހީމު ރަޝީދު މޫސާ

މި ތާނގައި އަޅުގަނޑު ހުށަހަޅައިލަން މި އުޅެނީ އިމާމު ޝާފިޢީގެ ވަނަވަރެއް ނޫނެވެ. އެކަމަކު އެކަލޭގެފާނު އެކިކަންކަމާ ބެހޭގޮތުން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކެވެ.

ޝާފިޢީގެފާނާ ބެހޭގޮތުން، އެކަލޭގެފާނުގެ ދަރިވަރެއްކަމުގައިވާ އިމާމު އަޙްމަދު ބުނު ޙަންބަލު ވިދާޅުވަނީ "ޝާފިޢީގެފާނަކީ ހަތަރުކަމެއްގައި ފިލޯސަފަރެކެވެ. އެއީ ބަހާއި އިޚްތިލާފުތަކުގައްޔާއި  މާނަތަކުގައްޔާއި ފިޤްހުގައެވެ.
Print

އަލްއިމާމު މުޙައްމަދުބްނު އިދްރީސުއްޝާފިޢީ (އިމާމު ޝާފިޢީގެފާނު)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޚާއްޞަ

 

ފޮނުވީީ: ޢަލީ ނިޝާން

އަލްއިމާމު މުޙަންމަދު އިބްނު އިދްރީސް އައްޝާފިޢީ ގެ މަޝްހޫރު ނަންފުޅަކީ "އިމާމު ޝާފުޢީ" އެވެ. ދިވެހިން ކިޔާ ގޮތުންނަމަ ޝާފިޢީގެފާނެވެ. މި ނަންފުޅު ނިސްބަތްވަނީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތްޕުޅުުން ތިންވަނަ ކާފާފުޅު ޝާފިޢު އިބްނު ސާއިބުގެފާނަށެވެ. އަލްއިމާމު ޝާފިޢީގެ ފުރިހަމަ ނަންފުޅަކީ އަބޫ ޢަބްދުﷲ މުޙަންމަދު އިބްނު އިދްރީސްބްނުލް ޢައްބާސް އިބްނު އުޘްމާން އިބްނު ޝާފިޢު އިބްނު އައްސާ އިބްނު ޢުބައިދު އިބްނު ޢަބްދު ޔަޒީދު އިބްނު ހާޝިމް އިބްނު އަލްމުއްތަލީ އިބްނު ޢަބްދުމަނާފެވެ. ކީރިތި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަލްއިމާމު ޝާފިޢީގެ ނަސަބުފުޅާ ގުޅެނީ ކާފާފުޅު ޢަބްދުމަނާފާ ހިސާބުންނެވެ. ޢަލްއިމާމު ޝާފިޢީ ވިދާޅުވަނީ ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަކީ ތިމަންގެ ބޮޑުބޭބޭފުޅުގެ ދަރިކަލުންނެވެ.
Print

ރަބިންދްރަނާތު ޓޭގޯރ :

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޚާއްޞަ


އަދަބިއްޔާތުގެ ރޮނގުން ނޯބްލް ޞުލްޙައިގެ އިނާމު ހޯއްދެވި، އޭޝިޔާގެ ފުރަތަމަ ބަސްވާރު


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އޭޝިޔާގެ މަޝްހޫރު އަދީބު އަދި މުފައްކިރު ރަބިންދުރަނާތު ޓޭގޯރ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 7 މޭ 1861 ގައި އިންޑިއާގެ ބެންގާލީގައެވެ. އެއީ އެއީ "ބްރަހމޯ ސަމަޖް" ދީނުގެ ދީނީ ލީޑަރ ގެ އެންމެ ހަގު ދަރިކަލުންނެވެ. އެއީ ހިންދީ ދީނުގެ އަސާސްގެ މައްޗަށް ބިނާކޮށްގެން ފަހުން ހަދައިފައިވާ "ދީނެކެވެ."

ރަބިންދްރަނާތު ގެ ތަޢުލީމީ ޙަޔާތްޕުޅުގެ ބިންގާ އެޅުނީ ގޭތެރެއިންނެވެ. ނަމަވެސް އޭނާގެ ޢުމުރުފުޅުން 17 އަހަރުގައި ރަސްމީ ތަޢުލީމު ފުރިހަމަ ކުރެއްވުމަށްޓަކައި އިނގިރޭސިވިލާތަށް ވަޑައިގަތެވެ.
Print

"ލިޔުންތެރީންގެ ގުޅުމުގެ" މެންބަރުންގެ ތެރެއިން ................(1): އަލްފާޟިލް ޢަބްދުﷲ ޞާދިޤު، ހ. އާމުލީގެ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑަށް އެންމެ ފުރަތަމަ ޞާދު މުދައްރިސް ތަޢާރުފުވީ އަޅުގަނޑުގެ މަދްރަސީ ދައުރުގައެވެ. އީޕީއެސްގައި އަޅުގަނޑުމެންގެ މުދައްރިސެއްގެ ގޮތުން ކިޔަވައިދެއްްވުމުގެ ތެރެއިންނެވެ. ދެން އައީ ތަމްރީނުގެ ދައުރެވެ. މުދައްރިސުން ތަމްރީނުކުރާ ކޯހުގައި އަޅުގަނޑުމެންގެ ދިވެހި ޓީޗަރ އެޑިޔުކޭޓަރެއްގެ ގޮތުން މަޢުލޫމާތުދެއްވައި ދިވެހިބަސް ކިޔަވައިދެއްވީ ވެސް ހަމަ ޞާދު މުދައްރިސެވެ. އޭގެ ފަހުންް ޤައުމީ މަރުކަޒުގެ އަދަބީ އެކި ޙަރަކާތްތަކުގެ ތެރެއިން ވެސް އަޅުގަނޑާ ޞާދާ ދިމާވާގޮތްވީ އެވެ. މިއަދު ވެސް އެއީ ހަމަ އަޅުގަނޑުގެ ލޮބުވެތި މުދައްރިސެވެ. މުދައްރިސަކާއި ދަރިވަރަކާ ދެމެދު އޮންނަންޖެހޭ އެ ގުޅުމަކަށް
Print

މުސްލިމް ސައިންސް ދާނުން - 35

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ޚާއްޞަ


އައްޝައިޚް އަޙްމަދު ފަހުމީ

عَلِي بْنِ عِيْسَي

JESU HALI
441/1031 ނުވަތަ1038

ތަޢާރުފު

ޢަލީ ބިން ޢީސާ ނުވަތަ ޔޫރަޕްގެ މީހުން ދަންނަ JESU HALI އަކީ ލޮލުގެ ބަލިތަކާބެހޭ ޚާއްޞަ ޑަކްޓަރެކެވެ.   އަދި އޭނާ އަކީ، މޮޅު ފިޒިޝަން އެކެވެ.

ޙަޔާތުގެ ކުރީކޮޅާއި ޢިލްމާއި ޚިދުމަތްތައް

މީނާގެ ޙަޔާތުގެ ކުރީކޮޅު ވެސް މާބޮޑަށް ސާފުވާކަށެއް ނެތެވެ. ދިރިއުޅުއްވައިފައި ވަނީ، ބަޣުދާދުގަ އެވެ. ކޮންމެއަކަސް އޭނާގެ ޢިލްމީ ޚިދުމަތްތައް އަހަރެމެންގެ ކުރިމަތީގައި ފެންނާން އެބަ ހުއްޓެވެ. މީނާ ދިރިއުޅުއްވައިފައި ވަނީ، ޢައްބާސީ ޚަލީފާ اَلْقَائِمُ بِاللهِ ގެ ދައުރުގަ އެވެ.
Print

ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީމާ: އާމިނަތު ފާއިޒާ

ޝާޢިއުކުރީ އަޙްމަދު ޖަދުޢާން . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ޖަދުޢާން


ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީ މަލުގެ ނަމުން މަޝްހޫރު ވެވަޑައިގެންފައިވާ، މަޝްހޫރު ޝާއިރާ، އަލްފާޟިލާ އާމިނަތު ފައިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1343 ވަނަ އަހަރުގެ ޞަފަރު މަހުގެ 29 ވަނަ ދުވަހު މާލޭގައެވެ. މީލާދީ ގޮތުން ބަލާއިރު އެއީ 1924 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.
އެކަމަނާގެ ބައްޕާފުޅަކީ އަލްމަރުޙޫމް ޔޫސުފް މޫސާ ނުވަތަ ބެރުގޭ ޔޫސުފް ފުޅު އެވެމަންމާފުޅަކީ އަލްމަރުޙޫމާ މަރިޔަމް މޫސާ ނުވަތަ ބޮޑުފެންވަޅުގޭ ދޮންދީދީއެވެ. އެކަމަނާ އުފަންވެ ވަޑައިގަތީ ގ.ބޮޑު ފެންވަޅު ގޭގައެވެ.
Print

މުސްލިމް ސައިންސް ދާނުން - 34

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އައްޝައިޚް އަޙްމަދު ފަހުމީ

أَبُو أَحْمَدُ بْنُ مُحَمَّدُ اَلسَّجِسْتَانِي

433/1024
ތަޢާރުފު

އަޙްމަދު ބުނު މުޙައްމަދަކީ، މޮޅު ފަލަކީ ޢިލްމު ވެރިއެކެވެ. އެހައިމެ މޮޅު ހިސާބު ޢިލްމު ވެރިއެކެވެ. ބިމުގެ ދަވްރުވުން ROTATION OF THE EARTH ހޯއްދެވީ މީނާ އެވެ.

ހިސާބު ޢިލްމުގައި اَلْقَطْعُ الْمَخْرُوطِي- CONIC SECTION ހޯއްދެވީ މީނާ އެވެ.
Print

ނަބަވީ ސީރަތުގެ އަލީގައި: ލީޑަރެއްގެ ސިފަތައް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

ޢަބްދުﷲ ފާރޫޤު ޙަސަން

އިންސާނީ މުޖުތަމަޢެއް ނުވަތަ އިޖުތިމާޢީ ނިޒާމެއް ފުރިހަމަ ކާމިޔާބީއަކާ ހަމަޔަށް ގެންދިޔުމަށް ޓަކައި އެންމެ މުހިއްމު އެއް ކަމަކީ އެ މުޖުތަމަޢަކަށް ނުވަތަ އެ ނިޒާމަކަށް ޤާބިލު ލީޑަރަކު ލިބިފައި ވުމެވެ. އެ ލީޑަރަކީ ލީޑަރޝިޕްގެ އެންމެ ފުރިހަމަ ސިފަތައް ލިބިފައިވާ މީހަކު ކަމުގައި ވުމެވެ.

އިންސާނާއަކީ އިޖްތިމާޢިއްޔަތަށް ލޯބިކުރާ މަޚުލޫޤެކެވެ. އިޖުތިމާޢީ ޝުރޫރަކީ އޭނާގެ ޠަބީޢަތުގައި އަށަގެންފައިވާ ކަމެކެވެ. އެހެންކަމުން ލީޑަރަކާ ނުލައި އިޖުތިމާޢީ ނިޒާމެއް ދެމިއޮތުމަކީ މުސްތަޙީލު ކަމެކެވެ. ލީޑަރަކު ނެތް މުޖުތަމަޢަކީ ނުވަތަ އިޖުތިމާޢީ ނިޒާމަކީ ގޮތްވަކު ނެތް ބަކަރި އައިނެއް ފަދަ ބައެކެވެ. އެފަދަ ބައެއްގެ އެއްވެސް މަންޒިލެއް ނުވަތަ މަޤްޞަދެއް ނޯންނާނެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ